” ތެދުވޭ ޒޯޔާ. ތެދުވެ އެނދުގައި އޮށޯވޭ… މަންމަ މިއައީ އައިސްޕެކް ހިފައިގެން ” މަލަކް ޒޯޔާދެކެ އައިސްފައިވާ ރުޅިވަނީ މަޑުވެފައެވެ. އިރުފާންއެކޭ އެއްގޮތަށް ކަމުގެ ދެކޮޅު ނުބަލާ އޭނައަށްވެސް ޒޯޔާދެކެ ރުޅި އާދެވުނީމައެވެ. މަލަކްގެ އެދުމަށް ބިންމަތިން ތެދުވެ ޒޯޔާ އެނދުގައި އެޮށޯވެލިއެވެ. އަަދި ބަނޑާއި ދިމާއިން ނޫފާގަނެފައި އިން ތަނުގައި މަލަކް އައިސްޕެކް ޖައްސައިދޭން ހުއްދަ ދިނެވެ. އޭރުވެސް ޒޯޔާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ. ” އިރުފާންއަށް އެހެން އެހެދުނީ ވިސްނާނުލާ. އެއީ މަންމަގެ […]
” ޒޯޔާ މޮޔަވީތަ!؟ އަހަރެން ހީކުރީ ތިއީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު އަންބެކޭ. އަހަރެންގެ އާއިލާއަށް ތިވަރުގެ ބޮޑު އަނިޔާއެއް ދޭން ޖެހުނީ ކީއްވެގެން؟ ބުނެބަލަ! ” އިރުފާން ޒޯޔާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ” އިރުފާން އައި އޭމް ސޮރީ. އައި އޭމް ރިއަލީ ސޮރީ. އަހަރެންނަށް އެހެން ހަދަން އޭނައަށް ފުރުސަތު ދެވުނީ. ” ޒޯޔާއަށް ގިސްލެވެން ފެށުނެވެ. ” ކާކު؟! ” އިރުފާންގެ އަޑު އިހުނަށްވުރެ ހަރުކަށިވެގެން ދިޔައެވެ. ” ލާރާ…. […]
ސިޓިންރޫމަށް ވަންނަން އަޅާލި ފިޔަވަޅު ހުއްޓުނީ އުނދޯއްޔާއި ދިމާއިން އަމާނީ ފެންނަން ހުރުމުންނެވެ. ހެމުން ބޯ ވާރޭގައި އެކަނިމާ އެކަނި ތެމެމުން ދިޔަ އަމާނީ ފެނިފައި މަލަކްއަށް ބަލަން ހުރެވުނެވެ. ދެން ހަނދާންވީ ވާރެޔާއި ތެމުމުން އޭނަ ނުހަނު އަވަހަށް ރޯގާ ވާ ކަމެވެ. ސިޓިންރޫމުގެ ދޮރު ކައިރި އެތެރޭގައި ހުރި ވާރޭ ކުޑަތައް ލައިފައި ސުޓޭންޑުން ބޮޑު ކުޑައެއް ނަގައި ހުޅުވާލުމަށްފަހު އަމާނީ އެތެރެއަށް ވައްދަން ހިނގައިގަތެވެ. ހަރު ހިނގުމުގައި ހިނގާފައި ދިޔަ ގޮތުން އޭނަ […]
” ބިރުނުގަނޭ. އަހަރެން ކަލެޔަކަށް ގޯނާއެއް ނުކުރާނަން. އެކަމަކު އެއީ ހަމައެކަނި މިކުއްޖާ ދުނިޔެއަށް އަންނަން ދެން.. ކަލޭ ހެޔޮ ހާލުގައި ހުންނަން ބޭނުމިއްޔާ އަހަރެންގެ އަމުރުތަކަށް ކިޔަމަންވާން ޖެހޭނެ.. ” ދެން ވެސް އޭތި ވާހަކަ ދެއްކިއެވެ. ” ކޮން ކުއް…ޖެއް؟ ” އަމާނީގެ އަޑު ނުކުތީ ތުރުތުރު އަޅާ ހާލުގައެވެ. ” ދަރިޔަކަށް ބަލިވެ އިން އިރުވެސް ނޭނގޭތަ؟ ” އޭތީގެ އަޑުގައިވަނީ މަލާމާތެވެ. ” އެހެނެއް ނު… ނުވާނެ… އަހަރެ..ން ބަނޑުބޮޑެއް ނޫން! […]
އަމާނީ ފޯނު ބާއްވައި ރަނގަޅަށް ވިސްނާލިއެވެ. މިފަހަކަށް އައިސް އޭނައަށް ތަފާތު ބަދަލުތަކެއް އަންނަކަން ފާހަގަވެއެވެ. ލަހުން ތެދުވެވުމާއި ރޭގަނޑު ދަންވަރު އުނދޯލި ކައިރިއަށް ދާހިތްވެ މޭނުބައި ކުރުމާއި އެހެންޏާއި ދުވަހަކުވެސް ނުކާ އެއްޗެހި ކެވުން ވެސް ފާހަގަވެއެވެ. އަދި ޔާނިއުއާއި އިއްޔެ ދެއްކި ވާހަކަތައް ވެސް ހަނދާންވިއެވެ. އޭނަ ޔާނިއުދެކެ ނުހަނު ލޯބިވާ އިރު ޔާނިއުއާއި ދިމާއަށް އެއްޗެހި ކިޔާ ބުރޭކްއަޕް ވެވުނީ ކީއްވެ ބާވައެވެ؟ އޭނަ އެކަމާއި ދެރަވެސް ނުވާކަން ފާހަގަވިއެވެ. ޖަވާބެއް ނެތް […]
