Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 12

umny Level 210 Stories
May 28, 2024 2 Mins Read
0 Comments

ނަރުހުން މަލަކްއަށް މަރުހަބާ ކިޔަމުން ދަނިކޮށް ކުއްލިއަކަށް މާހައުލު އެއްކޮށް އަޑުމަޑުވެ ކޮޓަރިތެރެ ވެސް އަނދިރިވެގެން ދިޔައެވެ. ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް މަލަކްއަކަށް ނުއިވެއެވެ. އަނދިރިކަމަކަށް ހޭނެމުން ދަނިކޮށް ދެން ފެނުނީ އޭނަގެ ދަރިފުޅު ގޮވައިގެން ދުރުގައި ހުރި މީހެކެވެ. އަންހެނެއްހެން ހީވާ އެމީހާގެ ވަށައިގެން ދުންގަނޑެއްވެއެވެ. އޭނާ ބަލަބަލާ ހުއްޓާ އެމީހާ ކުއްޖާ ގޮވައިގެން ހުޅުވާފައި ހުރި ކުޑަ ދޮރުން ފުންމާލިއެވެ.

މަލަކް ހަޅޭލަވައިގަނެފައި ތެދުވެވުނު އިރު މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. ފުންކޮށް ނޭވާ ލަމުން ދިޔަ އިރު ހީވަނީ ދެންމެ ދެންމެ މީހާގެ ނޭވާ ހުސްވެދާނެ ހެންނެވެ.

” މޭމް”  ދުރުގައި ތައްޓަކަށް ފެން އަޅަން ހުރި އަކީޝާ ދުވެފައި އައިސް މަލަކްގެ ގައިގައި ހިފަހައްޓާލަމުން ޑޮކްޓަރަށް ގޮވަން ފެށިއެވެ.

—

ގުރީން ޝެލް މެންސަންއަށް އަރީން ވަތް އިރު ފަހެއް ޖަހަނީއެވެ. އޭނަގެ ބޭނުމަކަށްވީ އިރުއޮއްސުމުގެ ކުރިން އެތަނުން ފޮތްތައް ހިފައިގެން ނިކުންނާށެވެ.

ނިރްވެދްއާއި އެކު ކާރުގައި އައިސް ގޭގެ ދޮރު މައްޗަށް މަޑުކޮއްލުމުން އޭނަ އަވަސް ހަރަކާތާއި އެކު ދުވެފައި އެތެރެއަށްވަނެވެ. އަދި އަވަސް އަވަހަށް އޭނަ ކުރުސި ކިޔަވަމުން ގޮސް އެރީ ދެވަނަ ބުރިއަށެވެ. ސިޑިން ދެވަނަ ބަޔަށް އަރައިގެން އެންމެ ފުރަތަމައަށް ޖެހުނު އޭނަ ބައްޕަގެ އޮފީސް ރޫމަށް ވަތް އިރު ވަނީ ހުސް އަނދިރިކަމެވެ. ދެލޯ ކުޑަކޮށް އަނދިރިކަމަށް ހޭނެން ދެމުން އޭނަ ސުވިޗުތައް ފެނޭތޯ ހޯދަން ފެށިއެވެ. ދޮރުގެ ބިއްދޮށުގައިވި ސުވިޗު ޖައްސާލުމުން ދެފަހަރު ސުވިޗު ނިވިދިއްލުމަށްފަހު ދިއްލުނެވެ. ނަމަވެސް އަލިކަން ވަރަށް މަޑެވެ. އަމަލް ބުނި ފަދައިން އެއްފަރާތު ބޮޑު ހަރުގައި އަހަރުތައް ވަކިކޮށް ބަހައްޓާފައިވާ ބޯ ފޮތްތައް ހުއްޓެވެ. އެންމެ ފުރަތަމަ ވެސް އޭނަ ނެގީ ދެހާސް ފަސްވަނަ އަހަރުކަމަށް ބުނެފައިވި ބޯ ފޮތެވެ. ގިނަ އަހަރުވުމުގެ ސަބަބުން ކުލަ ގެއްލިފައިވާ އެފޮތުގައި އެންމެ ހިރަފުހެއްގެ އަސަރެއްވެސް ނެތެވެ. ހީވާ ގޮތުން ނޯކަރުން ގަވައިދުން ފޮތްތައް ސާފުކުރާތީއެވެ.

