
އިތުރު 2 ދުވަހު އެ ރިސޯޓުގައި މަޑު ކުރުމަށްފަހު ތާރާމެން އަނބުރާ އައިތާ މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެއެވެ. އެ އެންމެންގެ ތެރޭގައިވާ ގުޅުން މިހާރު ކުރިއަށް ވުރެވެސް ބޮޑަށް ވަނީ ހީނަރުވެފައެވެ. ޙާއްޞަކޮށް ތާރާ އާއި ކިޔާނެވެ.
ތާރާ ކިޔާންގެ ފޯނު ކޯލުތަކަށް ޖަވާބު ނުދޭ ތާނގައި މެސެޖެއް ވެސް ކޮށްނުލައެވެ. އެދެމެދުގައި ވާ ގުޅުން މިހާރު ނެތް ފަދައޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެދެމީހުން ވެސް އެކަކު އަނެކަކު ދެކެ ތެދުވެރި ލޯބިވެއެވެ. ހިތާމައަކީ ތާރާ އެ ލޯތްބަށްޓަކައި ގުރުބާން ވަމުން ދާތީއެވެ.
ތާރާއަށް ނާއިލް ކުރާ އަނިޔާތައް ވެސް މިހާރު ވަނީ ގިނަވެފައެވެ. އޭނާ އަބަދުހެން މިހާރު އުޅެނީ ވެސް ގައިގައި ރިއްސާތީއެވެ. ނަމަވެސް އެއްވެސް މީހެއް ގާތު ނުބުނެއެވެ. އަމިއްލައަށް ބޭސް އުނގުޅައިގެން އުޅެނީ ޑޮކްޓަރަށް ވެސް ނުދައްކައެވެ. އެ ފަކީރު އެ ދިލަ ވޭނާއި ކުރިމަތިލަމުން ދިޔައީ އެކަނި ހުރެއެވެ.
އެއީ އޭގެން ދުވަހެކެވެ. ފިހާރައަކަށް ގޮސްފައި ތާރާ ގެއަށް އައިސް ވަތްއިރު ގޭގައި ބާރަށް ވާހަކަ ދައްކާ އަޑު އިވެއެވެ. ނާޒިމް ވަރަށް ރުޅި އައިސްފައި ހުރިކަން އެ އަޑުން އިނގެއެވެ. ވާނުވާ ނޭނގި ހުރެ ތާރާ ގެއަށް ވަންއިރު ގޭގައި އުސްރާ އާއި ޖައިލަމާއި، ސަމާ އާއި އީކަން އަދި ޔުކްތާ ތިއްބެވެ. ތާރާ ގެއަށް ވަނުމާއެކު އެންމެންގެ ނަޒަރުތައް ހުއްޓުނީ ތާރާއަށެވެ. އެއާއެކު މުޅި ތަން ހިމޭންވިއެވެ.
“ތާރާ! ހަމަ މިހާރު މަގޭ ކައިރިއަށް އާދޭ!” ނާޒިމްގެ ހަރުކަށި އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޖެހިލުންވެފައި ހުރެ ތާރާ ނާޒިމް ގާތަށް ގޮސް ހުއްޓުނެވެ. ނާޒިމް އަތުގައި ގަނޑުތަކެއް ހުރި ތަން ފެނުނެވެ. ގަނޑުގެ ކަނެއްގައި އައި.ޖީ.އެމް.އެޗް ޖަހާފައި އިންތަން ތާރާ އަށް ފެނުނެވެ.
“އަހަރެންގެ ކޮއްކޮއަކަށްވެ ހުރެ ހަނޑި މުޑުދާރު އަމަލު ހިންގާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަން! އަހަރެން ލަދުން ބޯހަލާކު! ތާރާ އޭ ބުންޏަސް މީހަކު ގަބޫލު ވެސް ނުކުރާނެ!” ނާޒިމް ހަޅޭއްލަވައި ގަތެވެ. “ނަ.. ނާދޮންބެ… ތި.. ތިބުނީ ކީކޭ؟” ތާރާ އަށް އަޅާލެވުނެވެ.