ކާކު؟ ކާކު މިފަދަ ކަމެއް ކުރީ؟ ކާކު ކުރާނީ ވެސް!؟ ” އަރީން ވެސް ގޮސް ހުސްވެއްޖެއެވެ. މަލަކްގެ އަތުން ދޫކޮއްލުމަށްފަހު އޭނައަށް ހިނގައިގަނެވުނީ ގަސްތަކުގެ އެތެރެއަށެވެ. ހިކިފަތްތަކުގެ މަތިން މުރަނަ އަޑު ކިޔަމުން ދިޔަ އަޑު އެދުވާލު ވަގުތު ވެސް ނާމާން އަޑެއް ފަދައިން އިވެމުން ދިޔައެވެ. އަރީންގެ ފިޔަވަޅުތައް ބާރު ކޮއްލެވުނެވެ. އޭނަގެ މަންމަ ސިހުރު ހެދި ދިމާލުގައިވި އަމާނީގެ މަހާނަ ފެންނަން ހުއްޓެވެ. އޮއްސާލި ބޯ ވާރެއާއިއެކު މޮޔަވެފައިވާ މީހެއް ފަދައިން ބިންމައްޗަށް ތިރިވެ […]
” މަންމާ. މަންމާ… ” ނިދިފައި އޮތް މަލަކްއަށް ހޭލެވުނީ އަމާނީ ގޮވާ އަޑަށެވެ. ނައިޓް ސުޓޭންޑްގައި ހުރި ލޭމްޕް ދިއްލާލައި ގަޑިން ވީ އިރެއް ބަލާލުމަށް އެނބުރު މަލަކްއަށް ފެނުނު ސޫރައަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބެލްކަނި ދޮރުން ދީފައިވާ ފަނޑު އަލީގައި މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި އޮތީ އަމާނީއެވެ. ރަތްވެފައިވާ ދެލޯ ވަނީ ދިއްލިފައެވެ. އަނގައިން ފާޑެއްގެ ސޮނިތަކެއް ބާލުވަމުން ދިޔަ އިރު ނުބައި ވަހެއް ހިފާފައިވެއެވެ. ” ކީއްވެތަ ކޮންމެ ފަހަރަކު […]
މަޤްރިބް ނަމާދަށްފަހު ދިހަ މިނެޓުން ހިނގާފައި ދެވޭ މިސްކިތުން އައި އަރީންއަށް މަޑު ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ. ގޭގެ ދޮރު ކުރިމަތީގައިވާ ފުޅާ ހަރުފަތްލީ ސިޑިތަކުގެ މަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ މަލަކް ފެނިފައި އޭނަ ނުހަނު ހައިރާންވިއެވެ. މިގަޑީގައި އެހާ ނޫން ގޮތަކަށް މަލަކް ހިނގާތަން ފެނުމުން ވަރަށް ބޮޑު ކަމެއް ވެއްޖެކަމަށް އަރީންގެ ހިތް ބުނަމުން ދިޔައެވެ. ” މަލް…؟ ” މަލަކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަރީންގެ އަޑަށެވެ. ” އަރީން. […]
އަމާނީގެ ދެއަތުން ވަރުގަދައަށް ހިފަހައްޓައިގެން ހުރުމުން މަލަކް ކުއްލި ލައްކާއިއެކު ކުވިލްޓް އިން އަތް ދޫވެ އޭނަ ގޮސް ޖެހުނީ ކޮޓަރީގައި ހުރި ތަނބުގައެވެ. އެއްލި ކަޅިން ސީލިންގުގައި ހުރި އެއްޗެހި އަޅައިގަތީ ދެނެވެ. މަލަކްއަށް ފެނުނީ ފިޔަވަޅުތަކެކެވެ. އެހެނަސް ސީލިންގުގައެވެ. ބިންމަތީގައިވާ ފިޔަވަޅުތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. ބިރުން ހުރި މަލަކްއަށް ހިންދިރުވާލެވުނެވެ. އަނެއްކާ މީގެ ތޭވީސް އަހަރު ކުރިޔެކޭ އެއްގޮތަށް އެކަންތައް އަލުން ތަކުރާރުވަނީ ހެއްޔެވެ؟ ސީލިންގުގައި އެކަހަލަ އެއްޗެހި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ […]