ގާތުގާވުމަށް ހިތް އެދެނީ (4)
ގެއާކައިރި އޮތް ހިމަ އަނދިރި ގޯޅިއަށްއެޅުމާއެކު ލައިހާ ގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދުވަހަކީ އެ ގޯޅީގައި ހަރުކޮށްފައި އިން ލައިޓް އަނދާފައި އިން ދުވަހެކެވެ. ރިޔާން އާތަންކޮޅެއް ގަތްވެލީ ރައްކާތެރިކަން އިޙްސާސް ކުރެވޭތީއެވެ.
********
ލައިހާ ބިރުގެންފައިވާ ކަން ރިޔާން އަށް އިނގުމުން ހުދު އޭނާވެސް ލައިހާ ކައިރި އަށް ޖެހިލިއެވެ. މަގުގެ މެދާހިސާބުން އެއްޗަކަށް އެރުނުހެން ހީވެގެން ލައިހާ ތޫލިއަޑަކުން ހަޅޭލަވާގަންނަމުން ރިޔާން ގެ އަތުގައި އޮޅުލައިގަންނަމުން އޭނާ ގެ ގަމީސް އަތަށް ބޮނޑިކޮށްލިއެވެ. ” ލައީ ކިހިނެއް ވީ؟ ” ހާސްވެފައި ހުރެ ރިޔާން އަހާލިއެވެ. ” ކޮންމެސް އެއްޗަކަށް އެރިއްޗެ ” ދެލޯ ފިއްތާލަމުން ލައިހާ ބުނެލިއެވެ. ” މަޑުކޮށްލާ ” މިހެންބުނެފައި ރިޔާން އޭނާގެ ޖީބުގައި އޮތް ފޯނުނަގާ އަލިކޮށްލަމުން ކުޑަކޮށްހެވިފައި ހުރެ ލައިޙާ އަށް ތިރިބެލުމަށް ބުނެލިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލަމުން ލައިހާ ތިރިބަލައިލި އިރު އޭނާގެ ފައިކައިރީ އޮތީ ބަނޑިވެފައި އޮތް ދަޅެކެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ރިޔާންގެ އަތުގައި ހިފަހައްޓައިގެން ހުރެވުނުކަން ހަނދާންވުމުން އަވަސްއަވަހަށް އަތްވަކި ކޮށްލިގަނޑީ ފައިއޮޅިގެން ލައިހާ އަރިއަޅާލިއެވެ. ހުށިޔާރުކަމާއެކީ ރިޔާން ލައިހާގެ އުނަގަނޑުގައި އަތްއަޅުޥާލަމުން އޭނާގެ ނޭވާ އިޙްސާސް ވާހާ ކައިރިއަށް ގެނައެވެ. ލައިހާގެ ނޭވާ ހުއްޓުނުފަދައެވެ. ދެލޯ ބޮޑުކޮށްލަމުން ރިޔާން ގެ މޫނަށް ބަލަހައްޓއިގެން ހުރެވުނެވެ. އެއްވެސް އަލިކަމެއް ނުވާ އެ ގޯޅިތެރޭގައި ރިޔާން ގެ މޫނެއް ލައިހާ އަކަށް އެހާ ރަނގަޅަކަށް ނުފެނެވެ. ހަމަހޭޥެރިކަން ވީ މީހެއްފަދައިން ރިޔާން ލައިހާގެ އުނަގަނޑުން އަތް ދޫކޮށްލަމުން މާފަށް އެދުނެވެ. އެހަމަހިމޭން ކަންމަތީގައި ދެމީހުން ލައިހާ ގެ ގެއާހަމަކޮށްލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ހިނިތުންވުމެއް ދީފައި ލައިހާ އެތެރެ އަށް ވަތެވެ. ލައިހާ އެތެރެ އަށް ވަނުމުން ރިޔާން ވެސް ގެއަށް ދާން މިސްރާބުޖެހިއެވެ. ދެހިތުގައި ވެސް ދެމީހުންނަށް ސިފަވެގެން ދަނީ އެކަކު އަނެކަކު ގެ އަތުތެރޭގައި ހޭދަވެގެން ދިޔަ ވަގުތުކޮޅެވެ.
********
ހެނދުނުގެ ވަގުތެވެ. ލަހުން ތެދުވުމުގެ ސަބަބުން ލައިހާ ޖޮގިން އަށް ނުދެވުނެވެ. އެހެންކަމުން ބަދިގެތެރޭގައި ނޫރީން އަށް އެހީވުމުގައި ލައިހާ އުޅެގަތެވެ. ރިޔާން ގެ ހިޔާލުތަކުގައި އޮތުމުގެ ސަބަބުން އޭނާއަށް ނިދުނީ އެކެއް ވެސް ޖެހިފަހުންނެވެ. އޭނާ ހިތުގައި އުތުރިއަރަމުން އަންނަ ލޯބި އޭނާ އަށް ލިބިދާނެކަމާމެދު އެތައްފަހަރަކު އަމިއްލަ ހިތާ ސުވާލުކޮށް ހެދުމަކީ މިހާރު ލައިހާ އަށް އާކަމެއް ނޫނެވެ. ހިޔާލުތަކުން ދުރުވެލަމުން ލައިހާ މޭޒުމައްޗަށް ތަށިތައް ނެގުމަށް ފަހު ފެންވަރާ ތާޒާވެލައިގެން އަނބުރާ ސައިބޯން އައެވެ.
އެހެންދުވަސްދުވަހާ ހިލާފަށް މިއަދު ޔުލީން ލައިހާ މެން ގެއާ ހަމައަށް އައީ ރިޔާން އާއެކު ސައިކަލުގައެވެ. ރިޔާން ފެނުމުން ލައިހާ ގެ ސިކުނޑީގައި ވަށާލެވިގެން ދިޔައީ ރޭގެ ހަނދާންތަކެވެ. ލަދުން މޫނުރަތްވި ތަން ރިޔާން އަށް ސިއްރެއް ނުވިނަމަވެސް ލައިހާ އޭނާދެކެ ގަޔާވާކަމާމެދު އޭނާ ވެސް ސުވާލު އުފައްދައެވެ. ޔުލީން ފޭބުމުން ރިޔާން ދިޔުމާއެކު ލައިހާ އަށް ޔުލީން އަށް ނަޒަރެއް ހިންގާލެވުނެވެ. ” ޔުލީ ކިހިނެއް ވީ ހާދަ ޑައުންވެފާ ؟ ” ޔުލީންގެ ދެކޮނޑުގައި ހިފާލަމުން ލައިހާ ބުނެލިއެވެ. ” ނުހާން އޭނާ މިއަދު ހެނދުނު ނައީ މާ އަހަރެން ގުޅީ ފޯނުނެގި ބަޓް އަހަރެންނާ ދިމާލަށް ހަޅޭލަވާގަތީ ރެސްޓެއް ދޭށޭކިޔާފާ ، އެން އަހަރެން ނަށް އެކޮޅުން އިވުނު އަންހެނެއް ގެ ހުނުމުގެ އަޑުވެސް ޝައްކެއް މަތީ މިހުންނަނީ ، ބަޓް އައިލަވްހިމް ޓްރަސްޓްވެސް ކުރަން ” އިސްޖަހާލަމުން ޔުލީން ލައިހާ އަށް ކަންހިނގާދިޔަގޮތް ކިޔާދިނެވެ. ” ވަޓް ، އަސްލު ނުހާން ވެސް ދޯ ޕިސް ޕިސް ” ރުޅިއައިސްފައިވާ ހާލު ލައިހާ ބުނެލިއެވެ. ” ދެން ހިނގާ ދާން މިހެން ތިއްބަކަސް ނުވާނެ ” ހަމަޖެހިލަމުން ޔުލީން ބުނެލިއެވެ. ” އާން ހިނގާ ” ލައިހާ ވެސް މިހެން ބުނެ ހިނގައިގަންނަން ފެށިއެވެ. ދެމީހުން ވާހަކައިގައި ދަމުން މިއަދު ހަވީރު އައިސްކޯން ބޯންދާންވެސް ޜާވާލިއެވެ. ލައިހާ މިކަން ރާވާލީ ޔުލީން ހިތްހަމަ ޖައްސާލުމަށެވެ. އަދި ދެއެކުވެރިން ބޭރަށް ނުދާތާ ދުވަސްކޮޅެއް ވެފައިވާތީއެވެ. ” ދާނަން އިނގޭ ޔުލީ ބަލާ އަވަހަށް ރެޑީވެގެން ހުންނާތި ” ސްކޫލަށް ވަންނަމުން ލައިހާ ބުނެލިއެވެ. ބޯޖަހާލަމުން ޔުލީން ހިނިތުންވެލިއެވެ.
ދުވަހުގެ ބުރަ ތާވަލާއެކީ ނަމަވެސް ލައިހާ ޔުލީން އާއެކު ކާން ކައިރީ އޮތް ރެސްޓޯރެންޓް އަކަށް ދިޔައެވެ. ހިތްހަމަޖެހޭ އެއްޗަކަށް އޯޑަރުދެމުން ދެމީހުންވެސް އަވަސްވެގަތީ ލިބިފައިވާ ހުސްވަގުތު ކޮޅުގައި ކައިނިންމާލެވޭތޯއެވެ. ރެސްޓޯރެންޓްގެ ދޮރާ ދިމާލަށް އިން ޔުލީން އަށް ދެލޯބޮޑުކޮށްލެވުނީ އެތެރެ އަށް ވަން އަންހެން ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލާގެން އައި ނުހާން ފެނުމުންނެވެ. މީހާގެ މޫނުގެ ކުލަވަރު ބަދަލުވެ ހިފައިގެން އިން ސަމްސާ ތައްޓަތެރެއަށް ދޫކޮށްލެވުނެވެ. އެއަޑަށް ލައިހާ އަށް ވެސް އިސްއުފުލާލަން މަޖްބޫރުވިއެވެ. އެއްދިމާލަކަށް ހުއްޓި ގަބުއަރާފައި އިން ޔުލީން ފެނުމުން ހައިޜާންވެފައި ހުރެ ލައިހާ އެދިމާލަށް ނަޒަރު ހިންގާލިއެވެ. ފެނިގެން ދިޔަ މަންޒަރުން ހުދު އޭނާވެސް ހައިރާންވެ ރުޅިއަންނަ ގޮތްވެގެން ދިޔައެވެ. ހެމުންހެމުން ނުހާން އެ އަންހެން ކުއްޖާއާއެކުއެތާ ޔުލީންމެންނާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީންތަން ބަލަން ޔުލީން އަށް އިނދެވުނެވެ. ހިތުގައި ނުބާ ވަސްވާސް ތައް ވަށާލިނަމަވެސް މީހާ ގެ ހިތަށް ވިސްނާދޭން ޔުލީން ދިޔައީ މަސައްކަތް ކުރަމުންނެވެ. ފެންނަމުން ދިޔަ މަންޒަރަކީ ދޮގެއް ނަމައޭ ވެސް ޔުލީންގެ ހިތަށް އަރުވައެވެ. ނަމަވެސް ކަންހިނގަމުން އެދަނީ އޭނާ ގެ ލޮލުގެ ކުރިމަތީގައެވެ. އިންކާރުކުރާކަށް އެއްވެސް އުޒުރެއް ނެތެވެ. ލައިހާ އިނީ ޔުލީން ހިތްހަމަ ޖައްސައިދިނުމަށް ބުނާނެއެއްޗެއް ނޭނގިފައެވެ. މޭޒުމަތީގައި ތުރުތުރުލާ އޮތް ޔުލީން ގެ އަތުގައި ލައިހާ ހިފާލުމާއެކު ފެންކަޅިވެފައިވާ ދެލޮލާއެކު ޔުލީން ލައިހާ އަށް ބަލައިލިއެވެ. ލައިހާ ދެލޯމަރާލަމުން ޔުލީން އަށް ބަލައިލާފައި އެދުނީ އެތަނުން ދާން ދިޔުމަށެވެ. ލައިހާގެ ބަސްޤަބޫލުކޮށްލަމުން ޔުލީން ނުހާން މެންނަން ނުފެންނާނެ ހެން ނިކުމެގެން ދިޔައިރުވެސް އެ ހިތް ގިސްލާ ރޮމުން ދިޔައީ ނުހާން އެހެން އަންހެން ކުއްޖަކާ ގައިގޯޅިވެގެން އިންތަން ފެނުމުންނެވެ. ޔުލީންގެ ފަހަތުން ލައިހާ ވެސް ބިލުދައްކާލަމުން ނިކުމެގެން ދިޔައީ ނުހާން އަށް ނުފެންނާނެ ހެންނެވެ.
