” އެހެންވީމާ އަހަރުމެން ދެން ގޮސްލާނަން. ރިފްއަތު ވެސް ވާނެ އަދި އެއްދުވަހަކުން ގެއަށް އަންނަން ” ސައިގެ ކަންތައް ނިންމާލުމަށްފަހު ގޮޑިން ތެދުވަމުން ގާސިމްގެ ގެއަށް އައުމަށް ފިފްއަތުގެ އާއިލާއަށް ދަޢުވަތު ދިނެވެ. ގާސިމާ ވިޔާމް ކާރަށް އަރާ ދުއްވާލަންދެން އަނިސާއާއި ރިފްއަތު ބޭރު ދޮރުމަތީ ތިބުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ” އެސޮރު ކިހިނެއްވަނީ ” ރިފްއަތު އަހާލިއެވެ. ” ރިފްއަތުގެ ނިންމުމަކީ ހަމަ އަހަރެންގެ ވެސް ނިންމުން ” އަނީސާ ހީލަމުން ބުނެލިއެވެ. […]
އަކިޔަލް އޮފީސް ނިންމާލުމަށްފަހު ކައުންސިލް އިދާރާއިން މަގުމައްޗަށް ނިކުމެ ގެއަށް ދިޔުމަށް ހިނގައިގަތް ވަގުތު މީހަކު ފަހަތުން ގޮވާލުމުން ފަސްއެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ރިފްއަތު ހުއްޓެވެ. އަކިޔަލް ބަލާލުމުން ހަރު ހިނގުމެއްގަ ރިފްއަތު ކުރިއަށް ހިނގައިގަތެވެ. ރިފްއަތު ފެނުމުން އަކިޔަލް ފާޑަކަށް ހިތްބިރު ގަންނަގޮތްވިއެވެ. ނަމަވެސް މިވެސް ދިރިއުޅުމުގެ އިމްތިހާނެއް ކަމަށް ބަލާފައި ރިފްއަތާ ކުރިމަތިލިއެވެ. ” ކިހާވަރެއް ދިނިއްޔާތަ އަހަރެންގެ ދަރިފުޅުގެ ފަހަތުން ހިނގުން ހުއްޓާލާނީ. ބުނި ވަރަކަށް ފައިސާ ދީފާނަން ” ރިފްއަތު […]
” އަހަރެން ބޭނުން މިރޭ މީޓް ކުރަން ” އަކިޔަލް ރިޒްނީއަށް ގުޅާފަ ބުނެލިއެވެ. ” ކިހިނެއް؟؟. އަކޫއަށް އެނގޭނު އަހަރެންނަށް އަކޫއާ ބައްދަލުކުރުމަށް ގެއިން ނިކުތުން ވެސް މަނާކަން. އެހެންވީމާ އަހަރެން ކިހިނެއް އަކޫއާ މީޓް ކުރާނީ ” ރިޒްނީ ދެރަވެލާފަ ބުނެލިއެވެ. ” އަހަރެން ދެކެ ލޯބިވަންޔާ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ރިޒޫ އަހަރެންނާ މީޓް ކުރަން އަންނާނެ. ނާދެވެންޏާ ރިޒޫ އަހަރެންދެކެ ލޯބި ނުވަނީ ” އަކިޔަލް ވަރަށް ހިތްވަރު ކޮށްފަ […]
” މަންމާ. އަހަރެން ބޭނުން މެރީ ކުރަން ” މަސައްކަތެއްގައި ހުރި އަނީސާ ކައިރިއަށް ޖެހިލާފައި ރިޒްނީ ބުނެލިއެވެ. ” އަނެއްކާ ކާކާ އިންނަންވެގެން ތިއުޅެނީ. ” އަނީސާ އަހާލިއެވެ. ” އަކިޔަލްއާ ” ރިޒްނީ ބުނެލިއެވެ. އެވަގުތު އަނީސާ ރުޅިވެރިކަމާއެކު ރިޒްނީއަށް ބަލާލިއެވެ. ” ސަކީނާގެ އަކިޔަލްތަ؟. ” އަނީސާ އަހާލިއެވެ. ” އާނ. ” ރިޒްނީ އަނީސާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނެލިއެވެ. ” ތިނޫންއެހެން ކަމެއް ކުރަން އުޅެބަލަ ” އަނީސާ […]
ހަމަސް ފަސް މެންދަމު އެކެއް ޖެހިފަހުން އަކިޔަލްއަށް ހޭލެވުނީ އަކިޔަލްގެ ގައިގަ ހިފާދަމާހެން ހީވެގެންނެވެ. ހަމަ އެއާއެކު ދަތި ގޮތަކަށް ނޭވާލާ އަޑު ވެސް އިވެންފެށިއެވެ. ދެކަންތައް އެއްފަހަރާ ވާންފެށުމުން އަކިޔަލް ފުއްމައިގެން ތެދުވެ ކޮޓަރީ ބޮކި ދިއްލާލިއެވެ. އެވަގުތު އަކިޔަލްއަށް ފެނުނީ އެދުމަތި އޮތް އިބުރާހިމް ހޯމަހެން ތެޅޭހެން ތެޅޭތަނެވެ. ” ކާފާ…. ކާފާ…. ކިހިނެއްވީ ” އަކިޔަލް އިބުރާހިމްގެ ކަދުރާ ދަށަށް އަތްލައްވާ ކުޑަކޮށް އިބުރާހިމް ހިއްލާލިއެވެ. ނަމަވެސް އިބުރާހިމްގެ ހާލަތަކަށް ބަދަލެއްނާދެއެވެ. އަވަސް […]
