Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 16

umny Level 210 Stories
June 22, 2024 5 Mins Read
4 Comments

ދެލޯ ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ވޯޑަށް ނެރެފައި އޮތް އާތިކާގެ ގާތަށް ގޮސް ވޯޑު ވަކިކުރަން ދަމާފައިވާ ފަރުދާގެ ފަހަތުގައި މަޑުކޮއްލި ވަގުތު މީހަކު އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ. ސިހިފައި އަހަރެން އެނބުރު އިރު ފަހަތުގައި ހުރީ ސާރާއެވެ.

” ކިހާ އިރެއް އަހަރެން ގުޅަނީ!؟ ” ސާރާގެ ކަރުނުން ފުރިފައިވި ދެލޯ ބަންޑުންވެގެން ފައިބަނީއެވެ. އަދި އަހަރެންގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ.

” ކިހިނެތްވީ؟ ” އަހަރެން އޭނަ ދުރުކޮއްލަމުން އެދެލޯ ފުހެލީމެވެ.

” އަހަރެން ބަނޑުބޮޑު ސަލީމް! އަހަރެން ކިހިނެތް ހަދާނީ؟ ވީ އާރ ނޮޓް މެރިޑް…! ” ސާރާ އަޑު މަޑެވެ. ނަމަވެސް އެދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ދިޔައީ ހައްތަހާ ގިނަވަމުންނެވެ. އަދި އޭނަ އަހަރެންގެ އަތަށް ގަނޑެއް ލައިދިނެވެ. ގަނޑުގައިވި ޓެސްޓްގެ ނަތީޖާ ބެލުމަށްފަހު އަހަރެންނަށް މިވަގުތު ކުރަން ފެނުނު އެންމެ ރަނގަޅު ކަމަކީ އާތިކާއާއި ދުރަށް ސާރާ ގެންދިއުމެވެ. އާތިކާ ހޭލާ އޮއްވާ ސާރާއާއި އަހަރެން ދައްކާ ވާހަކަތައް އަޑު އިވޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އާތިކާއަށް ބޮޑު ހިތްދަތިކަމެއް ލިބިފައިވާކަން ކިޔައިދޭން ޖެހި އަހަރެންނާއި ސާރާ މިދައްކާ ވާހަކަތައް އަޑު އަހާކަށް އޭނައަކަށް ކުޅަދާނައެއް ނުވާނެއެވެ. އަނެއްކޮޅުން އަހަރެންނަކީ މަޝްހޫރު މީހަކަށްވުމުން ބަޔަކަށް މިވާހަކަތައް އަޑު އިވި ނޫހަށް އަރާކަށް މާގިނަ އިރެއް ނުވާނެއެވެ. ވުމާއެކު ސާރާގެ އަތުގައި ހިފައިގެން އަހަރެން ގޮސް ނިކުތީ ކޯރިޑޯ ތެރެއިން ނިކުމެވެން އިން ފެންއަރުވާ ވަޑާމެއް ކައިރިއަށެވެ.

” ބުނެބަލަ ސަލީމް. އަހަރެން ކިހިނެތް ހަދާނީ؟ މަންމަ ނެތް ދުނިޔޭގައި ބައްޕަ އަހަރެން ބަލާ ބޮޑު ކުރީ ނުހަނު ލޯބިން. އެކަމަކު އަހަރެންނަށް ބައްޕަގެ ތަރުބިއްޔަތަކީ ބޭކާރު އެއްޗަކަށް ހެދިއްޖެ. ބައްޕައަށް މިކަން އެނގިއްޖެޔާ އަަހަރެން ގެއިން ނެރެލާނެ.. މަންމައަކީ ރާއްޖެ މީހަކަށްވެ އާއިލާގެ ނުޤަބޫލުގައި ލަންކާ މީހަކާ އިނީމައި އަހަރެން ރާއްޖެ ދިޔަސް އެހީވާނީ ކާކު؟ ބައްޕަ ފަރާތު މީހުން ވެސް އަހަރެން ބާކީކޮއްލާނެ. މަންމަ ނެތް ދުނިޔޭގައި ދޮންތަ ވެސް ވަރަށް ދެރަވާނެ މިހެންވީމައި… އަނެއްކޮޅުން އަހަރެންގެ ވަޒީފާއޯ؟ އަނެއްކާ އަހަރެން ރެޑީއެއް ވެސް ނޫން ކުއްޖެއް ހޯދާކަށް! ކުއްޖާ އެބޯޓް ކޮއްލަންވީ ކަންނޭނގެ…  ” ސާރާ ރޮމުން މޫނުމަތީގައި ދެއަތް އަޅާލިއެވެ.

” ސާރާ! ” އަހަރެންގެ ގާތަށް އައި ރުޅިން ބާރަކަށް އޭނަގެ ދެކޮނޑުގައި ހިފާ ފިއްތާލެވުނެވެ. ސިހިފައި ސާރާ އަހަރެންނާއި ދިމާއަށް ބަލާލުމުން ވަގުތުން އަހަރެންގެ ރުޅިގަނޑު މައިތިރިވެއްޖެއެވެ. ލިބުނު ދެވަނަ ދަރިފުޅު ބީވެގެން ދިޔައީ އަހަރެންނަށް ދީނާ ހިލާފަށް ކުރެވުނު ކުށުން ކަންނޭނގެއެވެ. ނަމަވެސް މިއަދު އަނެއްކާ އެހެން ދަރިޔެއް ދެއްވީ އަހަރެން އެކަމަށް ﷲގެ ހަޟްރަތުގައި ތައުބާ ދެންނެވުމުން ކަންނޭނގެއެވެ.

” ބުނަން ސާރާ. އަހަރެން ވަރަށް ލޯބިވޭ ސާރާދެކެ. ސޯ ޕުލީޒް ތިގޮތަށް ބޭބީ އެބޯޓް ކުރަން ނުވިސްނަބަލަ. އަހަރެން މިހުރީނުން ސާރާ ގާތުގައި. އަހަރެން ސާރާ އެކަނިކޮށެއް ނުލާނަމޭ.. ހިނގާ އަހަރެންނާއި ދެއަންބަށް އިންނަން… އަހަރެން އަތުގައި އެހާ ފައިސާ އެބަހުރި ދެމިހުން ގޮވައިގެން އުޅެން. ސާރާ ބޭނުމިއްޔާ ސާރާ އުޅެން ވަކިން ގެއެއް ވެސް ގަނެދީފާނަން… ” އަހަރެން ހިނިތުންވެލަމުން އޭނަގެ މޫނުގައި ފިރުމާލީމެވެ. އާތިކާ މިކަމަކަށް އެއްބަހެއް ނުވާނެއެވެ. ސާރާއަށް ބޮޑުކަމެއް ދިމާވުމުން އޭނަ އެކަނި ކޮއްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަނެއްކާ އޭނަގެ ބަނޑުގައި އެއޮތީ އަހަރެންގެ ދަރިޔެއް ވިއްޔާއެވެ. ދެން ރަނގަޅު ގޮތަކީ އާތިކާއަށް މިކަން ސިއްރުކޮއްގެން އުޅުން ކަންނޭނގެއެވެ.

” އަސްލު ވެސްތަ؟ ތިހަމަ ތެދު ވާހަކަތަކެއް ދޯ؟ އެހެން މީހުން ހެން އަހަރެން ވާ ވައްދާފައި އަހަރެން މަރައެއް ނުލާނަން ދޯ؟” ސާރާ ސުވާލު ފައްޗެއް އަމުނާލިއެވެ.

” އާނއެކޭ… ކުރިން ވެސް ބުނީމެއްނު ސާރާދެކެ އަހަރެން ލޯބިވެޔޭ. އެހެންވީމައި ސާރާ އަހަރެން އެއްލައެއް ނުލާނެއެއްނު. އަނެއްކާ ތިބަނޑުގައި ތިއޮތީ އަހަރެންގެ ދަރިޔެއް. ދެން ކީއްވެތަ ޤަބޫލު ނުކުރަން ތިއުޅެނީ…؟ ” އަހަރެން ސުވާލުކޮއްލީމެވެ.

