
Little note: Eemaa ge baby ge namaky Eemaan. And Thaaraa ge friend ge namaky ves Eemaan. So I decided to change the baby’s name to Eenam.
…………………
“ކޮބާ؟ ބުނެބަލަ އަހަރެން ކުރި ޙަރާމް ކަމެއް. ވަރަށް އަޑުއަހާލާ ހިތްވެފައޭ މިހުރީ. ކިހާވަރަކަށް ވާހަކަ ހަދަން އެނގޭތޯ ވެސް ބަލައިލަން ބޭނުންވާނެނު؟” ކިޔާން އަނެއްކާވެސް ކުރީ މަލާމާތެވެ.
“އެންމެ ރަނގަޅު. އެކަމަކު އަހަރެން މީ ކިޔާން ހާ ހިތް ކަޅު މީހެއް ނޫން އެހެން މީހުން ބަދުނާމު ކުރާކަށް. އަހަރެން ދޭނަން ކުޑަ ހިންޓެއް… ކިޔާން ދެކެ ލޯބިވާ އީމާ ކޮބާ؟ ތި ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުމޯ؟” ތާރާ ހިތި ހިނިތުންވުމަކާއެކު އަހާލިއެވެ. ވަގުތުން ކިޔާންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. “ކީއްވީ؟ އަނގަ ބަންދު ވީތަ؟ ބުޅާ އައިސް ދޫ ކާލީތަ؟ ބުނެބަލަ. ކިޔާން ނުބުނަންތަ ޙަޤީގަތެއް ވިއްޔާ އެއްބަސް ވާނަމޭ؟” ތާރާ ބުމަ އަރުވާލިއެވެ. ކިޔާން އަށް ކުރެވުނުހާވެސް ކަމަކީ ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ.
“ތީ ތާރާ ދައްކަން ޖެހޭ ވާހަކައެއް ނޫން.” ކިޔާން ގާތަށް ރުޅިއައެވެ. “އޮހް ކީއްވެ؟ ކިޔާން އަށް އަހަރެންނޭ ކިޔައިގެން ދެކެވުނު ދޮގު ވާހަކަތަކެއްގެ ވާހަކަ ދެކެވެން އޮންނަންޏާމު މަށަށް ވެސް އޮންނާނެ.” ތާރާ ރައްދުގައި ބުނެލިއެވެ. އަދި ދުރަށް ހިނގައިގަތެވެ.
“އަހަރެންނަށް އިނގޭ އީމާ އާއި ކިޔާން އާއި ދެމެދު އޮތް ގުޅުން ވެސް ހިނގާ ދިޔަ ހުރިހާ ކަމެއް ވެސް. އީނަމްގެ ވާހަކަ ވެސް.” ތާރާ ދަމުން ބުނެލިއެވެ. ނުބަލައި ދިޔަ ތާރާ ޖެހުނީ މީހެއްގެ ގައިގައެވެ. މަޢާފަށް އެދެމުން އިސް އުފުލައި ބަލާލި ތާރާގެ މޫނުމަތީގެ ކުލަ އަނދިރި ވިއެވެ. ނާޒިމް އާއި އުސްރާވެސް ދެލޯ ބޮޑުކޮށްލާފައި ތާރާ އާއި ދިމާއަށް ބަލާލިއެވެ.
“ތާރ..”
އެމީހުނަށް އެއްޗެއް ބުނެވުމުގެ ކުރިން ތާރާ އަނބުރާލާފައި ގޮސް އީމާން ކައިރީ ހުއްޓެލިއެވެ. “ޓޭކް މީ ޓު ވީގެ ހައުސް. އައި ކާންޓް ސްޓޭ ހިޔާ ރައިޓް ނައު.” ތާރާ ބުންޏެވެ. ބޯ ޖަހާލަމުން އީމާން ކައިލާނަށް ބަލައިލިއެވެ. ކައިލާން ބޯ ޖަހާލުމުން އޭނާ ސަނަމް އާއި ވީރާ އަދި ތާރާ ގޮވައިގެން ކާރު އޮތް ދިމާއަށް ދިޔައެވެ. އަދި ކާރަށް އަރައި ދުއްވާލިއެވެ.
