ލޮލަށް ކަޅުކަން ވެރިވެގެން ދާން ފެށި ވަގުތު އަހަރެންނަށް ފެނުނީ ކުރީ ދުވަހު ފެނުނު ކުޑަކުއްޖާއެވެ. ނަމަވެސް ބިރުވެރި ސިފައެއްގައި ނޫނެވެ. ރީތި ދޮންދޮން ލޯބި ކުއްޖެއްގެ ސިފައިގައެވެ. މީހެއް އެސްފީނާ ޖެހޭހާ ރީތި ކުއްޖެކެވެ. އެކުއްޖާގެ ފަހަތުގައި ހުރި އަންހެނަކާ ފިރިހެނެކެވެ. ކުޑަ އުފާވެރި އާއިލާއެކެވެ. ރިވާ ލޭކް ގޭ ހުރި ދިމާލު ކުރިމަތީގައި އެމިހުން ހިނި އައިސް ހުއްޓިގެން ތިބި ތަނެވެ. — އެއީ ނަވާރަ ސަތޭކަ ފަސްދޮޅަސް ތިންވަނަ އަހަރެވެ. ރިވާ ލޭކްއަކީ […]
” ވެލް ކަމް ޓު ހޯމް އޭ ބުނީމައި އަދިވެސް ކަލެޔަކަށް ނޭނގުނުތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ؟ ކުރިން ނުކުރެވުނު ކަންކަން މިފަހަރުވެސް ކާމިޔާބެއް ނުވާނެ! އަހަރެންނާ ކުޅެން ނަހަދާތި! ” ހަތަރުކަޅިވެފައިވާ އެއެއްޗެއްގެ އަތް އަހަރެންގެ ކަރަށް ކުރިޔަށްވުރެ ބާރު ކުރަމުން ދިޔައެވެ. އެއެއްޗެއްގެ ގައިން ދުވަމުން ދިޔަ ފާދިޔަގެ ވަސްވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ. “ މިހާ ފަސޭހައަކުން އަދި މަރުވާވަރެއް ނުކުރާނަން! ” ނޭވާ ނުލެވިގެން އަހަރެން ތެޅިގަންނަން ފެށުމުން ބަރު […]
އަހަރެންނަށް ލޯ ހުޅުވާލެވުނު އިރު ކައިރީގައި ޑޮކްޓަރަކާއި ނަރުހަކު ހުއްޓެވެ. އެމީހުނާއި ތަންކޮޅެއް ދުރުގައި ރާހިލް ވެސް ފޯނެއްގައި ހުއްޓެވެ. އަދި އެއްފަހަރު ލޯމަރާ ލޯ ހުޅުވާލުމަށްފަހު ވަށައިގެންވި މާހައުލު ބަލާލި އިރު މި އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުގައިކަން އެނގުނެވެ. ” ހައު އާރޔޫ ފީލިން ނަވީން..؟ ” ޑޮކްޓަރ ރުޝްދީ އަހަރެން ކުރެ ސުވާލުކުރިއެވެ. އަހަރެން ވާހަކަދައްކަން އަނގަ ހުޅުވާލި އިރު ކަރުތެރެ ހިކިފައިވުމުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އަހަރެންގެ ޖަވާބެއް ނުލިބުމުން ލޮލަށް […]
ހީވި ގޮތެއް ކަމަށް ނިންމާ އަހަރެން އަނެއްކާވެސް ހިނގައިގަތް ވަގުތު ހީވީ އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ފުމެލި ހެންނެވެ. ހޫނުކަންގަދަ ވަޔެކެވެ. އެއާއެކު ވައިއަޑަކުން ކޮންމެވެސް ކަންފަތް ދޮށުގައި މީހަކު ވެލްކަމް ހޯމްއޭ ބުނެލި އަޑު އިވުމުން އަހަރެން ދުވެ ގޮސް އަވަހަށް އެތެރެއަށްވަދެ ދޮރު ތަޅުލި އިރު މާނޭވާ ލެވެނީއެވެ. މިފަހަރުވެސް ރާހިލް ބިރުގަންނަވަނީކަމަށް ހިތާ ބިރުން ހުރެ ނަމަވެސް އަހަރެން ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކުޑަކޮށް އެއްކައިރިއަށް ޖައްސާލަމުން ބޭރު ބަލާލީމެވެ. ހަމަހިމޭންކަން ވެރިވެފައިވާ […]
އަހަރެން އެއްކޮޓަރީގެ ފާޙާނައަށް ވަތް އިރު ވެސް ބެލެނީ ފާޙަނައިގެ ފެންލައިޓާ ދިމާއަށެވެ. އަދި އަވަސް އަވަހަށް ފެންވަރައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެ މަންމަމެންނަށް ގުޅާ އާދެވުނު ވާހަކަ އަންގާލާފައި ފޯނުން މަޖާ ފިލްމެއް ބަލަން ފެށީ ބިރުވެރި ހިޔާލުތަކުން މީހާ ބޭރުވާށެވެ. ކުޑައިރުއްސުރެ ދީނާ އަހުލުވެރިނުވުމުން ޤަވައިދުން ނަމާދުކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެވެ. — ” ޑރ.ނަވީން… ” ދޮރުގައި ޓަކިޖަހާ އަޑަށް އަހަރެންނަށް ސިހިފައި ނިދިން ހޭލެވުނެވެ. ދަތުރުގެ ވަރުބަލިކަމުން އަހަރެންނަށް އެހެން […]
ދުއްވާފައި ދިޔަ ލޯންޗެއްގެ ސަބަބުން ލޯންޗުގައި އައިސް ބީހެމުން ދިޔަ ރާޅުތައް އިތުރަށް ގަދަވެގެން ދިޔުމާއިއެކު އަހަރެންނަށް ވަގުތުން އެދިމާލަށް ބަލާލެވުނެވެ. އަދި އަނެއްކާވެސް އަނެއް ފަރާތަށް ބަލާލި ވަގުތު ކުރެހުމަކަށްވުރެ އެތައް ތަނެއް ފުރިހަމަ އިރުއޮއްސި ރަތްވިލާލައިފައިވާ މަންޒަރުގެ ދަށުން އަހަރެންގެ މިސްރާބު އޮތީ ފެންނާށެވެ. މިއީ އަހަރެން ރާއްޖޭތެރޭ ރަށަކަށް ވަޒީފާ އަދާކުރަން އައި ފުރަތަމަ ފަހަރެވެ. ބޭރުން ކިޔަވައިގެން އައިސް މާލޭގެ ކުލިނިކެއްގައި ސައިކޮލޮޖިސްޓްއަކަށް މަސައްކަތްކުރަމުން ދަނިކޮށް ކުލިނިކްގައި އަލިފާން ރޯވެގެން ކުލިނިކް […]