” ހަމަ ބިރުގަންނާތީ އަހާލެވުނީ… ސޮރީ… އެންޑް ތެންކިޔު… ” ސާރާ ހިނިތުންވަމުން ބުނެލިއެވެ. އަދި އޭނާ އަހަރެންގެ ގައިގައި ކުއްލިއަކަށް ބައްދާލުމުން އަހަރެންނަށް ސިހިފައި އޭނަ ދުރުކޮއްލެވުނެވެ. ކިތަންމެ ބައްދާލަން ބޭނުންވި ނަމަވެސް މީހުން ހުރި ތަނެއްގައި އަހަރެން ކަހަލަ މަޝްހޫރު މީހެއްގެ އަޑު އަރާނެއެވެ. އަދި ސާރާގެ ގާތުގައި ޓެކްސީއަކަށް އަރައިގެން ގެޔަށް ދާން ބުނެ ރުފިޔާ ދެމުން އަހަރެން ހިނގައިގަތީ އެނބުރި އާތިކާގެ ގާތަށެވެ.

” އާތިކާ..؟” އަހަރެން ގޮސް އާތިކާ އޮތް އެނދުގެ ފޮތިގަނޑު އެއްކައިރިކޮށް އެތެރެއަށް ވަތް އިރު އާތިކާ އޮތީ ލޯ ހުޅުވައިގެންނެވެ. އައިވީ ފުޅިއެއްގެ އިތުރުން ލޭ މަދުވުމުގެ ސަބަބުން ލޭ އަޅަން ފުޅިއެއް ވެސް ގުޅާފައިވެއެވެ. މައްޗަށް ބަލައިގެން އޭނަ އޮތް އިރު ދެލޮލުން ކަރުނަ ތިކިތައް ފައިބަމުން ދިޔައެވެ. ހީވާ ގޮތުން އޭނައަށް ވީގޮތް އެނގޭ ކަހަލައެވެ.

” އާތިކާ… އަހަރެންނާ ވާހަކަ ދައްކަބަލަ… ” އަހަރެން އޭނަގެ ގާތުގައި އިށީނދެ އެއަތުގައި ފިރުމާލީމެވެ. އަހަރެން ވާންވީ ދެރަކަމެއް ނޫނީ އުފާކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ދެމިހުންގެ ބަނޑުގައި އަށަގަނެގެން އައީ އަހަރެންގެ ދަރިންނެވެ. އެއްދަރި އަތުން ދޫވެގެން ދިޔަ އިރު ﷲގެ އިރާދަފުޅުން އަނެއް ދަރި އަހަރެންނަށް ލިބުނީއެވެ. ސާރާ އުފާ ވިޔަސް ސާރާއާއި ހިލާފަށް އާތިކާވާނީ އުފަލެއް ނޫނެވެ.

” ބޭބީ މިސްކެރިޖްވީ ދޯ؟ ” އާތިކާ އެއޮތް ގޮތަށް އޮވެ އަހާލިއެވެ. އެއަޑުގައިވި ވޭނުން އަހަރެންގެ ހިތަށް ކަށިތަކެއް ހަރާލި ކަހަލައެވެ. އަހަރެން ދެލޯ މަރާލަމުން ފުންނޭވާއެއް ދޫކޮއްލީމެވެ. ދެން ދެލޯ ހުޅުވައި އާތިކާއަށް ބަލާލި އިރު އޭނަ އޮތީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

” ދޯ ސަލީމް؟ ” ހިކިފައި އާތިކާގެ ތުންފަތް ހަރަކާތް ކުރިއެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ.

” ބޯއީއެއްތަ؟ ގާރލްއެއްތަ؟ ” ދެން ވެސް ވާހަކަ ދެއްކީ އާތިކާއެވެ.