ދެހާސް ފަސްވަނަ އަހަރު އެއީ އަމާނީ ވިހޭ އަހަރެވެ. ނަމަވެސް އަމާނީ މެންޝަންއަށް އައި އިރު އޭނައަށްވަނީ އަހަރުވެފައެވެ. ވުމާއެކު އަމާނީ އޭނައާއި އެކު ދިރިއުޅެން ފެށީ ދެހާސް ހަވަނަ އަަހަރުން ފެށިގެންނެވެ.

އަވަހަށް ނިކުންނަން ޖެހޭނެކަން އެނގި ހުރެވެސް އަރީން އެފޮތް ހުޅުވާލައިފިއެވެ. ޖެނުއަރީ މަހުން ފެށިގެން ލިޔެފައިވަނީ މުޅިން ވެސް ސާރާގެ ވާހަކަތަކެވެ. ސާރާއާއި އޭނަގެ ބައްޕަ ދިމާވި ގޮތުގެ ވާހަކަތަކެވެ.

===

17 އަހަރު ކުރި (ސަލީމްގެ ނަޒަރުން)

މިއަދަކީ އާދައިގެ މަތިން ހިތްގައިމު ދުވަހެކެވެ. އާއަހަރު ފެށި އޮފީހަށް އަހަރެން ނިކުންނަން ފެށި ފުރަތަމަ ދުވަހެވެ. އަހަރެން ތެދުވެ ތައްޔާރުވެގެން އޮފީހަށް ދިއުމަށް ތިރިއަށް ފޭބި އިރު އާތިކާ ހުރީ ސައި ހަދާފައެވެ. ފަސްއަހަރުގެ އަހަރެންގެ އަރީން ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލައި އަވަހަށް ސައިބޯން އައުމަށް ބުނުމުން އަހަރެން އޭނަ އުރާލަމުން ބޮސްދީފައި އަވަހަށް ހިނގާށޭ ބުނީމެވެ. އަދި އޭނަ ގޮވައިގެން ގޮސް ކާމޭޒު ދޮށުގައި އިށީންތަނާ އާތިކާ އެއްޗެހި ދޮންނަން މެޝިނަށް އެޅުމަށްފަހު އައިސް އަހަރެންގެ ކޮލަށް ބޮސްދިނުމަށްފަހު އަހަރެންގެ ގާތުގައި އިން ގޮނޑީގައި އިށީނދެއްޖެއެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އަހަރެންގެ ސައިބުއިމުގެ ވަގުތު މިއަދު ވެސް ދިޔައީ ލޯބިވާ އަނބިމީހާއާއި ދަރިފުޅާއި އެކުގައެވެ.

ހެނދުނުގެ ސަޔަށްފަހު އަރީން ގޮވައިގެން އަހަރެން ދިޔައީ ކާރަށް އަރާށެވެ. ނަމަވެސް އަންހެނުން މަތިން ހަނދާންވެގެން އަހަރެން ގޮސް އޭނަގެ ކޮލަށް ބޮސްދިނުމަށްފަހު އޭނަގެ ބަނޑުގައި ފިރުމާލީމެވެ. ލިބެން އުޅޭ ދެވަނަ ދަރިފުޅަށް ބޮސްދެމުން ބުރަ މަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވެ އަހަރެން ކާރަށް އެރީ އަރީން ބަލާ ދާނެ ވާހަކަ ބުނަމުންނެވެ.

އަރީން ސުކޫލަށް ލުމަށްފަހު އަހަރެން އޮފީހަށް ވަތް އިރު އަމަލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ބުރަ މަސައްކަތް ދުވަހަކަށްފަހު މެންދުރު ދެއެއް ޖަހަނިކޮށް އަހަރެން ދިޔައީ އަރީން ބަލާ ސުކޫލަށެވެ. ކުރީ އަހަރާއި ތަފާތުކޮށް އާއަހަރު ފެށުނު ދުވަހު ކުލާހުގައި ހުރި ޓީޗަރަކީ މާޒުވާން ޅައަންހެންކުއްޖެކެވެ. ބަލާބެލުމަށްވާނީ އަދި ވާނީ އެންމެ އަށާރަ އަހަރު ކަންނޭނގެއެވެ.

” ހައި. އަރީންގެ ބައްޕަ ދެއްތޯ؟ އަޅުގަނޑު މިއީ މަރިޔަމް ސާރާ. އަރީންގެ މިއަހަރުގެ ކުލާސް ޓީޗަރު…

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ (އިއުލާން)

Next

މަގޭ މާއިލް 17

Next
May 29, 2024

މަގޭ މާއިލް 17

Previews
May 28, 2024

ތެމި ވާރޭގައި ވީމޭ (އިއުލާން)



All Right Reserved!