” ޔުލީ ލުކް ކާމް ޑައުން ، އެން އެކަމާ ނުވިސްނާ އެހަށް ހިނގާ ސްކޫލަށް ، އެން ޑޯންޓް ތިންކް ޓު ކެންސަލް ދަ އީވެނިން ޕްލޭން ” އިންޒާރެއްދޭފަދައިން ލައިހާ ބުނެލިއެވެ. ބޯޖަހާލަމުން މަޑުހިނގުމެއްގައި ޔުލީން ސްކޫލް ތެރެއަށް ވަންނަން ހިނގައިގަތެވެ. ލައިހާ ދިޔައީ ޔުލީންގެ ފަހަތުން ނުހާން އަށް ކުދިކިޔަމުންނެވެ. ފެށުނީއްސުރެ ނުހާން އަކީ އޭނާ އަށް މާކަމުދާ މީހެއް ނޫނެވެ. ނަމަވެސް ޔުލީންގެ އުފަލަށްޓަކައި ކެތްކޮށްލާގެން ހުރީއެވެ.
ސްކޫލް ނިންމާލަމުން ގޭޓުން ދެމީހުން އެތްކޮށްނިކުން އިރު ޔުލީން ބަލާ ރިޔާން އައިސް ހުއްޓެވެ. ނުހާން ފެނޭތޯ ވަށާބަލާލަމުން ނުހާން ނުފެނުމުން ޔުލީންގެ މާޔޫސްވިއެވެ. މިލާފައިވާ މޫނަކާއެކު ޔުލީން ރިޔާން ކައިރި އަށް ނުދިޔުމަށްޓަކައި ލައިހާ ޔުލީންގައިގައި ބައްދާލަމުން ޔުލީން ހަމައަކަށް އަޅުވަން މަސައްކަތް ކޮށްލިއެވެ. ރިޔާން ގެ ނަޒަރު ލައިހާ އިން ވަކިނުވެއެވެ. ލައިހާ ގެ ކޮންމެ އަމަލަކަށް ފަރުވާތެރިކަމާއެކު ބަލަން އިނދެވުނީ ދިވާނާ ވެފައިވާ މީހެއް ފަދައިންނެވެ. ރިޔާން ސިއްސާގެން ދިޔައީ އޭނާކައިރި މަޑުކޮށްލި ސައިކަލަކުން ބަރުގަނު އަޅާލިއަޑަށެވެ. އެދިމާލަށް ރިޔާން ގެ ނަޒަރު ދަތުރު ކޮށްލިއެވެ. ” ސާބަސް ދެން ތީ ބޮޑުވަރު ކަލޭ ދެން ތިހާ ދީވާނާ ނުވެ އެ މަންޖެ އަށް ލޯބިހުށައަޅާބަލަ ނިކަން ” ރިޔާންގެ ސައިކަލު ކައިރި މަޑުކޮށްލި ޔޫއާން ބުނެލިއެވެ. ” ކަލޭ ދޯ ، ދެން އެހަށް ލައިހާގެ ހިތުގައި އޮތްއެއްޗެއް ނޭނގިގެން ދޯ ހުރޭ ދެން އަދި ” ލައިހާ އަށް ބަލައިލަމުން ރިޔާން ބުނެލިއެވެ. ” ތިއެއް ނޫން