” ބޯއީއެއް.. ބޭބީ ބަލާލަން ބޭނުންތަ؟ ” އަހަރެން އާތިކާގެ މޫނުގައި ފިރުމާލަމުން އަހާލީމެވެ. އާތިކާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

އަަހަރެން ތެދުވެ ފޮތިގަނޑު ކަހާލި އިރު ނަރުސް ކުއްޖަކު ކުއްޖާ ފޮތިގަނޑަކަށް ލައި އޮޅާލައިގެން ގެންނަނީއެވެ. ފިނިވެފައިވާ ދެއަތް ޖިންސުގެ ޖީބުގައި ފުހެލަމުން އަހަރެން ނަރުސް ކުއްޖާގެ އަތުން ދަރިފުޅު ނެގީމެވެ. އަތަށް އެއްޗެއް ލެވުނުހެން ހީނުވާ އެހާ ވެސް ލުއިލުއި ކިރިޔާ އަތްތިލަ ވަރުވާ ދަރިފުޅުވަނީ އެކަށް ހުދުވެފައެވެ. އަހަރެން ދަރިފުޅުގެ ނިތައް ބޮސްދެމުން އާތިކާގެ އަތަށް ކުއްޖާ ލައިދިނީމެވެ. އާތިކާ އެކުއްޖާ އުރާލުމުން ރޮއިގަތް އަޑު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

—

12 ޖޫން 2002

ލިބުނު ދެވަނަ ދަރިފުޅު މަރުވިތާ ތިން މަސް ފާއިތު ވެއްޖެއެވެ. އާތިކާއާއި އެކު ވަގުތު ހޭދަ ކުރުމަށް އަމަލްއާއި މަސައްކަތްތައް ހަވާލު ކުރުމަށްފަހު އަހަރެން އޮފީހާއި ދުރުވެލީއެވެ. އަރީން ނިރްވެދްގެ އެހީގައި ސުކޫލަށް ފޮނުވައި އެހެން ހުރިހާ ވަގުތެއް އަހަރެން ހޭދަކުރަމުން ދިޔައީ އާތިކާ ކައިރީގައެވެ. ސާރާ ވިހަން ދެން އިހަށް ނުއިނދެ ހުއްޓެއްކަމަކު ސާރާއަށް ހުންނާނެ ގެއެއް ހަމަޖައްސައި ދިނީމެވެ. އަދި އޭނަ އާއި ވެސް ކުޑަ ދުވަސްކޮޅަކަށް ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭނެކަމަށް ބުނި ނަމަވެސް އޭނަ އެކަމާއި އެއްބަސްވީ ހިތުން ރުހިގެންނެއް ނޫނެވެ. އޭނަގެ ގާތަށް މިދުވަސްކޮޅު ނުދެވުނަސް އޭނަ ބޭނުންވާނެހާ އެންމެހާ ކަންކަން އަމަލްގެ އެހީގައި އަހަރެން ފޯރުކޮއްދެމެވެ. ސުކޭންތަކަށާއި އެޕޮއިންޓްމެންޓްތަކަށް ނުދެވުނަސް އަހަރެން އަމަލް ކުރެ އެކަންކަން ހޯދާ ބަލަމެވެ.

ފުރަތަމަ ދެހަފްތާ އާތިކާގެ ވާހަކަ ދެއްކުން ކުރިޔަށްވުރެ ވެސް މަދުވެ މީހާ ވިސްނާ ވިސްނާ ކެއުން ބުއިން ވެސް މަދުވެގެން ދިޔައެވެ. ނަމަވެސް އަހަރެންގެ އެތައް ނަސޭހަތަކާއި އަރީންގެ ވާހަކަ ދެއްކުމުން މިހާރު ކުރިޔެކޭ އެއްފަދައިން ވާހަކަ ދެއްކޭތޯ އާތިކާ މަސައްކަތް ކުރަމުން ދިޔައެވެ. ކުރިޔެކޭ އެއްގޮތަށް ގޭގެ މަސައްކަތް އަދި ނުކުރިޔަސް އަހަރެންނާއި އެކު ކުޑަކޮށް ގޯތިތެރޭގައިވި ގަސްތައް ކައިރިއަށް ހިނގާލުމަށް ނުކުތެވެ. އޭނަގެ އަތުގައި ހިފައިގެން އަހަރެން ހިނގަމުން ދިޔަ އިރު އަރީން އަހަރެންގެ އަނެއް އަތުގައި ހިފައިގެން ހުއްޓެވެ.

” ބައްޕާ. އަރީން ކޮއްކޮއެއް ބޭނުމޭ… ” އަރީން ކުރި ޝަކުވާއިން އަަހަރެންނަށް ބަލާލެވުނީ އާތިކާއަށެވެ. ހިނިއައިސްފައި ހުރި މޫނު ވަގުތުން މިލާ މޯޅިވެ ދެލޯ ކަރުުނުން ބަރުވިއެވެ.

