” އެކަމަކު ވަޓް ޓޫ ޑޫ…؟ އަހަރެން ބޭނުންވި ކަހަލަ މަލް ކަހަލަ ލޯބި ލޯބި ގާރލްއެއް… އެކަމަކު އަދި އެބަ އޮތް ސަޕްރައިޒެއް.. ” އަރީން ހީގަންނަމުން ބުނެލުމުން މަލަކް ހައިރާންވެފައި ނިއްއަރުވާލިއެވެ.
” އަނެއްކާ މާ ބޮނޑިއެއްތަ؟ ” މަލަކް އެކްސްޕެކްޓް ކުރާ ރާގަކަށް އަހާލިއެވެ.
” ނޫން… ނޫން…. އެއަށްވުރެ މާ ފުރިހަމަ… ވީއާރ ހެވިން ޓުވިންސް!!! ” އަރީން ގަމީހުގެ ޖީބުން ދެވަނަ ކުއްޖާގެ ފޮޓޯ ނަގައި މަލަކްގެ އަތު ތެރެއަށް ލައިދިނެވެ.
” ވަޓް؟ ކިހިނެތް؟ ކުރިން ހެދި ސުކޭންގައި ނެތެއްނު..!؟ ” މަލަކް ސިހިފައި ފާޑަކަށް ބަލާލުމުން އަރީން އެނދު ކައިރީގައި އޮތް ކެބި ނެޓުން ސުކޭން ރިޕޯޓެއް ނަގައި ދައްކާލިއެވެ.
” ކުރިން އެންމެ ސުކޭންއެއްނު ހެދީ. ފައިވް މަންތްސް ވެފައި ހުރީމައި އެއްކޮށް ޑޮކްޓަރ އެނޯމަލީ ސުކޭންއެއް ހެދީމައި ޔަޤީންވީ… ” އަރީން ރިޕޯޓުގައި ޓުވިންސް ލިޔެފައި އިން ތަން ދައްކާލަމުން ހީގަތެވެ.
” ދެން ދެވަނަ ބޭބީ ކޮން ޖެންޑާއެއް…؟ ” އުފާވެރިކަމުގެ ކަރުނަ ތިކިތައް ފައިބަމުން ދިޔަ މަލަކް އަހާލިއެވެ.
” އިޓްސް އަ ބޯއީ… ބޯއީ އަކާ ގާރލްއެއް! އަލްޙަމްދުލިﷲ ” އަރީން ތެދުވެ މަލަކްގެ ގައިގައި ބައްދާލަމުން ނިތައް ބޮސްދިނެވެ.
—
ރޭގަނޑު ކައިގެން މަލަކް ނިދަން ދެން ކައިރީގައި އޮތުމަށްފަހު އަރީން އައިސް އޮށޯވެލީ ޕުރައިވެޓް ކޮޓަރީގައި ހުރި ބޮޑު ސޯފާގައެވެ. އަދި ކައިރީގައި ހުރި ކޮފީ ޓޭބަލް އިން ދެހާސް ދެވަނަ އަހަރުގެ ބައްޕަގެ ޑައިރީ ނެގުމަށްފަހު އޭނަ ހަމަޖެހިލަމުން ފޮތް ހުޅުވާލިއެވެ. ނަމަވެސް އޭނަ ފެށީ ކުރިން ކިޔަން އިން ހިސާބުން ފެށިގެން މިވަގުތަށް މުހިންމު ނޫން ހެން ލިޔެފައިވާ ބައިތައް ދޫކޮއްފައެވެ.