“ކީކޭ ހޭ؟! މަ ގާތު އެހެން އަހަން ކެރުނީތީ ވެސް ހައިރާން ވެއްޖެ! ބަލަ ތާރާ ތީ ތަންދޮރު ނޭނގޭ ކުޑަ ކުއްޖެއްތަ ރަނގަޅު ނުބައި ނޭންގެން؟ އޭހ؟ އަދި ކިރިޔާ މި އެނގުނީ ގަންނަ ގަނޑު! ބަލަ ތަންނުގައި ތެޅެތެޅެފަ އައިސް ތިވަންނަނީ އަހަރެން ގެއަށޭ! ތީ މަ އެއްބަނޑު ކޮއްކޮގެ ދަރިފުޅޭ! ނާޒިމާ ކަލޭ މަށާ ހަވާލު ކުރީ މަށަށް އިތުބާރު ކޮށްފައޭ! މަ ކަލެއަށް އިތުބާރު ކުރީ ތީ އެކަހަލަ މުޑުދާރު ކުއްޖެއް ކަމަށް ގަބޫލު ނުކުތެވޭތީއޭ! އެކަމަކު ބައިލަ އުޅޭ ވައްތަރު!” ނާޒިމް ތާރާގެ މޫނުމައްޗަށް އެ ގަނޑުތައް އުކާލިއެވެ.
ނާޒިމްގެ ހަރުކަށި ބަސްތަކުން ތާރާގެ ކުޑަކުޑަ ހިތް ރޮއްވާލިއެވެ. މަޑުމަޑުން ތިރިވެ ލަމުން އެ ތަނުން ގަނޑެއް ނަގައި ބަލައިލިއެވެ. ބޮޑުބޭބެ އެހާ ރުޅި އައީ ކީއްވެތޯ ބެލުމަށެވެ. ނަމަވެސް ފެނުނު އެއްޗަކުން އޭނާގެ ނޭވާ ތާށިވި ކަހަލައެވެ. ދެލޯ ބޮޑު ވެގެން ދިޔައިރު ލޮލުން ކަރުނަތައް ފައިބައިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އޭނާގެ މުޅިގައިން ވާގި ދޫވިހެން ހީވިއެވެ.
“ދޮގެއް. މީ ދޮގެއް.” ތާރާއަސް ބުނެވުނެވެ. އަދި އިސް އުފުލާ ނާޒިމަށް ބަލައިލިއެވެ.
“ކޮން ދޮގެއް ކިޔާކަށް؟! އަތުގަ ތިއޮތީ ހެކި! ގަބޫލު ނުކުރަންޏާ ބަލާ ދެން ހުރި ގަނދުތައްވެސް! ހުރިހާ އެއްޗެއްގަވެސް އެކައްޗެއް ބުނެފަ އޮތީ!”
ތާރާ ދެން ހުރި ގަނޑުތައް ބަލައިލިއެވެ. ހުރިހާ ގަނޑެއްގައި ވެސް ލިޔެފައި އޮތީ އެކައްޗެކެވެ. އެއީ ކޮޕީތަކެއްވެސް ނޫނެވެ. ހުސް އޮރިޖިނަލެވެ. ނަމަވެސް އެއީ ދޮގެކެވެ. އޭނާއަށް އެނގެއެވެ. އެއީ ހުސް ދޮގެވެ.
“ނޫން! މީ ދޮގެއް! އަހަރެން އެކަހަލަ ކަމެއް ނުކުރަން! ހަމަ ހުވާ މިބުނީ! ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ ނާދޮންބޭ. އަހަރެން ތި ކަހަލަ ކަމެއް ނުކުރަން! ތީގަ ތިއޮތީ ހުސް ދޮގު.” ތާރާ ރޮމުން ބުންޏެވެ.