” އިން ޝާ ﷲ ދަރިފުޅު.. ދޭބަލަ އިހަށް އަކީޝާދައްތަ ގާތަށް… ” އަހަރެން އަރީން ގެޔަށް ފޮނުވާލަމުން އާތިކާ ގޮވައިގެން އަހަރެން ގޮސް އިށީނދެލީ ގޯތިތެރޭގައިވި މަސްފެންގަނޑު ކައިރީގައި ހުރި ބެންޗްގައެވެ.

” އާތިކާ. އިން ޝާ ﷲ ރަނގަޅުވާނޭ… ބޭބީ ވާނީ މިހާރު ސުވަރުގޭގައި. އަހަރެމެން އަންނަން ދެން އިންތިޒާރުގައި… ބުނެ އެއްނު މިސްކެރިޖްވާ ކުދިން ޤިޔާމަތް ދުވަހު އެކުދިންގެ މަންމަމެން ސުވަރުގެ ވައްދަން މަސައްކަތް ކުރާނެއޭ… ދެން ނުރޮއެބަލަ އިނގޭ… ” އަހަރެން އާތިކާގެ އަތުގައި ހިފާލަމުން އެނިތައް ބޮސްދިނީމެވެ.

” އަހަރެމެންގެ އަރީޝް ދޯ؟ ” އާތިކާ އަަހަރެންނަށް ބަލާލައި ހިނިތުންވެލިއެވެ.

—

ރޭގަނޑު ނިދަން އޮއްވާ އަހަރެންނަށް ސިހިފައި ތެދުވެވުނީ ފޯނު ރިންގުވާ އަޑަށެވެ. އަހަރެން ފޯނު ނަގައި ބަލާލި އިރު ގުޅަނީ ސާރާއެވެ. ފޯނުގެ އަޑު ގަދަވެގެން އާތިކާ ތެދުވެ ކާކުތޯ އަހާލިއެވެ. އަމަލްކަމަށް ބުނެ އަހަރެން ފޯނު ހިފައިގެން ނުކުތީ ބެލްކަންޏަށެވެ. ދަންވަރުގެ ދެގަޑިބައިގައި ދޫނި ސޫފާސޫފީގެ އިތުރުން އިތުރު އަޑެއް ނުވެއެވެ.

” ހަލޯ؟ ސާރާ ގާތުގައި އަހަރެންނަށް ނުގުޅާށޭ ބުނީމެއްނު..؟ ” އަހަރެން ފޯނު ނަގައި އަހާލީމެވެ.

” އެނގެޔޭ.. ބޭރަށް ނުކުމެބަލަ. މެދު ގޯއްޗަށް… ” ސާރާ އެހެން ބުނަމުން ފޯނު ކަނޑާލިއެވެ. އަހަރެން އަލުން ކޮޓަރިއަށް ވަތް އިރު އާތިކާ އޮތީ ނިދާފައެވެ. އަވަސް އަވަހަށް ޓީޝާޓެއް ބޮލަށް މޮހާލައި އަހަރެން ބޭރަށް ނިކުތް އިރު ސާރާ މެދު ގޯތީގައި ހުރި ބެންޗު ކައިރީގައި ހުއްޓެވެ. އަހަރެން ދެކޮޅު ބަލާލަމުން ގޮސް އޭނައާ ހަމަ ކުރި ތަނާ އޭނަ ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ހަނދުވަރުގެ ރީތި އަލީގައި އޭނަ ނިތައް އެރި ރޫތައް ވަރަށް ރީތިކޮށް ފާޅުވެގެން ދިޔައެވެ.

” މިހާރު ކިހާ ދުވަހެއް މިވަނީ؟ އަބަދު އާތިކާ ފޫބުޑެއްގައި ނޫޅެވޭނެ ދޯ؟ އަހަރެންވެސް ބޭނުންވާ ކަންކަން ހުރެޔޭ؟ ” ސާރާ ހަށަން ބަނދެލަމުން އަހަރެންކުރެ އެއްސެވެ.