ދޮންއައިސަ މަރުވިފަހުން ފުރަތަމަ ފަހަރަށް އިބުރަހިމް ގެއަށް އައިސް ވަނެވެ. ” އިބުރާހިމާ ” ގެއަށް ވަދެގެން ތަންކޮޅަކަށް ދިޔަތަނާ ދޮންއައިސަ ގޮވާލި އަޑު އިވުމުން ސިހިފައި އިބުރާހިމް ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭގެ ފަހުން ގޭތެރޭގެ އެކިދިމަ ދިމާލުން ދޮންއައިސަގެ އަޑު އިބުރާހިމަށް އިވެމުން ދިޔައެވެ. އެކިފަހަރު ދައްކާފަ ހުރި އެކި ވާހަކަތަކެވެ. ދޮންއައިސަ އިބްރާހިމްއަށް ގޮވާލާ ގޮތެވެ. ދޮންއައިސަ މިދުނޔޭގަ ނެތްކަމުގައި ވިޔަސް އިބުރާހިމްގެ ހިތުން ދޮންއައިސަ ހަނދާންތައް […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާދައިގެ މަތިން އަކިޔަލް ހުރީ އަތިރިމަތީއެވެ. މަޑުމަޑު ވައިރޯޅި ޖެހެމުން ދިޔަކަމުގައި ވިޔަސް އަކިޔަލްގެ ހަލާކުވެފަވާ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. އެހެން އެކަނި ހުރިއިރު އަކިޔަލްގެ ހިޔާލުގަ އެނބުރެމުން ދިޔައީ ސާހިދު ދެއްކި ވާހަކަ ތަކެވެ. މާދަމާޔަށް ވިސްނައިގެން ކަންތައް ކުރަންވީ ރަނގަޅު ގޮތުގެ ވާހަކައެވެ. ފުތަރަމަ ލޯބީގާ ނާކާމިޔާބު ވުމަކީ ދިރިއުޅުން މަތިން އުންމީދު ކަޑާލުން ނޫންކަމަށް ބުނި ވާހަކައެވެ. ލޯތްބައްޓަކާ ސަލާންޖަހާ މިހާގެ އަތުގައި ހިފައިގެން ދިރިއުޅުން އާބާދުކުރަން ބުނެ […]
” އަހަރެން އަކިޔަލް ބޭނުންވާތީ އާދޭސް މިކުރަނީ ” ރިޒްނީ ބުނެލިއެވެ. ” ކިތައްމެ ވަރަކަށް އާދޭސް ކުރިޔަސް އަހަރެންނަށް ތިކަން ވާކަށް ނެތް ” އަކިޔަލް ބުނެލިއެވެ. ” އެކީއްވެތަ؟ ” ރިޒްނީ އަހާލިއެވެ. ” ސަބަބަކީ އަހަރެންގެ ދިރިއުޅުމުގައި ދެވަނަ ފަހަރަށް ހިތާމަކުރާނެ ހިތްވަރުނެތިމާ ” އަކިޔަލް ބުނެލިއެވެ. ” އަހަރެން މިބުނަނީ ހިތާމައެއް ދޭނެ ވާހަކައެއްނޫން. އަހަރެން ލޯބިން އުޅެން ބޭނުމޭ. ދުވަހަކުވެސް އަކިޔަލްއަށް ދެރައެއް ހިތާމައެއް ދޭން ނުވިސްނަން. އަދި ނުވެސް […]
މެންދުރު ވެގެން އައި އިރު ވެސް ސާރާއަށް އޮތްތަނުން ބޯހިއްލާލެވޭ ވަރެއް ނުވިއެވެ. ނާސިދު ވެސް ރަށުގައި ނެތުމުން ސާރާގެ ހާލު ފެނިފައި ނާހިދާ އިންތިހާއަށް ކަންބޮޑުވިއެވެ. ހޮސްޕިޓަލަށް ނުދިޔުމަށް ސާރާ ގަދަ ހެދުމުން ވެސް އެމްބިއުލާސްއަށް ގުޅައިގެން ނާހިދާ ސާރާ ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ ސާރާ ވަރަށް ރަނގަޅަށް ބެލުމަށްފަހު ސާރާ އޮތް އެދުކައިރީ ހުރި ނާހިދާ ކުރެން ސާރާގެ ފިރިމީހާ ކޮބައިތޯ ސުވާލުކޮށްލިއެވެ. އެވަގުތު ހައިރާންކަމާއެކު ނާހިދާ ޑޮކްޓަރގެ މޫނަށް ބަލާލިއެވެ. ޑޮކްޓަރ ނާހިދާއާ […]