ހިތާމައިގެ ކޯރުގައި ފަތަމުން މިތާ ދެލޯބިވެރިންނަކަށް ހަޔާތުގައި އެއްވެސްއަލިކަމެއް ނުފެނެއެވެ. ހިތާމައިގެ ކަރުނައިން ދެހިތް ވަނީ ފޯވެފައިއެވެ. ކިތަންމެ ވަރަކަށް ރުޅިވެރިކަން އިޝްހާ ގެ މޫނުން ދެއްކިއެތް ކަމަކު ކުރަމުން ދާ ހިތާމައެއަށް ވުރެ ދެގުނައެވެ. އެކަން ކޮންމެސް ވަރަކަށް އަނަރޫފަ ވަމުން އަންނަ އިޝްހާ ހަށިގަނޑުން ވެސް އެނގިގެން ދެއެވެ. އިޝްހާ އެކޭ އެއްފަދައިން ރީހާން ގެ ޢާންމު ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނަމުން ދާކަން އޭނާގެ ވަށައިގެން އުޅޭމީހުންނަށާ ހުދު އޭނާ އަށް ވެސް […]
އެއްފަރާތެއްގައި ކާރުޕާކް ކޮށްލުމަށް ފަހު ރީހާން އެތެރެ އަށް ވަދެގެން ދިޔައިރު ކަންބޮޑުވެފައި ހުރެ ސަނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. ކައިރީ އީނާ ހުރި އިރު އޭނާ ގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ސޯފާގައި ފައިގެ ކަކުލިގައި ދެއުޅަނބޮށިވިއްދާލައިގެން ދެއަތް ޖޯޑުކޮށްލާގެން އިން އަޙްމަދް ވެސްކޮންމެވެސް ފިކުރެއްގައި އިންހެން ހީވެއެވެ. ” މަންމާ ” ރީހާން ސަނާ އަށް ގޮވާލިއެވެ. ” ދަރިފުޅާ އިޝްހާ އަށް ކިހިނެތްތަ ވީ ، ގެއަށް އައީ ރޮމުން ރޮމުން […]
ކޮންމެ ދުވަހެކޭ އެއްފަދައިން ރީހާން އިޝްހާ އޮފީހަށް ލުމަށްފަހު އޭނާ ވެސް އޮފީހަށް ދާން މިސްރާބުޖެހިއެވެ. ކައިވެންޏާ ގުޅިގެން އީމާ އޮފީހުން ޗުއްޓީއެއް ނަގާފައިވާތީ އާދަޔާ ހިލާފަށް އިޝްހާ ފޫހިވިއެވެ. ބްރޭކް ގަނޑީގައި ވެސް އޮފީހުގެ ކެންޓީނުން ކާލުމަށް ފަހު މަސައްކަތް ކުރަން އިޝްހާ ފެއްޓީ ރީހާން ކުރި މެސެޖް އަށް ރިޕްލައި ދެމުންނެވެ. ގެއަށް ދާން ކައިރިވެފައި ވަނިކޮށް ފޯނުން އަޑެއްކިޔާލުމާއެކު އިޝްހާ އޭނާގެ ފޯނުހުޅުވާލީ ރީހާން ގެ މެސެޖް އެތްކަމަށް ހީކޮށެވެ. ނަމަވެސް އައިސްފައިވަނީ […]
” ކޮބާ ކައިވެނީގެ ކެއުން ދޭންވާނެ އިނގޭ ޒިހާން އަހަރެންގެ ބެސްޓީ ގެންދިޔާމާ އޮންނަން ޖެހޭނެ އެތްނު ، ” ސަމާސާ ރާގަކަށް ޒިހާން އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” އާން އެއީ ޔަޤީން އެއްޗެއްކަމަށް ބަލާ ” ބޮލުގެ ފުށްކިބައިގައި އަތްހިންގާލަމުން ޒިހާން ބުނެލިއެވެ. ” ކައިވެންޏޭ ، ކަލޭ ކައިވެނިކުރަނީތަ ؟ އަހަރުން ކައިރި ނުވެސް ބުނެލާ ބަލާބަލަ ރީއްޗެއް ނު ، އެހެންމާ މަށާ މާއިޒް އަށް ދޭން ޖެހޭނެ އެކްސްޓްރާ […]