“އެކަމަކު ތީ ހަޤީގަތް. ކީއްވެތަ ދޮގު ހަދަން ތި އުޅެނީ؟” ފަހަތުން އިވުނު އަޑަކުން ތާރާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ތެދުވެ ސޯފަ ތަކާއި ދިމާއަށް ބަލައިލިއެވެ. ސޯފާގައި އިށީނދެގެން އިން މީހާގެ ލޮލާއި އޭނާގެ ލޮލާއި ބައްދަލުވި ހިނދު އޭނާގެ މޭގައި މީހަކު ވިކައިގަތްހެން ހީވިއެވެ.
އެތާ އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ ކިޔާނެވެ. ނަމަވެސް އެ ދެ ލޮލުގައި އެއްވެސް ދިރުމެއް ނުވާ ކަހަލައެވެ. “ކި.. ކިޔާން؟ މީ.. މީ ކޮން ކަމެއް؟” ތާރާއަށް އަހާލެވުނެވެ. ހަމަ އެވަގުތެވެ. ކިޔާން އާއި ތަންކޮޅެއް ދުރުގައި އިށީނދެގެން އިން މީހަކު ފެނުނެވެ. “ން… ނާއިލް.” ތާރާގެ ދުލުގައި ހިތިރަހަ ލިއެވެ.
“މި… މިވަނީ ކީއްތަ؟! އަހަރެން ނުކުރާ ކުށެއް އަހަރެންގެ ބޮލުގައި ތިއަޅުވަނީ ކީއްވެތަ؟!” ތާރާއަށް ހަޅޭއްލަވައި ގަނެވުނީ ބޮލަށް ބާރުވާން ފެށުމުންނެވެ.
“އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް ތާ ދޮގު ހަދަން ތިއުޅެނީ ކީއްވެތަ؟ އަހަރެމެންގެ ރިލޭޝަންޝިޕް ކޮންމެވެސް ދުވަހަކުން އެމީހުން ކައިރީ ބުނަން ވެސް ޖެހޭނެ ނޫންތަ؟ ދޭ ޑިޒާވް ޓު ނޯ އޭ، ލޯބީ.” ނާއިލްގެ ދުލުން ބޭރުވި ބަސްތަކުން ތާރާ އަށް ހީވީ މޫނުމަތީގައި އެތިފަހަރެއް އަޅާލި ހެނެވެ.
“މީ ކޮންހާ އެކްޓެއް ނާއިލް؟! ދެން ހުއްޓާލާ! އަހަރެންނަށް ވަރަށް ކެތް ކުރެވިއްޖެ. އެކަމް ދެނެއް ނުވާނެ. ނުވާނެ. އަހަރެން މޮޔަ ވެދާނެ!” ތާރާ ބޮލުގައި ހިފަހައްޓައިލަމުން ތިރިވިއެވެ. އޭނާގެ ދިރިއުޅުމަށް މިއައި ތޫފާނުގެ ސަބަބުން އޭނާ ރަނގަޅަށް ވެސް މޮޔަވާ ވަރު ވެދާނެއެވެ.
ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން އިން ކިޔާންގެ މޭގައި ވީ ރިހުން ދިޔައީ ހިނދެއް ހިނދަކަށް ގަދަ ވަމުންނެވެ. އޭނާ ލަންޑަންގައި ހުއްޓައި ނުދަންނަ ނަމްބަރަކުން ލިބުނު މެސެޖުން ރާއްޖެ އައި ގޮތަށް އެ އައީ އެގެއަށެވެ. އޭނާ ހިތް މިހާރު އެވަނީ ކުދިކުދި ވެފައެވެ. ތާރާއަށް އޭނާ އިތުބާރު ކުރުމުން އެ އިތުބާރުގައި ކޮޅުފައިން ޖަހާނެ ކަމަކަށް ދުވަހަކުވެސް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް މިއަދު މިއޮތީ ވާނެ އެއްޗެއް ވެ ނިމިފައެވެ. އޭނާގެ ދިރިއުޅުން މިއަދު އެވަނީ އަނދިރިގަނޑަކަށް ވެފައެވެ. އޭނާގެ ހިތުގެ ރާނީ އޭނާއަށް ބޭވަފާތެރި ވާނެ ކަމަށް ގަބޫލު ކުރާކަށް އެ ހިތް އަދިވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަމުގެ ހެކި އެއޮތީ ހަމަ ތާރާގެ އަތުގައެވެ.