އެންމެ ފަހަރަކު ވެސް ތާރާ އަނބުރާ އެމީހުނާއި ދިމާއަށް ބަލައެއްނުލައެވެ. އިސްޖަހައިގެން އިންގޮތަށް އިނީއެވެ. ހުރިހާ އެންމެނަށް ކުރެވުނުހާވެސް ކަމަކީ ތާރާމެން ދާތަން ބަލަން ތިބުމެވެ.
“އެދިޔައީ ހަމަ ތާރާތަ؟” އީކަން މެނާ އަރާހަމަ ކުރަމުން ނާޒިމަށް އަހާލެވުނެވެ. “އާނ. ތިމީހުން ގެއިން ނެރެ އެއްލާލި ތާރާ އެދިޔައީ.” ކައިލާން އަށް އެންމެފަހުން ނުހުރެވިގެން ބުނެވުނެވެ. “ކައިލާން ގާތުތަ ތާރާ ހުރީ؟” އަނެއްކާވެސް ނާޒިމް ސުވާލު ކުރިއެވެ.
“އާނ. ތި މީހުނާ ހިލާފަށް އަހަރެންނަށް ތާރާއަށް އިތުބާރު ކުރެވެއޭ. ތާރާ ތި މީހުންގެ އިންތިޒާރުގައި 1 އަހަރު މާލޭގަ ހުރި. އަހަރެން ގަދަކަމުން އޭނަ އަނބުރާ ގެންދިޔައީވެސް… އަހަރެން ތިމީހުނަށް ގުޅާތީ ފޯނު ނުނަގަން ހުރީމަ ވެސް ހަމަ އެ ތާރާގެ އެދުމަށް އަހަރެން ފޯނު ނަގައި ވާހަކަ ދައްކާ ހެދީ. އާއިލާ އަށް ވީތީ. އެކަމަކު ވެސް ތިއިން އެކަކު ވެސް އަހަރެން ގާތު ތާރާ ވާހަކަ ނުވެސް ބުނޭ. ޝީ ރެސްޕެކްޓެޑް، ލަވްޑް ޔޫ އޯލް. ޝީ ސްޓިލް ޑަޒް. އެކަމަކު ކޮންމެ ހިތަކަށް ވެސް ކެތްވާނީ ވަކި ވަރަކަށް ދޯ؟… ތާ އަހަރެންނާ އެއްކޮށް އެއުޅުނީ އޭގެ ފަހުން. 6 އަހަރު ވީ. އޭނަ ބަނޑުބޮޑެއް ނޫން! އަހަރެން ގާތު އެއުޅުނު 6 އަހަރު ދުވަސް ތެރޭ އެކަހަލަ ގޮތަކަށް ނުވެސް އުޅެ. ތަނަކަށް ދިޔައިއްޔާ ދިޔައީވެސް އަހަރެން ގާތު ބުނެފަ…. މާތްﷲ ގެ އިރާދަފުޅާ މިންވަރު ފުޅުން ތި މީހުންގެ އެހީ އާ ނުލާ އަހަރެން އަހަރެންގެ ކޮއްކޮއަށް ޑޮކްޓަރ ކަން ވެސް ކިޔަވައިދީފިން! ތާރާ މިހާރު އެހެރީ އަމިއްލަ ފައި މައްޗަށް ތެދުވެވިފަ އެހެންވީމާ ދެން އޭނާގެ ލައިފް އިތުރަށް ހަލާކު ކުރަން ނޫޅޭ!” ކައިލާން ހަރުކަށި ކަމާއެކު ވާހަކަ ދެއްކިއެވެ.
