މާނީއަށް ހަތް އަހަރުވި ތަނާހެން ކުއްލިއަކަށް މާނީ ގެއްލިގެން ހޯދި އިރު އުނދޯލި އެފަރާތު ގަސްތަކުގެ ތެރޭގައި އޮތީ. ޝީ ވޯޒް ޑެޑް. އައި ސްޓިލް ރިމެމްބަރ ހައު ޝީ ލުކްޑް. ބޯ ކިރިޔާ ވަކިނުވެ އޮތީ ހަށިގަނޑާ. ފުލުހުންނަށް އަންގައިގެން ވެސް މާނީ މަރާލި މީހެއް ނުފެނުނު. މާނީ މަރުވި ތަނާހެން ދޮންމަންމަ ވެސް ގެއްލިއްޖެ. ހީވަނީ މާނީގެ މަރުގެ ސަބަބުން ނަފްސާނީވީ ހެން. ބައްޕަ ބުނި ހަނދާނެއްވޭ ދޮންމަންމަ ނުފެނިގެން ވަރިކުރީމޭ ބުނި ހަނދާން. އެއީ އެކަމަކު މީގެ ދިހަ ވަރަކަށް އަަހަރުކުރިން. މާބޮޑު ހަނދާނެއް ނެތް. މާނީގެ މަރަށްފަހު ދެން ގޭތެރެއިން ފެންނަން ފެށީ މާނީގެ ސިފައިގައި ރޫޙާނީ އެއްޗެއް. އެފަހުން ކޮންމެވެސް މީހަކު ގެނެސް ގެޔަށް ކިޔަވާފައި ދިޔަ ފަހުން މާނީގެ ކޮޓަރި ވެސް ތަޅުލާފައި ހުރީ… އެހާ ޔަންގް އިރު ހުރި ހަމައެކަނި ކޮއްކޮގެ މަރުގެ ސަބަބުން އަހަރެންނަށް މިގޭގައި ހުންނަން އުނދަގޫވެގެން އަހަރެން މަންމަ ގާތަށް ދާން ބުނުމުން ބައްޕަ އަހަރެންގެ އެދުން ފުރިހަމަކޮށް މަންމަ ގާތަށް ފޮނުވީ… އެފަހުން މިގެޔަށް މިއައީ އަށާރަ އަހަރު ފަހުން. ދެން އަހަރެންނަށް ހީވަނީ ކިޔެވި އެއްޗެއް ވަކިހާ ދުވަހެއްވުމުން ބާތިލްވީ ހެން… ” އަރީން އޭނަގެ ކުޑައިރުގެ ވާހަކަތައް ކިޔައިދީ ނިންމާލި އިރު މަލަކް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
” އައި އޭމް ސޮރީ މަލަކް… ” އަރީން ފުންނޭވާއެއް ދޫކޮއްލަމުން އެހެން ބުނެލި އިރު އެދެލޮލުން ކަރުނަ ތިކިތައް ފައިބަނީއެވެ.
” ނޫން. އައި އޭމް ސޮރީ… އަރޫ އެހާ ކުޑައިރު އެކަހަލަ ކަމަކާ ކުރިމަތިލާން ޖެހި އެހުރިހާ ވާހަކަތައް އަހަރެންގެ އެދުމަށް ކިޔައިދޭން ޖެހުނީމައި. ” މަލަކް އަރީންގެ ގައިގައި ބައްދާލިއެވެ.
—
މަލަކްއާއި ބަނޑުގައިވި ދަރިފުޅުގެ ރައްކަލަށް އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުވާން ވެގެން ފޮއްޓަކަށް ބޭނުންވާ އެންމެހާ މުހިންމު ސާމާނު ހިފައިގެން އަރީން ނުކުތް އިރު ހަވީރުވެގެން ގޮސް އަނދިރިވަނީއެވެ. މެންދުރުގެ ކެއުން ވެސް އަކީޝާ ހެދި ގޮތަށް ތެލިތަކުގައި ހުއްޓެއްކަމަކު އެއިން އެއްޗެއްގައި އަތްލަން ދާނެހާ ހިތްވަރެއް ދެމިހުންގެވެސް ނެތުމުން މެންދުރު ދެމިހުން ކުރެ އެކަކު ވެސް ނުކައެވެ.
އަރީންގެ ފަސްފަހަތުން ކޮޓަރިން ނިކުތް މަލަކްއަށް އެންމެ ފުރަތަމަ ވެސް ހޯދާލެވުނީ ދެކޮޅެވެ. ބިރުގަނެފައި ހުރި ވަރުން އޭނަ އަރީންގެ ގަމީހުގެ ފަހަތުގައި ހިފައިގެން ހިނގަމުން ދިޔައެވެ. ދެމިހުންގެ ވެސް އަޒުމަކަށްވެފައި އޮތީ އިރުއޮއްސުމުގެ ކުރިން ގެއިން ނިކުންނާށެވެ.
