” ބޭބެ މަރުވީތަ؟ ” އަހަރެން ޒުހުރާކުރެ ސުވާލުކުރީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒުހުރާ ތުން ފިއްތާލަމުން ބޯ ޖަހާލިއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ދެން ބުނަންވީ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ. ” އާމިރުގެ އެއްބަނޑު އެއްބަފާ ދެން އިތުރު މީހަކު ނުހުންނާނެ. ޢުމަރުގެ ސިހުރުގެ ސަބަބުން ކަންނޭނގެ. އާމިރު ފިޔަވާ އިތުރު ކުއްޖަކު ޢުމަރުއަކަށް ނުލިބޭ… ރިވާ ލޭކް އެއީ މިހާރު ނަވީންގެ ވެސް ގެ… ” ޒުހުރާ ބުނެދިނެވެ. ” މިރޭ އިޝާ ނަމާދުގެ ފަހުގައި […]
ދެން އިވިގެން ދިޔައީ މީހެއްގެ ފިޔަވަޅެއްގެ އަޑެވެ. ބާރަށް ދުވެފައި އައި ފިޔަވަޅު މަޑުވީ ގޭގެ ބޭރަށް ނިކުންނަ ދޮރާ ހަމައިންނެވެ. ދެން އިވެންފެށީ ކޮންމެވެސް އެއްޗެއް ރޯވާން ފެށި އަޑެވެ. އެއަޑުގެ ފަހަތުން ޖިންނީގެ ހަޅޭކުގެ އަޑާއި ނުދަންނަ ބަހަކުން މީހަކު ވާހަކަ ދައްކަން ފެށި އަޑެވެ. ދަންނަ އަޑެކެވެ. އާނއެކެވެ. ހައްވައިދީގެ އަޑެވެ. ހައްވައިދީގެ އަޑުން އަހަރެންގެ ގަޔަށް ހޫނުގަނޑެއް އަރައި ދެން ހީވީ ގައިގެ އެތައް މިތަނަށް މީހަކު ކަށިތަކެއް ހަރަމުން ދިޔަ […]
” އެއައީ އޭނަ…. ” މުހުސިންގެ އަހަރެންގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. ކުޑަކުއްޖެއް ފަދައިން އަހަރެންނަށް ދެލޯ ބޮޑުކޮއްގެން އެދިމާއަށް ބަލަން އޮވެވުނު އިރު ހިތްތެޅެމުން ދިޔަ ވަރުން ހީވީ ދެންމެ ދެންމެ ހިތް ބޭރަށް ނުކުމެދާނެ ހެންނެވެ. ހަޤީޤަތް އެނގިއްޖެއެވެ. އެއެއްޗެއްގެ ބޭނުން ވެސް އެނގިއްޖެއެވެ. އަހަރެން މިއީ އެއެއްޗެހީގެ އަމާޒުކަން އެނގުމުން އަހަރެންނަށް ސަލާމަތްވެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ހެޔޮ އަމަލެއް ކުރެވިފައިއެއް ނެތެވެ. ފާއިތުވި ތިރީސް އަހަރު ދުވަހު ހެޔޮ އަމަލުކޮށް […]
ލަސްނުކޮށް އަހަރެން އަވަސް އަވަހަށް މުހުސިންގެ އެހީއަށް އެދި އެގެޔަށް ދިޔައީމެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތު އެގެޔަށް އަހަރެން ވަތް އިރު އޭނަ އިނީ ގޭގެ ބޭރު އުނދޯލީގައެވެ. ” މުހުސިން! އަހަރެންނަށް ހުރިހާ ކަމެއް އިނގިއްޖެ.. އަހަރެން ސަލާމަތްކޮއްދީބަލަ! ” އަހަރެން އާދޭހުގެ ރާގަކަށް އޭނަގެ ގާތަށް ގޮސް ބުނީމެވެ. އަހަރެން ގާތުގައި އެއްޗެއް ބުނުމުގެ ބަދަލުގައި މުހުސިން ޖަހާލީ ހިނިގަނޑެކެވެ. އަދި އަހަރެން ގާތުގައި އުނދޯލީގައި އިށީންނަން ބުނެ އޭނަ އެތެެރެއަށްވަދެ އައީ […]