===
22 އަހަރު ކުރިން (1 އޭޕްރީލް 2002، ސަލީމްގެ ނަޒަރުން)
އާ އަހަރު ފެއްޓުނު ފަހުން މިހާރު ތިން މަސްވީއެވެ. ނަމަވެސް އާއަހަރު ފެއްޓިގެން އައިސް އަރީން ނާސަރީ ސުކޫލަށް މިއަހަރު ދިޔަ ފުރަތަމަ ދުވަސް ހީވީ އެއީ އިއްޔެ ދިމާވި ކަމެއް ހެންނެވެ. ނަމަވެސް އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ސާރާ އާއި ދިމާވީ އެދުވަހު ކަމަށް ވާތީއެވެ. ދުވަސްތައް ފާއިތުވެގެން މިހާ ހަމައަށް އައި އިރު އަހަރެންގެ ހިތުގައި އާތިކާގެ ދަށުން އެހެން މަޤާމެއް ސާރާއަށް ދެވިފައިވާތީއެވެ. އާތިކާގެ އެނުހުންނަ ސަމާސާ މަޖާ މިޒާޖުގެ ސަބަބުން އަހަރެންނަށް ސާރާ ކަމުދިޔައީއެވެ. ކޮންމެ ދުވަހަކުމެ އަރީން ބަލައި ދާއިރު ސާރާ ކުރާ ސުވާލުތަކުންނާއި ކޮއްލާ ކުދި ކުދި ސަމާސާތަކުގެ ސަބަބުންނެވެ. ނަމަވެސް އޭނައަކަށް އަހަރެންގެ ހިތުގައި މިވާ އިހުސާސްތަކެއް ނޭނގޭނެއެވެ. އަހަރެންނަށް އޭނަ ކަމުދިޔަސް އޭނަ އަހަރެންނާއި ދޭތެރޭ ދެކޭނީ އަރީންގެ ބައްޕަގެ ނަޒަރުކަން ނޭނގެއެވެ. ނޫނީ ދެބައި އުމުރުގެ މަޝްހޫރު ވިޔަފާރިވެރިއެއް ގޮތަށެވެ.
އާދައިގެ މަތިން މިއަދު ވެސް އަހަރެންގެ އަނބިމީހާއާއި ދަރިފުޅާއި އެކު ސައި ބުއީމެވެ. އަދި އޮފީހަށް ދަމުން އާތިކާގެ ކުޑަކޮށް ނިކުމެފައިވާ ތިންމަހުގެ ބަނޑުގައި އަހަރެން ބޮސްދީފައި އާތިކާގެ ކޯތާފަތަށް ވެސް ބޮސްދިނީމެވެ. އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން ބަލައިގެން އުޅުމަށް ނަސޭހަތްތެރިވެ އަހަރެން ގޮސް ކާރަށް އެރި އިރު ޑުރައިވަރަކަށް އަހަރެން ކުރިން ދުވަހު ގެނައި ނިރްވެދް އަރީން ކާރަށް އަރުވައިދީފިއެވެ.
އަހަރެން އަރީންއާއި އެކު ފަހަތު ސީޓުގައި އިށީނދެ ދުރުގައި ހުރި އާތިކާއަށް ބަލާލެވުނެވެ. އޭނަ އަތް ހޫރުވާލަމުން އަހަރެން ހިނިތުންވެލީމެވެ. އަހަރެންގެ ހިތުގައި ސާރާ ވިޔަސް އާތިކާއާއި ދޭތެރޭ އަހަރެން ފަރުވާ ކުޑައެއް ނުކުރަމެވެ. އެއީ އަދިވެސް އަހަރެންގެ ހަލާލު އަނބިމީހާއެވެ. އެއީ އަހަރެންގެ ދެދަރިންގެ މަންމައެވެ. އޭނަދެކެ އަހަރެން އަދިވެސް ލޯބިވެއެވެ. އަދި އޭނަދެކެ ލޯބިވާ ވަރަށް ސާރާ ދެކެވެސް އަހަރެންނަށް މިހާރު ލޯބި ވެވިއްޖެއެވެ.
ކާރު ދުއްވާލުމުން އަހަރެންނަށް ބަލާލެވުނީ އަރީންއަށެވެ. ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން ބިއްލޫރިގަނޑުން ބޭރު ބަލައިގެން އޭނަ އިނެވެ. ނަމަވެސް ތަފާތަކީ މިގަޑީގައި އެހެން ދުވަސްތަކާއި ހިލާފަށް އޭނަ އިނީ އާދައިގެ ސޯޓަކާއި ޓީޝާޓެއްގައި ކަމުގައިވާތީއެވެ. އަހަރެންވެސް އޮފީސް ސޫޓްގެ ބަދަލުގައި މިއަދު މިއިނީ އަތްކުރު ޕޯލޯ ޓީޝާޓަކާއި ފަޓްލޫނެއްގައެވެ. މިއަދު އަރީންމެންގެ ސުކޫލުން ބޭރުން ބާއްވާ ކުލާސް ގަޑީގައި ގަސްތަކާއި ބެހޭ ފިލްޓް ޓުރިޕެއް އޮތުމުން ކޮންމެވެސް އެއް ބެލެނިވެރިޔަކު ދާން މަޖުބޫރުވީމައެވެ. އާތިކާ ބަލިވެ އިނުމުންނާއި ސާރާ ފެންނާނެތީވެ އާއި އެކު އަހަރެން މިއަދު އޮފީސް ކެންސަލްކޮށް އަރީންއާއެކު ދާން އެއްބަސްވީއެވެ.
