” އަނެއްކާ އެއްޗެހިތަކެއް ދާކޮށްގެން ނިކުތީދޯ. ސައުވީސް ގަޑިއިރު ގޭގަ އޮންނަ މީހަކު އެއްޗެއްހި ދާކުރަނީ ވެސް ވަކި ވަރެއް ބަލައިގެނެއް ނޫންވިއްޔާ. ވިދާން ހީކުރަނީ އަހަރެންމީ ރޮބަޓެއް ކަމަށްތަ؟ ” ދޮންނަން ވެފަހުރި ވިދާންގެ އަންނައުނުތައް ހިފައިގެން ކޮޓަރިން ނިކުތުމުން ސިޓީންރޫމުގައި އިން ސަލީމާ ރުޅިވެރި ފާޑަކަށް ބުނެލިއެވެ. ” ދެހަފްތާވީ އެއްޗެހި ނުދޮންނަތާ. އެހެންވެ ދޮންނަން އެއްޗެހި ނެރުނީ ” ސަލީމާގެ އަޑަށް ވިދާން މަޑު ޖެހިލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ. ” […]
” އެކަމަކު ވިދާން. ތިދެން ބޮޑުވަރު ކަންނޭންގެ. އަޅެ އެނދު ހުރަސްބަލި ޖެހިފަތަ ސައުވީސް ގަޑިއިރު ކޮޓަރީގަ ތިއޮށްނަނީ ” ސަލީމާ ވިދާންގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ދެފަރާތަށް ބޯ ހޫރާ ލުމަށްފަހު ބުނެލިއެވެ. އެވަގުތު ސަލީމާގެ އަޑަށް ވިދާން ދޮރާ ދިމާއަށް ބަލާލިއެވެ. ” ކިހިނެއްވީ މަންމާ ” ވިދާން އޮށޯވެގެން އޮތުމަށްފަހު ތެދުވެ ބުނެލިއެވެ. ” ކަމެއްނުވޭ. އަތުން ފައިން މަސައްކަތެއް ނުކޮށް ކޮންމެހެން ކޮޓަރީގަ އޮންނާނެ ކަމެއްނެތް. ހުރިހާ ބުރައެއް އުފުލަން ޖެހެނީ […]
1 ޖަނަވަރީ 2020 ފެށިގެން ކިޔުންތެރިންނާއި ހަމަޔަށް އަންނަނީ… އޭރު ވިދާން ހުރީ އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭންގި އިސްދަށަށް ޖަހާލައިގެންނެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތައް ފެނުމުން ސަލީމާގެ ރުޅިގަނޑު އިންހާއަށް ގަދަވެގެން ދިޔައެވެ. އެވަގުތު ވިދާން އިސްއުފުލާ ސަލީމާއަށް ބަލާލި ވަގުތު ސަލީމާގެ ރުޅިގަނޑު އަތުގެ މުލައްދަޑިން އަތްތިލަޔާ ހަމަޔަށް ދިޔަކަމުގެ އިހުސާސާއެކު، އަތުގައި ހުރި ބާރެއްލާފަ ވިދާންގެ ކޯތާފަތަށް ސަލީމާގެ ރުޅިގަނޑު ހުސްކޮށްލިއެވެ. އެވަގުތު ހިނދުކޮޅަކަށް ވިދާންގެ ވިންދު ކެޑުންކަހަލަ އިހުސާސެއް ކުރެވުނުވެ. […]
” ޒޭނާ ވާނެ އަހަރެން ބުނާ ކަމެއް ކޮށްލަދޭން ” އަކިޔަލް ބުނެލިއެވެ. ” ކޮންކަމެއް އަނެއްކާ ” ޒޭނާ އަހާލިއެވެ. ” އަހަރެންދޭ ދަޢުވަތު ކާޑް ސާރާގެ ދެމަފިރިންނާ ހަވާލުކޮށްލަން ” އަކިޔަލް ރިޒްނީއަށް ބަލާލަމުން ބުނެލިއެވެ. ” ސާރާ…!!! ” ހައިރާންކަމާއެކު ޒޭނާއަށް ބުނެލެވުނެވެ. ” އާނ. އަހަރެމެން ދެމީހުން ވެސް ބޭނުންވީ ސާރާގެ ދެމަފިރިންނަށް ވެސް އިންވައިޓް ކުރަން. އެހެންވެ އެހެން މިބުނީ ” ރިޒްނީ ބުނެލިއެވެ. ” ސާރާ ފެނިފަ އަނެއްކާ […]