“ތާރާ މަޢާފު ކުރިޔަސް… އަހަރެން ތިމީހުނަކަށް މަޢާފެއް ނުކުރާނަން. އެކަމަކު އާއިލާއަށް ވީތީ ގުޅުން ކަނޑައެއްނުލާނަން. އެކަމަކު އަހަރެންގެ ކިބައިން އަވަހަށް މަޢާފު ލިބޭނެ ކަމަށް ހީ ނުކުރާތި. އަހަރެންގެ އެއް ކޮއްކޮ ނިޔާވެގެން ދިޔައީ. އަހަރެން ނެތިން އަހަރެންގެ ދެވަނަ ކޮއްކޮއަށް ދެރަގޮތެއް ވާތަން ދެކޭކަށް. އަހަރެންގެ މޮޔަކަން އެއީ ތާ ބަހައްޓާފައި އިންގްލެންޑަށް ފުރަތަމަ ފަހަރު ދިޔުން. އޭރުން ކިޔާން ދެކެ ވެސް ލޯތްބެއް ނުވެވުނީސްތާ. ކޮންމެ ރެއަކު ތާރާ ނުނިދިފަ ވިސްނަން އޮންނަ މަންޒަރު ބަލަން އަހަރެންނަށް ނުޖެހުނީސްތާ އޭރުން.”
“ކައިލާން. އަހަރެން ވަރަށް ދެރަވި ތާރާ އަށް އެހެން ހެދުނީމަ ފަހުން. އެކަމާ ލަދުން އަނބުރާ ތާރާ ހޯދަން ނޫޅުނީވެސް. ތާރާ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނެތީމަ. ތާރާ އަށް ކުށެއް ކުރެވުނީ. އެކަމު…”
“ނާ ދޮންބޭ! އަހަރެން ކިތައް ފަހަރުތަ ބުނަންވީ ތާރާ އެކަހަލަ ކަމެއް ނުކުރޭ؟ ރީހަން ގުޅާފަ ޙަޤީޤަތް ކިޔާދިނީމަ ވެސް ގަބޫލެއް ނުކުރާނަންތަ؟! ތާ އެކަހަލަ ކަމެއް ނުކުރެޔޭ! އޭނާ އަމިއްލަ ނަފްސު ގުރުބާން ކުރީ ތިމީހުނަށް! ތާރާ އޭނާގެ އަމިއްލަ ބޮލުގައި ބަދު..” ކައިލާންގެ ބަސްތަކަށް ހުއްޓުމެއް އައީ ބުނެވެން އުޅެވުނީ ކީއްކަން އެނގުނީމައެވެ. ތާރާ ވަނީ ކައިލާން ކިބައިން އެވާހަކަ ނުދެއްކުމަށް ވަޢުދު ކުރުވާފައެވެ.
“ތި ބުނީ؟ ކީކޭ ތި ކިޔަނީ؟” ނާޒިމް އެއްސެވެ.
“އަޅާނުލާ. އެވާހަކަ ދައްކާކަށް އަހަރެން ނެތިން. ވީ ކަމެއް ވެ ނިމިފަ ދެން އެ އޮތީ. ނުވާ ކަމަކަށް ނުހެދޭނެ.” ކައިލާން ބޯ ހޫރާލަމުން ބުންޏެވެ.
“އަހަރެން ބޭނުން އަލުން ތާރާ އާއި ގުޅެން. އަހަރެމެން ބޭނުން ތާރާ ކިބައިން މަޢާފު.” އުސްރާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ދެންތިބި އެންމެން ބޯ ޖަހާލިއެވެ.
“ތާރާ ތި މީހުނަށް މަޢާފު ކުރިތާ ކިތަންމެ އަހަރެއް ވެއްޖެ. އެހެން ވިޔަސް ތި މީހުނާ އަލުން ގުޅުމުގެ އިޙްތިޔާރު އަހަރެން ދޭނީ ތާރާއަށް. ތި މީހުން އޭނަ އާ ވާހަކަ ދައްކާ. އަހަރެން ތާރާ ތި މީހުނާ ވާހަކަ ދައްކާލަން އެއްބަސް ތޯ ޗެކްކޮށްލާނަން މިރޭ އޭނަ އައީމަ. އައި ވިލް ލެޓް ޔޫ ނޯ. އިތުރު ވާހަކަ ދައްކަން ނެތިއްޔާ ދަނީ.” އެހެން ބުނެފައި ކައިލާން ގޮސް މޫންލައިޓް ގެއަށް ވަދެ ދޮރު ލެއްޕިއެވެ.
