އާދައިގެން މަތިން މިއަދުވެސް މެންޝަންގެ ކަންކަން ދާ ގޮތް ބެލުމަށްފަހު ނިކުތީ އެދިމާލު ފަރުބަދަމަތިން ކަނޑު ފެންނަ ހިސާބަށެވެ. މެންޝަން މިހާރު ދާދި ނިމެން ގާތްވަނީއެވެ. އެތަނަށް އަވަހަށް ބަދަލުވުމަކީ މިހާރު އަހަރެން ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އޭރުން އަހަރެން ދުނިޔޭގައި ނެތް ހާލަތުގައި ވެސް އަރީންއާއި އަހަރެންގެ ތިންވަނަ ދަރިފުޅަށް ހަމަޖެހިގެން އުޅެވޭނެތާއެވެ. އަހަރެންނާއި އަރީން ހީ ސަމާސާކޮށް ކަނޑުން އަންނަމުން ދިޔަ ވައިތައް އެތެރެއަށް ދަމަމުން ދިޔައީމެވެ. ނަމަވެސް ކުއްލިއަކަށް މީހަކު އަހަރެންގެ […]
” ޑޮކްޓަރ ބުނީ ޕުރެގްކަން ނޭނގޭ ގޮތަށޯ އަަހަރެން ހުންނަނީ…. ” ސާރާ އަޅައިގަންނަމުން ކަހަލަ ގޮތަށް ޖަވާބު ދިނުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ” އެކަމަކު ކުރިން ނުބުނޭ އެހެނެއް..؟ އެއްވެސް ރިޕޯޓަކުވެސް އެވާހަކައެއް ނެތް… ” އަހަރެންނަށް ރުންކުރު ރާގަކަށް އަހާލެވުނެވެ. ” އެކި އަންހެނުން ތަފާތުވާނެ ދޯ؟ އެހެން ނޫނަސް އެވާހަކަ ދައްކާކަށް ނޫނޭ އަހަރެން މިއައީ؟ އަހަރެން ބޭނުން ސަލީމް އަހަރެންގެ ގާތަށް އަންނަން. އަބަދު އާތިކާގެ ފުލުގައެއް ނޫން […]
ދެލޯ ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ވޯޑަށް ނެރެފައި އޮތް އާތިކާގެ ގާތަށް ގޮސް ވޯޑު ވަކިކުރަން ދަމާފައިވާ ފަރުދާގެ ފަހަތުގައި މަޑުކޮއްލި ވަގުތު މީހަކު އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. ސިހިފައި އަހަރެން އެނބުރު އިރު ފަހަތުގައި ހުރީ ސާރާއެވެ. ” ކިހާ އިރެއް އަހަރެން ގުޅަނީ!؟ ” ސާރާގެ ކަރުނުން ފުރިފައިވި ދެލޯ ބަންޑުންވެގެން ފައިބަނީއެވެ. އަދި އަހަރެންގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ. ” ކިހިނެތްވީ؟ ” އަހަރެން އޭނަ ދުރުކޮއްލަމުން އެދެލޯ ފުހެލީމެވެ. […]
” އެކަމަކު ވަޓް ޓޫ ޑޫ…؟ އަހަރެން ބޭނުންވި ކަހަލަ މަލް ކަހަލަ ލޯބި ލޯބި ގާރލްއެއް… އެކަމަކު އަދި އެބަ އޮތް ސަޕްރައިޒެއް.. ” އަރީން ހީގަންނަމުން ބުނެލުމުން މަލަކް ހައިރާންވެފައި ނިއްއަރުވާލިއެވެ. ” އަނެއްކާ މާ ބޮނޑިއެއްތަ؟ ” މަލަކް އެކްސްޕެކްޓް ކުރާ ރާގަކަށް އަހާލިއެވެ. ” ނޫން… ނޫން…. އެއަށްވުރެ މާ ފުރިހަމަ… ވީއާރ ހެވިން ޓުވިންސް!!! ” އަރީން ގަމީހުގެ ޖީބުން ދެވަނަ ކުއްޖާގެ ފޮޓޯ ނަގައި މަލަކްގެ އަތު ތެރެއަށް […]