“އަ.. އަހަރެން ބަނޑު ބޮޑެއް ނޫން… އައިމް.. އައިމް ނޮޓް ޕް.. ޕްރެގްނެންޓް. އަހަރެން… އެކަހަލަ ކަމެއް ނު.. ކުރަން. ހުވާ…” ތާރާ ގިސްލަމުން ވާހަކަ ދެއްކިއެވެ.
“ތާ. ޑޯންޓް ލައި. ޔޫ އާރ ޕްރެގްނެންޓް ވިތު އަވާ ބޭބީ. ޔޫ ނޯ އިޓް.” ނައިލް އައިސް ތާރާ ކައިރީ ހުއްޓުނެވެ. އަދި ތާރާ އާއި އެއްވަރަށް ތިރިވިއެވެ. މި މަންޒަރު ފެނިފައި ކިޔާންގެ އަތް މުށްކެވިގެން ދިޔައެވެ. ނަމަވެސް އަމިއްލަ ނަފްސަށް ތާރާ އަކީ މިހާރު އޭނާގެ ޙައްޤެއް ނޫން ކަން ވިސްނައިދިނެވެ.
ތާރާ ނާއިލްގެ އަތް ފޮޅުވާލިއެވެ. އަދި އަމިއްލައަށް ތެދުވިއެވެ. “އަޅެ ގަބޫލު ކޮށްބަ. ޕްލީޒް…. ނާ ދޮންބޭ. ތިއް..ތާ. ކިޔާން….ހެޔޮނުވާނެ. ގަބޫލު ކޮށްބަލަ.” ތާރާ އެމީހުންނަށް ބަލައިލިއެވެ. ނާޒިމް ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެ ދެލޮލުން ރުޅިވެރިކަމާއި ވޭން ފެންނަމުން ދިޔައެވެ. އުސްރާ ކަރުނައިން ފުރިފައިވާ ދެލޯ ފުހެލިއެވެ. ކިޔާން ތާރާ އާއި ދުރަށް ބަލައިލިއެވެ.
ތާރާ ދެން ތިބި އެންމެންގެ މޫނަށް ބަލައިލިއެވެ. ޔުކްތާ އިނީ މޫނުގައި އަތް އަޅައިގެން ރޯށެވެ. އީކަން އިސްޖަހާލައިގެން އިންއިރު އިނީ އެއްއަތުން ޔުކަތަގެ އަތުގައި ހިފަހައްޓައި ލައިގެންނެވެ. ސަމާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ޖައިލަމްގެ ލޯ ތާރާގެ ލޮލާއި ބައްދަލު ވިއެވެ. އެ ދެ ލޮލުގައި ވީ ހިތާމައެވެ.
“ހަގީގަތާއި ހެކި އަތުގައި އޮތް އިރުވެސް ދޮގު ކުރަން ދޯ އިނގެނީ؟! އޭނ؟ ނާޒިމާ އަންނާނެ އިރުކޮޅަކުން. މިހާރު އެބައާދޭ. ނާޒިމާ އަންނަންދެން ކޮޓަރިން ނުނިކުންނާތި! އަޑު އިވިއްޖެ؟” ނާޒިމްގ ހުރީ ރުޅި އައިސް ރަތްވެފައެވެ.
“އެކަމު ނާ..”
“އަހަންނާ ވާހަކަ ނުދައްކާތި.”
“ޕްލީޒް…”
“އަހަންނާ ވާހަކަ ނުދައްކާށޭނު ބުނީ؟! ދާށޭ ކޮޓަރިއަށް ހަމަ މިހާރު!”