ކޮންތާކަށް ތިދަނީ ” ޔުއާން އަށް ބަލައިލަމުން ރިޔާން ބުނެލިއެވެ. ” މިދަނީ ތިގެއަށް މަވެސް ފޫހިވެގެން ދެން މިއަތަނުން ކަލޭ ފެނިގެން މިއައީ ” ޔުއާން ބުނެލިއެވެ. ” ދެން މަޑުކުރޭ އަހަރެންނާއެކު ދާން ” ރިޔާން ބުނެލިއެވެ. ލައިހާ އާ އެތްވަރަށް އައި ޔުލީން ހުރީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. އެތަނުން ޔުއާން ފެނުމުން ޔުލީން ގެ ހިތުގައި ފޫހިކަން އެނބުރިގަތެވެ. ޔުއާން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި ޔުއާން އަށް ދޫނެރެލަމުން އެދިމާލަށް އައެވެ. ޔުއާން އަށް ހިނިތުންވެލެވުނެވެ. ” ޔުލީ ދެން ދަނީ އިނގޭ ހަވީރު ދާނަން ” ވަށްކަޅިން ރިޔާން އަށް ބަލައިލަމުން ލައިހާ ބުނެލިއެވެ. ” ނޫން އެހަށް މަޑުކޮށްބަލަ ، ދޮންބޭ ދޭބަލަ ލައީ ގެއަށް ލައިދޭން ” ޔުލީން ބުނެލިއެވެ. ވަގުތުން ލައިހާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ރިޔާންގެ ހިތް އުފަލުން ނަށަން ފެށިއެވެ. ” ދެން އެހެންވީރު ޔުލީ ދޭ ޔޫއާން އާއެކު ” ރިޔާން ބުނެލިއެވެ. ” ހޫމް ގޮސްފާނަން މި ސައިކޯއާއެކު ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޔުލީން ބުނެލިއެވެ. ލައިހާ އަށް ހިނިގަނޑެއް ޖަހާލެވުނުއިރު ރިޔާން ކައިރިއަށް ވެސް ހިނިއައީ ޔުލީން ބުނެލިގޮތުންނެވެ. ރިޔާން ގެ ސައިކަލަށް ލައިހާ އެރުމާއެކު ސައިކަލު ސްޓާޓް ކޮށްލިއެވެ. ކުއްލިއަކަށް ސައިކަލު ދުއްވާލެވުމާއެކު ލައިހާ އައިސްތައްވީ ރިޔާން ގެ ބުރަކަށީއެވެ. އެވަގުތު ބާރަށް ތެޅެމުން ދިޔަ ލައިހާގެ ހިތުގެ ތެޅުން ރިޔާން އަށް އިޙްސާސްވިއެވެ. އެހެންކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. ސައިކަލު ދުއްވަމުން ދާތީ ފަހަތަށް ޖެހެން ލައިހާ އިނީ ޖެހިލުންވެފައެވެ. އެހެންނަމަވެސް ރިޔާން އާ އެހާ ކައިރީ އިންނަން ޖެހުމުން ލައިހާ ގެ ހިތް އެހާމެ ބާރަށް ތެޅެއެވެ.