ފަރުވާތެރިކަމާއިއެކު ދިގު ކޯރިޑޯގެ ތެރެއިން ސިޑިއާއި ހަމަޔަށް ދިޔަ އިރު ދެމިހުންގެ ކަޅި ވެސް ކޮޅުކޮޅަށް ހަރަކާތްކުރަމުން ދިޔައެވެ. ގޭތެރޭގައި އުޅެމުން ދިޔަ އުނދަގޫ ކުރާ އެއްޗެއް ކޮންމެ ދިމާއަކުން ވެސް ގޯނާކޮއްފާނެތީއެވެ. އެލް ޝޭޕަށް އިން ސިޑިއާއި އަރާ ހަމަވި ތަނާ އަރީން ހިފައިގެން އައި ލަގެޖުގެ އަތްގަނޑު ނައްޓައިގެން ދިއުމުން އަނެއް ގޮތަށް އަނބުރާލައިގެން ހިފަން ޖެހޭނެތީވެ އަރީންގެ އެދުމަށް ކުރިން ފައިބަން ފެށީ މަލަކްއެވެ.
އެލްޝޭޕް ސިޑީގެ މެދުގައިވި ހުސްކޮށް އިންތަންކޮޅާ އަރާ ހަމަވަނިކޮށް ކުއްލިއަކަށް އަރީން ބަލަބަލާ ހުއްޓާ މަލަކްގެ ފަހަތުން ކުޑަކުއްޖާގެ ސޫރަ ފެނިގެން ދިޔައެވެ. މަލަކްއަށް ގޮތެއް ހަދާފާނެތީ އަރީންއަށް ބާރަށް މަލަކްއަށް ގޮވާލުމުން ހިތްނުތަނަވަސްވެފައި ހުރި މަލަކްއަށް އަޅަން އުޅުނު ފިޔަވަޅު ނޭޅި ކައްސާލައިފިއެވެ. އެނބުރެމުން ކަހަލަ ގޮތަކަށް ފައިބަމުން ދިޔަ މަލަކް ހުއްޓުވުމަށް އަރީންގެ އަތުގައި އޮތް ލަގެޖު އެއްފަރާތަކަށް ޖެހުމަށްފަހު މަލަކްގެ ފަސް ފަހަތުން ފޭބިއެވެ. ނަމަވެސް އޭނައަކަށް މަލަކް ނުހުއްޓުވުނެވެ. އަރީންއަށް މަލަކްއާއި އަރާ ހަމަކުރެވުނީ މަލަކް ސިޑިން ތިރިޔަށް ގޮސް ބިންމައްޗަށް ވެއްޓުނު ފަހުންނެވެ.
” މަލަކް… ” ހަރަކާތެއް ނެތް އުއްޑުން އޮތް މަލަކް ނަގައި އަރިީންގެ ފައިމައްޗަށްލިއެވެ. އަވަސް މަލަކް ހަރަކާތާއިއެކު ވިންދު ޖަހާތޯ ޗެކްކޮއްލި އިރު ވިންދު މަޑެވެ. ނިއްކުރިން ތަންގަނޑެއް ހަލާކުވެފައި އިން އިރު ބޭރުފުށުން އިތުރު ގެއްލުމެއް ފެންނާކަށް ނެތެވެ. އަރީން މަލަކް ނަގައި އަތްދަނޑި މައްޗަށް ލަމުން ދުވެފައި ބޭރަށް ނިކުންނަ ދޮރާ ހަމަވި އިރު އޭނަގެ އެދުމަށް އައިސް ހުރި އާދަމް އާއި ނިރްވެދް ހުރީ ދޮރު ހުޅުވައިގެންނެވެ. ނިރްވެދްގެ އެހީގައި މަލަކް ކާރުގެ ފަހަތު ސީޓަށްލީ އިރު އާދަމް ގޮސް ލަގެޖު ޑިކީއަށް ލައިފިއެވެ. އަދި އަރީން އަވަސް އަވަހަށް އެންމެ ކައިރީގައިވި ހޮސްޕިޓަލަށް ގެންދިއުމަށް އެދުނެވެ.
—
އެމަޖެންސީ އޭރިޔާގެ ގޮނޑީގައި އިން އަރީންއަށް ޑޮކްޓަރ ފެނުމުން ސިހިފައި ތެދުވެވުނެވެ. ޑޮކްޓަރ ދޭނެ ޙަބަރެއް އަޑުއަހަން އޭނަވަނީ ކެތްމަދުވެފައެވެ.
ނުނިމޭ
( މިވާހަކަ ފެށުނު އިރު ލިޔެފައި އިންނާނެ މެރީ ކުރިތާ ހަމަސްކަމަށްވެފައި އިނީ. އެކަމަކު އަސްލު އިންނާނީ އެއްއަހަރާ ހަމަސް. އެތަންކޮޅު މިސްވެފައި އިނުމުން ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން. )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


part 11?