” ސަރ. އުޑުމަތި ކުޑަކޮށް ބަނަކޮށް އުޅެނީ. ” ނިރްވެދް އިނގިރޭސިން ބުނި އެއްޗަކުން އަހަރެންނަށް ހިޔާލުތަކުން ދުރުވެ އޭނައަށް ބަލާލެވުނެވެ.
” ހީވަނީ އެކޮޅަށް ދެވޭ އިރު ރީތިވާނެހެން. އެހާ ބަނައެއް ނޫނެއްނު… ” އަހަރެން ހިނިގަނޑެއް ޖަހާލީމެވެ.
—
ފިލްޑް ޓުރިޕް އޮތީ ޖަންގަލި ތެރޭ އެހެނަސް އާއްމުކޮށް ކޭމްޕް އެއްޗެހި ހަދަން މީހުން އައިސް އުޅޭ ދިމާލަކުއެވެ. އެވިލެޖް މީހުން އުޅޭ ހިސާބާއި ދުރު ނަމަވެސް ކުދިންނަށް ފަސޭހަވާނެހެން ޓެންޓްއާއި އެއްޗެހި ޖަހާ ބޭނުންވާނެ ފަދަ ވަސީލަތްތައް ތައްޔާރު ކޮއްފައިވާތީ އަހަރެން ހިތްހަމަޖެހުނެވެ.
ކުދިންތައް އެކުދިންނާއި ހަވާލުވެފައިވާ ޓީޗަރުންނާއި އެކު ގަސްތައް ބަލަން ދިއުމުން ބެލެނިވެރިން ތިބީ ޓެންޓްތައް ކައިރީގައެވެ. ކުދިން ގިނަވުމުގެ ސަބަބުން ތިން ދުވަހަކަށް ކުލާސްތައް ބަހާލައި ކޮންމެ ދުވަހަކަށް އޮތީ ތިން ކުލާހެވެ. ނަމަވެސް ހުރިހާ ކުދިންގެ ބެލެނިވެރިންއެއް މަޑެއް ނުކުރެއެވެ. މަޑުކުރި ބެލެނިވެރިންގެ ތެރެއިން ފިރިހެން ބެލެނިވެރިންގެ އަދަދުން ބަލާއިރު ތިބީ މަދު ބެލެނިވެރިއެކެވެ. ވުމާއެކު އެމިހުންނާއި ކުޑަކޮށް އަހަރެން ވާހަކަދައްކާ ހަދާލީމެވެ.
” އަރީންގެ ބައްޕާ! ” އަހަރެން ހަމަޖެހިލައިގެން އެތާ ޓެންޓުތައް ކައިރީގައި ހުއްޓާ ސާރާ އަރީން ގޮަވައިގެން ދުވެފައި އަންނަނީއެވެ. ސާރާގެ އުރުގައި އޮތް އަރީން ރޮމުން ދިޔަ އިރު އަރީންގެ ފައިގައި ނޫފާވަމުން ދިޔަ ތަނެއްގައި ހިފަހައްޓައިގެން ސާރާ އެއްއަތުން ހުއްޓެވެ.
” ޗަކަ ހިސާބަކާއި ދިމާލުން އަރީން ކަހާލައިގެން ވެއްޓުނީ… ” ސާރާ ބުނި އެއްޗަކުން އަހަރެން ވަރަށް ހާސްވިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ނިރްވެދްއަށް ގޮވައި ކާރު ރެޑީ ކުރުމަށް ބުނެ ސާރާ އާއި އެކު އަހަރެން ގޮސް އެރީ ކާރަށެވެ. އޭރުވެސް އަރީން ހުއްޓާ ނުލާ ރޮމުން ގެންދިޔައެވެ. ނިރްވެދްގެ ކާރު ދުއްވުމުގެ ތަޖުރިބާއާއިއެކު އޭނަ އެންމެ ކައިރިއަށް ޖެހުނު ޓައުންގެ ހޮސްޕިޓަލާއި ގާތް ކުރިއެވެ. އެމަޖެންސީ އޭރިއާއަށް އަރީން ގޮވައިގެން ވަނުމުން މާލަސްތަކެއް ނުވެ އަރީންއަށް އަވަސް ފަރުވާ ދެވެން ފެށުނެވެ. ޑޮކްޓަރ ބުނާނެ އެއްޗަކާ ވިސްނާލަ ވިސްނާލައި އަހަރެންނަށް އިނދެވުނީ ދެއަތް ކަކޫ މަތީގައި ބައިންދާ ދަތް ދޮޅީގައި ދެއަތް ވިއްދައިގެންނެވެ.