……………………………
“ތާ ކިތައް އަހަރު ވަންދެން އެމީހުނަށް އިންތިޒާރު ކުރިން؟ އެކަމަކު ދެން ވެސް އެމީހުން ތާއަށް ޓްރަސްޓް ނުކުރޭ.” ދެރަވެފައި ތާރާ ކުޑަކުއްޖެއް ފަދައިން އޭނާގެ އެކުވެރިން ގާތުގައި ޝަކުވާ ކޮށްލިއެވެ. ޙަޤީޤަތުގައި ވެސް އެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ޙާއްޞަކޮށް ކިޔާންގެ މަލާމާތުގެ ބަސްތަކުގެ ސަބަބުން އެ ހިތް ވަނީ ކުދިކުދި ވެފައެވެ. އޭނާ އާއި ދޭތެރޭ އެމީހުން ކުރާ އިތުބާރު ހަމަ އެހާ ކުޑައީ އެއްޔެވެ؟
“ތާ. ޑޯންޓް ބީ ސޭޑް. ކޮންމެ ކަމެއްވެސް ފަޅާ އަރާ ދުވަސް އަންނާނެ. ތާ އިނޮސެންޓް ކަން ވެސް އެމީހުންނަށް އެނގޭ ދުވަސް އަދި އަންނާނެ. ތާ ބުނީމެއްނު އެމީހުން ޓްރަސްޓް ކުރާ ދުވަހަކަށް އިންތިޒާރު ކުރާނަމޭ؟ ވައި ޑޯންޓް ޔޫ ޕްރޫވް ދެމް ދެޓް ޔޫ އާންޓް ހޫ ދޭ ތިންކް ޔޫ އާ؟” ސަނަމް ބުންޏެވެ.
“ސަނީ އެބުނީ ތެދު ވާހަކައެއް ރާރާ. ޙަޤީޤަތަކީ އަބަދު ފޮރުވެފަ އޮންނަ އެއްޗެއް ނޫން. ޔޫ ޝުޑް ޝޯ ދެމް ދެޓް ޔޫ އާ އިނޮސެންޓް.” އީމާން ވެސް އެއްބަސްވެލިއެވެ. ވީރާ ވެސް ތާރާ އާއި ދިމާއަށް ބޯޖަހާލިއެވެ.
ތާރާ އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. “އައި ވިލް ތިންކް އެބައުޓް އިޓް.” އަދި މަޑުމަޑުން ބުނެލިއެވެ.
……………………
ދަންވަރު 12 ޖަހައި ބޮޑުވި އިރުވެސް ކިޔާނަކަށް ނުނިދުނެވެ. ލޯ މަރާލާ އިރަށް ފެންނަނީ ތާރާގެ ލޯބިލޯބި ކުޑަކުޑަ މޫނެވެ. އެ ދެލޮލުން ފެނުނު ޝަކުވާއެވެ. އާދޭހެވެ. އެ ދެ ލޮލަށް ޖަމާވި ކަރުނަ ތަކެވެ. ކަންފަތަށް އިވޭނީވެސް ތާރާގެ ތޫލި އަޑެވެ.
ތާރާ އަށް އީމާގެ ވާހަކަ އެނގުނީ ކިހިނެއްބާވައެވެ؟ ވިސްނާ ވިސްނާ ކިޔާންގެ ސިކުނޑިއަކަށް އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ.
އެންމެފަހުން ބޮލަށް އުނދަގޫވެގެން ކިޔާން އެނދުން ތެދުވިއެވެ. އަދި ތާރާ ވީ ބޭވަފާ ހިތަށް ހަނދާން ކޮށްދިނެވެ. ތާރާ އޭނާ އަށް ދިން ލަނޑު ވިސްނައިދިނެވެ
“ޝަކުވާ އެއް ނޫން އިނގޭ މީ
އަޅުދާހެއް ނޫން މި ވެވެނީ
ފަރުވާއެއް މިހިތަށް ނެތުމުން
ބަރުބާދުވެ ގަރަގު ވެ ފެތެނީ”
…………………….
