ހަވީރު ވަގުތު ތާރާގެ ހުންގަނޑު އެއްކޮށް ގޮސްފައި ވާތީ އީކަންމެން އޭނާ ބަލައި އައެވެ. ތާރާ ނުދާން ގަދަ ދެއްކުމުން ވެސް އެމީހުން ކުރެއް ނުކުރިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ސަމާ ގާތަށް ދާށެވެ. ދިޔަ މަގުމަތީގައި އޭނާ އާއި ދިމާއަށް ނާއިލް އާއި އޭނާގެ ގުރޫޕް ބަލަހައްޓައިގެން ހުރިތަން ފެނުމުން އެދިނީ އިންޒާރެއްކަން ތާރާ އަށް ދެނެގަނެވުނެވެ. ………………… ސަމާގެ ރޫމަށް ވަދެގެން ދިޔައިރު އޭނާގެ ކައިރީގައި ރީހަން އިންތަން ފެނުނެވެ. ރީހަން ވެސް ހުރީ […]
“ސަޕްރައިޒް!” އެ ޒުވާނާ ތާރާ އާއި ދިމާއަށް ހީލިއެވެ. ނަމަވެސް އެއީ ރަނގަޅު މާނައެއްގެ ހިނިތުންވުމެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާގެ ކުރިމަތީގައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ނާއިލެވެ. ސަމާގެ ‘އެކްސް’ އެވެ. ކުރިޔާ ހިލާފަށް ބޯ ދިގު ކޮށްފައި ހުޅިޖަހާފައި ހުރިއިރު ކުރިން ވެސް ހުންނަހެން އިސްތަށިގަނޑުގެ އެކި ތަންތަން ކޮޅުގައި ހުރީ ރަތްކުލަ ޖައްސާފައެވެ. އަތްފައިގައި ގަހަނާ އަޅާފައި ކަރުގައި ޗޭނު އަޅާފައެވެ. ކަންފަތް، ނޭފަތް އަދި އެއްބުމަ […]
އޮޕަރޭޝަން ރޫމްގެ ބޭރުގައި އިށީނދެގެން ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމާއި، ނުތަނަވަސްކަމެވެ. އެއް ބަޔެއްގެ ލޮލުން ކަރުނަ ނުހިކޭ އިރު އަނެއް ބަޔަކު ތިބީ ރޯން ވީކަން ވެސް ނޭނގިފައެވެ. ދޭތެރެ ދޭތެރެއިން ސުމައްޔާ ތާރާއަށް ގުޅާފައި ސަމާގެ ހާލު އޮޅުން ފިލުވައެވެ. ސުމައްޔާގެ ލަގޮނޑިއަށް ކެތްނުވަނީއެވެ. ލޯބިވާ ދަރިފުޅުގެ ހާލު އެހާ ދެރަވެފައި ވަނިކޮށް ދަރިފުޅު ގާތު ނުހުރެވުނީމަ އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. މިކަހަލަ ކަމެއް ދިމާވުމުން މައެއްގެ […]
ބާރު ބާރަށް ގެއަށް ވަދެގެން ދިޔަ ޖައިލަމް ފެނިފައި ނަޖުލާ އާއި ޖަމީލް އަވަހަށް ސޯފާއިން ތެދުވިއެވެ. އަދި އެ ދެމަފިރިންގެ ލޯބިވާ ހަގު ދަރިފުޅަށް ވީގޮތެއް ބެލުމަށް ދުވެފައި ކަހަލަ ގޮތަކަށް ޖައިލަމްގެ ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ނަމަވެސް ކޮޓަރި އާއި ހަމައަށް އެމީހުންނަށް ދެވުމުގެ ކުރިން ޖައިލަމް ދޮރު ބަން ލާފައި ޖެހިއެވެ. ދެން އިވުނީ އެއްޗެހި ތަކެއް ތަޅައިގެން ދިޔަ އަޑެވެ. އެވަގުތު އެއަޑު އިވިގެން ޖައިލަމްގެ ބޭބެ، ޖަޒްލާން ވެސް […]
“ރީހަން.” ސަމާގެ ދުލުން އޭނާގެ ނަން ބޭރުވުމާއިއެކު އެ ޒުވާނާގެ ތުންފަތްމަތީގައި ހިތި، ވިހަ ހިނިތުންވުމެއް ދުވެލިއެވެ. “އޮހް ލުކް ވަޓް ދި ކެޓް ޑްރޭގްޑް އިން.” ބޭއިޚްތިޔާރުގައި ސަމާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ރީހަން ސަމާ އާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. “ލުކް އެޓް ޔޫ. ސްޓިލް ދި ސޭމް. ޕެތެޓިކް. އައި ޓޯލްޑް ޔޫ ސަމާ. އައި ޓޯލްޑް ޔޫ ދެޓް ނާއިލް ވިލް ނެވާ ބީ ޔޯ ކްނައިޓް އިން ޝައިނިން […]
