Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭނުންވަނީ އުމުރަށް 16 ވަނަ ބައި

Xiroo Thihthi Level 210 Stories
June 12, 2018 12 Mins Read
12 Comments

ވިޔާމް ކާރު މަޑުކޮށްލުމުން ރިފްއަތާ އަނީސާ އަދި ރިޒްނީ ކާރުން ފޭބުނުމުން ވިޔާމް ގެއަށް ދިޔުމަށް ކާރު ދުއްވާލިއެވެ. ގެއަށް އާދެވުމާއެކު އަނެއްކާ ވެސް ޖަލެއްގެ ތޭރިތަކުގެ ފަހަތުގައި ބައްދުވީކަމުގެ އިހްސާސް ރިޒްނީއަށް ކުރެވެން ފެށުނެވެ. ރިޒްނީ ތަންކޮޅަކަށް ދިޔަތަނާ ރިފްއަތާ އަނީސާ ކޮންމެވެސް ވާހަކައެއް ދައްކަމުން ގޮސް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެދެ މީހުން ދިޔުމުން ރިޒްނީ ގޭގެ ކުރިމަތިގައިވާ ހުސްޖާގައިގަ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ފުންނޭވާއެއް ލަމުން އިށީދެގެންއިން ގޮޑީގެ ފަހަތުގައިވާ ބައިގައި ކުޑަކޮށް ކުރިއަށް ޖެހިލާ ރިޒްނީ ބޯޖައްސާލިއެވެ.

އޮށްސިގެންދިޔަ އިރާއެކުހެން ދުނިޔެމައްޗަށް ވަމުން ދިޔަ އަނދިރިކަމާއެކު ނޫކުލައިގެ ސާލެއް ލެވިފައިވާ އުޑުމައްޗަށް އަނދިރިވަމުން ދިޔަވަރަކަށް އެކި ދިމަދިމާލުން ފެންނަމުން ދިޔަ ތަރިތަކަށް އަކިޔަލް ބަލަން އޮތީ ގޭ ދޮރުމަތީ ހުރި ޖޯލިފަތީގައެވެ. މޫނުމަތިން މާޔޫސްކަން ފެނަމުން ދިޔައިރު ލޮލަށް ކަރުނަވެސް ޖަމާވަމުން ދިޔައެވެ. ދިރިއުޅުމުގައި ކުޑަވެސް އުންމީދެއް ނުވާފަދައެވެ. ” ކިހިނެއްވެފަ ތިއޮތީ ” އަކިޔަލް ޖޯލީގައި އޮށްވާ ސާހިދު އައިސް ސުވާލުކޮށްލިއެވެ. ” ހަމައޮތީ ” ސާހިދު އައިސް ސުވާލުކޮށްލުމުން އަކިޔަލް ސާހިދާ ދުރަށް އަނެއްފަރާތަށް މޫނު އަނބުރާލަމުން ބުނެލިއެވެ. ” އަހަރެންނަށް އެނގޭ ހަމަ އޮތިއޭ ބުންޏަސް ކަމެއްވީމާ ނޫނިއްޔާ ތިހެން އޮންނަ މިހެއްނޫންކަންތި ” ސާހިދު ބުނެލިއެވެ. ” އެހެން ވިއްޔާ ހުރިހާ ކަމެއް އެނގިހުރެ ސުވާލު ކުރަނީ ކީއްކުރަންތަ؟ ” އަކިޔަލް ބުނެލިއެވެ.  ” ހިނގާބަލަ ހިނގާލަންދާން. ތިހެން އަބަދު އޮށްނާކަށް ނުވާނެ. ތިހެން އަބަދު ފިކުރުކޮށްގެން އަކޫއަށް ހަމަ ގެއްލުންވާނީ ” ސާހިދު ބުނެލިއެވެ. ” ނެތް އެއްވެސް ތާކަށް ދާހިތެއް ” އަކިޔަލް ބުނެލިއެވެ. ” ދިޔައީމާ އޯކޭވާނެ. ހިނގާބަލަ ދެން ” ސާހިދު ޖޯލިން ތެދުވެ އަކިޔަލްގެ އަތުގައި ހިފާ ޖޯލިން ނަގަން މަސައްކަތް ކުރަން ފެށިއެވެ. ” ބުނެފީމެއްނު އަހަރެން އެއްވެސްތާކަށް ދާހިތެއްނެތޭ. ކީއްވެތަ ބުނާއެއްޗެއް އަޑު ނީވެނީ ” އަކިޔަލްގެ އަތުގައި ހިފާފައި ހުރި ސާހިދުގެ އަތް ފޮޅުވާލަމުން އަކިޔަލް ރުޅިއައިސްގެން ބުނެލިއެވެ. އެވަގުތު ސާހިދު ދިޔައީ ސިހިގެންނެވެ. އަދި އިންތިހާއަށް ހައިރާންވިއެވެ.

އަކިޔަލްގެ މިހަރާކާތުން ސާހިދުއަށް ބަހެއްބުނާކަށް ނުކެރުނެވެ. ޖޯލީގައި އިށީންނާކަށްވެސް ނުކެރުނެވެ. އެހެންކަމުން ބަލަން ހުރުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތީ އަކިޔަލްގެ ހާލު ވިސްނޭ ހާލުގައެވެ. އޭރު އެމަންޒަރު ބަލަން ގޭދޮރުމަތީ ޒޭނާ ހުއްޓެވެ. ޒޭނާ ސަކީނާ ގާތުގައި ހުރެފަ ބޭރަށް ނިކުތީ އަކިޔަލްގެ އަޑު ގަދަވެގެންނެވެ. އެހެންކަމުން މަންޒަރު ކޮންމެވެސް ވަރަކަށް ޒޭނާއަށް ފެނުނެވެ. އަދި ސާހިދު ވާނެ ދެރަ އިހުސާސް ވެސް ކޮށްލެވުނެވެ. ” ކޮންތާކުތަ ” ޒޭނާ ގޭތެރެއަށް ވަދެ ހަމްދާންއަށް ގުޅިއެވެ. ” މިހުރީ ރައްޓިއްސެއް ގާތުގައި. ކިހިނެއްވީ ” ހަމްދާން ބުނެލިއެވެ. ” ގަމުގަތަ ތިހުރީ ” ޒޭނާ އަހާލިއެވެ. ” އާނ. އަހަރެން ބުނީމެއްނު ޒޭނާ ނިމުނީމާ ގޮވައިގެންނޭ ފޮނަދުއަށްދާނީ. އެހެންވެ މިހުރީ ރައްޓިއްސެއް ކައިރީގައި ” ހަމްދާން ބުނެލިއެވެ. ” ބިޒީ ނޫނިއްޔާ އާދެބަލަ ވަރަށް އަވަހަށް އަކޫމެން ގެއަށް ” ޒޭނާ ބުނެލިއެވެ. ” ކިހިނެއްވީތަ ” ހަމްދާން ސުވާލުކޮށްލިއެވެ. ” ދެން އާދެބަލަދޯ. ކަމެއްވީމައެއްނު އަންނާށޭ ބުނާނީ. އަވަސްކުރާތި ” ޒޭނާ މިހެން ބުނެ ފޯން ކަޑާލުމަށްފަހު ސަކީނާއަށް ކާން ގެނައި ތަށި ހިފައިގެން ދިޔައެވެ. ތަށި ދޮވެލުމަށްފަހު ސަނިކާއަށް ފެންތައްޓެއް ހިފައިގެން އައިސް ސަކީނާއަށް ދިނުމަށްފަހު ސަކީނާ އެދުގައި ބާއްވާލާފަ ބޭރު ދޮރުމަތި ބަލާލިއެވެ. އޭރުވެސް އަކިޔަލް އެ އޮތް ގޮތަކަށް ހަރަކާތެއްވެސް ނެތި އޮތެވެ. އަކިޔަލްގެ ހާލަތު ރަނގަޅު ނޫންކަމާމެދު ޒޭނާއަށް ޝައްކެއް ވުމުން ފަސްއެނބުރި ސަކީނާއަށް ބަލާލުމަށްފަހު އަކިޔަލް އޮތް ޖޯލި ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. ޖޯލީގައި އޮތްއިރު އަކިޔަލްގެ ދެއަތް ގަޔާ ޖެހޭގޮތަށް ދެމިފަ އޮތުމުން ޒޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އެހެން ކަމުން އަވަސް އަވަހަށް އަކިޔަލް ކައިރިއަށް ޖެހި ގޮވަން ފެށިއެވެ. އެއްފަރާތަށް އަރިވެފައިވާ އަކިޔަލްގެ މޫނު ޒޭނާ ސީދާކޮށްލިއެވެ. އަކިޔަލް އޮތް ހިސާބަށް ފިހާރައިގެ ބޭރުގައި ދިއްލާފައި ހުރި ބޮކިން ވަމުންދިޔަ ފަޑު އަލިކަމުން ޒޭނާއަށް ފެނުނީ އަކިޔަލްގެ ދެލޯ މެރިފައި ވަނިކޮށެވެ.

