Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 14

umny Level 210 Stories
June 7, 2024 6 Mins Read
2 Comments

ބާރަ އަދި ތޭރަ ވަނަ އެޕިސޯޑުގައި ދެހާސް ފަސްވަނަ އަހަރުގެ ފޮތް ހުޅުވިކަމަށް އިންނަމަ ވެސް އަސްލު އިންނާނީ ދެހާސް ދެވަނަ އަހަރުގެ ފޮތްކަމަށް. އަދި އަމާނީ އުފަންވީ ދެހާސް ދެވަނަ އަހަރުކަމަށް. ބިޒީ ދުވަސްކޮޅެއް ދިމާވުމުން އަހަރުތައް ބަދަލުކޮށް ލިޔެވުނުކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މައާފަށް އެދެމެވެ. ވުމާއެކު މިބައިގައި، މިވާހަކައިގެ ބާރަ އަދި ތޭރަވަނަ އެޕިސޯޑުވެސް ސާދަވަނަ ބަޔާއިއެކު އަލުން ހިމަނާފައިވާނެއެވެ. ކުރިން ކިޔާފައިވާ ކިޔުންތެރިއެއްނަމަ ޔޫ ކޭން ސުކިޕް ދޯޒް ޕާރޓްސް އޯރ ރީޑް އިޓް އަގެއިން. ދެން އަންނަ ބައި އިން ޝާ ﷲ ކުރިޔަށްވުރެ ވެސް ދިގުކޮށް ގެނެސްލަދޭނެނަން.

***

ނަރުހުން އޭނައަށް މަރުހަބާ ކިޔަމުން ދަނިކޮށް ކުއްލިއަކަށް މާހައުލު އެއްކޮށް އަޑުމަޑުވެ ކޮޓަރިތެރެ ވެސް އަނދިރިވެގެން ދިޔައެވެ. ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް މަލަކްއަކަށް ނުއިވެއެވެ. އަނދިރިކަމަކަށް ހޭނެމުން ދަނިކޮށް ދެން ފެނުނީ އޭނަގެ ދަރިފުޅު ގޮވައިގެން ދުރުގައި ހުރި މީހެކެވެ. އަންހެނެއްހެން ހީވާ އެމީހާގެ ވަށައިގެން ދުންގަނޑެއްވެއެވެ. އޭނާ ބަލަބަލާ ހުއްޓާ އެމީހާ ކުއްޖާ ގޮވައިގެން ހުޅުވާފައި ހުރި ކުޑަ ދޮރުން ފުންމާލިއެވެ.

މަލަކް ހަޅޭލަވައިގަނެފައި ތެދުވެވުނު އިރު މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. ފުންކޮށް ނޭވާ ލަމުން ދިޔަ އިރު ހީވަނީ ދެންމެ ދެންމެ މީހާގެ ނޭވާ ހުސްވެދާނެ ހެންނެވެ.

” މޭމް”  ދުރުގައި ތައްޓަކަށް ފެން އަޅަން ހުރި އަކީޝާ ދުވެފައި އައިސް މަލަކްގެ ގައިގައި ހިފަހައްޓާލަމުން ޑޮކްޓަރަށް ގޮވަން ފެށިއެވެ.

—

ގުރީން ޝެލް މެންސަންއަށް އަރީން ވަތް އިރު ފަހެއް ޖަހަނީއެވެ. އޭނަގެ ބޭނުމަކަށްވީ އިރުއޮއްސުމުގެ ކުރިން އެތަނުން ފޮތްތައް ހިފައިގެން ނިކުންނާށެވެ.

ނިރްވެދްއާއި އެކު ކާރުގައި އައިސް ގޭގެ ދޮރު މައްޗަށް މަޑުކޮއްލުމުން އޭނަ އަވަސް ހަރަކާތާއި އެކު ދުވެފައި އެތެރެއަށްވަނެވެ. އަދި އަވަސް އަވަހަށް އޭނަ ކުރުސި ކިޔަވަމުން ގޮސް އެރީ ދެވަނަ ބުރިއަށެވެ. ސިޑިން ދެވަނަ ބަޔަށް އަރައިގެން އެންމެ ފުރަތަމައަށް ޖެހުނު އޭނަ ބައްޕަގެ އޮފީސް ރޫމަށް ވަތް އިރު ވަނީ ހުސް އަނދިރިކަމެވެ. ދެލޯ ކުޑަކޮށް އަނދިރިކަމަށް ހޭނެން ދެމުން އޭނަ ސުވިޗުތައް ފެނޭތޯ ހޯދަން ފެށިއެވެ. ދޮރުގެ ބިއްދޮށުގައިވި ސުވިޗު ޖައްސާލުމުން ދެފަހަރު ސުވިޗު ނިވިދިއްލުމަށްފަހު ދިއްލުނެވެ. ނަމަވެސް އަލިކަން ވަރަށް މަޑެވެ. އަމަލް ބުނި ފަދައިން އެއްފަރާތު ބޮޑު ހަރުގައި އަހަރުތައް ވަކިކޮށް ބަހައްޓާފައިވާ ބޯ ފޮތްތައް ހުއްޓެވެ. އެންމެ ފުރަތަމަ ވެސް އޭނަ ނެގީ ދެހާސް ދެވަނަ އަހަރުކަމަށް ބުނެފައިވި ބޯ ފޮތެވެ. ގިނަ އަހަރުވުމުގެ ސަބަބުން ކުލަ ގެއްލިފައިވާ އެފޮތުގައި އެންމެ ހިރަފުހެއްގެ އަސަރެއްވެސް ނެތެވެ. ހީވާ ގޮތުން ނޯކަރުން ގަވައިދުން ފޮތްތައް ސާފުކުރާތީއެވެ.

ދެހާސް ދެވަނަ އަހަރު އެއީ އަމާނީ ވިހޭ އަހަރެވެ. ނަމަވެސް އަމާނީ މެންޝަންއަށް އައި އިރު އޭނައަށްވަނީ އަހަރުވެފައެވެ. ވުމާއެކު އަމާނީ އޭނައާއި އެކު ދިރިއުޅެން ފެށީ ދެހާސް ތިންވަނަ އަަހަރުން ފެށިގެންނެވެ.

އަވަހަށް ނިކުންނަން ޖެހޭނެކަން އެނގި ހުރެވެސް އަރީން އެފޮތް ހުޅުވާލައިފިއެވެ. ޖެނުއަރީ މަހުން ފެށިގެން ލިޔެފައިވަނީ މުޅިން ވެސް ސާރާގެ ވާހަކަތަކެވެ. ސާރާއާއި އޭނަގެ ބައްޕަ ދިމާވި ގޮތުގެ ވާހަކަތަކެވެ.

===

22 އަހަރު ކުރި (ސަލީމްގެ ނަޒަރުން)

މިއަދަކީ އާދައިގެ މަތިން ހިތްގައިމު ދުވަހެކެވެ. އާއަހަރު ފެށި އޮފީހަށް އަހަރެން ނިކުންނަން ފެށި ފުރަތަމަ ދުވަހެވެ. އަހަރެން ތެދުވެ ތައްޔާރުވެގެން އޮފީހަށް ދިއުމަށް ތިރިއަށް ފޭބި އިރު އާތިކާ ހުރީ ސައި ހަދާފައެވެ. ތިންއަހަރުގެ އަހަރެންގެ އަރީން ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލައި އަވަހަށް ސައިބޯން އައުމަށް ބުނުމުން އަހަރެން އޭނަ އުރާލަމުން ބޮސްދީފައި އަވަހަށް ހިނގާށޭ ބުނީމެވެ. އަދި އޭނަ ގޮވައިގެން ގޮސް ކާމޭޒު ދޮށުގައި އިށީންތަނާ އާތިކާ އެއްޗެހި ދޮންނަން މެޝިނަށް އެޅުމަށްފަހު އައިސް އަހަރެންގެ ކޮލަށް ބޮސްދިނުމަށްފަހު އަހަރެންގެ ގާތުގައި އިން ގޮނޑީގައި އިށީނދެއްޖެއެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އަހަރެންގެ ސައިބުއިމުގެ ވަގުތު މިއަދު ވެސް ދިޔައީ ލޯބިވާ އަނބިމީހާއާއި ދަރިފުޅާއި އެކުގައެވެ.

ހެނދުނުގެ ސަޔަށްފަހު އަރީން ގޮވައިގެން އަހަރެން ދިޔައީ ކާރަށް އަރާށެވެ. ނަމަވެސް އަންހެނުން މަތިން ހަނދާންވެގެން އަހަރެން ގޮސް އޭނަގެ ކޮލަށް ބޮސްދިނުމަށްފަހު އޭނަގެ ބަނޑުގައި ފިރުމާލީމެވެ. ލިބެން އުޅޭ ދެވަނަ ދަރިފުޅަށް ބޮސްދެމުން ބުރަ މަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވެ އަހަރެން ކާރަށް އެރީ އަރީން ބަލާ ދާނެ ވާހަކަ ބުނަމުންނެވެ.

އަރީން ސުކޫލަށް ލުމަށްފަހު އަހަރެން އޮފީހަށް ވަތް އިރު އަމަލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ބުރަ މަސައްކަތް ދުވަހަކަށްފަހު މެންދުރު ދެއެއް ޖަހަނިކޮށް އަހަރެން ދިޔައީ އަރީން ބަލާ ސުކޫލަށެވެ. ކުރީ އަހަރާއި ތަފާތުކޮށް އާއަހަރު ފެށުނު ދުވަހު ކުލާހުގައި ހުރި ޓީޗަރަކީ މާޒުވާން ޅައަންހެންކުއްޖެކެވެ. ބަލާބެލުމަށްވާނީ އަދި އެންމެ އަށާރަ އަހަރު ކަންނޭނގެއެވެ.

” ހައި. އަރީންގެ ބައްޕަ ދެއްތޯ؟ އަޅުގަނޑު މިއީ މަރިޔަމް ސާރާ. އަރީންގެ މިއަހަރުގެ ކުލާސް ޓީޗަރު… ” އަހަރެން ގޮސް އަރީންގެ ކައިރީގައި މަޑުކޮއްލުމުން އެއަންހެންކުއްޖާ އަހަރެންނާއި ސަލާމްކޮއްލަން އަތް ދިއްކޮއްލަމުން ތައާރަފްވެލިއެވެ.

” ކިތައް އަހަރުތޯ؟ ” އަހަރެންނަށް ބޭ އިޙްތިޔާރުގައި އަހާލެވުނެވެ.

” ސަލީމް ސަރ ތިބުނީ ކިހިނެތްތޯ؟ ޖޮބްގައި ވީީ އުމުރުތޯ ނޫނީ އަޅުގަނޑުގެ އުމުރުތޯ؟” ސީރިއަސްވުމުގެ ބަދަލުގައި ސާރާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

” ދެ އުމުރު ވެސް؟ އެކަމަކު ކިހިނެތް އަހަރެންގެ ނަން އެނގުނީ؟ ” އަހަރެންނަށް އޯކްވާރޑް ގޮތަކަށް ހިނިތުންވެލެވުނެވެ.

” ބޮޑު ވިޔަފާރިވެރިއެއްވީމައި އެނގޭނެ ނޫންތޯ؟ އަޅުގަނޑަށް ބާވީސް އަަހަރު އަދި މިވީ… މަސައްކަތް ކުރާތާ މިހާރު ދެއަހަރުވެއްޖެ… އަރީން… އާދޭ.. ބައްޕަ ބަލާ އައިސް މިހުރީ ” ސާރާ ހިނިތުންވެލަމުން ދުރުގައި ހުރި އަރީންއަށް ގޮވާލިއެވެ.

