“ވަޓް ޑޫ ޔޫ ވޯންޓް؟” ތާރާ ހިތްހަމަ ނުޖެހިފައި އެއްސެވެ. “އޮހް ޔޫ ނޯ ވަޓް އައި ވޯންޓް. ބީ ރެޑީ ޓުނައިޓް.” އެހެން ބުނެފައި ދީމާ ނިކުމެގެން ދިޔައެވެ. ދީމާ އެބުނީ ކީކޭ ކަމެއް ތާރާައަކަށް ނޭނގުނެވެ. އެހެންނަމަވެސް އެއީ މިރޭ ކޮންމެވެސް ކަމެއްވާނޭ ކަމުގެ އިންޒާރެއް ކަން ވިސްނުނު ހިނދު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

 

މުޅި މާހައުލުގައި މީހުންތައް ވާހަކަ ދައްކަމުން ދިޔައިރު އެކަނިމާއެކަނި ސަމާ ހުއްޓެވެ. އޭނާ މޫނުމަތިން ކަމަކާ ވަރަށް ފުންކޮށް ވިސްނާކަން ދޭހަވިއެވެ. އޭނާގެ ނިތަށް ރޫ އަރާފައިވީއިރު ދެލޯ ސީދާވެފައި ހުރީ ފާރާ ދިމާއަށެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ އެ ވުސްނުމެއް ނުވަތަ ހިޔާލެއް އޭނާއަށް އުނދަގޫ ކުރާކަމެވެ. އޭނާ ދެރަ ކުރަމުން ދާ ކަމެވެ.

ސަމާ ލައިގެން ހުރީ މިނާއޮށުން ޖަރީކޮށްފައިވާ ގަދަ ނުލާއި ހުދުކުލައިގެ ވަށްތިރި ހެދުމެކެވެ. މަހުމާ ފޮތިން އެ ހެދުން ތައްޔާރު ކޮށްފައިވާއިރު އޭނާ އާއި ވަރަށް ގުޅެއެވެ. ބޮލުގައި ވެސް އަޅާފއި ވަނީ ގަދަ ނޫކުލައިގެ ޝޯލެކެވެ. އެ ޝޯލް މަތިން ހުދުކުލައިގެ މިނާއޮށް ޖެހި ބޭންޑެއް އަޅާފައި ވިއެވެ. ލޮލުގައި މަސްކަރަ ޖައްސާފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއްގެ ލިޕުސްޓިކެއް ޖައްސާފައި ވުން ނޫން އިތުރު މޭކަޕެއް އެ ކުޑަކުޑަ މޫނުގައެއް ނުވެއެވެ.

ސިހިފައި ސަމާ ފާރާއި ނަޒަރު ދުރުކޮށްލީ އޭނާގެ ކައިރީގައި މީހަކު ހުއްޓެލުމުންނެވެ. އަނެއްފަރާތަށް އެނބުރުނުގަނޑީގައި ކައިރީ ހުރީ ކާކު ކަން އެނގުމުން އޭނާގެ ހިތް އަވަސްވިއެވެ.

 

“ސަމާ.” އޭނާގެ ތުންފަތް ފޫއަޅުވާ ލަމުން ސަމާގެ ނަން ބޭރުވިއެވެ.

“ޖައި.. ޖައިލަމް.” ހިންދިރުވާލަމުން ސަމާ ވެސް ޖައިލަމަށް ގޮވާލިއެވެ. “ސަމާ ހަމަ އަހަރެންނަށް ޖަވާބެއް ނުދޭނަންތަ؟ އާރ ޔޫ ގޮނާ ކީޕް އިގްނޯރިން މީ؟” ޖައިލަމް އެއްސެވެ. އެ އަޑުގައި މޮޅިވެރިކަން ވިއެވެ. ސަމާއަށް އިސްދަށަށް ޖަހާލެވުނީ ކުށްވެރިއެއްގެ އިހުސާސް ކުރެވުމުންނެވެ. “އައިމް ސޮރީ.”

ސަމާގެ މައުސޫމް އަޑުން އެހެން ބުނުމާއެކު ވެސް ޖައިލަމްގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. “ޑޯންޓް. އައިމް ނޮޓް މޭޑް އެޓް ޔޫ. އައި ޖަސްޓް ވޯންޓް އޭން އާންސް. އިޓްސް އޯކޭ އީވެން އިފް ޔޫ ރިޖެކްޓް މީ. ބަޓް އައި ބިލް ފައިޓް ފޯ ޔޫ.”

“އައި.. ޖައިލަމް. އައި ޑޯންޓް ހޭޓް ޔޫ އޮރ އެނީތިން. އައި ހޭޑް އެ ބޭޑް އެކްސްޕީރިއެންސް އިން ލަވް އިޔާޒް އެގޯ. އައި ގޭވް އަޕް އޮން ލަވް އެ ސަބަބާ ހުރެ.” ސަމާ މަޑުމަޑުން ބުނެލިއެވެ.

