” ކޮބާ ސާރާ ކިހިނެއްވަނީ ” ޒާހިން ސުވާލުކޮށްލިއެވެ. ” ވަރަށް ފައްކާ. ވަރަށް ރީތި. ހީވަނީ ހުރިހާކަމެއްވެސް އޯކޭ ވާނެހެން ” ސިނާން ބުނެލިއެވެ. ” އެވިސްނުމުގައިތަ ތިއުޅެނީ ” ޒާހިން ބުނެލިއެވެ. ” އެއީނު ކަމަކީ ” ސިނާން ހީލަމުން ބުނެލިއެވެ. ” އެވިސްނުމުގައި ހުއްޓަސް ގޯހެއް ނުހަދާތި ” ޒާހިން ބުނެލިއެވެ. ” އަހަރެން ކުރާކަމެއް ކުރާނީ ވަރަށް ވިސްނައިގެން ” ސިނާން ބުންޏެވެ. އަކިޔަލް އޮފީހަށް ނިކުންނަން ފެށިފަހުން ކޮންމެވެސް ވަރަކަށް […]
ފުރަތަމަ ފަހަރަށް ސާރާގެ ހަގީގަތް ޒޭނާއަށް އެނގުމުން ސާރާމަތިން ފާޑަކަށް ފޫހިވާންފެށިއެވެ. ވާހަކަ ދައްކާ ހިތް މަޑުމަޑުން ކެޑެމުން ދިޔައެވެ. އަދި ސާރާ ކައިރިއަށް އަންނަ އައުންވެސް މަދުކުރަން ފެށުނެވެ. ސާރާއަށް އެކަން ފާހަގަ ވިޔަސް ހެޔޮކަމަށް ޒޭނާއަށް ދިޔައީ އެކަންތައް ހިތާ ދެކޮޅަށް ނަމަވެސް ކުރެވެމުންނެވެ. ކަމެއްފާހަގަ ކުރެވިގެން ސާރާ ސުވާލެއް ކޮށްފިނަމަ އެސުވާލަކަށް ޖަވާބު ދިނުމަށް ޒޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެސް ވެގެންނެވެ. ނަމަވެސް ސާރާއަށް ސުވާލެއް ކުރަން ކެރޭނީ ވެސް ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ […]
” އަހަރެންނަށް ސާރާއާ ދޭތެރޭ ވަރަށް ޝައްކު ކުރެވޭ ” އަކިޔަލް ބުންޏެވެ. ” ސާރާ ކޮންކަމެއް ކުރާކަން އެނގިގެން ޝައްކުވެގެން ތިއުޅެނީ ” ސާހިދު ސުވާލުކޮށްލިއެވެ. ” އެކުގަ އުޅޭތާ މިހާރު ފަސްމަސް ވެއްޖެ. އެކަމަކު އަހަރެން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގަ ނުބުނަން. އަހަރެން ބޭނުމެއްނޫން ސާރާގެ އެއްވެސް ވާހަކައެއް މީހެއްގެ ގާތުގައި ދައްކާކަށް. އެކަމަކު މިއަދު ސާހިދު ގާތުގައި މިވާހަކަ ބުނަން މިޖެހުނީ މިކަން ތަކުރާރު ވަމުން އަންނާތީ ” އަކިޔަލް […]
” ޒޭނާ ކޮންތާކުތަ؟ ” ސާރާ ޒޭނާއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވީ އަނެއްކާ މާ ހެނދުނާ ތިގުޅާލީ ކަމަކުތަ؟ ” ޒޭނާ އަހާލިއެވެ. ” ވާހަކައެއް ބުނަންވެގެން. އެކަމަކު މިހާރަކު ނޫން. ހަވީރުން ބުނާނަން. އަސްލު މިގުޅާލީ ހަވީރުން ފުރީވާނެތޯ ބަލާލަންވެގެން ” ސާރާ ބުންޏެވެ. ” އާނ އަހަރެން ބިޒީއެއްނުވާނެ. ބިޒީވިޔަސް ސާރާގެ ކަމަކަށްވެއްޖެނަމަ ކޮންމެގޮތެއް ހަދާފަނަމަވެސް ވަގުތު ހުސްކުރާނަން ” ޒޭނާ ބުންޏެވެ. ” އެހެންވީމާ އަހަރެން ހަވީރުން ތިގެއަށް […]
” ކިހިނެއްލާފަ ދާނީ ” ހަމްދާން ސައިކަލް ދުއްވާލަމުން ސުވާލުކޮށްލިއެވެ. ” ބޮޑު މަގުން ދާނީ. އެހެންޏާވެސް ދަނީ އެމަގުންނެއްނު ” އަކިޔަލް މިހެން ބުނުމުން އެންމެން އެދިމާއަށް މިސްރާބް ޖެހިއެވެ. ” ހިނގާ މިރޭ ކޮފީއަކަށް ދާން ” ވަކި ހިސާބަކަށް ދެވުމުން އަކިޔަލް ބުނެލިއެވެ. ” އަކޫ ވާނެ ކޮފީ ދޭން. އޭރުން ދެވޭނީ ” ސާހިދު ބުންޏެވެ. ” ކޮފީއަށް ދާން ބުނީ އަހަރެން. އެހެންވީމާ ޕޭކުރާނީވެސް އަހަރެން ” އަކިޔަލް ބުންޏެވެ. […]