—

އަރީން ގޮވައިގެން އަހަރެން ސުކޫލް އިން އައި އިރު އާތިކާ ހުރީ މެންދުރު ކާން ހަދާފައެވެ. ބަނޑުބޮޑުވި ނަމަވެސް އޭނަ އަމިއްލައަށް ގޭގެ ކެއްކުމާއި އެއްޗެއް ދޮވުން ކަހަލަ ކަންކަން ކުރަން ބޭނުންވާތީވެ ގޭގައި މަސަައްކަތް ކުރާ ދެ އަންހެން ނޯކަރުންގެ ހަމައެކަނި މަސައްކަތަކީ ގޭތެރެ ސާފުކުރުމެވެ. އަހަރެން ކިތަންމެ ވަރަކަށް އޭނައަށް ނަސޭހަތްތެރި ވިޔަސް ގޮތް ދޫނުކުރާތީވެ އަހަރެން އެކަމާ ދެން އެއްޗެކޭ ނުބުނަމެވެ. އަނެއްކޮޅުން ބަނޑަށް އަދި އެންމެ މަހެއް ވުމުން އަހަރެން އެހާ ހާހެއް ނުވަމެވެ.

ކައިގެން އަހަރެން ކޮޓަރިއަށް ދިއުމުން އާތިކާ ދިޔައީ އަރީން ގޮވައިގެން އޭނަ ފެންވަރުވާށެވެ. އަހަރެން ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް ސާމާނުތައް ބެހެއްޓުމަށްފަހު ވަނީ ފާޙާނައަށެވެ. ކޮންމެ ދުވަހަކު ފެންވަރާ ތާޒާވެ ނަމާދުކޮއްލުމަކީ އަހަރެން އެންމެ ހިތްހަމަޖެހޭ ވަގުތެވެ.

—

ހަވީރުވެގެން އައި އިރު އަހަރެން ހުރީ ކަނޑު ފެންނަ ހިސާބުގައެވެ. ފަރުބަދައިގެ އުސްގަނޑު މައްޗަށް އަރައި ދުރުން އަންނަމުން ދިޔަ ފިނި ވައިތަކުން ފުންކޮށް ނޭވާ ލަމުން ދިޔައިރު މީހާގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ދާދި ގާތުގައި ހުރި އަރީން ވެސް އަހަރެން ފަދައިގެން ކަންތައް ކުރަމުން ދިޔައެވެ.

” ސަލީމް… ” އާތިކާ މަޑު ހިނގުމެއްގައި އައިސް އަހަރެންގެ ގާތުގައި މަޑުކޮއްލުމުން އަހަރެން ދިޔައީ ސިހިގެންނެވެ.

” ދެން އާތި ވެސް ދޯ.. ” އަހަރެން ހިނިއައިސްފައި އާތިކާ ގަޔާ ކައިރިކޮއްލީމެވެ.

” މިގޮތަށް ފުންކޮށް ނޭވާ ލައިބަލަ… ބޭބީއަށްވެސް ރަނގަޅުވާނެ… ” އަހަރެން އޭނަގެ ކަންފަތް ދޮށުގައި ބުނެލީމެވެ. ދެން ދެމިހުން އެކަކު އަނެކަކަށް ބަލާލައި ހިނިގަނޑެއް ޖަހާލަމުން އަރީންއަށް ބަލާލެވުނެވެ. އޭރު އަރީން ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ. އަރީންއަށް ކޮއްކޮއެއް ލިބެން އުޅޭ ވާހަކަ އަހަރެންނާއި އާތިކާ އަދި އަރީން ގާތަކު ނުބުނަމެވެ. އާތިކާ ދެވަނަ ފަހަރަށް އެބަނޑުބޮޑުވީ އަރީން ކޮއްކޮއެއް ނުލިބިގެން އެތައް އަހަރަކު ޝަކުވާކުރި ފަހުންނެވެ. އަބަދުވެސް ދޭތެރެ ދުރުކޮށް ހުރިހާ ކުދިން ބަހައްޓަން އަހަރެމެން ދެމަފިރިން އެއްބަސްވެފައި ވުމާއިއެކު އެތައް ދުވަހެއް ފަހުން އަރީންގެ ހުވަފެނުގައި ކުލަ ޖެހުމުން އަރީންއަށް އެކަން އަންގަން ބޭނުންވީ ކުޑަ ސަޕްރައިޒަކަށްފަހުގައި ކަމަށްވުމުން އެވާހަކަ ބުނުމުގެ ވަގުތު އަދި ނުޖެހެއެވެ.