އެހެން އިންދާ ކުއްލިއަކަށް އަހަރެން ސިހުނީ ސާރާ އައިސް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ވަގުތުން އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. ސާރާގެ އެންމެ އަތްލުމަކުން ވެސް އަހަރެންގެ ހިއްސުތައް މުޅިން ހުއްޓުނު ކަހަލައެވެ. އަދި އެއަތް އެހެން ބޭއްވުމަށް އަހަރެން ކިތަންމެ ބުނަން ބޭނުން ވިޔަސް އަހަރެން ގޮނޑިން ތެދުވެގެން ހިނގައިގަނެވުނީ އީއާރ އިން ނިކުންނާށެވެ. ކިތަންމެ ހިތް ބޭނުން ވިޔަސް އާތިކާ އަހަރެންގެ އަންބެއް ގޮތުގައި ހުރި ހިނދަކު އަހަރެން އޭނައަށް ބޭވަފާތެރި ވާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އަހަރެންގެ ދޮށީ ދަރިފުޅު ވީ އީއާރގައެވެ.
އިރުކޮޅެއް ފަހުން އަހަރެން އީއާރގެ ބޭރުގައި ހުއްޓައި ސާރާ ނިކުތް ތަން ފެނިގެން އަހަރެންނަށް އީއާރގެ އެތެރެއަށް ބަލާލެވުނެވެ. އޭރު ޑޮކްޓަރެއް ނުކުމެ ހުރެގެން އަރީންގެ ޕޭރެންޓަކަށް ގޮވަނީއެވެ. އަހަރެން ސާރާއަށް ބަލާލުމެއް ވެސް ނެތި ގޮސް ޑޮކްޓަރ ގާތުގައި ވީ ގޮތް އޮޅުން ފިލުވަން ފެށީމެވެ.
“ފައިގެ ކަށިމަތި ބިނދިފައިވަނީ… އިރުކޮޅަކުން ޕުލާސްޓަރ އަޅަން ފެށޭނީ… ކައުންޓަރ ދޮށަށް ފޯމްތައް ފިލްކޮއްލައްވާ ފައިސާ ދެއްކުމަށް ދުރުވޭ… ” ޑޮކްޓަރ ބުނި ވާހަކައަށް އަހަރެން ބޯޖަހާލަމުން ކައުންޓަރ ދޮށާއި ދިމާއަށް ހިނގައިގަތީމެވެ.
ފޯމްތައް ފުރައި ޕޭކުރުމަށްފަހު ނިރްވެދް ގާތުގައި ޑޮކްޓަރ ނިކުތުން ގުޅުމަށް ބުނެ އަހަރެން ނުކުތީ ހޮސްޕިޓަލުގެ ބޭރުގައިވާ ކުޑަ މައިޒާނަކަށެވެ. ވަށައިގެން ކުޑަކޮށް ގަސްތަކުގެ ފެންސް ޖަހާފައިވާ ހިތްގައިމު މައިޒާނެކެވެ. ކުޑަ ވިލެޖަކަށްވުމުން ސިޓީތަކައި ބަލައި ހޮސްޕިޓަލުގައި މީހުން ވަރަށް މަދެވެ. އަދި މޫސުމުގެ ގޮތުންނާއި އެކުގައި މައިޒާނުގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އަހަރެން ކުއްލިއަކަށް އާތިކާ މަތިން ހަނދާންވެގެން ފޯނު ނަގައި އާތިކާއަށް ގުޅައިލީމެވެ. އަދި ވީ ގޮތް ކިޔައި ދިނުމަށްފަހު ކަންބޮޑު ނުވުމަށް ބުނެ ނިމުނު ހާ އަވަހަކަށް ދާނެ ވާހަކަ ބުނީމެވެ. ފޯނު ނިމުނު ތަނާހެން އަހަރެން އެހެން އިންދާ ސާރާ އައިސް އަހަރެންގެ ގާތުގައި އިށީނދެލިއެވެ. އޭރު ބޯމަތީގައިވި ވިލާގަނޑުން ތުނިތުނިކޮށް ވާރޭ ކަނިކަނި ޖަހަމުން ދިޔައެވެ.