ތާރާ ސްކޫލް ނިމިގެން ގެއަށް ގޮސް ކޮޓަރިއަށް ވަނެވެ. ކިޔާން ދިޔަތާ މިހާރު މިވީ 3 ދުވަހެވެ. ނަމަވެސް އަދި އެއްވެސް މެސްޖެއް ނުކުރެއެވެ. އެހެންކަމުން ތާރާ އެންމެ އިންތިޒާރު ކުރަމުން ދިޔައީ އެވަގުތަކަށެވެ. ފެންވަރާ ލައިގެން އައިސް ތާރާ އެނދުގައި އޮށޯވެލީ ވަރުބަލި ވެފައި ހުރުމުންނެވެ. މިހާރު ޓާމް ޓެސްޓް ކައިރިވެފައި ވާތީ ރިވިޝަން ނަގަމުން ދާރީ ކުލާހުގައި ވަރަށް ބިޒީއެވެ. އަނެއްކާ ރޭގަނޑު ގަދައަޅައި ފިލާވަޅު ދަސްކުރާތީވެ ތާރާ ހުންނަނީ ވަރުބަލި ވެފައެވެ. ނަމަވެސް […]
“ތާރާ. ސޭ ސަމްތިން! ޔޫ އާ ސްކޭރިން މީ.” ކިޔާންގެ މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ. “އަ… ކި… ކިޔާ… އި..” ތާރާއަކަށް އަކަށް ބުނާނެއެއްޗެއް ދުލަކަށް ނައެވެ. ނަމަވެސް އޭނާގެ ޖަވާބު ހިތުގައި ވިއެވެ. އޭނާގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ތާރާއަށް ވެފައި ހުރި ގޮތުން ސަމާ ގާތަށް ހިނިއައެވެ. އަދި ގޮސް ތާރާގެ ގައިގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. “އޭ ދެން ޔާން އަށް ޖަވާބެއް ދީބަލަ!” ސިހިފައި ތާރާ ސަމާއަށް ބަލައިލިއެވެ. […]
އެންމެ ފަހުން ތާރާ ކުރު ނުކުރުމުން ކިޔާން ޗޮކްލެޓް އައިސް ކްރީމް ގަތެވެ. އެހެންކަމުން އަނބުރާ މޫންލައިޓް ގެއަށް ދެވެން ދެން ވެސް ކިޔާން ދިޔައީ ތާރާ އާއި ދިމާއަށް ކުދިކިޔަމުންނެވެ. މޫންލައިޓް ގެއަށް ދެވުމާއެކު އެންމެން 3 ޕިއްޒާ އޯޑަރު ކޮށްގެން ކެއެވެ. އެއަށްފަހު އަވަސްވެގަތީ ރޭގަނޑަށް ކައްކާށެވެ. ހުދު ޕާސްތާ އާއި ނޫޑްލިހުގެ އިތުރުން ފޮނި އެއްޗަކަށް ޗޮކްލެޓް އައިސް ކްރީމް އާއި ބުއިމަކަށް ކޯކާއި ފެންޓާ ޗެރީ އެވެ. ކައްކަމުން ދިޔައިރު ތާރާ […]
އެރޭ މޫންލައިޓް ގެއަށް އެންމެން ދިޔައިރު ވެސް ކިޔާން އަދި ތާރާއެއް ނުދެއެވެ. އެހެންކަމުން އެންމެން ވެސް އަނބުރާ ގެއަށް ދިޔައީއެވެ. ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔަ ނަމަވެސް ކިޔާނަށާއި ތާރާ އަށް އެވީ ގަރުނު ތަކަކަށެވެ. އެކަނިވާ ކޮންމެ ފަހަރަކު ކިޔާން ތާރާ އާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. މިހާރު މާފަށް އެދެވުނު ވަރު ވެސް ނޭނގެއެވެ. ނަމަވެސް ތާރާގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ގިނަފަހަރަށް ކިޔާން ވާހަކަ ދައްކަން އުޅޭހެން ހީވަންޏާމު ދުރަށް […]