އެއްދުވަސް ވަންދެން އަތިރިމައްޗަށް ނުގޮސް ހުރުމަށްފަހު ޔާސީން އަތިރިއަށް ދިޔައެވެ. ނަމަވެސް މިފަހަރު ޔާސީން ގޮސް މަޑުކޮށްލީ އެހެންޏާ ހުންނަ ހިސާބަށްވުރެއް ތަންކޮޅެއް ދުރުން އަތިރިމަތީއެވެ. އެހެން ހުރި އިރު، އިރު އިރުކޮޅާ ފަސްއެނބުރި ބަލާލައެވެ. ބަލާ މީހަކަށް ވިއްޔާ ހީވާނީ ޔާސީން މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު ގެއަށް ދިޔުމަށް އެނބުރި ވަގުތު ޔާސީންއާ ދާދި ގާތުގައި، ޔާސީންގެ ފަހަތުން އަންނަ ކުއްޖާ ހުއްޓެވެ. ކުއްލިއަކަށް އޭނާ ފެނުމުން ޔާސީން ސިއްސައިހެން […]
ހިސާބު ގަނޑަށް ވެރިފައިވާ ހަމަހިމޭން ކަމުން ޔާސީންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އެ ހިތް ހަމަޖެހުމުގެ ތެރެއިން ހަޔާތުގައި ދިމާވާމުން ދިޔަ ކަންތައްތަކާ ޔާސީން ވިސްނަމުން ދިޔައެވެ. ކަންކަމުގެ ކޮޅެއް މެދެއް ފެންނަން ނެތް އިރުވެސް ޔާސީން އެއްވެސް މީހަކަށް އެއްވެސް ވާހަކައެއް ހިތްސާއެއް ނުކުރެއެވެ. އެވަރުގެ އިތުބާރެއް ހުރި މީހަކު ފެންނަން ވެސް ނެތީމައެވެ. ދިމާ ވަމުން ދިޔަ ހުރިހާ ކަމެއް ވެސް ޔާސީން ސިއްރު ކުރަމުން ދިޔައީ ހިތުގައެވެ. އެހެން ސިއްރު ކުރާ […]
25 ޖަނަވަރީ 2022 ފެށިގެން ކިޔުންތެރިންނާއި ހަމައަށް އަންނަނީ…. ހިސާބު ގަނޑަށް ވެރިފައިވާ ހަމަހިމޭން ކަމުން ޔާސީންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އެ ހިތް ހަމަޖެހުމުގެ ތެރެއިން ހަޔާތުގައި ދިމާވާމުން ދިޔަ ކަންތައްތަކާ ޔާސީން ވިސްނަމުން ދިޔައެވެ. ކަންކަމުގެ ކޮޅެއް މެދެއް ފެންނަން ނެތް އިރުވެސް ޔާސީން އެއްވެސް މީހަކަށް އެއްވެސް ވާހަކައެއް ހިތްސާއެއް ނުކުރެއެވެ. އެވަރުގެ އިތުބާރެއް ހުރި މީހަކު ފެންނަން ވެސް ނެތީމައެވެ. ދިމާ ވަމުން ދިޔަ ހުރިހާ ކަމެއް ވެސް ޔާސީން […]
” އަދިވެސް ޝުހާދު ނުހޭލަނީތަ؟ ” ތައުފީގް ޝުހާދުގެ ކޮޓަރިއާދިމާއަށް ބަލާލުމަށްފަހު ސަކީލާ ކުރެން އަހާލިއެވެ. ” އާން. އަދި ނުހޭލާ. ހޭލައިގެން ޝުހާދު ތައުފީގް ހެން ގޮދަޑި ހޫނު ކުރާކަށް ނޯއްނާނެ ” ސަކީލާ ހީލަމުން ބުނެލިއެވެ. ” އަންނާނަން ގޮވާފަ. މިއަދު އެންމެން އެއްކޮށް ސައި ބޯނީ ” ތައުފީގް ގޮޑިން ތެދުވަމުން ބުނެލިއެވެ. އަދި ގޮސް ޝުހާދުގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. އޭރު ޝުހާދު އަރާމު ނިންޖަކުން ނިދާލާފަ އޮތެވެ. ވިދާން ވެސް […]
ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްލުމަށްފަހު ސަލީމާ ވިދާންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަދި ގޮސް ކޮޓަރީ ދޮރު ހުޅުވަލުމަށްފަހު ވިދާންއަށް ކާންގޮވާ ހަރުކަށި ގޮތަށް ގޮވާލަންވެގެން އަނގަ ހުޅުވާލިތަނާ، ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގައިވާ އަނދިކަން ފެނުމުން ބަސްހުއްޓުނެވެ. އަދި މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެހާ ހިސާބުން ވިދާން މިހާރު ސަލީމާގެ ކުރިމަތީ ނެތްކަން ހަނދާންވިއެވެ. އަދި ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ފަސްއެނބުރި ވިދާންގެ ކޮޓަރިއާ ދިމާއަށް ސަލީމާ ފުން ހިތާމަޔާއެކުއެވެ. އޮޅިގެންވެސް ވިދާން ނެތްކަން ހަނދާންނެތި […]
ޝުހާދު ވިދާން ގޮވައިގެން މަޑުމަޑުން ގޭތެރެއަށް ވަނެވެ. ” ކާކު؟ ” ސިޓިންރޫމު ތެރެއަށް ވެފައިވާ އަނދިރިކަމުގެ ތެރެއިން ސަކީލާގެ އަޑު ޝުހާދާއި ވިދާންގެ ކަންފަތުގައި ޖެހުމާއެކު ދެމީހުންނަށް ވެސް ހުއްޓެވުނެވެ. ހަމަ އެވަގުތު ސިޓިންރޫމް ބޮކި ސަކީލާ ދިއްލާލިއެވެ. ނަމަވެސް މުޅި ސިޓިން ރޫމަށް އަލިވާވަރަކަށް ނޫނެވެ. ” ދަރިފުޅާ! އަދިވެސް ނުނިދަންތަ؟ ” ސަކީލާގެ ސުވާލާއެކު ޝުހާދު އެއްފަރާތަށް މޫނުއަނބުރާލިއެވެ. ” ނުނިދާ މިގަނޑީގަ ކީއްތިކުރަނީ ” ސަކީލާ ކުރިއަށް ފިޔަވަލެއް އަޅަމުން ދެވަނަ […]
އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް ޔާނާގެ ފޯން ރިންގް ވާން ފެށުމުން ގައިކައިރީގައި އޮތް ފޯން ނަގާބަލާލުމަށްފަހު ފޯނަށް ޖަވާބުނުދީ ފޯން ބޭއްވިއެވެ. ދެވަނަ ފަހަރަށް ވެސް ފޯން ރިންގް ވާން ފެށުމުން ޔާނާ އެކޯލަށް ޖަވާބު ނުދިނެވެ. ތިންވަނަ ފަރަށް ފޯން ރިންގް ވާން ފެށުމުން ތެދުވެ އެނދުގައި އިށީދެ ޔާނާ ފޯން ނަގާ ކަންފަތުގައި ޖައްސާލީ ރުޅިވެރި ކަމާއެކުއެވެ. ” ޔާނާ! ” ފަޒީލް ބުނެލިއެވެ. ” ކީއްކުރަންތަ މީހާރު ގުޅައިގެން އުދަގޫތަކެއް […]
” ތިހެން ހީވާއިރުވެސް ޔާނާ ތިހުންނަނީ ހަމަ ސުވާލުވެސް ކޮށްނުލާންތަ؟ ” ސީމާ ބުނެލިއެވެ. ” އެއްޗެއް އަހާލާ އިރަށް ފަޒީލް ރުޅި އަންނަނީ. އެހެންވެ ސުވާލު ނުކުރަނީ ” ޔާނާ ބުނެލިއެވެ. ” އެއްޗެއް ނުބުނެ ހުރެގެން ވަކި ރަނގަޅެއް ނުވާނެ. ތިކަހަލަ އެއްޗެއް ހީވާނަމަ ވާނުވާ ބަލަންވާނެ. އެހެން ނޫނީ ފަހުން ލިބޭ ލަނޑު ބޮޑުވާނެ ” ސީމާ ބުނެލިއެވެ. ” ގޮތް ބަލާލަން ވެސް ތިހެން ކިޔާފަ އަހަރެން ސުވާލު ކުރާއިރަށް ބުނާނެ […]
” ތައްޓެއްގަ ބާރަށް ހިފާނުލެވެން ތީ ކުޑަ ކުއްޖެއްތަ؟. ކޮންމެ ކަމަކުން ވެސް މިހާރު އުނދަގޫ ކުރަން ނޫނީ ވިދާނަށް ނޭންގެނީތަ؟ މިގޭގަ ހުންނާނީ އަހަރެން ހޯދާފަ ހުރި އެއްޗެހި. އެއްޗެހި ހަލާކު ކުރާކަށް ނުޖެހޭނެ ވިދާނަކަށް ” ސަލީމާ އެއްޗެހި ކިޔަންފެށިއެވެ. ” އަހަރެން ގަސްތުގަ ތަށި ތަޅާލީއެއްނޫން މަންމާ. އަހަރެންގެ އަތުން ތަށި ދޫވީ ” ސަލީމާ ޖެހިލެއް ބާރުކަމުން އެއްފަރާތަށް މޫނު އަނބުރާލައިގެން ހުރި ވިދާން ސަލީމާއަށް ބަލާލަމުން ބުނެލިއެވެ. ” ކޮންމެހެން […]