 

މިވީ ދުވަސްތަކުގެ ތެރޭގައި ސަމާގެ ހިތުގައި ޖައިލަމާއި މެދު އޮންނަ އިހުސާސްވަނީ ބޮޑުވެފައެވެ. ނާއިލަށް ޓަކައި ހިތުގައިވާ ފަޅި ވަނީ ކުޑަވެފައެވެ. ތަފާތަކީ އެ ހިތުން އަދިވެސް ނާއިލްގެ ނަން އެއްކޮށް ފިލައިގެން ގޮސްފައި ނުވާ ކަމެވެ. ހިތުގެ ކަނެއްގައި ފަނޑު ދެލިއަކުރުން އެނަން އަދިވެސް ލިޔެފައިވާ ކަމެވެ.

ސަމާއަށް އެކަން އެނގޭ ވެސްމެއެވެ. ނަމަވެސް ޖައިލަމަށް ވަކި ޖަވާބެއް ނުދީ އޭނާ އެހުންނަ ސަބަބުތައް ގިނައެވެ. ފުރަތަމަ ސަބަބަކީ ނާއިލް އަނބުރާ އައިސްފާނެ ކަމަށް ކުރެވޭ އިންތިޒާރެވެ. ކުށްހީ އެކެވެ. ދެވަނަ ކަމަކީ ޖައިލަމަށް އާނބަސް ބުނުމަށް ފަހު ޖައިލަމްދެކެ ލޯބިވެވޭ ހިސާބުން ޖައިލަމް އޭނާ ދޫކޮށްލާާނެ ކަމުގެ ބިރު ހީއެވެ. ދެން އޮތް ސަބަބަކީ ސަމާ ޖައިލަމް ދެކެ ލޯބިނުވެވި ދާނެ ކަމުގެ ބިރާއި ޖައިލަމް ދެރަވާ ކަހަލަ ކަމެއް ކުރެވިދާނެތީ އޮންނަ ޝައްކެވެ.

 

“ސަމް އަކަށް އަހަރެން ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން. އެއީ ޔަގީން ކަމެއް. އަހަރެން މުޅި އުމުރުގަވެސް އަންހެން ކުއްޖެއްދެކެ މިކަހަލަ ފީލިންގްސް އެއް ނުވޭ. ދިސް އިޒް މައި ފަސްޓް ޓައމް މީހެއް ދެކެ ލައިކްވާ. ވިޗް އިޒް ވައި އަދި އަމުދުން އަހަރެން ސަމް ދެރަ ނުކުރާނަން. އެކަމަކު އަހަރެން އޮޅުމަކުން އެއްޗެއް ނުބުނެވޭނެ ކަމަކަށް ޕްރޮމިސްއެއް ނުކުރާނަން. އެއީ ސަބަބަކީ އަހަރެންނަކީ ވެސް އިންސާނެއް ކަމަށް ވާތީ. ކުށް ވެސް ކުރެވޭނެ.” ޖައިލަމް ސަމާގެ ލޮލަށް ބަލާލަމުން އެހެން ބުނިއިރު ވެސް އެ އަޑުގައި ވާ ލޯބި ފާޅުވެގެން ދިޔައެވެ. އެކަން ހުދު ސަމާއަށް ވެސް ފާހަގަ ކުރެވުނެވެ.

“ޖަ.. ޖަ.. އަހަރެން.. ޖައިލަމް އަހަރެންނަށް ވިސްނާލަން ދެވިދާނެތަ 3 ވަރަކަށް ޑޭސް؟” ސަމާ ފުރަތަމަ ފަހަރަށް އިސް އުފުލައި ޖައިލަމަށް ބަލައިލިއެވެ.

ޖައިލަމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ޔެސް. އައި ވިލް ގިވް ޔޫ 3 ޑޭސް. އުންމީދު ކުރާ ޖަވާބު ލިބޭތޯ އަހަރެން ދުޢާ ކުރާނަން.”

ސަމާގެ މޫނުމައްޗަށް ޖަންބުކުލަ ވެރިވިއެވެ.” އޯކޭ.” އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިދާލިއެވެ. އަނެއްކާ އޭނާއަށް ޖައިލަމް ދެކެ ލޯބިވެވެނީ ބާވައެވެ؟

 

“ސަމް…” ޖައިލަމްގެ ބަސްތަކަށް ހުއްޓުމެއް އައީ ދުރުގައި ހުރި މީހަކު އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ޖައިލަމްގެ މޫނުމައްޗަށް އެރި ކުލަވަރުން ހައިރާންވެފައި ސަމާ ވެސް އެނބުރެލިއެވެ. އަދި ޖައިލަމްގެ ދެލޯ ސީދާވެފައިވާ ދިމާއަށް ބަލައިލިއެވެ.