ރުކުގެ ދޮރާށި ކުރިމައްޗަށް މަޑުކޮއްލި ޒުވާނާ ގޭގެ ދޮރާއްޓާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އާދައިގެ ލަކުޑިއެއްގައި ރުކުގެ ނަން ލިޔެފައި ގޭގެ ބޭރު ފާރުގައި ހަރުކޮއްފައިވެއެވެ. ތިރީހަކަށް އަހަރުގެ ހެޔޮވަރެއްގެ އިސްކޮޅަކާއި ފަލަނޫން ހަށިގަނޑެއް ހުރި އެޒުވާނާ ދޮނެވެ. ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނާއި އަތްކުރު ނޫ ގަމީހުން މާ މުންޑު ލާހިތްވާ ޒުވާނެއް ނޫންކަން އަންގައިދެއެވެ. އޭނަ އަތުގައިވި ކުޑަ ފޮށި އަނެއް އަތަށް ލަމުން މަގުގެ ދެކޮޅު ބަލާލައިލައިފައި އޭނަ ދޮރާށި ތަޅުގައި […]
ބަލަބަލާ ހުއްޓާ ވިއްސާރަ ވިލާތަކުން ބޯވާރޭގަނޑު އޮއްސާލައިފިއެވެ. އޮށްގަލުން ތަޅަމުން ދިޔަ ވާރޭގައި ވިޔަސް ޢަލީ ހުރީ ދަތުރު ހުއްޓާ ގޮތަކަށް ނޫނެވެ. ވުމާއިއެކު އޭނަ އެންމެ ސިކުންތު ކޮޅަކުވެސް ހުންގާނުން އަތެއް ދުލެއް ނުކޮއްލައެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ބިޔަ ބޮޑު ރާޅަކާއި އެކު ދޯނި ބަންޑުން ޖަހާލިއެވެ. ރާޅުގަނޑުގެ ދަށުން ދޯނި އިދިފުށަށް މައްޗަށް އެރި އިރު ފަޅުވެރި ދެމިހުން ވެސް މާގިނައިރެއް ނުވެ މައްޗަށް އަރައިފިއެވެ. ނަމަވެސް ޢަލީގެ ޙަބަރެއް ނުވެއެވެ. […]
” ޢަލީ! ” ދަތުރު ނިންމާލުމަށްފަހު ޢަލީ ފާލަމުން ފައިބައިގެން ދަނިކޮށް އޭނަގެ ރައްޓެހި އަޙްމަދު ގޮވާލިއެވެ. ” އަހަން އަޙްމަދު… ކޮބާ ކިހިނެތް؟ ” ޢަލީ ހިނިތުންވެލަމުން ސުވާލުކުރިއެވެ. ” ތި ވާހަކަ ދެއްކޭކަށް ނެތޭ… އަވަހަށް ހިނގާބަލަ ތި ގޯތިދޮށަށް!! ” އަޙްމަދު އެހެން ބުނުމުން ކަމެއް ގޯސްވެއްޖެކަން ޢަލީއަށް އެނގުނެވެ. އަތުގައި އޮތްހާ އެއްޗެއް ވިއްޔާ އެއްލާލާފައި އަޙްމަދަށްވުރެ ކުރިން އޭނަ ގެޔަށް ވަތް އިރު ގޯތިތެރެއަށް މީހުން އެއްވެފައި އޮތެވެ. މީހުންތަކުގެ […]
” އައިމިނަ. މިއީ ކިހިނެތްވީ ކަމެއް؟ ” ނާސިރާ ކުރިއަށްވުރެ ބޮޑަށް ރޮއެ ގަންނަމުން އައިމިނައާއި ސުވާލުކުރިއެވެ. ހަރަކާތް ހުއްޓިފައިވި އައިމިނަގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އޭނަ ހަސްނާ ކައިރިން ކޮޓަރިން އެއައީ ދެންމެއެވެ. އެތުއްތުކުއްޖާގެ ނިތައް ބޮސްދީފައެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިފެންގަނޑުގައި މިއޮތީ އޭނަގެ ދަރިފުޅު ކަމަށް ވަންޏާ އެނދުގައި އެއޮތީ ކާކު ހެއްޔެވެ؟ ރޭގައި ފާޙާނައަށް ވަދެފައި އައި ފަހުން ހަސްނާގެ ދެލޮލުން ތަފާތުކަމެއް ފެނުނީ އެއީ ހަސްނާއަށް ނޫން ވީމައި […]
ރޭގަނޑު ކެއުން ހެދުމަށް ހަނޑޫ ދޮންނަން ނިކުތް އައިމިނައަށް އޭނަގެ ހަރަކާތްތައް މަޑުކޮއްލަން ޖެހުނީ ފެނުނު އެއްޗެއްގެ ސަބަބުންނެވެ. ސަތޭކައަށްވުރެ ގިނަ ކަކުނި ގޭގެ މެދުގޯތީގެ އެތެރެ ފާރު ވަށައިގެން ހިނގަމުން ދިއުމުން އައިމިނަ ނުހަނު ބިރުގަތެވެ. ” ސުބްހާނަﷲ… ” އައިމިނަ އޭނަ ދޮންނަން ނިކުތް ހަނޑޫ ތެލި ހިފައިގެން ބަދިގެޔަށްވަނެވެ. އަދި ބޭރު މެދު ގޯއްޗަށް ނުކުމެ އެއްއަތުން ކަނޑިކި ކޮށިކޮއްލަމުން ކަކުނިތައް ދުވަމުން ދިޔަ ދިމާ ބަލާލި އިރު އެންމެ ކަކުންޏެއްގެ ހިލަމެއްވެސް […]