===

ފޮތް ހުޅުވައިގެން ހުރި އަރީންއަށް ލިބުނު ސިހުމުން ފޮތް ލައްޕާލެވުނެވެ. އޭނަގެ މަންމަ އޭނަގެ ކޮއްކޮއަށް ބަލިވެ އިންކަން އޭނައަށް ކުރިން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ފޮތުގައި ލިޔެފައިވާ ފޮތުން ނަމަ ސަޕްރައިޒްގެ ގޮތުގައި ވެސް އޭނައަށް އެވާހަކަތައް އެނގިފައެއް ނެތެވެ. އަނެއްކާ އަމާނީއަކީ އޭނަގެ މަންމަގެ ދަރިޔެއް ހެއްޔެވެ؟ މާނީއަކީ އޭނަ އެއްބަނޑު އެއްބަފާ ކޮއްކޮ ހެއްޔެވެ؟

ހިޔާލަށް ގެއްލިފައި ހުރި އަރީން ކުއްލިއަކަށް ސިހުނީ އޮފީސް ކޮޓަރީގައި ދިއްލާފައި ހުރި ބޮކީގެ އަލި ކުރިޔަށްވުރެ ވެސް އަލިކަން ފަނޑުވާން ފެށުމުންނެވެ. އަރީންއަށް ހިޔާލުތަކުން ބޭރުވެވުނުކަން ހަނދާންވެ އަތުގައި އޮތް ދެހާސް ދެވަނަ އަހަރުގެ ފޮތާއި އެޔާއި ޖެހިގެން ކުރިޔަށް ދެހާސް ނުވަވަނަ އަހަރާ ހަމަޔަށް ޖެހޭން ދެން ހުރި ހުރިހާ ފޮތެއް ނަގައި އޮފީސްގެ މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި އޮފީސް ތެރޭގައި ފޮތް އަޅާ ފުރާފައި ހުރި ފޮށިގަނޑެއް ހުޅުވާ އޭގައި ހުރި ފޮތްތައް ބިންމައްޗަށް ވަރާލަމުން ޑައިރީތައް އޭގެ ތެރެއަށް އަޅާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ކުރިޔަށް ނަގާލި ފިޔަވަޅަށް ހުއްޓުން އައީ ފައިގައި މީހަކު ހިފެހެއްޓުމުންނެވެ. ދެލޯ ބޮޑުކޮށް  އޭނައަށް އިސް ތިރިކޮށްލެވުނެވެ. ހަންގަނޑުތައް ނޮޅިފައިވާ ކުރަކި ކުޑަ އަތަކުންވަނީ އޭނަގެ ތަނބިކަށީގައި ހިފާފައެވެ. ދެން ހަދަންވީ ކިހިނެތްކަމެއް ނޭނގުނެވެ. ފައި ފޮޅާލިޔަސް އިންސާނެއް ނޫން ވިއްޔާ ދުލެއް ނުކުރާނެތާއެވެ. ޤުރުއާނުން ތަންކޮޅެއް ކިޔާލަން ކިތަންމެ ބޭނުންވިޔަސް އަރީންގެ ސިކުނޑިވަނީ މިވަގުތު ހުސްވެފައެވެ.

” ކީއްވެތަ އަހ… އަހަރެންގެ އާއިލާ ފަހަތުން ތިއުޅެނީ؟ ” ކުރިޔަށް ބަލައިގެން ހުރެ އަރީންއަށް ބޭއިޙްތިޔާރުގައި ސުވާލުކޮއްލެވުނެވެ.