ފިހާރަވެސް ބައްދުކޮށްފަހުރި ވަގުތެއްކަމުން ޒޭނާ އެކަނި ހުރުމުން ހަދާނެ ގޮތް ނޭންގި ހާސްވާންފެށިއެވެ. ” ކޮބާތަ؟ ” ޒޭނާ ހަމްދާންއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ވަރަށް ކައިރިވެއްޖެ ” މިހެންބުނެ ހަމްދާން ފޯން ކަޑާލިއެވެ. އަދި ޒޭނާގެ އަޑުގައި ހާސްކަމެއް ހުރުމުން ކުރިއަށް ވުރެއް ބާރަށް ހަމްދާން ސައިކަލް ދުއްވާލިއެވެ. ” ވަރަށް އަވަހަށް އަކޫމެންގެއަށް އައިސްބަލަ. މިއުޅެނީ އަކޫއަށް ގޮތެއްވެގެން ” ޒޭނާ ސާހިދަށް ގުޅާ ވާހަކަ ދައްކަމުން ދިޔައިރު އަޑުގާ ތުރުތުރުލުމެއް ހުއްޓެވެ. ” އަކޫ… އަކޫ.. ” ސާހިދަށް ގުޅާފަ ޒޭނާ އަކިޔަލްއަށް ގޮވަން ފެށިއެވެ. ނަމަވެސް އަކިޔަލްގެ ހަބަރެއް ނުވުމުން ޒޭނާއަށް ރޮވޭ ގޮތްވިއެވެ. ހަދާނެ ގޮތެއް ނޭންގުމުން ހަމްދާން ކޮބާތޯ ބަލާލަން ނިކުތް ވަގުތު ހަމްދާން އައިސް ސައިކަލް މަޑުކޮށްލަނީއެވެ. ” ކިހިނެއްވީ ޒޭނާ ” ސައިކަލް މަޑުކޮށްލުމާއެކު ހަމްދާން ސުވާލުކޮށްލިއެވެ. ” އަކޫ ޖޯލީގައި އޮތީ. ވަރަށް ގޮވަފިން. އެކަމަކު އެއްވެސް ހަރަކާތެއްނެތް ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒޭނާ ބުނެލިއެވެ. ސައިކަލް ޕާކް ކޮށްލުމާއެކު ހަމްދާން އަވަސް ހިގުމެއްގައި އައިސް ޖޯލީގައި އޮތް އަކިޔަލަށް ގޮވަން ފެށިއެވެ. ” ކޮބާ ސާހިދު ” ހަމްދާން އަހާލިއެވެ. ” ގުޅާފަ ބުނެފިން ” ޒޭނާ ބުނެލިއެވެ. ” ކާފަވެސް ނެތްތަ ގޭގަ ” ހަމްދާން ސުވާލުކޮށްލީ އަކިޔަލަށް ގޮވަމުންނެވެ. ” ކާފަ މަޤްރިބް ނަމާދަށް ދާ ގޮތަށް އަންނާނީ އިޝާ ނަމާދު ކޮށްގެން ” ޒޭނާ ބުނެލިއެވެ. ” އަކޫ ޖޯލިން ނަގަން ޖެހޭނީ ” ހަމްދާން ބުނެލިއެވެ. ” އަކޫގެ ހޭވެރިކަމެއް ނެތްހެން ހީވަނީ ” ހަމްދާން އަކިޔަލް ޖޯލިން ނެގޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. ހަމަ އެވަގުތު ސާހިދު ދުވެފަ އައިސް މަޑުކޮށްލިއެވެ. ” ކިހިނެއްވީތަ؟ ” ސާހިދު އައިސް ސުވާލުކޮށްލިއެވެ. ” ނޭންގެ ވީ ގޮތެއް. އަހަރެން ގޮވާގޮވާ އަކޫ ބަހެއް ނުބުނުމުން ގުޅީވެސް ” ޒޭނާ ބުނެލިއެވެ. ” ގެނެސްދީބަލަ ފެންތައްޓެއް ” ހަމްދާން ފެންތައްޓަކަށް ބުނުމުން ޒޭނާ އަވަހަށް ގެއަށް ވަދެފަ ފެންތައްޓެއް ގެނެސްދިނުމުން ހަމްދާން އަތަށް ފެންއަޅާފައި އަކިޔަލްގެ މޫނަށް ފެންބުރުވާލިއެވެ. އަދި އަތަށް ފެންއަޅާފަ އަކިޔަލްގެ މޫނުގައި ވެސް އަތް އުގުޅާލިއެވެ. ” އަކޫ… އަކޫ…” ހަމްދާން އަކިޔަލްގެ މޫނުގައި ފެން އުގުޅާލުމުން ސާހިދު ގޮވާލިއެވެ. އަދި އަކިޔަލް މަޑުމަޑުން އަރިއަކަށް އޮތް އޭނާގެ ބޯ ސީދާކޮށްލިއެވެ. އޭރުވެސް އަކިޔަލްގެ ދެ ލޯ ވަނީ މެރިފައެވެ. އެހެންކަމުން ވާނުވާ ނެންގޭ ހާލުގައި ތިން މީހުން ތިން މީހުންނަށް ބަލާލެވުނެވެ. ” އަކޫ… އަކޫ.. ” އިރުކޮޅެއް ކޮށްލާފަ އަނެއްކާ ވެސް ހަމްދާން އަކިޔަލަށް ގޮވާލުމުން އަކިޔަލް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ” އަކޫ މިހާރު ކިހިނެއްވަނީ ” އަކިޔަލް ލޯ ހުޅުވާލުމުން ޒޭނާ އަކިޔަލާ ސުވާލުކޮށްލިއެވެ.

