
ތާރާ ފަހު ފަހަރަށް ލޯގަނޑަށް ބަލައިލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ ތުންފަތް މަތީގައި ވަނީ ހިތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ފޮރުވާލުމުގެ ގޮތުން އޭނާ ބޭނުންކޮށްފައި ވަނީ މޭކަޕެވެ. ޕްލަމް ކުލައިގެ އެ ބޮޑު އަތްދިގު ހެދުން ހުރީ ލޭސްފޮތިންނެވެ. ކަރުގައި ރީތި ހާރަކާއި ކަންފަތުގައި ކަންފަތުލާ މުދި ހަރުކޮށްފައި ހުރި އިރު އެކުއްޖާ ހީވަނީ ޝާހީ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއް ހެނެވެ. އެ ދިގު ބުޅި އިސްތަށިގަނޑު ރީތި ގޮތަކަށް ހުޅި ޖަހާލެވިފައި މާގަނޑެއް ޖަހާފައި އިނުމުން ފުރިހަމަކަން އިތުރު ކޮށްދެއެވެ. ތުންފަތުގައި ޕްލަމް ކުލައިގެ ލިޕުސްޓިކު ޖައްސާފައި، ލޮލުގައި އައިލައިނާ އާއި މަސްކަރަ އަޅައި މަޑު ފިޔާތޮށި ކުލައިން ލޯ ވަށައިގެން ޖަރީ ކޮށްފައި ހުރިއިރު ހީވަނީ ހޫރު ޕަރީ އެއް ހެނެވެ. ދެންމެ ދެންމެއަކުހެން އުދުއްސައި ވެސް ގަންނެފާނެ ހެންނެވެ.
މި ދަތުރުގައި ތާރާގެ ދިރިއުޅުމަށް އަންނަންއޮތް ޒަލްޒަލާ ނޭނގޭ ޙާލު އޭނާގެ އަމިއްލަ ސޫރަ އާއި ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ހިނގައިގަތެވެ. އަދި ދޮރުދޮށުގައި ހުރި ކަޅު ކުލައިގެ ހީލްސް އަށް އެރިއެވެ. އެއަށްފަހު ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ދިޔައިރު ސިޓިންރޫމްގައި އެންމެން ތިއްބެވެ. ސަމާ އާއި ޔުކްތާ ތިބުމުން އެއީ އީކަން ދައުވަތު ދިނުމުން އައިސްކަން އެނގުނެވެ. އެހެންކަމުން ތާރާ ގޮސް އިށީނދެލީ ދުރުގައި ހުރި ސޯފާގައެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގިހުރެ އޭނާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ.
މީގެ ކުރިން ނަމަ މީހުން މާ ގިނައިން ބަލަންޏާމު ލަދުގަތަސް މިހާރު ތާރާ އަކަށް އެހެނެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ވަނީ އުނދަގުލެވެ. ނޫނީ ގާތަށް އަންނަނީ ރުޅިއެވެ.
އުސްރާ އާއި ނާޒިމް ލޫތު ގޮވައިގެން އައުމުން އެންމެ ތެދުވެ ހިނގައިގަތެވެ. އަދި ކާރަށް އެރިއެވެ. އެ ހުރިހާ އިރުވެސް އެ އެންމެންގެ ތެރޭގައި ވީ ހަމަހިމޭންކަމެވެ. ފާލަން ދޮށަށް ކާރު މަޑު ކުރުމާއި އެކު އެންމެން ފޭބިއެވެ. އަދި ފަޅުގައި އޮތް ލާންޗަށް އެރިއެވެ.
15 ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ލާންޗް މަޑުކޮށްލީ ނާޒިމް ހިންގާ ރިސޯޓްކަމަށްވާ ބްލޫ ވިލެޖް އަށެވެ. ލާންޗުން ފޭބިއިރު އެތާގައި އޮތީ ރަތް ކާޕެޓް އަޅާފައެވެ. އެ ކާޕެޓް މަތިން އެމީހުން ހިނގާފައި ދިޔައިރު ލަފާތަނަށް އައިސް ތިބި އެންމެން އެމީހުންގެ ރީތިކަމަށް ތަޢުރީފު ކުރަމުން ދިޔައެވެ. އެންމެގެ ތެރެއިން ވެސް އެންމެ ބޮޑަށް ލޯތައް އަމާޒުވަމުން ދިޔައީ ތާރާ އަށެވެ. އެހެންކަމުން ހިތްހަމަ ނުޖެހިފައި ހުރެވެސް ތާރާ ކުރިއަށް ދިޔައީ އެއީ އެތާ އެ ތިބީ އޭނާގެ ބޮޑުބޭބެގެ މުވައްޒަފުންނާއި މަޝްހޫރު ވިޔަފާރިވެރިންގެ އާއިލާތައް ކަމަށް ވުމުންނެވެ.