ދެއަތް ގުޅާލަމުން ދެމީހުންވެސް އެތްވަރަކަށް ހިނގައިގަތީ އެމީހުން އުޅޭ ގެއާއި ހިސާބަށް ދިޔުމަށެވެ. އެއިރު އެތަނުގައި އެމީހުންނޫނަސް އެތައް ޓުއަރިސްޓުން ވާރޭގައި ތެމި ފޯވަމުން ދިޔައެވެ. ***************** އުފާވެރި އަދި ހިތްހަމަ ޖެހުމުގެ ކުލަވަރާއެކު ޖެހިގެން އޮތް ދުވަހު ހަމީހުން މާލެ އައިރު ކުރިއަށް ވުރެ ބޮޑަށް އެކަކު އަނެކަކު ގެ ދެމެދުގައި ވާ ގުޅުން ވަނީ ކުރިއަރާފައެވެ. އެކިއެކި ވާހަކައިގައި ތިބެގެން ގޭތެރެ އަށް ވަން އީނާ އިޝްހާ އަދި ރީހާން ގެ މޫނުމަތީގައި ވަނީ […]
ދެލޯ ބޮޑުކޮށްލަމުން އިޝްހާ މުޅި ކޮޓަރިތެރެ އަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރިތެރޭގެ އެކި ދިމަދިމާލުގައި ފިނިފެންމާ ފިޔަވާއިރު އޮރެންޖް ކުލައިގެ އަލި ހުރި އުއްބައްތި ތަކުގެ ހުޅުތައް ދެކޮޅަށް ނަޝާލަ ނަޝާލަ ހުއްޓެވެ. މިވަނީ ކީއްކަން ނޭނގިހުރެ އިޝްހާ ފަހަތް ބަލައިލީ ރީހާން ގެ ހިލަމެތް ނުވުމުންނެވެ. އެއްފައި މައްޗަށް ކޮޅަށް އިން ރީހާން ގެ އަތުގައި ރަތް ކުލައިގެ ފިނިފެންމަލެއް ވާއިރު އެމޫނުމަތީގައި ވަނީ އަންހެން ކުދިން ގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. ދެލޯ […]
ޢަސުރުވަގުތު ވާން ގާތްވެފައި ވަނިކޮށް އިޝްހާ އޭނާ ގެ ފޯނުން ރީހާން އަށް ގުޅާލަން އަވަސްވެގަތީ އޮފީސް ނިމުމުންނެވެ. އެއިރު އީމާ ޒިހާން އާއި އެކު ދިޔުމުން މަގުގެ އެއްފަރާތެއް ގައި ހުރެ އިޝްހާ ރީޙާން ގެ ނަންބަރު ޑައިލް ކޮށްލިއެވެ. ” އަހަރެން ނިމިއްޖެ މިހާރު ” މަޑުމަޑުން އިޝްހާ ބުނެލިއެވެ. ” އޯހް އޯކޭ އަހަރެން ވެސް ނިމިއްޖެ މިހާރު މިދަނީ އިނގޭ ” ލޯތްބާއެކު ރީހާން ބުނެލިއެވެ. އިޝްހާ ގެ ތުންފަތައް ލުއި […]
ޔޫލީގެ އެ ބެލުމުގައި އިޝްހާ ފިއްސާލާހާ ނުރައްކާތެރިއެވެ. ” ކަލޭ ހީކުރީދޯ ، ހުރެބަލަ ނިކަން ދެން ވާގޮތް ގޮތް ބަލަން އަހަރެން ހުއްޓާ އުފަލުގައި އުޅޭކަށް ކަލެއަކަށް ނުކެރޭނެ ” ޔޫލީގެ ދުލުން މި ލަފްޒް ތައް ބޭރުވިއިރު ވެސް ހުރީ ތުންފިއްތައިގެންނެވެ. ****************** ކައިވެނީގެ ހަފްލާ ނިމިގެން ދިޔައީ އެގާރަ ޖަހާކަތްހާއިރެވެ. އެންމެން އެކީ އެތްތަށިމައްޗަކުން ކައިގެން ސާފުކުރުމާގެން އެންމެން އުޅެގަންއިރު އަލަތު ދެމަފިރިން ވެސް ކޮޓަރިއަށް ދިޔައީ ސަނާމެން އެންމެން އެކަމަތް އެދުމުންނެވެ. […]
ހަވީރުގެ ވަގުތެވެ. ހަލުވި ހިނގުމެއްގައި ގެއަށް ވަން އީނާ ހުއްޓުންއެރީ ރީހާން އާއިއެކު އޭނާ ގެ ކޮޓަރިން ނިކުން މާއިޒް ފެނިފައެވެ. ” އަހަ އީނޫ ތިއައީ ދޯ ” މާއިޒް އަށް ވައް ކަޅިން ބަލައިލަމުން ރީހާން ބުނެލިއިރު އަޑުގައި ލާނެތްކަމެއް ވެއެވެ. ލަދުން ހުރެ އީނާ ބޯޖަހާލިއެވެ. ” އީނޫ ދެން ހަމަ އީނޫގެ އަނގައަކުން ނުބުނާނަން ތަ ދޮންބެ ކައިރިއަކު ” ރީހާން ބުނެލިއެވެ. ” ދޮންބޭ ކޮންވާހަކައެއް ؟” ޙައިރާންވެ ހުރެ […]