” އެއީ އަހަރެންގެ އަނބމީހާއޭ…. އެހެން ނޫނަސް އަހަރެން ސާރާ ބޭނުންވާ ކަންކަން ހަމަ ކޮއްދެމެއްނު.. އަދި އެއްވެސް ކަމެ… މަޑުކޮއްބަލަ… ” އަހަރެންނަށް ވާހަކަ ހުއްޓާލަން ޖެހުނީ ހަށަން ބަނދެގެން ހުރެ ސާރާގެ ހެދުމުގެ މަތިން ބަނޑު ފެންނަން ނެތުމުންނެވެ.

” ކޮބާ ބަނޑު…؟ މިހާރު ހަމަސްވެގެން ދިޔަ އިރު ބަނޑެއް އިންނާނެ އެއްނު..؟ ” އަހަރެން ހައިރާންވެފައި ސުވާލުކޮއްލުމުން އޭނަ އަހަރެންނާއި ދިމާއަށް ބަލާލިއެވެ.

” ޑޮކްޓަރ ބުނީ ޕުރެގްކަން ނޭނގޭ ގޮތަށޯ އަަހަރެން ހުންނަނީ…. ” ސާރާ އަޅައިގަންނަމުން ކަހަލަ ގޮތަށް ޖަވާބު ދިނުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

” އެކަމަކު ކުރިން ނުބުނޭ އެހެނެއް..؟ އެއްވެސް ރިޕޯޓަކުވެސް އެވާހަކައެއް ނެތް… ” އަހަރެންނަށް ރުންކުރު ރާގަކަށް އަހާލެވުނެވެ.

” އެކި އަންހެނުން ތަފާތުވާނެ ދޯ؟ އެހެން ނޫނަސް އެވާހަކަ ދައްކާކަށް ނޫނޭ އަހަރެން މިއައީ؟ އަހަރެން ބޭނުން ސަލީމް އަހަރެންގެ ގާތަށް އަންނަން. އަބަދު އާތިކާގެ ފުލުގައެއް ނޫން އުޅޭނީ.. އިނީމައި އަދި ވާނީ ކިހިނެތް؟ މިއަދުވެސް ދެކުނީމޭ ތި ތިންމީހުން މިތާނގައި އުފާކުރަން ނިކުމެ އުޅެނިކޮށް… ” ޖެއްސުން ކުރާ ފަދަ ރާގަކަށް ވައްތަރު ޖައްސަމުން ސާރާ ބުންޏެވެ.

” ސާރާއަ… ” އަހަރެންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ފަހަތުން އިވުނު ފިޔަވަޅުގެ އަޑުންނެވެ. ސިހިފައި އަހަރެންނަށް ފަހަތް ބަލާލެވުނު އިރު ފަހަތުގައި ހުރި މީހާ ފެނި އަހަރެންނަށް ހިންދިރުވާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…41

Next

ތެމި ވާރޭގައި ވީމޭ 13

Next
June 23, 2024

ތެމި ވާރޭގައި ވީމޭ 13

Previews
June 22, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…41

4 Comments!

  1. Zeena says:
    June 22, 2024 at 10:58 am

    wow vv salhi alhe hittalhu vaalaafa thi
    ninmaalee. Miulhey saara vaane kan neyge nikan niyadhurakah yageen thithan a halaaku kuree saaraa summer sumee kiyavaagen , boogal master aailaage saaraaeh kn neygedho vv ufaavehje avas adhi dhigu kon genes dhineethi vvv inthizaaruga 😄🦋

    1. umny says:
      June 23, 2024 at 11:51 pm

      alhamdhulillah. lets see dhw who is the bad one here.

  2. LIM🖤 says:
    June 23, 2024 at 4:40 pm

    Wow vrh reethi masha Allah
    Hehe Kon kahala Sara eh baa thee anehkaa
    Aathikaa life halaaaku v dhw bc of her
    Ohh dhn vaani Kihineh baa pls areen nd malak ah gotheh nuvaathi hehe when’s next?

    1. umny says:
      June 23, 2024 at 11:53 pm

      thank you. dhn in bai upload kohfa ihnaaney. in sha allah tmrw kaneyge update vaaney page ah

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 17←


All Right Reserved!