ލައިހާ ދިޔުމާއެކު ޔުލީން ޔޫއާން އަށް ބަލައިލަމުން ސައިކަލަށް އިޝާރާތް ކޮށްލިއެވެ. ” ތީހަމަ އެހާ ރުޅިގަދަ ކުއްޖަކީތަ ؟ ” ސައިކަލަށް އަރާލަމުން ޔޫއާން އަހާލިއެވެ. ” ނޫން އަހަރެން ވަރަށް ކޫލް ވާނެ ، ތީނަ ފެނުނީމާ އަހަރެން ކައިރިއަށް ހަމަ ފާޑަކަށް ރުޅިއަންނަނީ ” ދެލޯއަޅާލަމުން ޔުލީން ސައިކަލަށް އަރާލަމުން ބުނެލިއެވެ. ޔޫއާން ކައިރިއަށް އައީ ހިންޏެވެ. ” ހޭނެ ކަމެއް ނެތް ” ޔުލީން ބުނެލިއެވެ. ޔުލީން ހަމަޖެހިލުމާއެކު ޔޫއާން ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. ޔޫއާން އާ ވީހާވެސް ދުރުގައި ޔުލީން އިނީ ޔޫއާން އަށް ކުދިކިޔަމުންނެވެ. އެއްލިކަޅިއަކުން އެމީހުންގެ ކުރިމަތިން އަންނަ ސައިކަލުގައި އިން ނުހާން އާ އޭނާގެ ފަހަތުގައި އިން އޭރު ރެސްޓޯރެންޓް އިން ފެނުނު އަންހެން ކުއްޖާ ފެނި ޔުލީން އޭނާ ގެ ހިތުގައި ޕްލޭން އެތް ރާވާލިއެވެ. އެމީހުންނާ ހަމަ ވުމުގެ ކުރިން ޔުލީން ޔުއާން އާ ކައިރި އަށް ޖެހިލަމުން ޔުއާންގެ ބަނޑުގައި އޭނާގެ އަތް ވަށާލަމުން އޭނާގައިގައިގާ ބައްދާލިއެވެ. ލިބުނު ކުއްލި ސިހުމުގައި ޔުއާން އަތުން ސައިކަލު އަރިނާލީ ކިރިޔާއެވެ. ” ޕްލީސް ތިހެން ރީއްޗަށް އިނދެބަ ، ވަރަށް އަވަސް ” އާދޭހާކު މަޑުމަޑުން ޔުލީން ބުނެލިއެވެ. އެއިރު އެމީހުނާ ހުރަސްކަނޑާލާފައި ދިޔަ ނުހާން އަށް ޔުލީން ފެނުމުން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މީހާ ހައިރާން ވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Hello readers ❤️❤️
Hope u love this part 2❤️❤️
Next part ISA soon❤️❤️
Stay safe ❤️❤️and tvgc ❤️❤️
oe hoe yeoja kihineh thihedhee ekam hama best ingey mi eps ves???????❤❤❤❤
kurin shahkegge mathee hurefa yageen vejje vaahaka dhaa gothaa medhu ekam spoil eh nukuraanan im just gonna zip??
dhen riyaan laihaa ge hiy nuthalhuvaa prposal akah gendhey ??❤❤❤
lol
vaahaka vrh nice and ???❤❤❤?????
HAPPY BACK TO SCHOOL DAY ??????????
tvgc
st sf
ly❤❤❤
umwah??
Thank uuu soo much luvza ❤️❤️
Glade to know u like it ❤️
Ehehehehe change vedhaane Hama dhn ❤️❤️
To know dear further ingeyy❤️❤️
Hahahaha adhi luvza beynun Gotha vaane ❤️❤️eyyy dear ingeyy keep waiting luws❤️❤️
Yea HAPPY BACK TO SCHOOL ❤️❤️
Ly❤️❤️
Stay safe and tvgc ❤️❤️