” ސުކޫލަށް ގުޅައި ސުޕަވައިޒަރަށް ކަންކަން ހިނގާ ދިޔަ ގޮތް ނަންގަނެފައިވާނީ… ވަރަށް ބޮޑަށް ސޮރީ ސަރ. އަޅުގަނޑު ހިއެއް ނުކުރަން އަރީން އެހާ އަވަހަށް ދުއްވައިގަނެފާނެ ކަމަކަށް… ” ސާރާ މައާފަށް އެދުމުން ވެސް އަހަރެން އޭނައަކަށް ބަލާލާކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ ނަފްސު ކޮންޓުރޯލް ނުކުރެވިދާނެތީ އަހަރެންގެ ހިތްވަނީ ބިރުގަނެފައެވެ.
” ސަރ ޕުލީޒް. އަޅުގަނޑު ދެކެ ތިގޮތަށް ރުޅި އައިސް ނީންނަވާ… އަޅުގަނޑަށް ވަރަށް އުނދަގޫ މީހުން އަޅުގަނޑުދެކެ ރުޅިއައިސް ހުންނަންޏާ… ” ދެން އިވުނީ ސާރާގެ ރުއިމުގެ އަޑެވެ. އަހަރެންގެ ހިތަށް ހީވީ މީހަކު ކައްޓެއް ހަރާލި ހެންނެވެ. އަހަރެންނަށް ސާރާއާއި ދިމާއަށް ބަލާލެވުނު އިރު އޭނަ އިނީ މޫނުގައި ދެއަތް އަޅައިގެންނެވެ. އަހަރެންނަށް ބޭ އިޙްތިޔާރުގައި ސާރާގެ ގައިގައި ބައްދާލެވުނެވެ. އަހަރެންގެ އެއަތް އޭނަގެ ކޮނޑުގައި ވަށާލި ވަގުތު އޭނަ ސިހިފައި ބޯ ހިއްލާލައިފިއެވެ. އަހަރެންގެ ދެލޮލާއި އޭނަގެ ދެލޯ ހަތަރުކަޅި ހަމަވެގެން ދިޔައީ އެވަގުތުއެވެ. އެދެލޮލުން އަހަރެންނަށް ފެނުނީ ނުރުހުމުގެ ކުލައެއް ނޫނެވެ. ބަލަބަލާ ހުއްޓާ އޭނަ ކޮއްލި ކަމަކުން އަހަރެން ދިޔައީ ސިހިގެންނެވެ. ނަމަވެސް އޭނަގެ އެއަމަލަކުން އަހަރެންނަކަށް ދުރެއް ނުވެވުނެވެ. ވާރޭ ބޯކޮއްލި ގަޑީގައި އަހަރެންނަށް ވެސް އެކަމުގައި ބައިވެރިވެވުނެވެ.
—
29 މޭ 2002
މިއަދުވެސް ހެނދުނުގެ ސައި އެހެން ދުވަސްތަކާއި ތަފާތެވެ. އެއީ މިހާރަކަށް އައިސް އާތިކާ މާ ވަރުބަލިކޮށް އުޅޭތީވެ ގޭގައި އުޅޭ ދެނޯކަރުން އަކީޝާއާއި މެލެރީ ހެދުމުންނެވެ. އާތިކާގެ އުމުރުން ތިރީސް ހަތް އަހަރުގައި އަނެއްކާ ބަނޑުބޮޑުވުމުގެ ސަބަބުން މިފަހަރު ލޭމައްޗަށް ދަނީއެވެ. ވުމާއެކު އަރީން ގާތުގައި ބުނަން އުޅުނު ކޮއްކޮ ލިބޭ ވާހަކަ ވެސް ފަސްކޮއްލަން ވަނީ މަޖުބޫރުވެފައެވެ. އަރީން އުފާވާ ޙަބަރެއްދީ ކަމެއް ދިމާވެ އެކަން ނުލިބި ދާކަށް އަހަރެން ބޭނުން ނުވުމުން އާތިކާ ވެސް އެވާހަކަ ފަސްކުރަން ބޭނުންވީއެވެ.
