ސަލީމް ސާރާ ފެންނާނެހެން ދުރުގައި ހުރި ބެންޗުގައި އިށީނދެލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ބަޔެއްގެ ބަހަށް ހެއްލެވުނީތީ އޭނަ މިއަދު އެކަމާއި އިންތިހާއަށް ހިތާމަ ކުރެއެވެ. ޖާވިދުއޭ ކިޔާ މީހަކު އައިސް އޭނައަށް ހުރިހާ ހަޤީޤަތެއް ކިޔައި ދިނުމުން ސާރާއަށް ދެވުނު އަނިޔާ ހިތަށް އެރުމުން އަމިއްލައަށް މަރުވާން އޭނައަށް އުޅެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ލޯބިވާ ދަރިފުޅު އަމާނީ އެއީ އޭނަގެ ދަރިޔެއް ނޫންކަމަށް ޤަބޫލުކުރީ ބަޔަކު ރާވައިގެން ހެދި އެންމެ ލިޔުމަކުންނެވެ. ލޯބިވާ […]
” ދޫކޮއްލާ އަހަރެންގެ ދަރިފުޅުގެ ގައިން… ” ސާރާގެ އަޑަށް އެއަންހެންމީހާ އޭނައާއި ދިމާއަށް އެނބުރުނެވެ. ބޯހާވާއިގެން އިން އެމީހާގެ މޫނުން ފެންނަމުން ދިޔަ ކުޑަ ތަންކޮޅު އަލިފާނުގެ އަލީގައި ވަރަށް ރަނގަޅަށް ސާރާއަށް ފެނުނެވެ. ” އާތިކާ! ” ސާރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ. ” ކީއްވެ އާތިކާ؟ ކޮންކަމެއް ކުރަން މިހާރު ތިއުޅެނީ؟ އަހަރެންނޭ ކިޔައިގެން ދެއްކި ދޮގު ވާހަކަތަކުން އަހަރެންނާއި ސަލީމްއާއި ދެމެދު ޖެހުނު މައްސަލަ އަދިވެސް ކުޑައީތަ؟ ވީކަމެއް ވިއްޔާ ވަމުން ދަނީ […]
އަހަރެން ފޯނު އަލުން ޖީބަށް ލަމުން ކޮފީ ތަށީގައި ބާކީ ހުރި ބައި ބޯލަމުން ތަށި ހިފައިގެން އެތެރެއަށް ދާން އުޅެނިކޮށް ޖެހުނު ވައިރޯޅިއަކުން ކުނިވަސް ފާޑު ވަހެއް ނޭފަތުގައި ހަރުލިއެވެ. ވަސްގަދަކަމުން އޯކަށް ނުދެމުނީ ކިރިޔާއެވެ. އަހަރެންނަށް ދެން ބަލާލެވުނީ ވައިރޯޅި އައި ގަސްތަކާއި ދިމާއަށެވެ. އަނެއްކާ އެތާނގައި ދިރޭ އެއްޗެއް މަރުވެފައި އޮތީ ބާވައެވެ؟ ކޮފީތަށި އަލުން އުނދޯލީގައި ބެހެއްޓުމަށްފަހު އަހަރެންނަށް ގަސްތަކާއި ދިމާއަށް ހިނގައިގަނެވުނެވެ. ބޮޑު ޖަންގަންޔެއްހެން އޮތް ގަސްތަކުގެ ތިރީ ބިންމަތީގައި […]
” ކޮބާ މާނީ؟ ” އަހަރެން އަހާލީމެވެ. އަހަރެން ކުރި ސުވާލުން އޭނަ ތުން އަނބުރާލިތަން އަހަރެންނަށް ފެނުނެވެ. ” ވެއްޖެ. އެންމެ މަތީ ބައިގައި. ” ސާރާ ފަރުވާކުޑަކަމާއި އެކު ޖަވާބުދިނެވެ. ” މައްޗަކު ނެތް. އެއްވެސް ތާކު ނެތީމައިތާ މިއަހަނީ އެހެން… ” އަހަރެން ހިތްހަމަ ނުޖެހިފައި ބުނީމެވެ. ” އެންމެ މަތީބައިގައި ސިޑި ކައިރި އިންނަ ގެސްޓް ރޫމް އިން ވަދެވެން އިންނަ ކުޑަ ޕުލޭ ރޫމުގައިވާނެ. އަހަރެންނަށް އުނދަގޫ ނުކޮށް ގޮސް […]