” އަހަރެންގެ ހަދިޔާ ނުލިބޭތީ…. ” އަރީންގެ ސުވާލަށް ޖަވާބު އައީ ނުހަނު ތޫލި ކަންފަތް ފަޅައިގެންދާ ކަހަލަ އަޑަކުންނެވެ. ކަންފަތަށް އުނދަގޫވެގެން އަރީންއަށް ފޮށިގަނޑު ބިންމައްޗަށް ވައްޓާލައި ދެލޯ މަރާ ބާރުކޮއްލަމުން ދެކަންފަތުގައި އަތްއަޅާލެވުނެވެ. އަރީންއަށް ދެލޯ ހުޅުވާލައި ކަންފަތުން އަތް ނައްޓާލެވުނީ ލައިގެން ހުރި ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ދެކަންފަތް ކުޑަކޮށް އުނގުޅާލުމަށްފަހު ވަށައި ހޯދާ ބަލާލަމުން އޭނަ ފޯނު ނެގި އިރު ގުޅީ އަކީޝާއެވެ.

” ޔެސް؟ ” އިވުނު ތޫލި އަޑުން އޭނައަށް ކުޑަކޮށް އަޑުއިވުމަށް އުނދަގޫވުމުން އަރީން ފޯނު ލައުޑް ސުޕީކަރަށް ލަމުން އަހާލިއެވެ.

” މޭމް ހޭއަރައިފި… ” އެކޮޅުން ވާހަކަ ދެއްކީ އަކީޝާއެވެ. އަރީން މިދަނީ ކަމުގައި ބުނެ ފޯނު ކަނޑާލައި ޖީބަށް ލަމުން ފޮށިގަނޑު ނަގައިގެން ސިޑިން ފައިބަން ދިޔައިރު އޭނަ ލަސްވެގެން ނިރްވެދް މައްޗަށް އަރަނީއެވެ. ނިރްވެދްގެ އެހީގައި ފޮށިގަނޑު ގެންގޮސް ޑިކީއަށް ލައި އަވަހަށް ހޮސްޕިޓަލަށް ދިއުމަށް ނިރްވެދަށް އެންގިއެވެ.

—

” ކުރިން ވެސް ބުނެލި ގޮތަށް ޕޭޝެންޓު ދޫކޮއްލެވެން އޮތީ އެއްހަފްތާ ވަންދެން އެޑްމިޓްކޮށް ބޭބީގެ ހާލަތު ދާ ގޮތް މޮނިޓާ ކުރުމަށްފަހުގައި. ފޭޝެންޓްގެ ބޮލަށް ލިބުނު ގެއްލުމެއް ފިޔަވާ އިތުރު ކަމެއް. ސައްވީސް ގަޑި އިރު ވާންދެން އެއްވެސް ކަހަލަ ހާސްވެދާނެފަދަ ވާހަކައެއް ނުދެއްކުން ވަރަށް ރަނގަޅު. ބޭބީގެ ކަންކަން މޮނިޓާ ކުރާނީ އަންހެނުންގެ ބަލިތަކާ ބެހޭ ޓީމުން. އިރުކޮޅަކުން މެޓާނެޓީ ޑިޕާޓްމެންޓްގެ ޕުރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރުމަށް ނަރުސް ކުއްޖަކު ދުރުވާނެ… ” ޑޮކްޓަރ އަރީންއަށް މަލަކްގެ ހާލަތު ކިޔައިދިނުމުން އަރީންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ޑޮކްޓަރ އަރީންގެ ކޮނޑުގައި ޖަހާލައިފައި ދުރަށް ހިނގައިގަތުމުން އަރީންއަށް ބަލާލެވުނީ ވޯރޑްގައި އޮތް ފޮތިގަނޑުގެ އެއްފަރާތުން އަކީޝާއާއި ވާހަކަ ދައްކަން އޮތް މަލަކްއަށެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް މިހެން ދިމާވުމުން މަލަކްއާއި ދޭތެރޭ އޭނަވަނީ ނުހަނު ކަންބޮޑުވެފައެވެ. މިހިނގާ ކަންކަމުގައި ކުށްވެރިވަނީ ކާކުބާވައެވެ؟ އޭނަގެ ބައްޕަ ހެއްޔެވެ؟ ނޫނީ ސާރާ ހެއްޔެވެ؟