ބެލްކަނީގައި އެކަނިމާއެކަނި އިން ތާރާ އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ ތުންފަތްމަތީގައި ހިތި ހިނިތުންވުމެއް ވީއިރު އޭނާގެ ދެލޯ ވީ ފެންކަޅި ވެފައެވެ.
އޭނާގެ ލޮލަށް ސިފަވަމުން ދިޔައީ ކިޔާންގެ ފިރިހެންވަންތަ ސޫރައެވެ. 6 އަހަރު ތެރޭގައި ކިޔާން އަށް އައިސްފައިވާ ބަދަލުތަކެވެ. ކިޔާންގެ ކަޅުކުލައިގެ އެތޫނު ދެލޯ ސިފަ ވުމުން ވެސް ތާރާގެ ހިތް އަވަސް ވެގެން ދިޔައެވެ.
އޭނާގެ ހިތުގައި އަދިވެސް ކިޔާން ދެކެ ވެވުނު ލޯބި ތާޒާ ކަމާއެކު ވެއެވެ. ކުރިންހެން އަލިފާންގަނޑެއްގެ ހުޅުގަނޑުހެން އަނދަ އަނދާ އެބަ ހުއްޓެވެ. އެ ލޯބީގެ އެންމެ ކަންޏެއް ވެސް ފަނޑުވެފައެއް ނެތެވެ. އެ ލޯބީގެ މައްޗަށް ވެރިވެފައިވާ ތޫފާނީ ވިލާގަނޑުގެ ވާރޭގެ ހަމަލާތަކުން އެ ލޯބި ޙިމާޔަތް ކުރުމަށް ޓަކައި ފުރާޅެއް ފަދައިން ތާރާގެ ނިކަމެތި ހިތްވިއެވެ.
ދެލޯ މަރާލަމުން ތާރާ ލަވައިގެ ބައި ކިޔާލިއެވެ.
“ޝަކުވާ އެއް ނޫން އިނގޭ މީ
އަޅުދާހެއް ނޫން މި ވެވެނީ
ފަރުވާއެއް މިހިތަށް ނެތުމުން
ބަރުބާދުވެ ގަރަގު ވެ ފެތެނީ”
…..…………….
ކިޔާން ކޮޓަރި ބެލްކަންޏަށް ނިކުމެލިއެވެ. ވާރޭ ވެސް އޮއްސާލީ އެވަގުތެވެ. ހީވާ ކަހަލައެވެ. އެ ބޯ ވާރޭ ވެސް އޭނާގެ ހިތުގައި ވާ ވޭނުގައި ބައިވެރިވަނީއެވެ. އޭނާ އާއި މެދު ހަމްދަރުދީ ވަނީއެވެ. ޖަހަމުން ދިޔަ ގުގުރިތައް ވެސް އިއްވަމުން ދިޔައީ ކިޔާންގެ ހިތުގެ އަޑު ކަހަލައެވެ. އެ ހިތުގައި ހަމަ ޖެހުން ގެއްލިފައި ވާ ކަމެވެ.