ހިތުގައި ޖެހުނުލެއް ބޮޑުކަމުން ތާރާ އެތަނުން ދުއްވައިގަތެވެ. ސިޑިން އަރަމުން ދިޔައިރު ވެސް އޭނާއަށް ގިސްލެވެއެވެ.
“ކަލޭމެން އެކަކު ވެސް އޭނާ ކައިރިއަށް ގޮސްގެން ނުވާނެ! ހެޔޮ އެކުވެރިޔަކަސް އެހެން މީހަކަސް! އުސްރާ ވެސް ނުދާތި! އަހަރެންގެ އަނބިމީހާ އަކަސް އޭނާ ކައިރިއަކަށް ނުދެވޭނެ މިގަނޑިއަކު!” ނާޒިމް ބުނާ އަޑު އިވުނެވެ.
ކޮޓަރިއަށް ވަންގޮތަށް ތާރާ ވެއްޓިގަތީ އެނދު މައްޗަށެވެ. އެނދުގައި އޮވެގެން ރޮއެރޮއެގޮސް އޭނާއަށް ނިދުނެވެ.
…………………
ތާރާއަށް ހޭލެވުނީ ބަންލާފައި ދޮރު ހުޅުވުން އަޑަށެވެ. ތެދުވެލަމުން ދޮރާއި ދިމާއަށް ބަލައިލިއިރު ނާޒިމާ ފެނުމުން އޭނާގެ ހަނދާނަށް އަނެއްކާވެސް އައީ މިއަދު ހިނގާ ދިޔަ ހާދިސާއެވެ.
“ތާރާ ރައްޔާން! މިއަދަށްފަހު ތީ މަގޭ ދަރިއެއް ނޫން!” ލޯބިވާ މައިމީހާގެ ދުލުން އެންމެ ފުރަތަމަ ވެސް ބުނި ލަފްޒުތަކުން އޭނާގެ ހިތް ކޮށާލި ކަހަލައެވެ.
“މަންމާ!” ވޭނުން ފުރިފައިވާ އަޑަކުން ތާރާ ގޮވާލިއެވެ. “އެހެން ނުހަދާ މަންމާ. ހެޔޮނުވާނެ. މީހަކު ކިޔާލާ އެއްޗެއް ގަބޫލު ކުރާކަށް ނުވާނޭ. މަންމާ. އަޅެ އަޅުގަނޑު އެކަހަލަ ގޯސް ކަމެއް ނުކުރަ..” ތާރާގެ ބަސްތަކަށް ހުއްޓުމެއް އައީ ނާޒިމާގެ އަތުން ހޫނު އެތިފަހަރެއް އޭނާގެ ކޮލަށް އެރުމުންނެވެ. ތާރާއަށް އާހް އޭ ބުނެވުނީ ވީ ތަދުންނެވެ.
“އަހަރެންގެ ދަރިއަކަށްވެ ހުރެ ޒިނޭގެ އަމަލު ހިންގަންޏާ އަހަރެން އެ ދަރިއަކު ދެކެ ނަފުރަތު ކުރާނަން. ތާރާ ތިކުރި ކަމަށްފަހު ދެން އަހަންނާ ވާހަކަ ދައްކައިގެން ނުވާނެ. އަޑު އިވިއްޖެ؟ ކަލޭގެ ބައްޕަ މިއަދު ދުނިޔޭގަ ހުރިނަމަ ލަދުން ހަލާކު ވީސް!”
ނާޒިމާ އެހެން ބުނުމުން ތާރާއަށް އިތުރަށް ރޮވުނެވެ. އެކަކު ވެސް އޭނާގެ ވާހަކަ ގަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ކުރެވޭ އިތުބާރު ހަމަ އެހާ ކުޑައީ ހެއްޔެވެ؟
ނާޒިމާ ތާރާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އަދި ސިޑިން ފައިބައިގެން ގޮސް ސިޓިންރޫމަށް ދިޔައެވެ. އޭރު ވެސް އެންމެން އެތާ ތިއްބެވެ. ނާޒިމާ ތާރާ ހޫރާލިއެވެ. ތާރާ ގޮސް ޖެހުނީ ނާއިލްގެ ފައިބުޑަށެވެ.