ފަތިސްނަމާދު ކޮށްލައިގެން އައިސް އަކިޔަލް ގެއާދިމާލު އަތިރިމައްޗަށް ދިޔައެވެ. އިރުގެ ރަން ދޯދިތައް ވިލާތަކުގެ މަތިން މައްޗަށް އުފުލިފާ ހުއްޓެވެ. ބަލާބެލުމަށް މޫސުން ވަރަށް ރަނގަޅެވެ. އުޑުމަތިން މާގިނަ ވިލާތަކެއްވެސް ފެންނާކަށް ނެތެވެ. މުޅިންހެން އުޑުމަތިން ފެންނަމުން ދިޔައީ ނޫކުލައެވެ. ގޮޑުދޮށަށް ބީއްސާލާ ކުދިކުދި ރާޅުއަޑުންނާއި ޖެހެމުން ދިޔަ މަޑު ވައިރޯޅި ރުއް ގަސްގަހުގައި އެޅުމުން އެއިވޭ މިއުޒިކީ އަޑު މުޅިހިސާބުގައި ގުގުމަމުން ދިޔައެވެ. އުދަރެހަށް ބަލަންހުއްޓާ ކުއްލިއަކަށް އަކިޔަލްގެ ފޯން ރިންގްވާން ފެށިއެވެ. ” ހަލޯ […]
” ކޮބާތަ ޔާޝް ” ޒިޔާދުއަށް ގޭތެރެއިން ޔާޝް ނުފެނުމުން ސާނިޔާ ކުރެން އަހާލިއެވެ. ” ނޭންގެ. އަހަރެންގެ ގާތުގައެއް ނުބުނޭ ތާކަށްދާ ވާހަކައެއް ” ސާނިޔާ ބުންޏެވެ. ޔާޝް ދިޔަތަނެއް ނޭންގިގެން ޒިޔާދު ކަންބޮޑުވެގެން ގޭތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. އަދި ޔާޝްގެ ފޯނަށް ދެތިންފަހަރު ގުޅަންވެސް ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ޒިޔާދު ހަފްސާއަށް ގުޅާފަ ޔާޝް ހުރިތޯވެސް ބެލިއެވެ. ނަމަވެސް ޔާޝް ހަފްސާގެ ގާތަށް ނުދާކަމަށް ހަފްސާ ބުންޏެވެ. ޒިޔާދު ޔާޝްގެ ފޯނަށް ޑައިލް […]
އަނެއްދުވަހަށް އިރު އަރައިގެން އައި އިރުވެސް ނިސާދު ބީޗްގައި އިނެވެ. ވެދިޔަކަންތަކާ މާޔޫސްވެފައެވެ. ދިރިއުޅުމުގާ މިދިމާވީ ކޮންފަދަކަމެއްބާއޭ ނިސާދުގެ ހިތަށް އަރަމުންދިޔައެވެ. ނިސާދުގެ ބޮލުގާ މިހުރިހާ ކަމެއް އެނބުރެމުން ދަނިކޮށް ކުއްލިއަކަށް ފޯން ރިންގްވާންފެށިއެވެ. ޖީބްގައޮތް ފޯންނަގާ ބަލާލުމަށްފަހު އަޅާވެސްނުލާ ފޯންއަތަށް ލައިގެން އިނެވެ. ދެވަނަ ފަހަރަށް ފޯން ރިންގްވާންފެށުމުން ނިސާދު ފޯންނަގާ ކަންފަތުގާ ޖައްސާލިއެވެ. އަދި އިރުކޮޅެއްކޮށްލާފައި ފޯން ކަޑާލުމަށްފަހު ސައިކަލް ކައިރިއަށް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. އެރޭގެ ހަތަރުދަމު ނިސާދު ބީޗުގައި އިނުމަށްފަހު […]
16 އަހަރުފަސް ޔާޝްގެ އުމުރުން 16 އަހަރެވެ. ޔާޝް އުމުރުން 12 އަހަރުގައި ޒުހުރާވެސް ވަރަށް ބަލިވެ އުޅުމަށްފަހު ދުނިޔެދޫކުރިއެވެ. އެދުވަހު ޔާޝް ގިސްލާ ރޮމުން ޔާޝް ދޫކޮށްލާފަ ނުދިޔުމަށް ޒުހުރާގެ ފުރާނަ ނެތް މަސްގަނޑު ކައިރީ ހުރެގެން ކިޔަމުން ދިޔައެވެ. ނަމަވެސް ޒުހުރާ ވަނީ ޔާޝްގެ އެވޭނުން ފުރިގެންވާ އާދޭސް އަޑުއިވޭ ހިސާބެއްގައެއް ނޫނެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައީ މަޑުމަޑުން ޔާޝްއަށް އުފަލާ ހިތްހަމަ ޖެހުން ގެނެސްދެމުންނެވެ. ޔާޝް ކުޑަކުޑައިރު […]