ފެނުނު މަންޒަރަކުންނާއި ފެނުނު މީހާގެ ސަބަބުން ސަމާގެ ހިތް އަނގަޔަށް ނައީ ކިރިޔާއެވެ.

…………..

“ދޫކުރޭ އަހަރެން އަތުން.” ތާރާ ގަދަ ހަދަމުން ދިޔައެވެ. އޭރު އޭނާގެ އުޅަނބޮށީގައި ނާއިލް ހުރީ ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. “ކިހިނެއް ވެގެންތަ ތިއުޅެނީ ނާއިލް؟ އަހަރެން ހަމަ ފާޚާނާއިން ނިކުމެގެން އައިސް ހަމަ ޖެހިލާ އިރަށް އައިސް ތިހިފާ އަތުގަ! ދޫކުރޭ!” ނާއިލް ނޫން މީހަކަށް ނީވޭ ވަރަށް ތާރާ ވާހަކަ ދައްކަމުން ދިޔައެވެ.

“ބުނިން ދޯ މިރެއަށް ތައްޔާރު ވެގެން ހުންނާށޭ… އާދޭ އަހަންނާ އެކު.” ތާރާގެ އަތުގައި ހިފައި ދަމައި ގަންނަމުން ނާއިލް ހަރުކަށި ކަމާއެކު ބުންޏެވެ. “ނޯ. ނާއިލަށް ނުފެނޭތަ މިރޭ މިތާ ބަޔަކު ތިބި ކަމެއް؟ އަހަރެންގެ ބޮޑުބޭބެ ވެސް ވީ މިތާއޭ! ދޫކުރޭ!” ތާރާ ބިރުގަތެވެ. އޭރު އެމީހުނާއި ދިމާއަށް ހަރު ހިނގުމެއްގައި އައި ޖައިލަމް ނުފެނެއެވެ.

 

“ވަޓްސް ގޮއިން އޮން؟” ޖައިލަމްގެ އަޑު އިވިފައި ތާރާ ސިހިގެން ދިޔައެވެ. ނާއިލް ވެސް ނުވިސްނާ ހުރުމުން ތާރާގެ އަތުން ދޫކޮށްލިއެވެ.

“ނާއިލް…” އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިވުނީ ސަމާގެ އަޑެވެ. ތާރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ނާއިލްގެ ދެލޯ ނަފްރަތުން ފުރިގެން ދިޔައެވެ. ސަމާ އައިސް ހުއްޓެލީ ނާއިލް ކުރިމަތީއެވެ. “ހަހް. ހާދަ ލޯންގް ޓައިމްއެއް ފަހުންނޭ ދޯ.. ހަހަހަ. ސަމާ ދަ ބަމާ.” ނާއިލް ހިނިގަނޑެއް ޖަހާލިއެވެ. ތާރާ ގާތަށް އައި ރުޅީގައި އަނގަ ހުޅުވާލީ އެއްޗެއް ބުނުމަށެވެ. ނަމަވެސް އަނބުރާ އެ އަނގަ ލައްޕާލަން މަޖުބޫރުވީ ނާއިލް އޭނާގެ ލޮލުން ތާރާއަށް އިންޒާރެއް ދިނުމުންނެވެ.

 

“އައި ސީ ޔޫ އާރ އެ ޖާކް އޭޒް އޯލްވޭސް. ލުކް ނާއިލް. ލީވް މައި ބެސްޓް ފްރެންޑް އެލޯން!” ސަމާ އެހެން ބުނެފައި ތާރާގެ އަތުގައި ހިފައި ހަނގައިގަތީ ދުރަށެވެ. ތާރާ އަށް ސަމާ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތަށް ފަހުވެސް ސަމާ އެގޮތަށް އަމަލު ކުރުމުން ތާރާގެ ހިތުގައި ރިއްސާލިއެވެ. ސަމާގެ ހިތުގެ ހާލު މިވަގުތު އެއަށް ވުރެ ދެރަ ވަނެ ކަން ވެސް އެނގޭތީއެވެ. ސަމާއަށް އިޖާބަ ދެމުން ނާއިލްގެ އިންޒާރުތަކުގައި ކޮޅުފައިން ޖަހާފައި ދެވުނީވެސް އެހެންވެއެވެ.

 

ސަމާ ތާރާ ގޮވައިގެން ދިޔައީ މީހުން މަދު ހިސާބަކަށެވެ. އެ ދެ ކުދިން ފަހަތުން ޖައިލަމް ވެސް އައެވެ. “ތާ. ވަޓްސް ގޮއިން އޮން؟ ނާއިލް ކީއްކުރީ. ބުނޭ. ޑިޑް ހީ ހާޓް ޔޫ؟” ސަމާ ތާރާ އާއި ދިމާއަށް އެނބުރެމުން އަހާލިއެވެ. ޖައިލަމް ވެސް ވާނުވާ ނޭނގޭ ހާލު ތާރާއަށް ބަލައިލިއެވެ.

ތާރާއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. މި ކުރެވުނު ކަމުން ނާއިލް ރުޅި އަންނާނެ ވަރު އެނގިފައި ބިރުގަތެވެ. އެއީ އޭނާ ރުޅިފިއްޔާ ކޮންމެ ކަމެއް ކުރަން ވެސް ޖެހިލުން ނުވާނެތީއެވެ. ސަމާ އަށާއި ޖައިލަމަށާއި ކިޔާނަށް ވެސް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ހައްތާވެސް އަމިއްލަ ސުންޕާ ކަމުންނެވެ.

 

ތާރާ އަވަސްއަވަހަށް ސަމާގެ އަތުން އޭނާގެ އަތް ދަމައިގަތެވެ. އެ އަމަލުން ސަމާ ދެރަވިއެވެ. “އަހަރެންގެ ލައިފްގަ ހިނގާ އެއްވެސް ކަމަކީ ސަމާ އާއި ބެހޭ ކަމެއް ނޫން. ދިސް އިޒް މައި ލައިފް. ސޯ ސްޓޭ އައުޓް އޮފް އިޓް ސަމާ!” ތާރާ އަމިއްލަ އަޑުގައި ނުރުހުން ފާޅުކުރަމުން އެއްސެވެ.

“ތާ… ތާ ވަޓް ހެޕެންޑް ޓު ޔޫ؟ ކުއްލިއަކަށް ކީއްވެ ސަމް ދެކެ ރުޅި އަންނަން ތިފެށީ؟ ޓެލް މީ. ޑިޑް އައި ޑޫ ސަމްތިން ރޯންގް؟” ސަމާ މާޔޫސްކަމާއެކު އެއްސެވެ. “ކިތައް ފަހަރުތަ ސަމާ ގާތު ބުނަން ވީ މީ އަހަރެންގެ ދިރިއުޅުމޭ؟! ސޯ ޝަޓް އަޕް. ޖަސްޓް ޝަޓް އަޕް! ޔޫ ޕީޕަލް އެނޯއި މީ. ޔޫ އާ އެނޯއިން އައިމް ބޯރްޑް އޮފް ޔުއާ ސްޓުޕިޑިޓީ! އަޑު އިވިއްޖެ މިހާރު؟” ތާރާ ކުޑަކޮށް އަޑު ބާރުކޮށް ލިއެވެ.

ތާރާގެ ބަސްތައް އިވިފައި ސަމާ ވެސް އަދި ޖައިލަމް ވެސް ސިހުނެވެ. ބޭއިޚްތިޔާރުގައި ސަމާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ކަރުނަ ތިކި ފޮހެލިއެވެ. “އެންމެ ރަނގަޅު. އަ.. އަހަރެން…” ސަމާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ތާރާ އާއި ދުރުގަ ހުންނާނަން މީގެ ފަހުން.” އެހެން ބުނެފައި ސަމާ އެތަނުން ދުރަށް ހިނގައިގަތެވެ. ދެވަނަ ފަހަރަށް ފަހަތް ބަލައިލުމެއްނެތިއެވެ.

ސަމާ ތާރާއަށް ‘ތާ’ ގެ ބަދަލުގައި ‘ތާރާ’ ކިޔުމުން ދެރަވިއެވެ. ނަމަވެސް އެކަމެއް މޫނުމަތިން ނުދައްކައެވެ.

 

“އައި ޑޯންޓް ބިލީވް ޔޫ ތާ. އައި ޑޯންޓް. ޔޫ ކާންޓް ފޫލް މީ.” ޖައިލަމް ބުނި އަޑު އިވިފައި ތާރާ ބަލައިލިއެވެ. “ދެން ޑޯންޓް ބިލީވް މީ ޖައިލަމް. އައި ޑޯންޓް ކެއާ. ލައިފްގަ ހުރިހާ ކަމެއް ނުވާނެ ތިމާ ބޭނުން ވާ ގޮތަކަށް. ސޯ އެކްސެޕްޓް ދި ޓްރުތު.” ތާރާ އެހެން ބުނެފައި ދުރަށް ދިޔައެވެ. އޭރު އެ ދެލޮލުން ފޭބި ކަރުނަތައް އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ނަމަވެސް އެ މަންޒަރު ދެކޭނެ މީހަކު އެތާކު ނެތެވެ.

………..

 

އުންމީދު ކުރަން ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް. 😊

✨ޝައީ✨

26

1 Comment

  1. fathimath reesham

    April 1, 2021 at 8:55 pm

    Varah salhi curiously waiting for next thanks

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!