“އޭނާ ގެންދޭ! ކަލޭގެ ދަރިއަކަށް ބަލިވެ އެއިނީ! ދއން މި ލަދުން ސަލާމަތް ވެވެން އޮތީ ކަލޭއާ އޭނަ ދެވީމަ! އިތުރު ގޮތެއް ދެނެއް ނެތް!” ނާޒިމާގެ އަޑު އެންމެންގެ ކަންފަތުގައި ހޮނުގުގުރިއެއް ހެން ގުގުމާލިއެވެ. ޙާއްޞަކޮށް ތާރާ އާއި ކިޔާންގެއެވެ.
“ނޫން! އެހެން ނުހަދާ! އަހަރެން ނާއިލަކާ ކައިވެންޏެއް ނުކުރާނަން! އެހެން ނުހަދާ މަންމާ! އަހަރެން ބަނޑު ބޮޑެއް ނޫނޭ! އަހަރެން އެކަހަލަ އަމަލެއް ނުހިންގަމޭ! އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟! މަންމަ ވިހޭ ދަރިއޭ މީ! މަންމަ ގާތުގައޭ ބޮޑުވީ! އިތުބާރު ކޮށްބަ! ހެޔޮނުވާނެ މަންމާ!” ތާރާ އާދޭސް ކުރަމުން ދިޔައެވެ.
“އަހަންނަށް މަންމަ ނުކިޔާތި މީގެ ފަހުން! އަޑު އިވިއްޖެ! ކިތައް ފަހަރުތަ ކަލޭ ގާތު ބުނަން ވީ؟! މިއަދަށްފަހު މަމީ ކަލޭ މަންމައެއް ނޫން! ކަލޭ އަމާ ވީ މަރުވެފަ!” ނާޒިމޭ ހަޅޭއްލަވައިގަތެވެ.
ތާރާ އިތުރަށް ނާއިލްގެ އަނިޔާވެރިކަމުގެ ޝިކާރަ އަކަށް ވާކަށް ބޭނުމެއް ނޫނެވެ. އެހެން ވާންވެއްޖެނަމަ އޭނާ ރަނގަޅަށް ވެސް މޮޔަ ވެދާނެއެވެ. އޭނާގެ ހިތް ހުއްޓިދާނެއެވެ.
“ކިޔާން! ކީއްވެތަ އެއްޗެއް ނުބުނަނީ؟! ކިޔާން ވެސް އަހަންނަށް އިތުބާރު ނުކުރަނީތަ؟! އޭނ؟” ހިތްދަތިވެފައި ތާރާ އަހާލިއެވެ. ތާރާ ފަހަރަކު މޫނަކަށް ބަލައިލީ އޭނާއަށް އިތުބާރު ކުރާ މީހަކު ހުރިތޯއެވެ. ނަމަވެސް އެންމެން ވެސް މޫނު އަނބުރާލީއެވެ.
“އޮހް. އެހެންވީމާ ހަޤީގަތް ބެލުމެއް ވެސް ނެތް ދޯ؟ އެހެން މީހުންގެ އުފަލަށްޓަކައި އަމިއްލަ އުފާ ގުރުބާން ކުރީމަ ދެންވެސް މީދޯ އަހަންނަށް ލިބޭ ނަތީޖާ އަކީ؟… އެންމެރަނގަޅު. އަހަރެން ގޮސްދާނަން. އެކަމަކު… އެހެރަ ފުރޭތަ އާ އެއްކޮށް މަށެއް ނުދާނަން. ނުވެސް ފޮނުވޭނެ. އަލްވަދާޢު ހުރިހާ އެންމެނަށް.” އެހެން ބުނެފައި ތާރާ ދުވެފައި ގޮސް ސިޑިން އެރިއެވެ. އިރުކޮޅެއަ ފަހުން ފެނުނީ ތާރާ ގޮށިގަނޑެއް ހިފައިގެން ފައިބާތަނެވެ. އެއްވެސް މީހަކަށް ބަލައިލުމެއް ނެތި ތާރާ ގެއިން ނުކުމެގެން ދިޔައެވެ.