ޒޭނާގެ ސުވާލާއެކު އަކިޔަލް އަތުން ބޮލުގައި އަތްއަޅާލީ ފާޑެއްގެ ބަރުކަމަކާއެކު ކެއްނުވާފަދަ ތޫނުކަމެއް ހުރި ތަދެއް ބޮލަށް ވެފާ ހުރުމުންނެވެ. ” އަހަރެން މައްޗަށް ގެންގޮސްދީ ” އަކިޔަލް އޮތް ޖޯލި ޖެހިގެން ހުރި ޖޯލީގައި އިށީދެގެންއިން ސާހިދުގެ އަތުގައި ހިފާލަމުން އަކިޔަލް ބުނެލިއެވެ. އެވަގުތު ހަމްދާނާ ސާހިދު އަކިޔަލް ޖޯލިން ނަގާ ގަޔާ ކައިރިކޮށް ގެއަށް ވެއްދުމަށް އަވަސްވެގަތެވެ. ” އަހަރެން ބަލާލާނަން ދައްތަ އޮތީ ހޭލާތޯ. އަކޫ މިހެން ހުއްޓާ ދައްތައަށް ފެނިއްޖެނަމަ ދައްތަ ހާސްވެގެން ތެޅިގަނެފާނެ ” ޒޭނާ މިހެންބުނެ ސަކީނާ އޮތް އެނދު ކައިރިއަށް ގޮސް ބަލާލުމަށްފަހު ގޭދަރުމައްޗަށް އަރާ އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. ހަމްދާނާ ސާހިދުގެ އެހީތެރިކަމާއެކު އަކިޔަލް ކޮޓަރިއަށް ވެއްދުމުން އެނދުގައި އޮށޯވެލިއެވެ. ” މިހާރު ރަނގަޅުތަ އަކޫ ” އަކިޔަލް އެނދުގައި އަރިޔަކަށް އޮށޯވެލުމުން ހަމްދާން ސުވާލުކޮށްލުމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ” އަކޫ ބާއްވާލާ އިރުކޮޅަކު ރެސްޓް ކޮށްލަން ” މިހެން ބުނެ ހަމްދާން ސާހިދު ގޮވައިގެން ބޭރު ޖޯލިފައްޗަށް ނިކުތެވެ. ފަހަތުން ޒޭނާ ވެސް ބޭރަށް ނިކުތެވެ. ” އަސްލު ކިހިނެއްވީތަ ސާހިދު ” ޒޭނާ ސުވާލުކޮށްލަމުން އައިސް ޖޯލީގައި އިށީނެވެ. ” ސާހިދު މިތާ ނެތް މީހަކަށް ކިހިނެއްތަ އެނގެނީ ވީ ކިހިނެއްކަމެއް ” ޒޭނާގެ ސުވާލާއެކު ހަމްދާން ބުނެލިއެވެ. އޭރު ސާހިދު އިސްދަށަށް ޖަހާލައިގެން އިނެވެ. ” ވީކަމެއްވީރު ސާހިދު މިތާ ހުންނާނެ. އެހެންވެ ސުވާލު މިކުރީ ” ޒޭނާ ބުނެލިއެވެ. ” އެތެއްތަ؟ ކިހިނެއްވީތަ؟ ” ހަމްދާން ސާހިދު ގާތުން ސުވާލުކޮށްލިއެވެ.

” އަހަރެން އައި އިރު އަކޫ އޮތީ ޖޯލީގަ. އަހަރެން ކިހިނެއްވެފަހޭ ބުނީމާ ބުނީ ކަމެއްނުވެޔޭ. ދެން އަހަރެން ބުނިން ކަމެއް ނުވާނަމަ ތިހެން އޮންނާނެ މީހެއްނޫނޭތީ. އަހަރެން އެހެން ބުނީމަ އަކޫ ބުނީ ހުރިހާ ކަމެއް އެނގިހުރެ ކޮންހާ ސުވާލެއް ކުރާކަށްހޭ. އެހެން ބުނީމާ އަހަރެންނަށް ފާހަގަ ކުރެވުނު ވާހަކަ ދައްކާ ގޮތް ތަފާތުކަން. ދެން އަހަރެން ހީކުރީ ދިމާވެގެން މިއުލޭ ކަންތަކުގެ ސަބަބުންނޭ އެހެން ވާހަކަ ހުރީ. އެހެންވިސްނާފަ ބުނިން ހިނގާށޭ ހިނގާލަންދާން. އެހެންވެސް ބުނީ ކަމަކާ ވިސްނަން އޮވެދާނެތީ ކުޑަކޮށް އެހެން ކުރާ ބޭކާރު ހިޔާލްތަކާ ދުރުކޮށްލަންވެގެން. އެކަމަކު އަކޫ ބުނި އަކޫ އެއްވެސް ތާކަށް ދާކަށް ބޭނުމެއްނޫނޭ ” ސާހިދު ކިޔާދިނެވެ.

” އެއަށް ފަހު ސާހިދު އަކޫގެ އަތުގައި ހިފާ ޖޯލިން ނަގަން އުޅެން ފެށުމުން އަކޫ ރުޅިއައިސްގެން ސާހިދުގެ އަތް ފޮޅުވާލާފަ ބުނީ، ބުނީމާ އަޑު ނީވެނީ ކީއްވެހޭނު ” ޒޭނާއަށް މަންޒަރާ އަޑު އިވުން ހިސާބުން ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއް ޒޭނާއަށް އެނގެނީ އެހެން ކަމެއް ބުނީ ” ހަމްދާން ސުވާލުކޮށްލިއެވެ. ” ދައްތަޔަށް ކާންދޭން ހުއްޓާ ބޭރުގަ ބަޔަކު ވާހަކަ ދައްކާހެން ހީވެގެން ބޭރު ބަލާލިއިރު މިކަމެއް ވެގެން އުޅެނީ ” ޒޭނާ ބުނެލިއެވެ. ” އެނބުނީ ރަނގަޅަށް. އެކަމަކު އަހަރެން ސުވާލުކޮށްލީ އަކޫ ރުޅި އަރުވާކަށް ނޫން. އަސްލު އަހަރެން އައީ ދީނާ ބުނެގެން އަކޫ ބަލާ. އެކަމަކު ޖޯލީގައި އޮތީމާ އެހެން ސުވާލުކޮށްލީ ” ސާހިދު ބުނެލިއެވެ. ” އެކަމާ އެހާ ބޮޑަށް ނުވިސްނާ. ސާހިދުއަށް އެނގޭނު އަކޫގެ މިހާރުގެ ހާލަތު. ކައްތައް އެހެން އޮތުމުންވެސް އެހެން ހަމަ ވެދާނެއްނު ” ހަމްދާން ބުނެލިއެވެ.

” ތިތާ ބޭރުގައި ތި އޮށްނަނީ ކޮންއެއްޗެއް ހޯދަންތަ؟ ” އަނީސާގެ އަޑު އިވުމުން ރިޒްނީ ސިހިގެން ދިޔައެވެ. ” މަތިން އަކިޔަލް ފެންނަނީތަ؟ ” އަނީސާ ޖެއްސުމުގެ ފާޑަކަށް ގޭ ދޮރުމަތީ ހުރެ ބުނެލުމުން ރިޒްނީ ގޮޑިން ތެދުވެގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. ” ތިހެން ކިތައްމެ ވަރަށް ފުއްޕާފަ ހުއްޓަސް ލާހިކެއްނޫން އެ އަކިޔަލާ އިންނާކަށް ” ރިޒްނީ ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު އަނީސާ ބުނެލިއެވެ. މަޔަކު ދަރިއަކާ މެދު މިފަދަ ގޮތަކަށް ކައްތައް ކުރާ މަންޒަރު މީ މަދުން ނަމަވެސް ފެންނަމުންދާ މަންޒަރެކެވެ. އެހެން ނަމަވެސް ގިނަފަހަރަށް ފެންނަމުންދަނީ ދަރިން މައިން ބަފައިންގެ މޫނުމަތީ ބަސް ބުނާ މަންޒަރެވެ.