” ހަޤީޤަތް އެނގި އޮތީ ސާފުވެފައި. ދެން އޮޅުވާލައިގެން ދޮގުތަކެއް ހަދަން ނޫޅޭ! އަހަރެން މަރުވެއްޖެޔާ އެއްވެސް މުދަލެއް ވެސް ސާރާއާއި އަމާނީއަކަށް ނުލިބޭނެ. އެކަމަކު އަހަރެންގެ ދަރިޔެއް ސާރާއަށް ލިބިއްޖެޔާ މުދަލުން އެއްބައި ދަރިފުޅަށް ލިބޭނެ. އެހެން ނޫންނަމަ ކުރިން ވެސް ބުނި ގޮތަށް ޒަރޫރީ ބޭނުންތައް ފުއްދައިދޭނަން. ” އަހަރެން ރުންކުރު ރާގަކަށް ބުނެލަމުން އަހަރެން ކޮޓަރިން ނުކުމެގެން ހިނގައިގަތީ ބޭރަަށެވެ. މިރޭ އަހަރެންގެ ބޭނުމަކަށްވީ އާތިކާ ކުރެ އަހަރެންނާއި އަލުން އިންނާނަންތޯ އެހުމެވެ. […]
” މިއީ ޕޭޝެންޓުގެ ލިޔުންތައް. މިއަދު ދޫކޮއްލާނެ ޕޭޝެންޓް… މީގައި އިންނާނެ ފިޒިއޯ ތެރަފީ ހަދަން ދީފައި އިން ލިޔުންކޮޅު ވެސް. ހަފްތާއަކު ތިން ދުވަހު އިންނާނީ. ދީފައި އިން ދުވަސްތަކުގައި ޤަވައިދުން ފިޒިއޯ ހެދުން ވަރަށް މުހިންމު. ” ނަރުސް ކުއްޖަކު އައިސް އަމާނީގެ އެންމެހާ ލިޔުމެއް އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން ގަނޑުތަކާއި ހަވާލުވަމުން ޝުކުރު އަދާކޮށް ގަނޑުތަކުގައި ހުރި އެއްޗެހި ބަލައި ޗެކްކޮއްލީމެވެ. ” ސާރާ…!؟ ” ގަނޑުތަކުން ފެނުނު އެއްޗަކުން އަހަރެންނަށް ބަލާލެވުނީ […]
” ސާރާ އަރީން ގޮވައިގެން ދޭ ގެޔަށް. ކުޑަ އިރުކޮޅަކުން ބިލްތައް ދައްކާލާފައި އަހަރެން އެބަ ދަން… ” އަހަރެން ސާރާގެ ކޮނޑުގައި ހިފާލަމުން ބުނެލީމެވެ. އޭނަ އިތުރު ސުވާލެއް ނުކޮށް އަރީންގެ ގާތަށް ގޮސް ގެޔަށް ދާން ހިނގާށެ ބުރެ އޭނަ އުރާލިއެވެ. އެހެން ކުދިންނަށްވުރެ ކުޑަކޮށް އަރީން ހުންނާތީވެ ސާރާއަށް އޭނަ އަދިވެސް އުރަން ފަސޭހައެވެ. އަހަރެން އެދެމައިން ދިޔަ ތަން ބަލަން ހުރުމަށްފަހު ކައުންޓަރ ދޮށާއި ދިމާއަށް ހިނގައިގަތް ވަގުތު އަވަސް ފަރުވާދޭ […]
” މިހިތަށް އަރަނީ މާދަމާ ހަވީރު ވެލްކަމް ޕާޓީއެއް ބާއްވަން ހިނގާބަލާށޭ… ސަލީމްއާއި އަހަރެންގެ ހުރިހާ ގާތް މީހުންނަށް. ބޮޑުކޮށް ބާއްވަންޏާ ނޫހަށް ވެސް އަރާނެ ކަންނޭނގެ ދޯ… އެހެންވެ ކުޑަކޮށް… ” ސާރާ ހީގަތެވެ. ” ކުޑަކޮށް ބޭއްވިޔަސް ނޫހަށް އަރާނެ… އަހަރެންގެ ގާތް ރައްޓެހިންނަކީ މުއްސަނދިން ވިއްޔާ… ” އަހަރެން ހީގަތީމެވެ. ” އާތިކާއަށް ދައުވަތު ދެންތަ؟ ” އަހަރެން ފާޑަކަށް ނުކެރިފައި ހުރެ ސާރާ ކުރެ އަހާލީމެވެ. ” ސާރާ..؟ ” އަހަރެން […]
ފުރިހަމަޔަށް ދަމުން ދިޔަ ވަލީމާގައި ތިބި މީހުންނަށް ސިހުން ގެނުވީ ކުއްލިއަކަށް ދިއްލާފައިވާ ހުރިހާ ލައިޓްތަކެއް ނިވުމުންނެވެ. އަނދިރިދެކެ ބިރުގަންނަ ބައެއް މީހުން ހާސްވެ އަޑުގަދަވެގެން އުޅޭ އަޑު އިވުމުން އަހަރެން ވީގޮތް ބެލުމަށް ސާރާގެ ގާތުގައި މަޑުކުރުމަށް ބުނުމަށްފަހު ނުކުތީ ބޭރަށެވެ. މުޅި ވެޑިން ހޯލް ފިޔަވައި ބޭރު އެހެން ތަނެއް ހުރީ ދިއްލާ އަޅާފައެވެ. އަހަރެން ދުވެފައި ޕާޓީގެ ކަންކަމާއި ހަވާލުވެގެން ތިބި މީހުން އުޅޭ ދިމާއަށް ދަނިކޮށް ކުޑަތަންކޮޅެއް ދުރުން ހޮޓެލްގެ ތިރި […]