ދޮޅުއަހަރު ފަސް ޝައުނާއަކީ އަމިއްލަ ދިރިއުޅުމެއް އުޅެމުން އަންނަ ހީވާގި ގެވެހި އަތްބެކެވެ. ހަމީދު ޝައުނާ އާއި ކައިވެނި ކުރުމަށްފަހު ރިސޯޓް ވަޒީފާ ދޫކޮށްލައި ރަށުން އޮފީހުން ހުސްވެފައިފައިވާ ވަޒީފާ ހޯދިއެވެ. ދިރިއުޅުން ރަށަށް ބަދަލު ކޮށްލިއެވެ. ހަމީދު އާއި ކައިވެނި ކުރިފަހުން ޝައުނާގެ މޫނުމަތީގެ އުޖާލާކަން އިންތިހާއަށް ފާޅުވަމުން ދިޔައެވެ. އެދެމީހުންގެ ކައިވެއްޏަށް ދޮޅުއަހަރު ވީއިރު ވަނީ ލޯބިލޯބި އަންހެން ކުއްޖަކު ލިބިފައެވެ. ލިބުނު ދަރިޔަކީ ޝައުނާ ބޭނުންވި ކަހަލަ ކުއްޖެކެވެ. ހަމީދު ބޭނުންވީ ފިރިހެން […]
އާދައިގެ މަޑު ހިގުމެއްގާ ދާއިންގެ މިސްރާބް ތުޑިއަށް ޖެހިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދާއިންއަށް ތުޑިއަށް އާދެވުނެވެ. ” ނާޖީ…. ނާޖީ…. ބަލާބަ. އެހެރަ އަންނަނީ ދާއިން މިދިމާލަށް ” ޝައުނާއަށް އެއްލިކަޅިއަކުން ދާއިން އަންނަތަން ފެނުމުން ނާޖީއަށް ދައްކާލިއެވެ. ” އޭތް ދާއިންނޭ….!! ދެން ކިހިނެއްތަ ހަދާނީ ” ނާޖީއަށް ސިހިފައި ބުނެލެވުނެވެ. ” ނާޖީ ގޮސް އެހެރަ ގަސްގަނޑު ކައިރިގައި ފިލާހުރޭ. އަހަރެން މިތާ އިންނާނަން. މިފަހަރު ދާއިންއާ ވާހަކަ ދައްކާނީ އަހަރެން. އަވަހަށްދޭ…..! ” […]
އާދައިގެ ވަރަކަށް ވައިޖެހޭ އުޑުމަތި ސާފް، އަވިގަދަ ދުވަހެކެވެ. ދާއިން އިނީ ތުޑީކޮޅާ ދިމާލު އަތިރިމަތީގައެވެ. އެހިސާބުގެ މާހައުލު ވަރަށް ހިތްފަސޭހައެވެ. ވައި ގަސް ރުކުގައި އަޅައިގަތުމުންނާއި، ގޮޑުދޮށަށް ބީއްސާލާ ކުދި ކުދި ރާޅު ތަކުގެ އަޑުން މުޅި އެހިސާބުގައި ހިތްގައިމު މިއުޒިކީ އަޑެއް ގުގުމަމުން ދެއެވެ. ހަލާކުވެ ފުޑުފުޑު ވެފައިވާ ހިތަކަށް ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަގީނެވެ. އެމާހައުލުގެ އުފާ ހާސިލް ކުރާނެ ކިތަށް މީހުން އުޅޭނެ ހެއްޔެވެ؟. ދާއިންވެސް އެފާ ހާސިލް ކުރަން […]
އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ކަނޑުމަޑެވެ. ޖެހެމުންދަނީ ހިތްގައިމު ވައިރޯޅިތަކެކެވެ. މިހިތްގައިމު ދުވަހުގެ ހުރިހާ ވަގުތެއް ފާއިތުވެގެން ގޮސް ހަވީރު ވެއްޖެއެވެ. ހަނާ ތައްޔާރުވަމުން އެދަނީ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރުބަލަން ދާށެވެ. ތުޑީކޮޅާދިމާ އަތިރިމައްޗަށެވެ. ހަނާ އަވަސް ހިގުމެއްގައި އެދިމާ އަތިމައްޗަށް ފޭބިއެވެ. އަދި އެހެންޏާވެސް އިށީންނަ ބުޑުކައިރީ ފައިވާން ބަހައްޓާފައި ވެލިގަނޑުމިތީ ހުސްފައި އަޅާލިއެވެ. ބުޑުމަތީއިށީދެ ހަމަޖެހިލުމައްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ހަވީރު 5 ޖެހީއެވެ. އެއްފަހު ކެއްމަދުވެފަވާ ނަޒަރަކުން އޮއްސެންދާ އިރާ […]