ބައްޕާ. އަހަރެން ވާނީ ވަރަށް ދުވަސް ވަންދެން ބައްޕަޔާ މަންމައަށް ކަމެއް ސިއްރުކޮށްފަ ” ރިޒްނީ ރިފްއަތާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންކަމެއް ސިއްރުކޮށްފަ އޮތް ވާހަކަ ތިބުނީ ” ރިފްއަތު އަހާލިއެވެ. ” ބުނެބަލަ ” ރިޒްނީ ނިޔާޒް ގާތުގައި ބުނެލިއެވެ. އެވަގުތު ނިޔާޒް އަސަރުން ފުރިގެންވާ ގޮތަކަށް ރިޒްނީގެ މޫނަށް ބަލާލިއެވެ. ” ނުބުނިއްޔާ އަހަރެން ބުނާނަން. މިއަދު މީ ވިޔާމްގެ ނަމުގަވާ ބަލި ފަސޭހަވީ ދުވަސް. އެއާއެކު ސިއްރުވެފަ ހުރި ހުރިހާ […]
” އެހެންވީމާ ވިޔާމް އެބުނީ ރަނގަޅަށް. އެ ގޭގެ ރަޖިސްޓްރީ އެއޮތީ ގާސިމްގެ ނަންމަތީގަ. އެކަން ރިފްއަތުބެއަށް ނޭންގެނީ. އެގޭނަމަ މިއަދު މިހާ ހިސާބަކަށް ކަންތައް ނުދިޔައީސް ” ނިޔާޒް ފޯން ކަޑާލުމުން ޒޭނާ ބުނެލިއެވެ. ” އެނގިފަ އޮތަސް މިކަން މިހާ ހިސާބަށް ގެންގޮސްފާނެ. އެކަމަކު ދެން އެއްޗެއް ބުނަން އެނގޭނީ އެ ރަޖިސްޓްރީއެއް ފެނިގެން ” ނިޔާޒް ބުނެލިއެވެ. ” ހިނގާ އެންމެން ސައިބޯން ” ޒޭނާ ސައިބޯން ބުނުމުން އެންމެން ސައިބޯން ދިޔުމަށް […]
” ކިހިނެއް މިވީ ” ޒޭނާ ބުނެލިއެވެ. ” ތިބުނީ ކޮންކަމެއް ވި ވާހަކައެއް ” ހަމްދާން އަހާލިއެވެ. ” މިބުނީ ރިޒޫގެ ގެ އެއްބަފާ ބޭބެއަށް ނިޔާ ވި ވާހަކަ ” ޒޭނާ ބުނެލިއެވެ. ” ތިކަމާ ކީކޭ ބުނާނީދޯ. ކުރިން ވެސް އެހާ އެކުކޮށް އުޅުން އިރުވެސް ނޭންގުން ކަމެއްތީ ” ސާހިދު ބުނެލިއެވެ. ” ކިހިނެއް ކަމެއް އެނގޭނީ. ނިޔާ އެއިން ވާހަކައެއް އެއްވެސް މީހަކަށް ކިޔާ ނުދޭ. ދަތުރު ގޮސް އުޅެނިކޮށް […]
ހުކުރު ދުވަސްކަމުން ޒޭނާ ވެސް ތަންކޮޅެއް ކުރިން ތެދުވެ ގޭތެރޭގެ ކަންތައް ކޮށްލުމަށްފަހު ގަމަށް ދިޔުމަށް އަވަސްވެގަތެވެ. ” ކޮބާތަ؟ ” ޒޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އަހާލިއެވެ. ” އަހަރެން މިހުރީ ބޭރުގަ. ނިކުމެބަލަ އަވަސްކޮށް” ހަމްދާން ބުނެލިއެވެ. ހަމްދާން ފޯން ކަޑާލުމުން ޒޭނާ ލައިގެން ހުރި ޖިންސްގެ ފަހަތު ޖީބަށް ފޯން ލިއެވެ. އަދި އިސްތަށިގަނޑު އަންސަންގެން ގުޅޭ ވޫލްކޮޅު އަތަށް މަހާލަމުން ޒޭނާގެ އިސްތަށިގަނޑު ހާވަލައިގެން ގެއިން ބޭރަށް ނިކުމެގެން އައެވެ. […]
ވިޔާމް ކާރު މަޑުކޮށްލުމުން ރިފްއަތާ އަނީސާ އަދި ރިޒްނީ ކާރުން ފޭބުނުމުން ވިޔާމް ގެއަށް ދިޔުމަށް ކާރު ދުއްވާލިއެވެ. ގެއަށް އާދެވުމާއެކު އަނެއްކާ ވެސް ޖަލެއްގެ ތޭރިތަކުގެ ފަހަތުގައި ބައްދުވީކަމުގެ އިހްސާސް ރިޒްނީއަށް ކުރެވެން ފެށުނެވެ. ރިޒްނީ ތަންކޮޅަކަށް ދިޔަތަނާ ރިފްއަތާ އަނީސާ ކޮންމެވެސް ވާހަކައެއް ދައްކަމުން ގޮސް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެދެ މީހުން ދިޔުމުން ރިޒްނީ ގޭގެ ކުރިމަތިގައިވާ ހުސްޖާގައިގަ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ފުންނޭވާއެއް ލަމުން އިށީދެގެންއިން […]