Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 13

umny Level 210 Stories
June 5, 2024 2 Mins Read
2 Comments

އަރީން ސުކޫލަށް ލުމަށްފަހު އަހަރެން އޮފީހަށް ވަތް އިރު އަމަލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ބުރަ މަސައްކަތް ދުވަހަކަށްފަހު މެންދުރު ދެއެއް ޖަހަނިކޮށް އަހަރެން ދިޔައީ އަރީން ބަލާ ސުކޫލަށެވެ. ކުރީ އަހަރާއި ތަފާތުކޮށް އާއަހަރު ފެށުނު ދުވަހު ކުލާހުގައި ހުރި ޓީޗަރަކީ މާޒުވާން ޅައަންހެންކުއްޖެކެވެ. ބަލާބެލުމަށްވާނީ އަދި އެންމެ އަށާރަ އަހަރު ކަންނޭނގެއެވެ.

” ހައި. އަރީންގެ ބައްޕަ ދެއްތޯ؟ އަޅުގަނޑު މިއީ މަރިޔަމް ސާރާ. އަރީންގެ މިއަހަރުގެ ކުލާސް ޓީޗަރު… ” އަހަރެން ގޮސް އަރީންގެ ކައިރީގައި މަޑުކޮއްލުމުން އެއަންހެންކުއްޖާ އަހަރެންނާއި ސަލާމްކޮއްލަން އަތް ދިއްކޮއްލަމުން ތައާރަފްވެލިއެވެ.

” ކިތައް އަހަރުތޯ؟ ” އަހަރެންނަށް ބޭ އިޙްތިޔާރުގައި އަހާލެވުނެވެ.

” ސަލީމް ސަރ ތިބުނީ ކިހިނެތްތޯ؟ ޖޮބްގައި ވީީ އުމުރުތޯ ނޫނީ އަޅުގަނޑުގެ އުމުރުތޯ؟” ސީރިއަސްވުމުގެ ބަދަލުގައި ސާރާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

” ދެ އުމުރު ވެސް؟ އެކަމަކު ކިހިނެތް އަހަރެންގެ ނަން އެނގުނީ؟ ” އަހަރެންނަށް އޯކްވާރޑް ގޮތަކަށް ހިނިތުންވެލެވުނެވެ.

” ބޮޑު ވިޔަފާރިވެރިއެއްވީމައި އެނގޭނެ ނޫންތޯ؟ އަޅުގަނޑަށް ބާވީސް އަަހަރު އަދި މިވީ… މަސައްކަތް ކުރާތާ މިހާރު ދެއަހަރުވެއްޖެ… އަރީން… އާދޭ.. ބައްޕަ ބަލާ އައިސް މިހުރީ ” ސާރާ ހިނިތުންވެލަމުން ދުރުގައި ހުރި އަރީންއަށް ގޮވާލިއެވެ.

—

އަރީން ގޮވައިގެން އަހަރެން ސުކޫލް އިން އައި އިރު އާތިކާ ހުރީ މެންދުރު ކާން ހަދާފައެވެ. ބަނޑުބޮޑުވި ނަމަވެސް އޭނަ އަމިއްލައަށް ގޭގެ ކެއްކުމާއި އެއްޗެއް ދޮވުން ކަހަލަ ކަންކަން ކުރަން ބޭނުންވާތީވެ ގޭގައި މަސަައްކަތް ކުރާ ދެ އަންހެން ނޯކަރުންގެ ހަމައެކަނި މަސައްކަތަކީ ގޭތެރެ ސާފުކުރުމެވެ. އަހަރެން ކިތަންމެ ވަރަކަށް އޭނައަށް ނަސޭހަތްތެރި ވިޔަސް ގޮތް ދޫނުކުރާތީވެ އަހަރެން އެކަމާ ދެން އެއްޗެކޭ ނުބުނަމެވެ. އަނެއްކޮޅުން ބަނޑަށް އަދި އެންމެ މަހެއް ވުމުން އަހަރެން އެހާ ހާހެއް ނުވަމެވެ.

ކައިގެން އަހަރެން ކޮޓަރިއަށް ދިއުމުން އާތިކާ ދިޔައީ އަރީން ގޮވައިގެން އޭނަ ފެންވަރުވާށެވެ. އަހަރެން ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް ސާމާނުތައް ބެހެއްޓުމަށްފަހު ވަނީ ފާޙާނައަށެވެ. ކޮންމެ ދުވަހަކު ފެންވަރާ ތާޒާވެ ނަމާދުކޮއްލުމަކީ އަހަރެން އެންމެ ހިތްހަމަޖެހޭ ވަގުތެވެ.