…………………
ނާޒިމްގެ ވާހަކަކޮޅު ނިމުމާއިއެކު މުޅި ހޯލް ތެރޭގައި އަތްތިލަ ބަޑީގެ އަޑާއި ތަރުޙީބުގެ ބަސްތައް ގުގުމާލިއެވެ.
ޕާޓީ ތެރެ ފުދޭވަރަކަށް ހަލަބޮއްޔެވެ. އެންމެން ހީހީފައި މަޖާ ނަގަމުން ދިޔައިރު ތާރާ އިނީ އެކަނިމާއެކަނި ދުރުގައި އިށީނދެލައިގެނެވެ. އޭނާގެ ރުޅިވެރި ދެލޯ އަމާޒު ވެފައި ވަނީ ދުރުގައި ހުރި ޒުވާނަކާއި ދިމާއަށެވެ. ކަޅުކުލައިގެ ސޫޓެއް ލާފައި ހުރި އެ ޒުވާނާ އަކީ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ މީހެއްކަން ކޮންމެ މީހަކަށް ވެސް ޔަގީންވާނެއެވެ. އެ ޒުވާނާ ހިތްހެޔޮ ކަމާއެކު މީހުންނާއި ވާހަކަދައްކަމުން ދިޔަ ގޮތުން ބައެއް މީހުން އޭނާއަށް ތަޢުރީފު ވެސް ކުރަމުން ދިޔައެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެންކުއްޖާވެސް ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކަމުން ދިޔުމުން އެ ދެ ލޯބިވެރިންނާމެދު މީހުންގެ ހިތްތައް މަޑުވަމުން ދިޔަ މަންޒަރު ފެނުނެވެ.
މިއިން ކޮންމެ މަންޒަރެއް ވެސް ދިޔައީ ތާރާގެ ހިތަށް ޒަހަރު ލަމުންނެވެ. އޭނާ މޭގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ހުޅުދިޔައީ ބޮޑު ވަމުންނެވެ. ނަފްރަތުގެ ބާނިތައް ދިޔައީ ހިނދެއް ހިނދަކަށް ބޮޑުވަމުން، ބިޔަވަމުންނެވެ. ނަމަވެސް އޭނާގެ ސިކުނޑީގައިވި ސިހުމާއި ބިރުވެރިކަން ދިޔައީ ކުރި ހޯދަމުންނެވެ.
އެ ދެ ލޯބިވެރިން މީހުންގެ ލޮލުގައި އަޅުވަމުން އެ ދިޔައީ ކިހާ ބޮޑު ދަޅައެއްކަން އެންމެ ބޮޑަށް އެނގޭނީ ހަމަ އެ ނިކަމެތި ތާރާއަށެވެ.
ތާރާ ގޮނޑިން ތެދުވުމަށްފަހު ފާޚާނާބަރި އާއި ދިމާއަށް ދިޔައެވެ. އަންހެނުންގެ ފާޚާނާއަށް ވަދެލުމަށްފަހު ފުން ނޭވާއެއް ލިއެވެ. މިރޭ އަކީ ފަސޭހައިން ނިމޭނެ ރެއެއް ނޫންކަން އޭނާއަށް އެނގެއެވެ. އަދި ޙާއްޞަކޮށް އެދެމީހުން މި ޕާޓީގައި ހުރުމުން ތާރާއަށް ހަމަޖެހުން ލިބޭނެ ކަމާމެދު އޭނާއަށް މިހާރު ޝައްކެވެ.
ދޮރު ހުޅުވާލާފައި މީހަކު ވަތް އަޑަށް ތާރާ އެނބުރި ބަލައިލިއެވެ. ދީމާގެ ލޮލާއި ތާރާގެ ލޯ ސީދާވި ހިނދު ތާރާގެ ހިތްހުއްޓުނު ކަހަލައެވެ. އޭނާގެ ހަނދާނަށް އައީ މީގެ މަހެއް ވަރު ކުރިން ހިނގާދިޔަ ހާދިސާ އެވެ.