ބާރަ އަދި ތޭރަ ވަނަ އެޕިސޯޑުގައި ދެހާސް ފަސްވަނަ އަހަރުގެ ފޮތް ހުޅުވިކަމަށް އިންނަމަ ވެސް އަސްލު އިންނާނީ ދެހާސް ދެވަނަ އަހަރުގެ ފޮތްކަމަށް. އަދި އަމާނީ އުފަންވީ ދެހާސް ދެވަނަ އަހަރުކަމަށް. ބިޒީ ދުވަސްކޮޅެއް ދިމާވުމުން އަހަރުތައް ބަދަލުކޮށް ލިޔެވުނުކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މައާފަށް އެދެމެވެ. ވުމާއެކު މިބައިގައި، މިވާހަކައިގެ ބާރަ އަދި ތޭރަވަނަ އެޕިސޯޑުވެސް ސާދަވަނަ ބަޔާއިއެކު އަލުން ހިމަނާފައިވާނެއެވެ. ކުރިން ކިޔާފައިވާ ކިޔުންތެރިއެއްނަމަ ޔޫ ކޭން ސުކިޕް ދޯޒް ޕާރޓްސް އޯރ […]
އަރީން ސުކޫލަށް ލުމަށްފަހު އަހަރެން އޮފީހަށް ވަތް އިރު އަމަލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ބުރަ މަސައްކަތް ދުވަހަކަށްފަހު މެންދުރު ދެއެއް ޖަހަނިކޮށް އަހަރެން ދިޔައީ އަރީން ބަލާ ސުކޫލަށެވެ. ކުރީ އަހަރާއި ތަފާތުކޮށް އާއަހަރު ފެށުނު ދުވަހު ކުލާހުގައި ހުރި ޓީޗަރަކީ މާޒުވާން ޅައަންހެންކުއްޖެކެވެ. ބަލާބެލުމަށްވާނީ އަދި އެންމެ އަށާރަ އަހަރު ކަންނޭނގެއެވެ. ” ހައި. އަރީންގެ ބައްޕަ ދެއްތޯ؟ އަޅުގަނޑު މިއީ މަރިޔަމް ސާރާ. އަރީންގެ މިއަހަރުގެ ކުލާސް ޓީޗަރު… ” އަހަރެން ގޮސް […]
ނަރުހުން މަލަކްއަށް މަރުހަބާ ކިޔަމުން ދަނިކޮށް ކުއްލިއަކަށް މާހައުލު އެއްކޮށް އަޑުމަޑުވެ ކޮޓަރިތެރެ ވެސް އަނދިރިވެގެން ދިޔައެވެ. ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް މަލަކްއަކަށް ނުއިވެއެވެ. އަނދިރިކަމަކަށް ހޭނެމުން ދަނިކޮށް ދެން ފެނުނީ އޭނަގެ ދަރިފުޅު ގޮވައިގެން ދުރުގައި ހުރި މީހެކެވެ. އަންހެނެއްހެން ހީވާ އެމީހާގެ ވަށައިގެން ދުންގަނޑެއްވެއެވެ. އޭނާ ބަލަބަލާ ހުއްޓާ އެމީހާ ކުއްޖާ ގޮވައިގެން ހުޅުވާފައި ހުރި ކުޑަ ދޮރުން ފުންމާލިއެވެ. މަލަކް ހަޅޭލަވައިގަނެފައި ތެދުވެވުނު އިރު މުޅި މީހާވަނީ […]
” މަލަކް… ” ހަރަކާތެއް ނެތް އުއްޑުން އޮތް މަލަކް ނަގައި އަރިީންގެ ފައިމައްޗަށްލިއެވެ. އަވަސް މަލަކް ހަރަކާތާއިއެކު ވިންދު ޖަހާތޯ ޗެކްކޮއްލި އިރު ވިންދު މަޑެވެ. ނިއްކުރިން ތަންގަނޑެއް ހަލާކުވެފައި އިން އިރު ބޭރުފުށުން އިތުރު ގެއްލުމެއް ފެންނާކަށް ނެތެވެ. އަރީން މަލަކް ނަގައި އަތްދަނޑި މައްޗަށް ލަމުން ދުވެފައި ބޭރަށް ނިކުންނަ ދޮރާ ހަމަވި އިރު އޭނަގެ އެދުމަށް އައިސް ހުރި އާދަމް އާއި ނިރްވެދް ހުރީ ދޮރު ހުޅުވައިގެންނެވެ. ނިރްވެދްގެ އެހީގައި މަލަކް […]
މާނީއަށް ހަތް އަހަރުވި ތަނާހެން ކުއްލިއަކަށް މާނީ ގެއްލިގެން ހޯދި އިރު އުނދޯލި އެފަރާތު ގަސްތަކުގެ ތެރޭގައި އޮތީ. ޝީ ވޯޒް ޑެޑް. އައި ސްޓިލް ރިމެމްބަރ ހައު ޝީ ލުކްޑް. ބޯ ކިރިޔާ ވަކިނުވެ އޮތީ ހަށިގަނޑާ. ފުލުހުންނަށް އަންގައިގެން ވެސް މާނީ މަރާލި މީހެއް ނުފެނުނު. މާނީ މަރުވި ތަނާހެން ދޮންމަންމަ ވެސް ގެއްލިއްޖެ. ހީވަނީ މާނީގެ މަރުގެ ސަބަބުން ނަފްސާނީވީ ހެން. ބައްޕަ ބުނި ހަނދާނެއްވޭ ދޮންމަންމަ ނުފެނިގެން ވަރިކުރީމޭ ބުނި ހަނދާން. […]