“ހިނދުކޮޅެއް ނިމިއްޖެ، ބަދު ތި ބުނެލި ބަސް އިވިއްޖެ،
ހިނދުކޮޅެއް ތެރޭގަ ވެވުނު ލޯބި އަދު ނިވިއްޖެ،
އެކުގަ ހޭދަކުރި ދުވަސް ފެނަށް ވެ ގޮސް ހިނދެއްޖެ،
އެކުގަ ނޫޅެވޭނެ ދެން ގިލަންވެ ހިތް މަގޭ ފިހިއްޖެ
އަނާ ތިބުނެލި ބަސްތައް ކަންފަތަށް އިވޭތީ
ފަނާ ވިޔޭ މިހިތް އެކުގަ ހިމޭން ވީ
ސަޒާ ތަކުން ތިދިން، ހަލާކު ވީ މިހިތް
ކަލާގެ ޙައްޤުގައި އެތައް ކަމެއް މަ ބީ ކުރިން
ތި ރީތި ހިނިތުންވުން ކުރުވި މި ހިތް ކަތި
ތި ރީތި ބިމުގައި ފައި އެޅުނޭ ފިނި
ހުރެ މަ ކުރިމަތި، ބުނެފަ ލޯތްބޭ ވަނީ
ބުނެފަ ހިނދުކޮޅެއް ގާތުން ދުރަށޭ ދަނީ
ކިހިނަކުން ކަލާ މަ ގާތުގަ ވާނީ
ކީއްވެ މި ގުޅުމަށް ޖާގަ ނުވާންވީ
ތި ހިތުގެ އުފާ މިޔެ ބުނެ މަލާ
ދޮގު ތަކެއް ހަދާފަ ދުރުމަކޮށް އުފާ ލަނީ”
……………………
ދެ މީހުން ވެސް އެމީހެއްގެ ހިތުގައި ވާ އުދާސްތައް ބޭރު ކުރަމުން ދިޔައީ އެ ލަވައިގެ ތެރެއަށެވެ. ދެމީހުނަށް ވެސް ނޭނގުނު ކަމަކީ އެ ވިއްސާރަ ރޭގައި ދެމީހުނަށް ވެސް ކިޔެމުން ދިޔެއީ އެއް ލަވައެއް ކަމެވެ. ދެ ހިތުގައި ވެސް ވީ ވޭން ކަމެވެ. ދެމީހުނަށް ވެސް ނޭނގި ހުރެ އަނެކާއަށް ދެވެމުން ދިޔައީ އަނިޔާ ކަމެވެ. ދެ ހިތުގައި ވެސް ސާފު ފުން ލޯބި ވާ ކަމެވެ.
…………………..
ވާރޭ އޮއްސާލުމުން ވެސް އަނބުރާ ކޮޓަރިއަށް ވަންނާކަށް ތާރާ ހިޔާރެއް ނުކުރެއެވެ. އޭގެ ބަދަލުގައި ތާރާ ވާރޭގެ ތެރެއަށް ބޮޑަށް ނިކުމެލައި ދެ އަތް މައްޗައް ނަގައި ފޭ ކޮށްލިއެވެ. އަދި އިސްއުފުލައި ލޯ މަރާލިއެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތައް އޭނާގެ ދޮން މޫނު މައްޗައް ބޮސްދެމުން ދިޔައީ އެ ދެލޮލުން ފޭބި ކަރުނަ ޔަކާއި އެކުވަމުންނެވެ. ވާރެއިން އޭނާގެ ހެދުން ތެމެމުން ދިޔައިރު ތާރާއަށް އެކަން ވެސް އިހުސާސް ނުވާކަހަލައެވެ.
މިއަދު މިއޮތީ ވާނެގޮތެއް ވެ ނިމިފަ”
ތި ހުޅުކޮޅު މި ޙަޔާތުގަ ވެ ނިވިފަ
ހެދުނު ގޯހަކުން، އުފާތައް ބީވެފަ
އިތުރު ހުޅުކޮޅެއް އަލުން ނުހިފާ ވަރަށް
އަބަދުވެސް ކަލާ މި މޭގައި ވާނޭ
އަބަދުހެން ކަލާ މި ލޭގާ ހިނގާނޭ
ފަނޑު ދުވަސްތައް، ކުރި ހުރަސްތައް
ފުހެވިގެން ދާނެ ދުވަސްތަކެއް ނާދޭ
އަދު ބަދަލުވުން ކަޅު އަނދިރިން އެދި
ދުޢާ ކުރާނަމެ ވެގެން ޙަޟްރަތަށް ތިރި
މި ހިތުގަ މިވާ، މި ރިހުމުގަ ވާ
ގިނިކަން ނެތިގެން ދޭތޯ ވެގެން ފިނި
މި ހިތުގަ މިވާ ލޯބި ކަލާ ދެކެ
މި ހިނދުން ފެށިގެން ނުރުހުން ނުވުން އެދި
މަޢާފަށް އެދެމޭ ބަދަލު މަ ވާނަމޭ
މިހެން މަ މި ކުރަނީ ގާތުގައި…” ނޭފަތް ދަމާލަމުން ތާރާ ކިނބިއްސެއް އަޅާލިއެވެ.
