ފިނި ވައިރޯޅިތަކާއި އެއްގޮތަށް ހޫރެމުން ދިޔަ އިސްތަށިތައް އެއް ފަރާތްވި ވަގުތު ކާކުކަން ފާހަގަވިއެވެ. ހުދު ހެދުމެއްގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އިން އަމާނީ ފެނުމުން ޒޯޔާ ހިންދިރުވާލިއެވެ. މިއީ ރަނގަޅުކަމެއް ނޫންކަން ވިސްނި އަވަސް އަވަހަށް އެނބުރި ގެޔާއި ދިމާއަށް ދުއްވައިގަތް އިރު ވެސް އަމާނީ އެއިން ގޮތަށް އުނދޯލީގައި އިނެވެ. ހެނދުނެކޭ އެއްގޮތަށް ދެލޯ މަރައިގެންނެވެ. އެއްވެސް ކަމެއް ވެގެން އުޅޭހެން އިހުސާސް ވެސް ނުވާ ފަދައިންނެވެ. — ހެނދުނު އިރު އަރައިގެން […]
މެންޝަންގެ ހުޅުވުނު ގޭޓުން ވަދެގެން އައީ ޒުވާން އަންހެން ކުއްޖެކެވެ. ހީވާ ގޮތުން އަމާނީއާއި އުމުރުގެ ގޮތުން އެހާ ދޮއްޓެއް ނުވާނެއެވެ. އާދައިގެ ގޮތްތަކަށް ލޯބި ކުރާކަން ލައިގެން ހުރި ހެދުމަށް ބަލާލުމުން ވެސް އެނގޭނެއެވެ. ކޮނޑުގައި އޮތް ހުދު ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެން އައިސް ދޮރުމައްޗަށް މަޑުކޮއްލި އެކުއްޖާއަށް ދުރުގައި ހެއްލެމުން ދިޔަ އުނދޯލި ފެނުނެވެ. އުނދޯލީގައި އިން އަމާނީގެ ގާތުގައި އިން ކަޅު އެތި ލޮލުގައި އަޅައިގަތުމާއި އެކު ބިރުން ފަހަތަށް ޖެހިލެވުނެވެ. ” […]
” އަނާ…؟ ” ކުވިލްޓް ބޮލުގައި އަޅައިގެން ޒޯޔާއަށް ފުރަގަސްދީގެން އިން އަމާނީ ފެނި ޒޯޔާ ބިރުން ގޮވާލިއެވެ. ” އަނާ… އަނގައިން ބުނެބަލަ… ” އަމާނީ އިން ދިމާލުން ކުރަކި ފާޑެއްގެ އަޑުތަކެއް ވެސް އިވެމުން ދިޔައެވެ. ބިރުން ހުރެ ނަމަވެސް އަމާނީ އޭނަ ބިރުގަންނަވަނީ ކަމަށް ހީކޮށް އަމާނީ ގާތަށް ގޮސް މަޑުކުރި ޒޯޔާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލެވުނެވެ. ކުރު އިސްތަށިތަކުން މޫނު އެއްކޮށް ނިވާވެފައިވީ ނަމަވެސް ހަންގަނޑުވަނީ އެއްކޮށް ކަޅުވެފައެވެ. އަނގައިން […]
” ބަހައްޓާ ޒޯޔާ… އަނާ އުޅޭނީ މުޅިން ވެސް އެހެން.. އަލްޙަމްދުލިﷲ މަންމައަށް އިތުރު އަންހެންކުއްޖެއް ލިބުނީމައި… މަންމަ ވަރަށް ދިގު އިންތިޒާރެއް ކުރި ރެއެއް މިއީ… ” މަލަކް ޒޯޔާއަށް ބަލާލަމުން ފުންކޮށް ހީލީ ހިތްހަމަޖެހިފައި ހުރެއެވެ. ” ހިނގާ ތިރިޔަށް ދަމާ ދޯ…” ޒޯޔާ ހެދުމުގެ ފަސްބައިގައި ހިފައިގެން އަނެއް އަތުން މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަތުމުން އަމާނީވެސް އެދެމިހުންގެ ފަހަތުން ތިރިޔަށް ހިނގައިގަތެވެ. ކައިވެންޏަށް އައިސް ތިބީ އެކުޑަ އާއިލާގެ މެންބަރުންނާއި ތިން […]
ހިތްދަތިވެފައި ހުރެ އަމާނީ ތެދުވެ ބެލްކަންޏަށް ނިކުމެލީ މިހަމަހިމޭން ޤުދުރަތީ މާހައުލުން ކުޑަ ވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ. ޖެހެމުން ދިޔަ ވަޔާއި އެއްވަރަށް އަމާނީ ލައިގެން ހުރި އަތްދިގު ހުދުކުލައިގެ ދިގު ނިދާ ހެދުން ވަޔާ ނަށަމުން ދިޔައެވެ. ދޫކޮއްލެވިފައިވާ ކޮނޑާ ހަމަޔަށް އަރާ ފަންފަން ކަޅު އިސްތަށިގަނޑުވެސް ހަރަކާތް ކުރަމުން ދިޔައީ ވަޔާ އެއްގޮތަށެވެ. ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރި އަމާނީ، ވައިރޯޅިތައް އިސްތަށިގަނޑުގައި ބޭނުން ގޮތަކަށް ޖެހުމަށް ދޫކޮއްލަމުން ދެލޯ މަރާލި ވަގުތު […]
