Skip to content
އެސްފިޔަ

ތަޤްދީރު

1 ޖަނަވަރީ 2020 ފެށިގެން ކިޔުންތެރިންނާއި ހަމަޔަށް އަންނަނީ…

އޭރު ވިދާން ހުރީ އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭންގި އިސްދަށަށް ޖަހާލައިގެންނެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތައް ފެނުމުން ސަލީމާގެ ރުޅިގަނޑު އިންހާއަށް ގަދަވެގެން ދިޔައެވެ. އެވަގުތު ވިދާން އިސްއުފުލާ ސަލީމާއަށް ބަލާލި ވަގުތު ސަލީމާގެ ރުޅިގަނޑު އަތުގެ މުލައްދަޑިން އަތްތިލަޔާ ހަމަޔަށް ދިޔަކަމުގެ އިހުސާސާއެކު، އަތުގައި ހުރި ބާރެއްލާފަ ވިދާންގެ ކޯތާފަތަށް ސަލީމާގެ ރުޅިގަނޑު ހުސްކޮށްލިއެވެ. އެވަގުތު ހިނދުކޮޅަކަށް ވިދާންގެ ވިންދު ކެޑުންކަހަލަ އިހުސާސެއް ކުރެވުނުވެ. އަދި ލޯމައްްޗަށް އަނދިރިވެގެން ދިޔަ ވަގުތު ދެލޯމަރާ ބާރުކޮށްލިއެވެ.

” ތައްޓެއްގައި ބާރަށް ހިފާނުލެވެން ތީ ކުޑަ ކުއްޖެއްތަ؟. ކޮންމެ ކަމަކުން ވެސް މިހާރު އަހަންނަށް އުދަގޫ ނޫނީ ކުރަން ހަމަ ނޭންގެނީތަ؟ މިގޭގަ ހުންނާނީ އަހަރެން ހޯދާފަ ހުރި އެއްޗެހި. އެއްޗެހި ހަލާކު ކުރާކަށް ނުޖެހޭނެ ވިދާން އަކަށް ” ސަލީމާ އެއްޗެހި ކިޔަންފެށިއެވެ. ” އަހަރެން ގަސްތުގަ ތަށި ތަޅާލީއެއްނޫން މަންމާ. އަހަރެންގެ އަތުން ތަށި ދޫވީ ” ސަލީމާ ޖެހިލެއް ބާރުކަމުން އެއްފަރާތަށް މޫނު އަނބުރާލައިގެން ހުރި ވިދާން ސަލީމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންމެހެން ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް. ހަނދާންކުރާތި. މިގޭގަ ނުހުންނާނެ ވިދާން ހަލާކު ކުރަން ގެނެސްފަ ހުރި އެއްޗެއް. ޒާތަކަށް ބަލަން ނުހުރެ މިތަން ސާފުކޮށްފަ ކައިގެން މިތަނުން ދާން އުޅޭ ” މިހެން ބުނެފަ ސަލީމާ ގޮސް ކޮޓަރިއަށް ވަނެވެ.

Comments (6)

  1. 12345

    Nice trailer

    1. 12345 ge sis
      12345

      plxx go and sleep girrrlll

  2. Lamko

    Nice…..this trailer is awesome

  3. magnumm

    m the trailer is awsm ngeyyy♥?….m so curious to read the upcoming parts…..lav yaa?

  4. Jejeiekekk

    Nice trailer

  5. Xiroo Thihthi

    Thanx All

Comments are closed.