” ކޮންއިރަކުން ގެއަށްދަނީ ” ހަމްދާން ސުވާލުކޮށްލިއެވެ. ” ދެން ދާންވީ ” ޒޭނާ ބުނެލިއެވެ. ” އަންނާނަން އަކޫގެ ހާލެއް ބަލާލާފަ ” މިހެންބުނެ ހަމްދާން ގޭތެރެއަށް ވަދެގެން ދިޔައެވެ. ” އެކަމާ އެހާވަރަށް ނުވިސްނައްޗޭ. އެއީ އަކޫގެ މިހާރުގެ ހާލަތުގެ ސަބަބުން ވީގޮތެއް. އެނގޭ ސާހިދު ތިހުންނަނީ ވަރަށް ދެރަވެފަކަން. އެކަމަކު އެކަން އެހާ ބޮޑުކަމަކަށް ނުހަދާ ހުރޭ. ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” ހަމްދާން ގޭތެރެއަށް ވަނުމުން ޒޭނާ ބުނެލިއެވެ. ޒޭނާ ދެއްކި ހުރިހާ ވާހަކައަކަށް ވެސް ސާހިދު ބޯޖަހަމުން ދިޔައެވެ. ” ކޮބާ ހިނގާ ދާން. އަކޫ އަށް އޮތީ ނިދިފަ ކަންނޭންގެ. ކުޑަކޮށް ރެސްޓް ކޮށްލަން ބާއްވާ ” ހަމްދާން ގެއިން ނިކުމެގެން އައިސް ބުނެލިއެވެ. ” އެހެންވީމާ ދެން އަހަރެން ގޮސްލާނަން. ކަމެއް ގޯސްވަންޏާ އަހަރެންނަށް ގުޅާތި ” ޒޭނާ ޖޯލިން ތެދުވަމުން އެހެން ބުނެލުމުން ސާހިދު ބޯޖަހާލިއެވެ. ޒޭނާ ދިޔުމުން އިރުކޮޅެއްކޮށްލާފަ ސާހިދު ގެއަށް ދިޔުމަށް ހިނގައިގަތެވެ.

” އަހަރެން އަންނާނަން ކާފަޔާ އަކިޔަލަށް ކާން ހަދާލާފަ. ކައުންޓަރުގަ މަޑުކޮށްލާތި ” އިބްރާހިމް އިޝާ ނަމާދުން ފައިބައިގެން ފިހާރަކުރިމަތިން ދިޔަތަން ފެނުމުން ހާމިދަށް މުހާތަބްކޮށް އިނާޔާ ބުނެލިއެވެ. ” ކާފާ ހުންނާނެ ކާންހަދާފަ ” ކާން ހަދާފަ އައިސް އިބްރާހިމް އޭނާގެ ކޮޓަރިން ނިކުތުމުން އިނާޔާ ބުނެލިއެވެ. ” ކޮބާ މިރޭ އަކިޔަލް ” އިބްރާހިމް ސުވާލުކޮށްލިއެވެ. އިބްރާހިމްގެ ސުވާލުން، ޒޭނާ ކިޔާދިން ވާހަކަތަކުގެ ސަބަބުން އިނާޔާއަށް އަކިޔަލްގެ ކޮޓަރި އާދިމާއަށް މައްޗަށް ބަލާލެވުނެވެ. ” ނޭންގެ. ހީވަނީ ކޮޓަރީގަހެން ” ވެދިޔަކަންތައް އިބުރާހިމްއަށް ސިއްރުކުރަމުން އިނާޔާ ބުނެލިއެވެ. ” ކާފަ އިށީދޭ ކާން. ކޮޓަރި ބަލާލާފަ އަކިޔަލް އޮތިއްޔާ ކާން ބުނާނަން ” އިނާޔާ މިހެން ބުނެ އަކިޔަލްގެ ކޮޓަރިއަށް ދިޔުމަށް ސިޑިން މައްޗަށް އެރިއެވެ. ” ކާފަ ކާން އަރާފަ އަކިޔަލް ހޯދީމާ ކޮބާތޯ ބަލާލަން މިއައީ ” ދެތިން ފަހަރު ދޮރުގައި ޓަކި ޖަހާލުމުން އަކިޔަލް އައިސް ދޮރު ހުޅުވާލުމުން އިނާޔާ ބުނެލިއެވެ. ” މިދަނީ ” އަކިޔަލް މިހެން ބުނެފަ ދޮރު ލައްޕާލުމުން އިނާޔާ ދިޔައެވެ. އަކިޔަލް ކައިގެން ތެދުވަން އުޅެނިކޮށް ސާހިދުއަށް އައިސް ގޭދޮރުމައްޗަށް އެރުމުން އަކިޔަލް ދޮރާ ދިމާއަށް ބަލާލިއެވެ. އެވަގުތު ސާހިދު ގޭތެރެއަށް އަޅަންގެނި ފިޔަވަޅު ގެއިން ބެރުގައި އަޅާލީ އަކިޔަލްގެ ހާލަތު ނޭންގޭތީއެވެ. ” އާދޭ ކާން ” ސާހިދު ފެނުމުން އަކިޔަލް ބުނެލިއެވެ. ” އަހަރެން މިއައީ ކައިގެން ” އަކިޔަލްގެ އަޑުގައި މަޑުމައިތިރި ގޮތެއް ހުރުމުން އަކިޔަލަށް ޖަވާބު ދެމުން ސާހިދު ގޭތެރެއަށް ވަނެވެ. ނަމަވެސް އަކިޔަލްގެ މިހާރުގެ ހާލަތު އަހާލާކަށް ސާހިދަށް ނުކެރުނެވެ. އެކަމަކު ފެންނަ ފެނުމަށް އަމަލުތަކުން ތަފާތު ކަމެއް ސާހިދަށް ފާހަގައެއް ނުކުރެވުނެވެ. އެހެން ކަމުން އައިސް ކާމޭޒު ކައިރީ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެލިއެވެ. ” ކޮންކަމެއްގަ ތިޖައްސާލީ ” އަތް ދޮވެލުމަށްފަހު ޓިޝޫއަކުން އަތް ފޮހެލަމުން އަކިޔަލް އަހާލިއެވެ. ” އެއްވެސް ކަމެއްގައެއް ނޫން. ކައިގެން ނިދަން އޮށޯތުމުގެ ކުރިން ހިތަށް އެރީ ހަމަ ޖައްސާލަން ” އަކިޔަލް ސުވާލުކުރުމުން ކައްތައްވީ ގޮތުން އަކިޔަލްގެ ހާލު ބަލާލަން އައި ވާހަކަ ނުބުނެ، އެހެން ވާހަކައެއް ބުނެލިއެވެ. ” ކޮބާ ބޭބީ ރަނގަޅުތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އާނ. ވަރަށް ރަނގަޅު. އަކޫ ނުދަމެއްނު ބޭބީ އުރާލަންވެސް ” ސާހިދު ގޮޑިން ތެދުވަމުން ބުނެލިއެވެ. ” ނުދެވެނީއޭ. އެކަމަކު އިރާދުކުރެއްވިޔާ މާދަން ދާނަން ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އެންމެ ރަނގަޅު. ދެން އަހަރެން ގޮސްލާނަން ” ސާހިދު މިހެންބުނެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. ސާހިދު ދިޔުމުން އަކިޔަލް ބޭރަށް ނިކުމެ ޖޯލީގައި ޖައްސާލީ، ދިހައެއް ޖެހުމުން ފިހާރައިގެ ހިސާބު ނިންމާފަ ގެއަށް ވަނުމަށެވެ.