” ނޫން. ދަރިފުޅުމެން ކުޑަކޮށް ބާއްވަންޏާ ހަމަ ބާއްވަންވީ… އެކަމަކު ބައްޕަ ބުނަން ބޭނުންވަނީ ހަފްތާއެއްވަރު ވަންދެން އަދި މަޑުކޮއްލާށޭ.. ދަރިފުޅަށް ވެސް އެނގެ އެއްނު މަންމަގެ ގޮތް. އެހާ ކުރިޔާ ހެދުމާއި އެއްޗެހި ނުގަތިއްޔާ ނޫނީ މަންމަ ހިތްހަމަޖެހިއެއް ނުލައްވާނެކަން.. ” އަރީން މަލަކްއަށް އެއްލޯ މަރާލިއެވެ. ” ޔެސް މެޑަމް އެންޑް ސަރ… ” އިރުފާން އަދަބު އިޙުތިރާމް އަދާ ކުރާހެން ލާނެތް ރާގަކަށް ބުންޏެވެ. ” ބައްޕަ އެހެން ބުންޏަސް ދަރިފުޅުމެން ބޭނުމިއްޔާ […]
” މަލަކް؟ އަދިވެސް ނުނިމޭތަ؟ ތިހެން ރެޑިވާން ހުންނަތާ މިހާރު ވެދާނެ ތިރީހަކަށް މިނެޓު… އިރުފާން ދެންމެ ގުޅާފައި ބުނީ އެކުއްޖާ ގޮވައިގެން ތިރީގައި އިން ވާހަކަ. އަވަސްކޮއްގެން މަންމަމެން ފައިބާށޯ… ” އިސްކޮޅާއި ހަމަޔަށް އަރާ ރަންކުލައިގެ ބޮޑަރު އެޅި ލޯގަނޑުގެ ކުރިމަތީގައި ޝޯލް އަޅަން ހުރި މަލަކް ފެނިފައި އަރީން އަލަމާރި ދޮރުފަތުގައި ލެނގިލަމުން އަހާލިއެވެ. ” މިނިމެނީއޭ… ފަސް މިނެޓު ޕުލީޒް… ” މަލަކް ހީލުނު ވަގުތު ތުންފަތުގެ މައްޗާއި ތިރިޔަށް އެޅުނު […]
އުފަލުގައި އަންހެނުން މަލަކްއާއި އެއްމާބަނޑު ދެބެއިން، އިރުފާންއާއި އަމާނީއާއި އެކުގައި އުޅެމުން ދިޔަ އަރީންގެ ހަޔާތް އަނެއްކާވެސް ކަނު އަނދިރިކަމުން ވަށާލީ އުމުރުން ތޭވީސް އަހަރުގެ އިރުފާން ޒޯޔާ ކިޔާ އަންހެންކުއްޖަކާއި އިންނަ ހިސާބުން ފެށިގެންނެވެ. އަލަތު ދެމަފިރިންގެ ކައިވެންޏަށް މަހެއްވެސް ނުވަނީ މީގެ ތޭވީސް އަހަރު ކުރިޔެކޭ އެއްގޮތަށް ގޭތެރެއިން ރޫޙާނީ އެއްޗެހި ފެނި އުނދަގޫތައް އެކި މީހުންނަށް ފޯރަން ފެށިއެވެ. އެކަން އެންމެ ބޮޑަށް އަމާޒުވީ އުމުރުން ތޭވީސް އަހަރުގެ އަމާނީއަށެވެ. މީހަކާއި އިނުމުގެ […]
އެކަށް ވަޅުވަދެފައިވާ ދެލޯ ހުޅުވާލެވުނެވެ. ފެނުނު އަލިކަމުން ދެލޯ ވަގުތުން މަރާލުމަށްފަހު އަނެއްކާވެސް ލަސްލަހުން ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ ހޮސްޕިޓަލުގެ އެނދެއްގައެވެ. މުޅި މީހާގެ ގައިގައި މެޝިންތައް ގުޅާފައިވެއެވެ. އިވެމުން ދިޔަ ބީޕް އަޑުތަކަށް ހޭނެމުން ވަށައި ހޯދާލެވުނެވެ. އަލިކަން ވެރިވެފައިވާ އެކޮޓަރީގައި އިތުރު މީހެއް ނެތެވެ. އެއްވެސް ކަހަލަ ލިޔެ ކިޔުމެއްވެސް ނެތެވެ. މުޅިން ވެސް ބީރައްޓެހި މާހައުލެކެވެ. މަޑުންމަޑުން ދެއަތް އެނދުގައިވި ފަޑީގައި ވިއްދާ ތެދުވެވުނު އިރު ބޮލުގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއްވެއެވެ. […]