އެދިޔަ ބާރުމިނުގައި ރިޔާން ކާރުގޮސް ހުއްޓާލީ ޔޫއާން މެންގޭދޮށަށެވެ. ލަސްނުކޮށް އެގޭތެރެ އަށް ވަން ރިޔާން ގެ ލޮލުގައި އަޅާގަތީ ސޯފާގައި ހަމަޖެހިލާގެން ތިބި ޔޫއާން ޔުލީންގެ އިތުރުން ނިޒާމާ އެވެ. އެހެންކަމުން އެތަނަށް އޭނާވެސް ދިޔައީ އެމީހުންގެ ވާހަކައިގައި ޝާމިލް ވެލުމަށެވެ. ލަންޗް ބްރޭކް ގަނޑިނުޖެހިގެން އިން ޒަޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ބަރާބަރު އެކެއް ޖެހުމުންނެވެ. އެއިރު މަޑުހިނގުމެއް ގައި ހުރެ އައި ޒިވްޔާ ފެނި ޒަޔާން އަށް ކޮށްޅަށް ތެދުވުނެވެ. ހިނިތުންވެލަމުން […]
ހެނދުނުގެ ހިތް ގައިމުވަގުތު ނަމަވެސް ވެހެމުންދާ ވިއްސާރާގެ ސަބަބުން އެހެންޏާ ފެންނަކަހަލަ އަލިކަމެއް ނުފެނެއެވެ. އެންމެން ވެސް ކެއުމާގެން އިންސާފުކުރަމުން ދިޔައިރު ލައިހާ މެންގެ އެކުޑަމޭޒުދޮށުގައި ވަނީ ހަމަހިމޭން ކަމެވެ. ނެގިމަޑުވެފައި އިން ޒަޔާން ފެނުމުން ލައިހާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކޮށްލީ ރޭގާ އޭނާ ދެއްކިވާހަކަ ތަކާމެދު ޒަޔާން ވިސްނާކަން އިނގުމުންނެވެ. އެހެންނަމަވެސް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ މީހާ އިނީ ސީރިއަސް ވެލައިގެންނެވެ. ނާސްތާ ނިމުމާއެކު ޒަޔާން ގެއިން ނިކުމެގެން ދިޔައީ އޮފީހަށެވެ. އެހެންނަމަވެސް […]
އެކަކު އަނެކަކަށް ގެއްލިފައި ތިބި ޒިވްޔާ އަދި ޒަޔާން އަޅާއިގަތީ ކަމެއް ހަނދާންވެގެން އަނބުރާ ޒިވްޔާ ކައިރިއަށް އައި ޔުލީންގެ ލޮލުގައެވެ. ކުޑަކޮށްނަމަވެސް އެތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. އަޅާނުލާ އަނބުރާ އެތަނުން ދާން ވެގެން ޔުލީން ދިޔައެވެ. ތެޅިގަންނަމުން ޒިވްޔާ އަށް ޒަޔާންގެ ގައިން ދުރަށް ޖެހެލެވުނެވެ. ކޮންމެހެން ބޭނުންވެގެން ނޫނަސް ޒަޔާންގެ ހިތުގައި ވަނީ ލައިހާކަން އިނގޭތީ އިތުރަށް ހިތަށް ތަދުނުކުރަންވެގެން ޒިވްޔާ ވަކިވެލީއެވެ. ޒަޔާން އެއްޗެކޭ ނުބުނަނީސް ނިކަން ބާރަށް ހިނގާލާފައި ޒިވްޔާ ޓެރެސް […]
އެނދުމަތީގައި ދެފާދަމާލައިގެން ފުން ވިސްނުމެއްގައި އޮތް ރިޔާން ސިއްސާގެން ދިޔައީ ކޮޓަރި ދޮރުހުވުނުލެއް ބާރުކަމުންނެވެ. އެއީ ޔުލީންކަން ވެސް އިނގުނީ އެހެންވެއެވެ. ކުޑަކޮށް ބޯހިތްލާލާފައި ރިޔާން ތެދުވެލިއެވެ. ” ކިހިނެއް ވީ ޔުލީ ” ރިޔާން އަހާލިއެވެ. ” ދޮންބޭ ބޮޑުކަމަކަށް ނަހަދާ ލައީ ގެއަށް ލައިދެން ދޭބަލަ ، މިހާރު ލަސްވެފާ ހުރީމާ ” ޔުލީން ބުނެލިއެވެ. ” ލައީ އޯކޭތަ ” ދިޔުމުގެ ކުރިން ރިޔާން އަހާލިއެވެ. ” އާން ލައީ އޯކޭ ދޮންބެ […]