އެހެން އޮށްވާ ކުއްލިއަކަށް އެއްޗެއް ހަނދާނވެގެން އުޅޭފަދަ ގޮތަކަށް ޖީބުގައި އޮތް ފޯން އަކިޔަލް ނެގިއެވެ. ހީވީ މީހެއްގެ ގާތުގައި އެއްޗެއް ބުނަން ބޭނުންވެ ނުބުނެވި ލަސްވެގެން އުޅޭހެންނެވެ. އާއެކެވެ. ހަގީގަތުގަވެސް އަކިޔަލް އެއުޅެނީ މީހެއްގެ ގާތުގައި ވާހަކައެއް ބުނާށެވެ. ފޯން ނަގާ އަކިޔަލް ފޯންގެ ކޯލް ލިސްޓް ހުޅުވާލިއެވެ. އަދި ހުރިހާ ކަމެއްގައި އެންމެ އޯގާތެރި، އެންމެ ގާތް، ދެގޮތެއްނުވާ ރަހުމަތްތެރިޔާއަށް ގުޅަން ޑައިލްކޮށްލިއެވެ. ނަމަވެސް ހަމަ އެހިދުން އަކިޔަލް ފޯން ކަޑާލިއެވެ. ” އަހަރެންނަކަށް ނުކެރޭނެ ވެދިޔަ ކަންތަކާ ސާހިދާ ވާހަކަދައްކާކަށް. އަހަރެންނަށް ކައްތައް ކުރެވުނު ގޮތުން ކީކޭ ސާހިދު ހީކުރާނީވެސް ” އަކިޔަލް ބުނެލެވުނެވެ. ” އަހަރެންނަށް ކައްތައްކުރެވުނު ގޮތުން މިހުންނަނީ ވަރަށް ދެރަވެފަ. ދުވަހަކުވެސް ބުނަން ބޭނުންވި އެއްޗެއް ނޫން ބުނެވުނީ. އަހަރެންނަށް މާފްކުރޭ ސާހިދު ” ވަރަށް ވިސްނާފަ އަކިޔަލް ސާހިދުއަށް މެސެޖެއް ސެންޑްކޮށްލީ އެހެން ގޮތަކަށް މާފަށް އެދޭނެ ހިތްވަރު ނެތުމުންނެވެ. މެސެޖް ސެންޑްކޮށްފަ މާގިނަ އިރެއް ނުވަނީސް ” އިޓްސް އޯކޭ ” ބުނެ ސާހިދު މެސެޖްގެ ޖަވާބު ފޮނުވާލުމުން، އަކިޔަލް މެސެޖް ބަލާލުމަށްފަހު އެކިއެކި ގޮތްގޮތުން އަކިޔަލް ވަށާލާފައިވާ މާހައުލަށް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދިރިއުޅުމުގެ ފާއިތުވެދިޔަ ދުވަސްތައް ހިތަށް އަރާ އަކިޔަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަމަވެސް އަކިޔަލަށް ތަގްދީރަށް ބާރުފޮރުވޭނެ އެއްވެސް ބާރެއް ނެތުމުން ދުނިޔެމަތީގައި ކުރިމަތިވަމުން މިދާ އިމްތިހާނުން ފާސްވޭތޯ ހިތްވަރު ދެއްވުން އެދި ހެއްދެވިފަރާތުގައި ދަންނަވާލެވުނީ ފުން ހިތާމަޔާ އެކުއެވެ.

ސާރާޔާ އަކިޔަލް ގުޅުނީ ދުނިޔޭގައި ލެހެއްޓެވިހާ ދުވަހަކު އެކީގައި އުޅުމުގެ އަޒުމުގައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ހިތްހަމަ ޖެހުމަކަށްފަހު ޒަވާޖީ ހަޔާތަކަށް ދަތުރު ކުރަމުން އައި އަކިޔަލްގެ ނައު މާކަނޑުގެ މެދަށް ހުއްޓާލަން ޖެހުނީ ނައު ކުރިއަށް ދުއްވޭ ގޮތް ނުވުމުންނެވެ. ދުއްވަން މަސައްކަތް ކޮށްގެންވެސް ކުރި ނޭރުމުންނެވެ. ނައުގެ ދެފަޅުވެރިންގެ ތެރެއިން އެއް ފަޅުވެރިއެއް ނައު ދޫކޮށްލާފަ ދާން ބޭނުންވުމުންނެވެ. ކަނޑުގެ މެދުގައި އަކިޔަލްގެ ނައު ޖެހެމުން ދިޔަ ވަޔާއެކު ކަނޑުން ނަގަމުން ދިޔަ ބިޔަ ރާޅު ތަކުގެ ބާނީގައި އޮޔާދާން ނައު ދޫކޮށްލަން ޖެހުނީ ގޮތް ހުސްވެ ނައުގެ އިންޖީނު ހުއްޓުމުންނެވެ. ދުވަސްތަކެއް މިގޮތުގާ އަކިޔަލް ކަޑުގެ ބިޔަ ރާޅު ތަކާ ހަނގުރާމަ ކުރަމުން ދަނިކޮށް އަކިޔަލްގެ ނައުގެ ދިރުބާ ކޮޅުގައި ހުރެގެން ދާންވީ މަންޒިލް ކިޔާދޭނެ އެެން ފަޅުވެރިއެއް ލިބުނެވެ. އެކަމާ އަކިޔަލް އިންތިހާއް އުފާ ކުރަމުން އަނެއްކާވެސް ބިޔަ ބޮޑެތި ރާޅުތަކާ ދެކޮޅަށް ނައު ދުއްވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ކަނޑުފޭރޭ ބައެއްގެ އަތްދަށުވެ ނައު ކަނޑުގެ އަޑިއަށް ގަންބާލާ އަކިޔަލްއާ އަކިޔަލްގެ ނައުގެ ދެވަނަ ފަޅުވެރިޔާއާ ގަދަކަމުން ދުކޮށް ދެމީހުން ދެތަންކޮށް، ދިރިއުޅުމުގެ މިސްރާބު ކިޔާދިނުމަށް ގެންގުޅުނު ފަރުވެރިޔާ ހުރަގެއަކަށް ލިއެވެ. ބޭނުންވި ކަމުގައި ވިޔަސް ބައްދަލުކޮށް ނުލެވޭ ގޮތަށެވެ.

” އަކިޔަލް ” އިނާޔާ ގޮވާލުމުން އަކިޔަލް ހިޔާލީ ދުނިޔެއިން ހޭލެވި ކުއްލި ސިހުމެއް ގެނުވިއެވެ. ” ކީކޭ ” އަކިޔަލް ބުނެލިއެވެ. ” ދިހައެއް ޖަހައިފި ” އިނާޔާ ބުނެލިއެވެ. ” އާނ… ހުރިހާ ކަމެއް ނިއްމާލީތަ؟ ” އަކިޔަލް ޖޯލިން ތެދުވަމުން އަހާލިއެވެ. ” ފިހާރައިގެ ހިސާބު ފިޔަވާ ހުރިހާ ކަމެއް ނިމިއްޖެ ” އިނާޔާ ބުނެލިއެވެ. ” ކޮބާ ހާމިދު ” އަކިޔަލް އަހާލިއެވެ. ” ހާމިދުގެ މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ އަހަރެން ތަންކޮޅެއް ކުރިން ހާމިދު ގެއަށް ފޮނުވީ ” އިނާޔާ ބުނެލިއެވެ. ” އެންމެ ރަނގަޅު އިނާޔާ ދެން ދިޔަސް ” އަކިޔަލް މިހެން ބުނުމުން އިނާޔާ ގެއަށް ދިޔުމަށް ހިނގައިގަތުމުން އަކިޔަލް ފިހާރަޔާ ދިމާއަށް ހިނގައިގަތެވެ.

” މިހާރު ކިހިނެއް ހަދަން ތިވިސްނަނީ ” ހަމްދާން އަހާލިއެވެ. ” އަދި ވަކި ގޮތެއް ހަދާކަށް ނުވިސްނަން ” ޒޭނާ ބުނެލިއެވެ. ” ކަމެއް ކުރުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންޖެހެނެ ކަމަކީ ރިޒްނީ އެޖަލުން ބޭރަށް ނެރުން. އޭގެ ފަހުން އެހެން ކަމެއް ކުރެވޭނީ ” ޒޭނާ ބުނެލިއެވެ. ” އެހެންވީމާ ތިބުނީ ވިޔާމް ވެސް ސައިޒް ކުރެވޭނީ ރިޒްނީ ސަލާމަތް ކޮސްފައޭތަ؟ ” ހަމްދާން ބުނެލިއެވެ. ” ނޫނޭ. ވިޔާމް ސައިޒް ކުރާނެ ގޮތަކާމެދު މިހާރު މިވިސްނަނީ. ކިތައްމެ ކުޑަ ކަމެއް އަހަރެންނަށް ވިސްނުނަސް ވިޔާމަށް ދައްކާލާނަން ނުބައި މީހުން ތައްތަނުގަ ތިބޭކަން ” ޒޭނާ ވަރަށް ކެރިގެން ބުނެލިއެވެ.