—

ހަވީރުވެގެން އައި އިރު އަހަރެން ހުރީ ކަނޑު ފެންނަ ހިސާބުގައެވެ. ފަރުބަދައިގެ އުސްގަނޑު މައްޗަށް އަރައި ދުރުން އަންނަމުން ދިޔަ ފިނި ވައިތަކުން ފުންކޮށް ނޭވާ ލަމުން ދިޔައިރު މީހާގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ދާދި ގާތުގައި ހުރި އަރީން ވެސް އަހަރެން ފަދައިގެން ކަންތައް ކުރަމުން ދިޔައެވެ.

” ސަލީމް… ” އާތިކާ މަޑު ހިނގުމެއްގައި އައިސް އަހަރެންގެ ގާތުގައި މަޑުކޮއްލުމުން އަހަރެން ދިޔައީ ސިހިގެންނެވެ.

” ދެން އާތި ވެސް ދޯ.. ސިއްސައިގެންނޭ ދިޔައީ… ” އަހަރެން ހިނިއައިސްފައި އާތިކާ ގަޔާ ކައިރިކޮއްލީމެވެ.

” މިގޮތަށް ފުންކޮށް ނޭވާ ލައިބަލަ… ބޭބީއަށްވެސް ރަނގަޅުވާނެ… ” އަހަރެން އޭނަގެ ކަންފަތް ދޮށުގައި ބުނެލީމެވެ. ދެން ދެމިހުން އެކަކު އަނެކަކަށް ބަލާލައި ހިނިގަނޑެއް ޖަހާލަމުން އަރީންއަށް ބަލާލެވުނެވެ. އޭރު އަރީން ވާނުވާ ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ. އަރީންއަށް ކޮއްކޮއެއް ލިބެން އުޅޭ ވާހަކަ އަހަރެންނާއި އާތިކާ އަދި އަރީން ގާތަކު ނުބުނަމެވެ. އާތިކާ ދެވަނަ ފަހަރަށް އެބަނޑުބޮޑުވީ އަރީން ކޮއްކޮއެއް ނުލިބިގެން އެތައް އަހަރަކު ޝަކުވާކުރި ފަހުންނެވެ. އަބަދުވެސް ދޭތެރެ ދުރުކޮށް ހުރިހާ ކުދިން ބަހައްޓަން އަހަރެމެން ދެމަފިރިން އެއްބަސްވެފައި ވުމާއިއެކު އެތައް ދުވަހެއް ފަހުން އަރީންގެ ހުވަފެނުގައި ކުލަ ޖެހުމުން އަރީންއަށް އެކަން އަންގަން ބޭނުންވީ ކުޑަ ސަޕްރައިޒަކަށްފަހުގައި ކަމަށްވުމުން އެވާހަކަ ބުނުމުގެ ވަގުތު އަދި ނުޖެހެއެވެ.

===

ފޮތް ހުޅުވައިގެން ހުރި އަރީންއަށް ލިބުނު ސިހުމުން ފޮތް ލައްޕާލެވުނެވެ. އޭނަގެ މަންމަ އޭނަގެ ކޮއްކޮއަށް ބަލިވެ އިންކަން އޭނައަށް ކުރިން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ފޮތުގައި ލިޔެފައިވާ ފޮތުން ނަމަ ސަޕްރައިޒްގެ ގޮތުގައި ވެސް އޭނައަށް އެވާހަކަތައް އެނގިފައެއް ނެތެވެ. އަނެއްކާ އަމާނީއަކީ އޭނަގެ މަންމަގެ ދަރިޔެއް ހެއްޔެވެ؟ މާނީއަކީ އޭނަ އެއްބަނޑު އެއްބަފާ ކޮއްކޮ ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

މަގޭ މާއިލް 23

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…35

Next
June 6, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…35

Previews
June 5, 2024

މަގޭ މާއިލް 23

2 Comments!

  1. Fenna Nameh says:
    June 5, 2024 at 6:30 pm

    Mi vaahaka vvv salhi. deravanee maa lahun kiyaalan libuneema adhi v kudathan kolheh
    Kiyaa lan libuneeves¹

  2. umny says:
    June 7, 2024 at 1:31 am

    alhamdhulillah mivaahaka kamudhaathey. busy dhuvas kolheh dhimaa vumuge sababun parts thah upload nukurevi dhiyaey. and kurukoh genes dhevifai ehurey ves vaguthu nethumuge sababun. ekm in sha allah 15 vana bai ge fahun dhiguvaane. and ehaa gina dhuvas nukoh genes dheveythw masaikai kuraanan in sha allah.

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 14←


All Right Reserved!