……………………
“ޝަކުވާ އެއް ނޫން އިނގޭ މީ
އަޅުދާހެއް ނޫން މި ވެވެނީ
ފަރުވާއެއް މިހިތަށް ނެތުމުން
ބަރުބާދުވެ ގަރަގު ވެ ފެތެނީ” ކިޔާން މަޑުމަޑުން ކިޔާލިއެވެ.
……………………
ޝަކުވާ އެއް ނޫން އިނގޭ މީ”
އަޅުދާހެއް ނޫން މި ވެވެނީ
ފަރުވާއެއް މިހިތަށް ނެތުމުން
ބަރުބާދުވެ ގަރަގު ވެ ފެތެނީ” ދެލޯ މަރާލަމުން ތާރާ އޭނާގެ ސިކުނޑި ތެރޭގައި ކިޔާންގެ ހިތްގައިމު ސޫރަ ކުރަހާލިއެވެ.
“އިފް އޮންލީ ތިންގްސް ވާ ޑިފެރެންޓް.” އޭނާ މަޑުމަޑުން ބުނެލިއެވެ.
…………………….
ފެނިފާ ހިތް ދޫވި ކަލާ ތީ”
ރާނީއެ ހިތުގެ މަލާ ތީ
ހެވިފައި ހުއްޓަސް ދެރަވޭ، ތި ދޭ އަނިޔާއިން، ހިތުގަ މަ ޖެހިފައި ވާތީ
ފެނިފާ ހިތް ދެވުނު ކަލާތީ
ރާނީއެ ހިތުގެ މަލާ ތީ
ހެވިފައި ހުއްޓަސް ދެރަވެފަ ވީ، ތި ހަނދާން، ބޮލުގައި މަ ނުފިލާ ވާތީ”
ކިޔާން ލަވައިގެ ފަހުބައި ކިޔައި ނިންމާލިއެވެ. “ވައި ތާރާ؟ ކީއްވެ މަށަށް އެހެން ހެދީ؟ ކީއްވެ މަ ދޫކޮށް ދިޔައީ؟ ކީއްވެ؟ ތާރާ އަށް ހަމަ ނޭނގުނީތަ އަހަރެން ލޯބިވީ ވަރު؟… ގޮޑް ޑެމިޓް! އައި ޓްރަސްޓެޑް ޔޫ! އެން އިޓް ވޯޒް ދި ބިގެސްޓް މިސްޓޭކް އައި އެވާ މޭޑް! އައި ވޯޒް ސޯ ސްޓުޕިޑް!” ކިޔާން އަމިއްލަ ނަފްސު ދެކެ އާދެވުނު ރުޅީގައި އަތް މުށްކަވާފައި ދާރާގައި ބާރަށް ޖަހާލިއެވެ.
………………………
“އައިމް ގޮއިން ޓު ޕްރޫވް ދެޓް އަހަރެންނަކީ އެމީހުން ހީކުރި ކަހަލަ ގޯސް އަމަލެއް ހިންގި މީހެއް ނޫން ކަން. ގަބޫލު ކުރުމާ ނުކުރުމަކީ އެމީހުންގެ ކަމެއް. އެކަމަކު އަހަރެން ޕްރޫވް ކޮށް ދޭނަން.” ތާރާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.
❤️
❤️
❤️
Hope you guys liked the story ☺️
Shai ?
4 Comments!
Comments are closed.
Wow ??……… Varah reethi ??
Woww love it???
vvv reethi waiting next bayah??????
wowwwwwwwwww i love it.. waiting for next part curiously shaiii