——————————————————————–
އެހެން ދުވަސްތަކެކޭ އެއްފަދައިން އެދުވަހު ވެސް ތާރާ ދިޔައީ މިހާރު ކަންތައްތައް ކުރިއަށްދާ ގޮތުގެ ރިޕޯޓު ނާއިލަށް ދޭށެވެ. އެ ބާ ގެގަނޑާއި ކައިރި ވަމުން ދިޔަ ވަރަކަށް ތާރާގެ އަތްފައި ދިޔައީ ފިނިވަމުންނެވެ. އެގޮތަށް އަންނަ ކޮންމެ ފަހަރަކު ނާއިލްގެ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހޭތީ އޭނާ މިހާރު އަބަދުވެސްހެން ހުންނަނީ ހިތްނުތަނަވަސް ވެފައެވެ. ސިހިސިހިއެވެ.
ތާރާ އެގޭގެ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު ވަންނަން ފައި އުފުލާލި ވަގުތު އަޑެއް އެތެރެއިން އިވުނެވެ. އެއީ އަންހެން އަޑެއްކަން އޭނާއަށް ޔަގީންވި ހިނދު، އެތެރެއަށް ނުވަދެ ނަމަވެސް ސިއްރުން ބޯ ކޮއްޕާލާ ބަލައިލިއެވެ.
ފެނުނު މަންޒަރަކުން އޭނާއަށް ވީގޮތް ވެސް ނޭނގުނެވެ. ވަގުތުން ދޮރާއި ދުރަށް ޖެހުނެވެ. “ސުބުޙާނައްﷲ.” ތާރާއަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ރޯ ބަރަހަނާކޮށް އެންމެ ހުތުރު ގޮތުގައި ނާއިލާއިއެކު ގައިގޯޅިވަމުން ދިޔަ އެ އަންހެންކުއްޖާ އެއީ ދެވަނަ ދެމީހެއް ނޫނެވެ. ދީމާ އެވެ.
ގަތް ފަކުރުންނާއި އައި ރުޅިން ތާރާ އުޅުނީ ދާށެވެ. ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ ވާހަކަ ދައްކާ އަޑު އިވުމުންނެވެ.
“ދީމް ބޭބީ، ހާސްނުވޭ. ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. އެ ތާރާ މިހާރު އެހެރީ ގޮތް ހުސްވެފަ. އަހަރެމެންގެ ޕްލޭން ވޯކް ކޮށްފިއްޔާ ކިޔާންގެ ދުވަސް ދުއްވާލެވޭނެ. ދީމް އޭނާ ކިބައިން ރިވެންޖް ނެގޭނެ އޭރުން.” ނާއިލްގެ ވާހަކަތައް އަޑު އިވިފައި ތާރާއަށް ހީވީ މީހަކު އޭނާގެ މޫނުގައި އެތިފަހަރެއް އަޅާލި ހެނެވެ. ދީމާ ކިޔާންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ކޮން ކަމަކަށް ހެއްޔެވެ؟
“އާނ. އެ ކިޔާން ޖެހޭނީ ސަފާ ކުރަން. އަހަރެންގެ ކޮއްކޮގެ ހިތް ކުދިކުދިކޮށް ލިހެން އޭނާގެ ހިތް ވެސް ޖެހޭނެ ފިސް ފިސްވާން. އެކަމަށް ބޭނުންވާނީ ހަމައެކަނި ތާރާ. އެއީ އެއްގޮތް. އެގޮތަށް ކަންތައް ވާން ނެތް ނަމަ… ދެން އަހަރެން ވަރުގެ ނުބައި މީހަކު ނުހުންނާނެ މި ދުނިޔެ އަކު. އެދުވަހަކުން މަށަކަށް ދީމާ ޒިޔާދެއް ނުކިޔާނެ… އެ ތަރާގަނޑު ވެސް ޖެހޭނީ އަހަންނަށް އެއްބަސްވާން. އެއީ ކިޔާން ކަހަލަ ޕްލޭބޯއިސް ދުވަހަކުވެސް ބަދަލެއް ނުވާނެ. ދުވަހަކުވެސް. އަހަރެންގެ ކޮއްކޮ މިދުނިޔެ ދޫކޮށް ދިޔައީތީ ވެސް އަހަރެން ބޭނުން ކިޔާންގެ ކިބައިން ބަދަލު ހިފަން. އެ ފަކީރު ރުއި ވަރު އެނގޭނީ ހަމައެކަނި އަހަންނަށް!… ކިޔާން އާ ތާރާ ދެން ޖެހޭނީ އަހަރެން ޖަހާ ބެރަށް ދެން ނަށަން. ހަހަހަހަހާ!” ދީމާގެ ހުނުމުގެ އަޑު އިވުނެވެ.