މިއަދު އެހެން ދުވަސްތަކާއި ހިލާފަށް އާތިކާ މާވަރުބަލިވާތީވެ އަހަރެން މިއަދު އޮފީހަކަށް ނުދަމެވެ. ނިރްވެދްގެ އެހީގައި އަހަރެން އަރީން ސުކޫލަށް ފޮނުވާލުމަށްފަހު ކޮޓަރި ދޮރާއި ހަމަވި އިރު އާތިކާ ރޮއިގަތް އަޑު އިވުނެވެ. އަަހަރެން ދުވެފައި އެތެރެއަށް ވަތް އިރު އާތިކާ ބަނޑުގައި އަތް އަޅައިގެން ހުރެ ރޮނީއެވެ. އޭރު އޭނަ ލައިގެން ހުރި ފެހިކުލައިގެ ދިގު ނިދާ ހެދުމުގެ ފަލަމަސްގަނޑާއި ދިމާއިން ލޭގަނޑެއް ފާޅުވާން ހުއްޓެވެ. އަހަރެން ގޮސް އޭނައާއި އަރާ ހަމަވި އިރު ހޭނެތިގެން ވެއްޓެނީއެވެ. އަހަރެން ވަގުތުން އާތިކާގެ ގައިގައި ހިފަހައްޓާލީމެވެ. އަދި އަކީޝާއާއި މެލެރީގެ އެހީގައި ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް މިސްރާބު ޖެހީމެވެ.
—
” ބޭބީ ބައިގެން ދިޔައީ… ” ޑޮކްޓަރު އަހަރެން ގާތުގައި ބުނި ވާހަކައިން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އެހާ ދުވަސް ފަހުން ލިބުނު ދަރިފުޅު އެހާ އަވަހަށް އަތުން ދޫވެގެން ދިޔައީއެވެ. އާތިކާއަށް މިވާހަކަ އެނގުމުން ވާނީ ކިހިނެތްކަން އަހަރެންނަށް ވިސްނާލަން ވެސް އުނދަގުލެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ވޯޑަށް ނެރެފައި އޮތް އާތިކާގެ ގާތަށް ގޮސް ވޯޑު ވަކިކުރަން ދަމާފައިވާ ފަރުދާގެ ފަހަތުގައި މަޑުކޮއްލި ވަގުތު މީހަކު އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. ސިހިފައި އަހަރެން އެނބުރު އިރު ފަހަތުގައި ހުރީ ސާރާއެވެ.
” ކިހާ އިރެއް އަހަރެން ގުޅަނީ!؟ ” ސާރާގެ ކަރުނުން ފުރިފައިވި ދެލޯ ބަންޑުންވެގެން ފައިބަނީއެވެ. އަދި އަހަރެންގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ.
” ކިހިނެތްވީ؟ ” އަހަރެން އޭނަ ދުރުކޮއްލަމުން އެދެލޯ ފުހެލީމެވެ.
” އަހަރެން ބަނޑުބޮޑު ސަލީމް! އަހަރެން ކިހިނެތް ހަދާނީ؟ އެންޑް ވީ އާރ ނޮޓް މެރިޑް…! ”
ނުނިމޭ
މިވާހަކައިގެ މި އެޕިސޯޑު ލަހުން ގެނެސް ދެވެނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން. ދިމާވި ކަމެއްގެ ސަބަބުން އަޅުގަނޑަށް މިއެޕިސޯޑު އަޕްލޯޑު ނުކޮއްލެވުނީ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


15 vana part ah vv inthizaaru koffin
unmeedhu kuranee 16 vana partah mihaa dhigu
inthizaareh kuran nujeheyne kamah
Mi vaahaka vv reethi.
Thi geah avaruge naamaan kameh dhimaavi goy
egen vv beynun 16 vana partu vv kiyaalaa hithun kehkuran undhagoo plx plx dhigu kolahche vv ufaavjje mi part dhigu kolleema
alhamdhulillah mivaahaka kamudhaathey. in sha allah umeedhu kuraney mivaahaka nimendhen kiyaalaa hithun kiyaalaane kamah