” އަހަރެންގެ މަލް.. އަލްޙަމްދުލިﷲ ޔުއަރ އޯކޭ… ” އަރީން މަލަކްގެ ގާތަށް ޖެހި އޭނަގެ ބޮލުގައި ފިރުމާލަމުން ނިތައް ބޮސްދިނެވެ. އަކީޝާ އެދެމިހުންނަށް އެކަނި ވަގުތު ކޮޅެއް ދީފައި ނިކުމެގެން ދިއުމުން އަރީން މަލަކްގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ.

” ބޭބީ ރަނގަޅުތަ؟ ” މަލަކްއަށް އަރީން ފެނުމުން އެންމެ ފުރަތަމަވެސް ކޮއްލެވުނީ އެސުވާލެވެ.

” އަލްޙަމްދުލިﷲ ބޭބީ ރަނގަޅު. މިއޮތީ ބަލާ ތުރީޑީ ސުކޭން ފޮޓޯއެއްވެސް. ހީވަނީ މަލްހެން ހަމަ… ” އަރީން އޭނަ ލައިިގެން ހުރި ހުދު ގަމީހުގެ ޖީބުން ނެގި ސުކޭންގެ ފޮޓޯތައް މަލަކްއަށް ދައްކާލިއެވެ.

” އަލްޙަމްދުލިﷲ. ބޯއީއެއް ދޯ؟ ” ހިނިއައިސްފައި އޮވެ ފޮޓޯތަކަށް ބަލަމުން މަލަކް އަރީން ކުރެ އަހާލިއެވެ.

” ކިހިނެތް ހީވަނީ؟ ” އަރީން ވެސް މަލަކްގެ ބޮލުގައި ބޯ ޖައްސާލައި ފޮޓޯތަކަށް ބަލާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

” މަލަކްގެ ހިތް ބުނަނީ ބޯއީއެކޭ… މަންމަވެސް ބުންޏެއްނު ބޯއީއެއްހެންނޭ ހީވަނީ… ” މަލަކް ފޮޓޯގަނޑުގައި ފިރުމާލަމުން ބޮސްދިނެވެ.

” އެކަމަކު ވަޓް ޓޫ ޑޫ…؟ އަހަރެން ބޭނުންވި ކަހަލަ މަލް ކަހަލަ ލޯބި ލޯބި ގާރލްއެއް… އެކަމަކު އަދި އެބަ އޮތް ސަޕްރައިޒެއް.. ” އަރީން ހީގަންނަމުން ބުނެލުމުން މަލަކް ހައިރާންވެފައި ނިއްއަރުވާލިއެވެ.

” އަނެއްކާ މާބޮނޑިއެއްތަ؟ ” މަލަކް އެކްސްޕެކްޓް ކުރާ ރާގަކަށް އަހާލިއެވެ.

” ނޫން… ނޫން…. އެއަށްވުރެ މާ ފުރިހަމަ… ވީއާރ ހެވިން ޓުވިންސް!!!

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ 7 & 8

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…36

Next
June 7, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…36

Previews
June 6, 2024

ތެމި ވާރޭގައި ވީމޭ 7 & 8

2 Comments!

  1. Fenna Nameh says:
    June 12, 2024 at 8:31 pm

    Alhe mihaaru ehen hurihaa vaahaka eh dheburah nerefi
    Mihaaru upkollan vejjedho kurin vgoi
    Hadhaan ves nuhunna varu vumun mivaahaka kiyaalan mi libenee. plx
    Avahah upload kollabala

  2. Anonymous says:
    June 13, 2024 at 7:12 pm

    thissssss is sooooooooo gooooooood hope i can read next partt sooooooooooooon

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 15←


All Right Reserved!