ތާރާގެ ހިތް ހުއްޓުނު ކަހަލައެވެ. އަނެއްކާ މިވަނީ ކިހިނެއް ބާވައެވެ؟ ގައިމު ނާއިލް ބޭނުންވަނީ ސަމާ ދެރަކުރާށެއް ނޫން ހެއްޔެވެ؟ ދެން ދީމާ މިތަނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ދީމާގެ ކޮއްކޮއަށް ވީ ކިހިނެއް ބާވައެވެ؟ އަނެއްކާ ކިޔާންއަށް އޭނާގެ މާޒީގައި ކުށެއް ކުރެވުނީ ހެއްޔެވެ؟
ބިރުން ސިހިސިހި ހުރި ތާރާ އިތުރަށް ސިހިގެން ދިޔައީ ދޮރު ހުޅުވުނު އަޑަށެވެ. އެވަގުތު ދޮރު ދޮށުގައި ހުރި ދީމާ ފެނިފައި އޭނާގެ އަތްފައި ފިނިވިއެވެ. ދީމާ ވެސް ސިއްސައިގެން ދިޔައީ އޭނާގެ ޙަޤީޤަތް ތާރާއަށް އެނގުނީމައެވެ.
ދުއްވައިގަތުމަށް ފައި އަޅާލި ތަނާހެން ނާއިލް އައިސް ތާރާގެ އަތުގައި ހިފާފައި ގަދަކަމުން އެ ގެއަށް ވެއްދައި ހޫރާލިއެވެ. ބިންމައްޗަށް ވެއްޓުނު ކަމެއް ނޭނގެ ދެވަނަ ސިކުންތުގައި ތާރާ ހުރީ ކޮޅަށެވެ.
“އަހަރެންނަށް ވަރަށް ކެތްކުރެވިއްޖެ. އެކަމަކު ދެނެއް ނުވާނެ. އަހަރެން ބޭނުން އެނގެން މިއަށް ކިޔާން ތިވައްދާ ސަބަބު. ދީމާ ކިޔާންއަށް ތިހާ ހާޓް ކުރަން ބޭނުންވާ ސަބަބު.” ތުރުތުރު އަޅާ ހާލު ތާރާ ބުންޏެވެ.
“އޮހް ސޯ ކިޔާންގެ ކުޑަ ކުޑަ ޕްރިންސެސް މިހާރު ހަޤީގަތް އިނގެން ބޭނުންވީތަ؟” ދީމާ ހިނިގަނޑެއް ޖަހާލިއެވެ. “ހުރިހާ އެއްޗެއް އަޑުއަހާފަ ކެތްވާނެތަ؟” ވިހަ ހިނިތުންވުމަކާއި އެކު ދީމާ އަހާލިއެވެ. ތާރާ ބޯ ޖަހާލިއެވެ.
“އެންމެ ރަނގަޅު. އަޑުއަހާ. އައި ވާންޑް ޔޫ. ފަހުން ނުބުނާތި ނުބުނެޔޭ… އެނީވޭސް… އެއީ މީގެ އަހަރުތަކެއް ކުރި. އަހަރެން ގަބޫލެއް ނުކުރަން ކިޔާން އަކީ ޕްލޭބޯއި އެއްކަން ހަނދާންކޮށް ދޭންޖެހޭ ކަމަކަށް. ކިޔާންގެ އެ ނުލަފާކަމުގެ ޝިކާރައިގަ ޖެހުނީ އަހަރެންގެ ކޮއްކޮ، އީމާ. ދޭ ޑޭޓެޑް ފޯ އެ ލޯންގް ޓައިމް. އަހަރެން އީމާ ގާތު އެތަކެއް ފަހަރު ބުނިން ކިޔާން އަކީ ރަނގަޅު ކުއްޖެއް ނޫނޭ. ކިޔާން އީމާ ދޫކޮށް ލާނޭ!” ދީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
“އެކަމަކު އީމާގެ ހަރު ބޮލަކަށް އަހަރެން ކީ އެކައްޗެއްވެސް ނުވަތް. އޭނާ ބޭނުންވީ ކިޔާން. އަބަދުވެސް ކިޔާން ކިޔާން ކިޔާން. ކިޔާން އޭތި ކިޔާން މީތި. ކިޔާން އެހެން ކިޔާން މިހެން. އެނޫން ނަމެއް ވެސް އެ މޮޔަ ސިކުނޑިގަނޑުގަ ނެތް.”