ނުޒްހަތްމެން ގެއިން އައުމަށްފަހު ގެއަށް ވަނުމުގެ ބަދަލުގައި ނޫރީން ދިޔައީ ޒިޔާދުގެ އެދުމަށް އޭނާގެ ރަހްމައްތެރިއަކާ ބައްދަލުކޮށްލުމަށެވެ. އެހެންކަމުން ލައިހާ ޖެހުނީ ޒަޔާން އާއެކު އެތެރެ އަށް ވަންނާށެވެ. ލައިހާ އަށް ވުރެ ކުރިން ޒަޔާން އެތެރެ އަށް ވަނުމުން ލައިހާ ވެސް ލަސްފިޔަވަޅުތަކެއް ގައި އެތެރެ އަށް ވަންނަން މިސްރާބުޖެހީ ޖެހިލުންވެ ހުރެއެވެ. މިހާރަކަށް އައިސް ޒަޔާން މާބޮޑަށް ގައިގޯޅިވާން މަސައްކަތް ކުރާތީއެވެ. މަޑުމަޑުން އެތެރެ އަށް ވަންއިރު ޒަޔާން ގެ ހިލަމެއް އެބޮޑު ސިޓިންރޫމް […]
ފަތިސް ނަމާދަށް ލައިހާ ތެދުވީ ހިތްވަރުންނެވެ. މީހާގެ ގައިގައި ހަކަތަ ނެތް އިރު ބޮލުގެ ރިހުން ވެސް ވަނީ ހައްތަހާހެން ގަދަވެފައެވެ. އެހެންނަމަވެސް ނަމާދުކޮށްލަން ލައިހާ އަވަސްވެގަތެވެ. ނަމާދުނިންމާލަމުން ލައިހާ ދުޢާ އަށް އަތް ނަގާލީ އޭނާގެ ހަޔާތަށް އައިސްފައިވާ ހަރީފުމޫސުން ގޮސް ބަހާރު މޫސުން އާދޭތޯ ދުޢާކޮށްލުމަށެވެ. އަދި ރިޔާންގެ ލޯބީގައި ޢުމުރު ދުވަހު ލެއްވުމަށް ވެސް އެކަލާނގެ ހަޟްރަތުން ލައިހާ ދެންނެވިއެވެ. ގައިގައި ހުރި ވަރަކުން ލައިހާ ސައިބޯލަން ދިޔައީ ނޫރީން މެން އައުމުގެ […]
ތައްޔާރުވާން ހުރި ލައިހާ ގެ ހިތް ދިޔައީ އާދަޔާ ހިލާފަށް ތެލެމުންނެވެ. ކޮންމެސް ކަމެއް ވާން އުޅޭކަމުގެ ސިގްނަލް އޭނާ އަށް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އަވަސް އަވަހަށް މީހާ ތައްޔާރުވަމުން ދިޔައެވެ. ތައްޔާރުވެގެން ނިކުންއިރު ސޯފާގައި އޮށޯވެލައިގެން ޒަޔާން އޮތްތައް ފެނުމުން މީހާގެ ހިތަށް ފޫހިކަމެއް ވެރިވެގަތެވެ. ” ލަވް ، ކޮންތާކަށް ތިދަނީ ” ބޯހިތްލާލަމުން ނިކަން ލޯބިން ޒަޔާން ބުނެލިއެވެ. ލައިހާ ކައިރި އަށް ރުޅިއައިސް އެއްޗެއް ބުނަން އަނގަހުޅުވާލިނަމަވެސް އޭގެ ކުރިން […]
ކަންދިމާކުރި ގޮތުން ޒިވްޔާ އަދި ޒަޔާން ވެސް މަސައްކަތް ކުރަން ޖެހުނީ އެއްބައެއްގައެވެ. މިކަމާ ޒިވްޔާ ހުރީ އުފަލުން ގޮސް ފޮޅިފައެވެ. މެންދުރުގެ ވަގުތެވެ. ސްކޫލް ނިންމިގޮތަށް ޔުލީން ލައިހާ ގެ ގެއަށް ދިޔައީ ލައިހާ ކައިރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ދެތިންފަހަރު ލައިހާ މެންގޭ ބެލް އެޅުމުން ދޮރުހުޅުވާލި ލައިހާ ފެނި ޔުލީން އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” ލައީ ވަޓްސް ވިތް ޔުއާރް ލުކް ” ހައިރާން ވީވަރުން ލައިހާގެ ދެކޮނޑުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. […]
ކަޅުކުލައިގެ އަބާޔާ އަކާ އަޅި ކުލައިގެ ޝޯލް އެއްގައި ހުރި ލައިހާ ގެ ރީތިކަން އިންތިޙާއެވެ. އެހެންނަމަވެސް އެތުންފަތުގައި ވާ ރީތިހިނިތުންވުން ނެތުމުން ޢައިބުކަމަށް ދައްކައެވެ. ތައްޔާރުވެ ނިމުމުން ލައިހާ ކޮޓަރިން ނިކުންއިރު ދާން ތައްޔާރުވެގެން ހުރި ޒަޔާން ފެނުމުން މިއަދު ޒަޔާން ދެއްކި ވާހަކަތައް ސިކުނޑީގައި އެނބުރިގަތެވެ. ކަޅުކުލައިގެ ޖިންސްއަކާ މުށިކުލައިގެ އަތްދިގުގަމީހެއްގައި ހުރި ޒަޔާން އަށް އެތައް އަންހެން ކުދިންނެއް ފިދާވާނެކަން ޔަގީނެވެ. އެތައް އަންހެން ކުދިންގެ ހިތްތަކަށް ގޮތްގޮތް ވާނެ ކަން ޔަޤީނެވެ. […]