” ގަޑިން ކިހާއިރެއްތަ މިހާރު ” ދުރު ބަލަން ހުރެ ޒޭނާ ހަމްދާން ކުރެން އަހާލިއެވެ. ” މިހާރު ޓުވެލް ތާރޓީ ވަނީ. ކިހިނެއްވީ އަނެއްކާ ” ހަމްދާން ޖީބުގައި އޮތް ފޯން ނަގާ ބަލާލާފަ ބުނެލިއެވެ. ” ބަލާބަލަ އެހެރަދަނީ އެއްކަލަ  ބޮޑު ގުޅަ ނަޖޫ ” ވަރުގެ ކޮޅަށް ހެދިލައިގެން ފަރި ހިނގުމެއްގައި ހިނގަމުން ދިޔަ ނަޖޫ ޒޭނާ ހަމްދާންއަށް ދައްކާލިއެވެ. ” މިހާއިރު ވީމާ ކޮންތާކަށްތަ އެދަނީ ” ހަމްދާނަށް އަހާލެވުނެވެ. ” ކިހިނެއް އަހަރެންނަށް އެނގޭނީ. ހިނގާ އޭނަ ހަދާ އެއްޗެއް ބަލަން ” ޒޭނާ މެންގެ ޖެހިގެން އޮތް މަގަށް ނަޖޫ އަޅާލުމުން ޒޭނާ ބުނެލިއެވެ. ” ކީއްކުރަން އޭނަ ކުރާ ކަމެއް ބަލަންވީ ” ހަމްދާން ބުނެލިއެވެ. ” އަޅެ ހިނގާބަލަ. ފަހަރެއްގަ އަހަރުމެންނަށް ބޭނުން ކުރެވިދާނެ މަންޒަރެއްވެސް ފެނިދާނެއްނު. ހިނގާބަލަ ” ޒޭނާ ބުނެލިއެވެ. ” ތިބުނީ ރަނގަޅަށް. ހިނގާ ދާން ” ޒޭނާ އެވަރަށް ކިޔުުމުން އެންމެ ފަހުން ހަމްދާން އެއްބަސްވެ ޒޭނާޔާއެކު ހިނގައިގަތެވެ. ނަޖޫ ހިނގަމުން ދިޔަ މަގަށް ޒޭނާޔާ ހަމްދާން ނިކުމެ ބަލާލިއިރު ޖަނޫ ހިނގަމުން ގޮސް އެމަގުން ކަނާތަށް ދެވެން އޮތް މަގަށް ނިކުތެވެ. ” އަހަރެންނަށް ހަމަ ޔަގީން ނަޖޫ އެދަނީ އެވިޔާމް ގާތަށް ” ޒޭނާ ބުނެލިއެވެ. ” އެހެންވިއްޔާ ހިނގާ އަވަހަށް ” ހަމްދާން މިހެން ބުނުމުން ޒޭނާ ދުއްވައިގަތުމުން ފަހަތުން ހަންދާން ވެސް ދުއްވައިގަތެވެ. ޒޭނާޔާ ހަމްދާނަށް ވިޔާމްގެ ގެއާ ހަމައަށް ދެވުންއިރު ނަޖޫ ހުރީ އެގޭ ބޭރު ފާރުގައި ލެނގިލައިގެންނެވެ. އެހެން ހުންނައިރު އިރުއިރުކޮޅާ މަގުގެ ދެފަރާތް ބަލާލައެވެ. ޒޭނާޔާ ހަމްދާން ނަޖޫއަށް ނުފެންނަހެން ވިޔާމްގެ ގަޑުވަރެއްފަދަ ގޭގެ ކުރިމައްޗަށް ވާގޮތަށް ހުރި ގެއެއްގެ ބޭރު ފާރުކައިރީ ނަޖޫއަށް ނުފެންނަހެން ތިއްބެވެ. ” ފޯނުން ކީއްތަ އެކުރަނީ ” ނަޖޫގެ ފޯންގެ ސްކުރީން ދިއްލުމުން ހަމްދާން ބުނެލިއެވެ. ” އޭނަ ކޮންމެ ކަމެއް ކުރިއަސް ވިޔާމް ގެއިން ބޭރަށް ނިކުމެއްޖެނަމަ މަންޒަރު ސާފުވާނީ ” ޒޭނާ ބުނެލިއެވެ. ” ޒޭނާ އެހެން ބުނިތާ މާގިނަ އިރެއް ނުވަނީސް މަޑުމަޑުން ވިޔާމް ބޭރު ދޮރާށި ހުޅުވާލާފަ ބޭރަށް ނިކުމެ މަގުގެ ދެކޮޅު ބަލާލުމަށްފަހު ފާރު ކައިރީ ހުރި ނަޖޫ ގޮވައިގެން އެތެރެއަށް ވަނެވެ. އެވަގުތު ހަމްދާން އެދިމާއަށް ދުރުބަލަމުން ފާޑަކަށް އެނބުރެމުން ދާންފެށިއެވެ. ޒޭނާ ވެސް ހަމަ އެގޮތަށް ހަމްދާންގެ ފަހަތުން ދާންފެށިއެވެ. ” ޒޭނާ އަރާ އަހަރެންގެ ކޮޑަށް. އޭރުން ފެންނާނެ ގޯތިތެރެ ” ހަމްދާން އައިސް ފާރުގައި ލައްވެ ގަތުމަށްފަހު ވައި އަޑަކުން ޒޭނާ ގާތުގައި ބުނެލިއެވެ. އެއަށްފަހު ހަމްދާން ކުޑަކޮށް ތިރިވެލުމުން ޒޭނާ ހަމްދާންގެ ކޮޑަށް އެރުމުން ހަމްދާން ފާރުގައި އަތްޖައްސައިގެން މަޑުމަޑުން ކޮޅަށް ތެދުވުމުން ޒޭނާ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ފާރުކައިރީގައި ހައްދާފައި ހުރި ގަސްތަކުގެ ސަބަބުން އެހާރިކޮށް ގޯތިތެރެ ފެންނަވަރެއް ނުވިއެވެ. ” ކުޑަ ތަންކޮޅެއް އަދި ލެފްޓް ސައިޑަށް ޖެހިލަބަލަ ” ދެފަރާތަށް ބޯ އަރިކޮށްލާ ފެންނަވަރު ނުވުމުން ޒޭނާ ބުނެލިއެވެ. ޒޭނާގެ އިރުޝާދަށް ހަމްދާން ފޮލޯކުރަމުން ގޮސް ގޭގެ ދޮރު ރަނގަޅަށް ފެންނަ ހިސާބަށް ހަމްދާން ޖެހިލިއެވެ.