ތާރާގެ ހިތަށް އުނދަގޫ ވަމުން ދިޔަ ނަމަވެސް އެކަން މޫނު މައްޗަކުން ނުދައްކައެވެ.
“އަހަރެން ބޯގޮވާ ވަރުވެ އެއުޅޭ ކިޔާންގަނޑާ ހެދި. އަހަރެން ބުނިން އީމާ ގާތުގަ އެ ނުލަފާ އިންސާނާ އީމާގެ ޅަ ހިތް ހަލާކުވެސް ކޮށްލާނޭ އަދި. ހުރިހާ އިރަކު ވެސް އޭނާ ދިނީ ބީރު ކަންފަތެއް. އިނގޭތަ ކީއްވެ ކަން މޮޔަ ތާރާ؟” ދީމާ ތާރާ އާއި ދިމާއަށް ބަލައިލި ގޮތުން ތާރާއަށް ސިފަވީ ވަލު ޖަނަވާރެއް އޭތީގެ ޝިކާރައަށް ބަލާގޮތެވެ.
“ކަލޭގެ ލޯބިވާ ކިޔާންގެ ސަބަބުން! އަޑު އިވިއްޖެތަ؟! އެ ނުލަފާ ހައިވާނުގެ ވަސްވާހުގެ އަހަރެންގެ ކޮއްކޮ ހުރީ ރަނގަޅަށް ޖެހިފަ!” އެތާ ހުރި ގޮނޑިއެއް ހޫރާލަމުން ދިމާ ހަޅޭއްލަވައި ގަތެވެ.
“ދެން ވީގޮތް އިނގޭތަ؟ އެ މާ ރަނގަޅު ކަމަށް ބުނާ ކިޔާން އެ މޮޔަގަނޑަށް ޗީޓް ކުރަނިކޮށް ފެނުނީ. ހަހަހާ! އީމާގެ ވެސް މޮޔަކަން ދޯ. ކިޔާން ވޯޒް ސްކްރުއިން އަނަދާ ބިޗް. އިން ދި އިންޑް އެ މޮޔަ މޮޔަ އީމާ ޖެހުނީ އަހަރެން ގާތަށް ރޮމުން އަންނަން. އަދި އެނގޭތަ؟ އެދުވަހު ފަހުން ކިޔާން އައިސް ބްރޭކް އަޕް ވީމަ ވެސް އީމާ ދުލެއް ނުކުރި. ދެންވެސް ކިޔާން ފަހަތުން ދުވީ. ކިޔާން މީހުން ކުރިމަތީ އީމާ ރޮއްވާލުމުން ވެސް އީމާ އަށް ކިޔާން ވަރެއް ނުވި. ކިޔާން. ކިޔާން. ކިޔާން. އެވަރުން ނުވެގެން ކިޔާން ސްކޫލް ނިމޭ ގަޑިއަށް ސްކޫލް ދޮށަށް ގޮސް ވެސް މީހުންތައް ކުރިމަތީ އާދޭސް ކުރި. ދެން ވެސް ކިޔާން އޭނާއަށް ހެދީ ހަދާނެ ގޮތެއް. އޭނަގެ ބޫޓުގަ ތަތްލާފަ އިން ޗުއިންގަމް ކިރުގަނޑެއްހެން އީމާ އާއި މެދު ކަންތައްކުރީ.”
“އަނެއްކާވެސް އެމީހުން ޑޭޓް ކުރަން ފެށި. އީމާގެ އާދޭހަށް. ކިޔާން އޭނަ ދެކެ ލޯބިވާތީ އެއްނޫން. އީމާ ހުއްޓާލާނީ އޭރުންކަން އެނގޭތީ. ދެން ދުވަސްކޮޅެއް ނުވެ ދަންވަރަށް އީމާ ދާން ފެށީ ބޭރަށް. ކުރުކުރު ހެދުން ލާފަ، މޭކަޕްކޮށްލައިގެން ނަލަ ހެދިގެން. ކިޔާން ހުންނާނެ ބަލާ އައިސް. ދެން ގޮސް ގަންނަގަނޑެއް ނޭނގޭނެ އެކަކަށްވެސް. އަނބުރާ އަންނާނީ ފަތިހު 4، 5 ޖަހާ ހައިއްކަ އިރު. ގެއަށް ވަދެގެން ދާނީ އެކަކަށް ވެސް ބަލާ ނުލާ. ސީދާ ކޮޓަރިއަށް. އަހަރެން ވެސް އަޅައެއް ނުލަން ފަހަކަށް އައިސް. އެހެންނު ވާނީ ވެސް. އަހަރެން ބުނާ އެއްޗެއް އެ ހިލަގަނޑު އަޑު އަހަނީކީ ނޫން ވިއްޔަ. އެހެން އުޅެމުން އަނެއްކާ ބްރޭކް އަޕް ވެއްޖެ. ހަމަ ކުރިއެކޭ އެއްގޮތަށް ކޮއްކޮ ފެށީ އާދޭސްކުރަން. 2 މަސް ވީތަނާ އީމާ ބަލިވާން ފެށީ. ކޮންމެ ކޮންމެ އެއްޗެއް ނުކެވެ. ހޮޑުލާ ކަންތައް ކުރަން ފެށީ. އަބަދު ވަރުބަލި ވެފަ ހުންނަނީ. ފަލަވާން ފެށީ. ޝީ ކްރައި ހާސެލްފް ޓު ސްލީޕް އެޓް ނައިޓް. އަހަރެމެން އީމާ ބަލިވީމަ ހާސްވެގެން ޑޮކްޓަރ އަށް ދައްކަންދާން ބުނީމަ އެއްބަހެއް ނުވި. ދުވަހަކުން ދުވަހަކަށް ކޮއްކޮގެ ބަލި ދިޔައީ ބޮޑުވަމުން. މީހާ ދިޔައީ ފަލަވަމުން. އެންމެފަހުން އަހަރެމެން އޭނާ ގަދަކަމުން ގޮވައިގެން ހޮސްޕިޓަަލަށް ގެންގޮސް ޓެސްޓު ހެދުވީ. އިނގޭތަ ވީ ކީއްކަން؟ އެނގޭތަ ކޮއްކޮގެ ބައްޔަކީ ކޮބައިކަން؟” ދީމާ ބަލައިލީ ތާރާއަށެވެ.
އޭރު ތާރާގެ ލޯ ފެންކަޅި ވެއްޖެއެވެ. ދީމާ ނުބުންޏަސް އީމާ އަށް ވީ ކީއްކަން ތާރާއަށް އެނގިއްޖެއެވެ. އޭނާގެ ހިތަށް އެންމެ ތަދުވީ ކިޔާން އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. އަދި މީގެ ކުރިން އޭނާ ގާތު ކިޔާން އެކަހަލަ ވާހަކައެއް ވެސް ނުބުނެއެވެ.
“ބޭނުން ތަ އެނގެން ތާރާ؟” ދީމާ އަހާލިއެވެ. ތާރާ އަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ބަސް ހުސްވެއްޖެއެވެ. އޭނާ ބުނާނެ އެއްޗެއް ނެތެވެ.
“ބޭނުން ހެއްޔޭ އިނގެން ތާރާ؟!” ދީމާ އައި ގޮތަށް އައިސް ތާރާގެ ކޮލުގައި ހިފައި ގަތެވެ. ވީތަދުން ތާރާ ހަޅޭއްލަވައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އަނގަޔަކުން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. ދީމާ ތާރާގެ ގައިގައި އަޅާ ކޮއްޕާލިއެވެ. އޭރު ނާއިލް ހެވިފައި އެ މަންޒަރު ބަލަން ހުރީއެވެ.
ތާރާ އަރިއަޅާލައިގެން ބިންމައްޗަށް ވެއްޓުނު ގޮތަށް ފައި ވިދުނެވެ. އެހެންކަމުން ތެދުވަން އުޅެއުޅެ ނުތެދުވުނެވެ.
“ކަލޭގެ ލޯބިވާ ކިޔާން. ދި ސޯ ކޯލްޑް ގްރެއިޓް ކިޔާން ގޮޓް މައި ސިސްޓާ ޕްރެގްނެންޓް!”
ދީމާގެ ބަސްތަކުން ތާރާގެ ކަންފަތުގައި ހޮނުގުގުރިއެއް ޖަހާލި ފަދައެވެ. ބޭއިޚްތިޔާރުގައި އަމިއްލަ މޭގައި އަތް އަޅާލެވުނީ އެދިމާއަށް އެރި ތޫނު ތަދުންނެވެ. “ނޫން. ނޫން. އެހެނެއް ނުވާނެ. ކިޔާން ތިކަހަލަ ކަމެއް ނުކުރާނެ. ނޫން ނުކުރާނެ. އަހަރެންގެ ކިޔާން އެއީ ތިހާ ގޯސް މީހެއް ނޫން.” ތާރާއަށް ބުނެވުނެވެ.