ވިޔާމް ނަޖޫ ގާތުގައި ކޮންމެވެސް ވާހަކައެއް ބުނެލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތީ ނަޖޫ ގެނެސް ގަޔާ ކައިރިކޮށް، ވިޔާމްގެ އަތް ފުރަގަހުން ނަޖޫގެ ގައިގައި ވަށާލާ ނަޖޫގެ އުނަގަޑުގައި އަތް އަޅާލަމުންނެވެ. ” އެމީހުން ގެއަށް ވަދެއްޖެ ” ޒޭނާ މިހެން ބުނެލުމުން ހަމްދާން މަޑުމަޑުން ތިރިވެލުމުން ޒޭނާ ހަމްދާންގެ ކޮޑުން ފޭބިއެވެ. ” ކިހިނެއްވީ އެތެރެއިން ” ޒޭނާ ފޭބުމުން ހަމްދާން އުނަގަޑުގައި އަތް އަޅާލަމު ސުވާލުކޮށްލިއެވެ. ” ދޮރުމަތީ ތިބެ ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު އެ ހިސާބުންވެސް އެމީހުންގެ ކުޅިވަރު ކުޅެމުން އެތެރެއަށް ވަނީ ” ޒޭނާ އަތް ފޮޅާލަމުން ބުނެލިއެވެ. ” އަހަރެން ވީޑިއޯވެސް ކޮށްލިން ސާހިދުއަށް ދައްކާލަން ވެގެންނާވެސްއެކު ޒޭނާ އިސްތަށިނގަޑު ރީތިކޮށްލަމުން ބުނެލިއެވެ. ” އެހެންތަ؟. ދައްކާބަލަ ” ހަމްދާން އެވީޑިއޯ ދެއްކުމަށް ބުނުމުން ޒޭނާ ވީޑިއޯ ދައްކާލިއެވެ. ” މިރޭ މީ އަހަރުންގެރޭ… ހިނގާ އެ ގޯތިތެރެއަށް ވަންނަން. ފަހަރެއްގަ އެހެން މަންޒަރެއްވެސް ފެނިދާނެ. “ވީޑިއޯ ބަލާލުމަށްފަހު ހަމްދާން ބުނެލިއެވެ. ” ކިހިނެއް ވަންނާނީ. ދޮރާށި ހުންނާނީ ލޮކް ކޮށްފަ. ފާރުވެސް އެހުރީ ހުރިވަރު. އެވަރުން ކިހިނެއް ވަންނާނީ ” ޒޭނާ ބުނެލިއެވެ. ” ވަދެވޭނެ ގޮތެއް އެބައޮތް ” ހަމްދާން ބުނެލިއެވެ. ” ކިހިނެއް؟ ” ޒޭނާ އަހާލިއެވެ. ” އެގޭގެ އަނެއްފަރާތުގައި ހުރި ގޭގެ ފާރުމައްޗަށް އަރައިގެން ވަންނާނީ. އެފާރު ތަންކޮޅެއްތިރިވާނެ ” ހަމްދާން ބުނެލިއެވެ. ” ހިނގާދާން ” ހަމްދާންގެ ވާހަކައިން ޒޭނާއަށް ވެސް ހިތްވަރު ލިބުނު ކަހަލައެވެ. ” މީރޭ ވާނެ އެ ވިޔާމްގެ ހަގީގަތް ސިއްރުކޮށްފަ އޮތް ހިސާބަކުން ފަޅާއަރާވަރުކޮށްލަން ” ޒޭނާ ހިނގައިގަންނަމުން ބުނެލިއެވެ. ގާސިމްގެ ގޭގެ ފުރަގަހުގައި ހުރި ގޭގެ ފާރު ކައިރިއަށް ގޮސް ހަމްދާން ފާރުމައްޗަށް އަރާ ނުރައްކަލެއް އުޅޭތޯ ބަލާލިއެވެ. ” އާދޭ ޒޭނާ ” ހަމްދާން ޒޭނާ ގާތުގައި އަންނަން ބުނުމުން ޒޭނާ އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިންވެސް ދެކޮޅު ބަލާލުމަށްފަހު ފާރުމައްޗަށް އެރިއެވެ. ޒޭނާ ފާރުމައްޗަށް އެރުމުން ފުރަތަމަ ހަމްދާން ގާސިމްގޭގެ ފާރުން އެތެރެއަށް ފޭބިއެވެ. ގޭގެ ބިއްދަށުގައި ވެސް ގަސްހައްދާފައި ހުރުމުން ހިސާބުގަޑަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ” ކޮބާ ޒޭނާ އާދޭ ” ހަމްދާން ޒޭނާއަށް ގޮވާލުމުން ޒޭނާ ފާރުމަތީގައި އިށީދެފަ ފައިބާ މަސައްކަތް ކުރުމުން ހަމްދާންގެ އެހީގައި ޒޭނާ ފޭބިއެވެ. ” ހާދަ އަނދިރިއޭދޯ ” ޒޭނާ ވައި އަޑުން ބުނެލިއެވެ. ” ފާރު ކައިރީ ހައްދާފައި ހުރި ގަސްތަކުގެ ތެރެއިން ނިކުތުމަށްފަހު ހަމްދާން ފޯންގެ ފުލެސް ލައިޓް ދިއްލާލިއެވެ. ” މިތަނުން ވިޔާމްގެ ރޫމަކީ ކޮބާ؟ ” ގޭގެ ފުރަގަހަށް ވާގޮތަށް ހުރި ދެ ކޮޓަރީގެ ކުޑަދޮރުން ފަޑު އަލިކަމެއް ފެންނަން ހުރުމުން ހަމްދާން އަހާލިއެވެ. ” ހިނގާ ކައިރިން ބަލާލަން ” ޒޭނާ މިހެން ބުނުމުން ހަމްދާން ކުރިއަށް ހިނގަންފެށިއެވެ. ” މީ ގާސިމްގެ ރޫމް ކަންނޭގެ ” ކުޑަދޮރު ގައި ދަމާފަހުރި ފޮތިގަނޑު ކުޑަކޮށް ހާކޮށް ހުރުމުން ކޮންމެވެސް ވަރަކަށް ކޮޓަރިތެރެ ފެންނަން ހުރުމުން ޒޭނާ ބުނެލިއެވެ. ” އެހެންވިއްޔާ ހިނގާ އެކޮޅަށް ” ހަމްދާން ބުނެލިއެވެ. ” މިތަނުން އެއްޗެއް ނުފެނޭނު ” ކޮޓަރީގައި ފަޑު އަލިކަމެއް ހުރި ދެވަނަ ކޮޓަރީގެ ކުޑަދޮރާ ހަމައަށް ގޮސްފަ ހަމްދާން ބުނެލިއެވެ. ” އަދި އެކޮޅު ބަލާލާނަން ” މިހެން ބުނެ ޒޭނާ ކުޑަ ތަންކޮޅަކަށް ކުރިއަށް ގޮސް ބަލާލި އިރު އިތުރު ކުޑަދޮރެއް ހުއްޓެވެ. އަދި ދޮރުފޮތިގަނޑު ވަނީ ކުޑަކޮށް ހާކޮށެވެ. އެހެންކަމުން ޒޭނާ މަޑުމަޑުން ކުޑަދޮރާ ކައިރިއަށް ޖެހިލިއެވެ. އޭރު ކަމަކު ދާކަށް ނެތެވެ. މުޅިން ގޯހުން ގޯހެވެ. ” ކިހިނެއްވީ ” ޒޭނާ އައިސް ހަމްދާންގެ އަތުގައި ހިފުމުން ހަމްދާން އަހާލިއެވެ. ” ހިނގާ. އެކޮޅުގަ ހުރި ދޮރުން އެތެރެފެނޭ. ރާޖް ކުމާރު އެބައޮތް އެނދުގައި ހުރި ފުޅާމިނެއްގަ ފަތުރައިގެން ” ޒޭނާ މިހެން ބުނުމުން ހަމްދާން އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ.