“އެހެންތަ؟ ދެން ތިބުނަނީ ތި ކިޔާން އަކީ މާ ޞާލިޙު މިހެކޭތަ؟ ހަހަހާ. ތާރާ ޔޫ އާ ސޯ ފަނީ. ބަޓް އައި ޑޯންޓް ލައިކް ޔުއަރ ޖޯކް. ތި ތާރާ ލޯބިވެވިގެން ތިއުޅޭ ކިޔާން އަކީ ރަނގަޅު މީހެއް ނޫން. އަދި އޭނާ ތާރާ ވެސް ދޫކޮށްލާނެ. ބަޓް އައި ޑޯންޓް ބްލޭމް ޔޫ ފޯ ފޯލިން ފޯ ހިމް. އޭނަ އަކީ މީހުންގެ ސިކުނޑިއާއި ހިތާ ކުޅެން މޮޅު މީހެއް. މީހުންނަށް ދަޅަދެއްކުމަށާ މީހުން ހައްލާށާ ފޭކް ޖެއްސުމުން ސެޓްފިކެޓް ހާސިލު ކޮށްފައި ހުރީ. ބުނާނެ އުޑުން ތަރި ބާލާ ދޭނަމޭ. ހަހަހާ.” ދީމާ ހޭންފެށިއެވެ.
“ގަބޫލެއް ނުކުރާނަން.” ތާރާ ދެލޯ ފުހެލަމުން ބުނެލިއެވެ.
“އޮހް. ނުކުރާނަން؟ ތާރާ އަށް އެނގޭތަ އީމާ ކިޔާން ގާތު އޭނާ ބަނޑުބޮޑު ވާހަކަ ބުނީމަ ކުރިކަންތައް؟ ހީ ރިފުޒްޑް. އެއީ އޭނަ ދަރިއެއް ނޫންކަމަށް އެ ނުލަފާ ހައިވާނުގަނޑު ބުނީ! ކުށްވެރިވީ އަހަރެންގެ އާއިލާ! އަހަރެންގެ ކޮއްކޮ އީމާ! ބަދުނާމުވީ ވެސް އަހަރެންގެ ކޮއްކޮ! އެ ކިޔާން ހުރީ ހުރިހާ އެއްޗެއް ދުރުގަ ބަލަން. ހުރިހާ ބޮނޑިއެއް އީމާ އަށް! އެހެންނެއްނު ވާނީވެސް ކިޔާންގަނޑު އެޅިހާ ބަތަކަށް ރިހަ ވެގެން ހުންނަންޏާ! އިނގޭތަ އަހަރެންގެ ކޮއްކޮ ވިހެއީ ހާދަ ވޭނެއްގައޭ! ދުވަސް ނުފުރާ ވިހެއީ! ވިހިގޮތަށް އަހަރެންގެ ބޮލަށް ދަރިޖަހާފަ ފިލީ! ދެ ދުވަސް ފަހުން ފެނުނީ މަރުވެފަ އޮތް މަސްގަނޑު. ޝީ ކިލްޑް ހާސެލްފް. ދަން ޖެހިގެން މަރުވީ. އޭގެ ހަފްތާ އެއް ފަހުން ބޭބީ އީމާން މަރުވީ. އެދުވަހު އަހަރެން އަޒުމް ކަޑައެޅިގެން. ވަޢުދުވިން އަމިއްލަ ނަފްސަށް. އީމާ ކުރިމަތިލި ވޭން އެ ކިޔާންގަނޑަށް އިހުސާސް ކުރުވަން. އެކަން ކާމިޔާބު ކޮށްފަކާ ނޫނީ އަހަރެން ނުހުއްޓާނަން. ލާހިކެއްނޫން އެކަކު ވެސް އަހަރެން ހުއްޓުވާކަށް. މި ބުނީނު. ލާހިކެއްނޫން.”
“އަ.. އަހަރެން ތި ކަމަކަށް އެހީއެއް ނުވެދޭނަން. އެއީ ކިޔާން ކޮންމެ ކަހަލަ ކުށެއް ކުރިޔަސް މިހާރު އޭނަ އަކީ ކުރީގެ ކިޔާން ކަމަށް ނުވާތީ. އޭނާ ކުށް ކުރި. އަހަރެން ވެސް ގަބޫލުކުރަން. އެކަމަކު އޭނާ މިހާރު އެ އާދަ ދޫކޮށްލައިފި.” ތާރާ ހިންދިރުވާލިއެވެ.
“އަހަ؟ ތާރާ ހީކުރީ މިކަމެއް ނުކުރާނަމޭ ބުނީމަ ނިމުނީކަމަށްތަ؟” ދީމާ ތާރާ އާއި ހިސާބަށް ގުދުވެލަމުން އެއްސެވެ. “އެންމެރަނގަޅު. ތާރާ އަހަރެމެންނަށް އެހީ ނުވެ ހުރޭ ތިހެންވީރު. ކިޔާންގެ އަދަބު ކުޑަ ކުރަން ތާރާ މިއަށް ލީ ވެސް. އެކަމަކު ތާރާ ބައިވެރި ނުވަންޏާ ދެން ޖެހޭނީ ކިޔާންގެ އަދަބު ބިޑުކުރާށެއްނު؟ އެހެންވީމާ ޖެހޭނީ ކިޔާންގެ ދިރިއުޅުން ހަލާއްކޮށްލަންތާ. ކިޔާން… ހަލާކު ކޮށްލަން.”
“ތި..ތިބުނީ ކީކޭ؟”
“އޮހް ލިޓްލް އިނޮސެންޓް ތާރާ. މި ބުނާ އެއްޗަކީ ކިޔާންގެ ދުވަސް ދުއްވާލާށޭ ޖެހޭނީ.”
“ނޫންންންން!” ތާރާއަށް ހަޅޭއްލަވައި ގަނެވުނެވެ. “އޭނާއަށް އެހެން ނުހަދާތި! ޕްލީޒް. އެހެން ނުހަދާތި!”
“އެހެންވީރު ތާރާ އެއްބަސްވޭ އެހީވާނެ ކަމަށް. އެހީ ލިބޭނެ ކަމަށް. ކިޔާންގެ ހިތް ކުދިކުދި ކޮށްލާނެ ކަމަށް. މޭކް ހިމް ފީލް ވަޓް ބިޓްރޭޔަލް ފްރޮމް ދި ޕާސަން ހީ ލަވް އިޒް ލައިކް! ބްރޭކް ހިމް ބިޔޯންޑް ރިޕެއާ. އެއްބަސްވޭ!”
ތާރާ ދެރަވެފައި، ގޮތްހުސްވެފައި ތާރާ އިސްދަށަށް ޖަހާލިއެވެ. “އައިމް ސޮރީ ކިޔާން.” ތާރާ ލޯ މަރާލަމުން ބުނެލިއެވެ. އެވަގުތު ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
ތާރާ ދިމާއަށް ބަލައިލިއެވެ. “އެއްބަސް.”
“އެއްބަސްވޭ އަމިއްލަ ނަފްސު ގުރުބާން ކުރަން ޖެހުނަސް މިކަން ކުރާނެ ކަމަށް.” ނާއިލް އައިސް އޭނާ ކައިރީ ހުއްޓުނެވެ. “ތިބުނީ؟” ތާރާ އަހާލިއެވެ.
“ނޮޓް ދެޓް ވީ އާ ގޮނާ ކިލް ޔޫ. ބަޓް ޔޫ ވިލް ފޭސް ލޮޓްސް އޮފް ޓްރަބަލް. ވަރަށް ބައިވަރު. ބަޓް ޔޫ ހޭވް ޓު ފޭސް ދެމް ކިތަންމެ ވަރަކަށް ބެކް ޑައުން ކުރަން ބޭނުންވިޔަސް. ވެލް އިފް ޔޫ ވޯންޓް ކިޔާން އެލައިވް އެޓް ލީސްޓް.” ވިހަ ހިނިތުންވުމަކާއި އެކު ދީމާ ބުނެލިއެވެ.
“އަ.. އަހަރެން…”
“… އަހަރެން އެއްބަސް.”
———————————————————————
“ފޭންސީ ސީއިން ޔޫ ހިޔާ ތާރާ.” ދީމާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. އޭރު އޭނާގެ ލޮލުގައި މަކަރާއި ހީލަތްތެރި ކަމުގެ ތޫނު ވިދުވަރެއް ވިއެވެ.
??????????????
Hope you guys like this chap! ?
❤️❤️
Love you all ????
Shai ?
2 Comments!
Comments are closed.
Varah reethi Maasha Allah ???
And very emotional nimun iru nuves egey???
Mi vaahaka ah alah mi comment mi kuraney ekam abadhu ves vaahaka kiyan…
Stay safe tc
varah reethi masha Allah