” ދޮރުގެ އެފަޅިއަށް ހިނގާ. އޭރުން ފަސޭހަވާނީ ” ޒޭނާ ބުނެލިއެވެ. ހަމްދާން އަވަސް އަވަހަށް ފޯން ނަގާ ކުޅެމުންދާ ފިލްމުގެ މަންޒަރުތައް ފޯނުގައި ގައިދުކުރަމުން ދިޔައެވެ. ޝޫޓް ކުރަމުން ދިޔަ ޖަޒުބާތުން ފުރިގެންވާ ލޯބީގެ އަސަރުގަދަ ފިލްމުގެ ބައެއް މަންޒަރުތައް ޒޭނާ ދިޔައީ ބަލަމުންނެވެ. ނަމަވެސް ފިލްމުގެ މަންޒަރުތަކުގެ އަސަރުގަދަކަމުން މޫނުގައި އަތް އަޅާކަހަލަ މަންޒަރުތައް ފެންނަން ފެށުމުން ޒޭނާ ދުރުފަރާތަށް މޫނު އަނބުރާލައެވެ. ނަމަވެސް ހަމްދާން ވަރަށް ފަރުވާތެރިކަމާއެކު އެންމެ ސީން އެއްވެސް ދޫކޮށްނުލާ ފިލްމު ޝޫޓް ކުރަމުން ދިޔައެވެ. ” މިވަރުގެ ނުލަފާ މީހަކާ ރިޒްނީގެ މައިންބަފައިން އެއުޅެނީ ރިޒްނީގެ ކައިވެނިކުރަން. ކޮންފަދަ ބޭއިންސާފެއް މީ. އެކަމަކު ރިޒޫ އަދި އަކޫ ހާސްނުވޭ. އަހަރުމެން މިހެން ތިބިހާ ހިނދަކު ބޭއިންސާފުން ކަމެއްވިޔަ ނުދޭނަން ” އެހެން ހުރި އިރު ޒޭނާ ހިތާހިތުން ކިޔަމުން ދިޔައެވެ. ” ހިނގާ ދެންދާން. މިތާ އެހާ ގިނައިރު ތިބުން ރަނގަޅެއް ނުވާނެ ” ޒޭނާ ހަމްދާން ގާތުގައި މަޑުމަޑުން ބުނެލިއެވެ. އަދި އެތަނުން ދިޔުމަށްޓަކާ ހިނގައިގަތް ވަގުތު ފާރުގައި ލައްކޮށްފަރި އެއްޗެއް ވެއްޓުނެވެ. އެވަގުތު ކުއްލިއަކަށް ވިޔާމް އައިސް ދޮރުފޮތިގަނޑު ކަހާލުމަށްފަހު ކުޑަދޮރު ހުޅުވާލާ ބޭރު ބަލާލިއެވެ. ” ކޮންއެއްޗެއް ” އެނދުގައި އޮތް ނަޖޫ ސުވާލުކޮށްލިއެވެ. ” ނެތް އެއްޗެއް. ހީވަނީ ބުޅާ ކޮންމެވެސް އެއްޗެއް ވައްޓާލީހެން ” ދޮރު ލައްޕާލަމުން ވިޔާމް ބުނެލިއެވެ. އޭރު އެ ދޮރާ މާދުނޫން ގޮތަށް ހުރި ގޭގެ ބިއްދަށު ފަރާތުން ކަނާ ދިމާލުގައި ފާރުގައި ޖެހިގެން ތިބި ޒޭނާޔާ ހަމްދާން ތިބީ ހަދާނެގޮތް ހުސްވެފައެވެ. ޒޭނާ ހުރީ ހަމްދާންގެ ބައްދާލައިގެންނެވެ. ދޮރު ލެއްޕިކަން ޔަގީންވުމުން މަޑުމަޑުން އެދިމާ ބަލާލުމަށްފަހު ގޯތިތެރެއަށް ވަތް ދިމާއަށް ދިޔުމަށް ދެމީހުން ހިނގަންފެށިއެވެ.

” ކިރިޔާއެއްނު މިސަލާމަތްވީ. އެ ވިޔާމަށް ފެނުންނަމަ ނޭންގެ ހަނދާނެ ގޮތެއްވެސް ” މަގުމައްޗަށް ނިކުމެގެން ގެއާދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” މިހެން ކަމެއްކުރާއިރު ރިސްކު ވެސް ނަގަންޖެހޭނެ. އެހެން ނޫނީ ކަމެއް ކާމިޔާބެއް ނުވާނެ. މިރޭ މިއޮތީ ވިޔާމާ ދެކޮޅަށް ހެކިވެސް ލިބިފަ. އަހަރުން މިވާހަކަ ދެއްކިޔަސް ވިޔާމަށް ކުރެވޭނެ ކަމެއް ނޯންނާނެ ” ހަމްދާން ބުނެލިއެވެ. ކުރި ބުރަ މަސައްކަތުން ކަމެއް ކާމިޔާބު ވުމުން ހަމްދާނާ ޒޭނާ ހުރީ ވަރަށް އުފަލުންނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ލިޔުންތެރިއެއްގެ ތަޖުރިބާ

Next

ބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)

Next
June 12, 2018

ބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)

Previews
June 12, 2018

ލިޔުންތެރިއެއްގެ ތަޖުރިބާ

12 Comments!

  1. Greeny says:
    June 12, 2018 at 8:06 pm

    haadha lahunney up kury but v reethi when next part thigothah dhigukoh up kuraathy varah ufaavey keep it up love the story???????

  2. Xiroo Thihthi says:
    June 12, 2018 at 8:21 pm

    jobah ves dhamun adhi ehen kanthah ves kuramun libey hus vaguthu thakuga kuraakameh mee vaahaka liyumaky…. hurihaa kameh kuramun vaahaka liyan veemaa aslu las vany…. ekamaku veevarakun avahah up kureveytho balaanan…. vaahaka reethive, shauguveri vaa gothakah genesdheythy ufaavey…. thi dhin hiyaalah shukuriyaa 🙂

  3. No one says:
    June 12, 2018 at 8:28 pm

    Oh nice..♥️♥️.. are u from naifaru?

    1. Xiroo thihthi says:
      June 13, 2018 at 3:23 pm

      No

  4. Virasha says:
    June 12, 2018 at 9:29 pm

    Nice… whn nxt part

    1. xiroo thihthi says:
      June 12, 2018 at 10:32 pm

      veehaa ves avahaheh kureveytho balaanan… thanx virasha

  5. Lov says:
    June 12, 2018 at 9:34 pm

    Thivarun rangalhuvaane nuliyunas…

    1. xiroo thihthi says:
      June 12, 2018 at 10:34 pm

      LOV!!! thihen bunyas ahare ge hus vaguthu thakuga aharen liyaanan…. LOV ah neygunas aharen mee vazeefaa ves adhaa kuraa meeheh….

  6. Nunnu says:
    June 13, 2018 at 1:19 am

    Haadha lahun thi up kollee
    Ekam ves vv reethi
    Masha Allah
    I understand
    Kiyaalan 2or3 minute negiyas liyumakee kihaa bura kamehkan
    Liyaairu sikundi innanjeheynee hama ekamah dho
    Anyways
    Thanks a lot vaguthu veevaraku up kolleema
    Ehen liyuntherin hen give upnukureema
    Thikuraa hivarah hama saabas
    Waiting for next part
    All the best

    1. xiroo thihthi says:
      June 13, 2018 at 10:07 pm

      Liyun therin ge ihusaas Nunnu ah visney… aslu yumakee varah burakemh… ekamaku Nunnu kahala visney kudhin thihen thibiyaa give up kuraa gothakah nun mihury… 🙂
      veehaa ves avahakah next part up kureveytho balaanan…. Thanx Nunnu…

  7. Saam says:
    July 23, 2018 at 12:12 pm

    Mi vaahaka akee hayaathaa varah gulhun huri kahala vaahaka eh. Kohme haadhisaa eh ves hithuge ihusaas thaka kulhelaa kahala..
    Vaguthu nuwei ihumaal nudhevi life ga kankantha dhookohllaa gotha mi vaahaka dhooko nulahche.. waiting for next part. Vaahaka varah reethi.

  8. levi says:
    November 15, 2018 at 8:45 am

    keehve vahaka up nukuranyyyy so sad haadha varakah wait koh fyme

Comments are closed.

Next Episodeބޭނުންވަނީ އުމުރަށް 17 ވަނަ ބައި←


All Right Reserved!