ނަމަވެސް ދިޔުމުގެ ކުރިން ފަހު ފަހަރަށް “އަލްވަދާޢު. ކޮންގްރެޓްސް ނާއިލް. ޔޫ ހޭވް އޮފިޝަލީ ފަ*ޑް މައި ލައިފް. އުއްމީދު ކުރަން ނާއިލް މިހާރު ހުންނާނީ ވަރަށް އުފާވެފަ ކަމަށް. އެން އައި ހޯޕް ޔޫ ރޮޓް އިން ހެލް! ކޮންމެ ކަމެއްގެ ވެސް ހަޤީގަތް ފަޅާ އަރާ ދުވަހެއް އަންނާނެ. އެދުވަހަކުން ކަލޭގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ފަޅާއަރާނެ! ކަލޭގެ އަސްލު ކުލަ ފެންނަ ދުވަސް އަދި އަންނާނެ. މާތްﷲ ކަލޭ ކުރި ކުށަށް ޢަޛާބު ދެއްވާނެ. މާކް މައި ވޯޑްސް…. އަހަރެން އިންތިޒާރު ކުރާނަން ތިމީހުންނަށް ވިސްނިގެން އަހަރެން އެކްސެޕްޓް ކުރާނެ ދުވަހަކަށް. އަހަރެންގެ ކުށެއް ނެތްކަން ތިމީނުނަށް އެނގޭ ދުވަހަށް އިންތިޒާރު ކުރާނަން.” އެހެން ބުނުމަށް ފަހު ތާރާ ނިކުތެވެ. އަދި ޓެކްސީއެއް ހޯދައި މޫންލައިޓް ގެއަށް ދިޔައެވެ.
……………………
ކޮޓަރިއަށް އެއްޗެހިތައް ލާފައި ތާރާ އޭނާގެ ގިޓާ ނަގައިލިއެވެ. އަދި އެ ހިފައިގެން ބެލްކަންޏަށް ނިކުމެ އަތަށް ހިޔަވަރު ކޮށްލަމުން އިސް އުފުލާ އުނޑަށް ބަލައިލިއެވެ. އޭރު މިލަކެރި ޖަހަމުން ދިޔައެވެ. ވާރޭ ތިއްކަކަށް ފަހު ތިއްކެއް އޭނާގެ ދޮން މޫނުގައި ބޮސްދެމުން ދިޔައެވެ. އެ ވާރޭ އާއި އެދެލޮލުގައިވާ ކަރުނަތައް އެއްވެގެން ދިޔަ ހިނދު ތާރާ އޭނާގެ ގިޓައިން މަޑު މިއުޒިކެއް އަޅުވާލިއެވެ. ދެލޯ މަރާލަމުން ހިތި ހިނިތުންވުމެއް ވެލިއެވެ. ތާރާގެ އަސަރުން ފުރިގެންވި އަޑު ޖައްވުގައި ގުގުމާލިއެވެ.
“ލޯތްބަށް ޓަކާ، ހިތް އެދި ރުޔަސް
ލޯބިން ވަނީ، މަޙުރޫމް ވެފައި
އެހެނަސް ބުނަން، ލޯތްބަށްޓަކައި
ގުރުބާން ވުމީ، މިހިތުގެ އުފާ…”
…………..
ސޯންގް ލިރިކްސް ގައި އެއްވެސް މައްސަލައެއް ވާނަމަ މަޢާފަށް އެދެން. ހޯޕް ޔޫ ލައިކް ދި ސްޓޯރީ ސޯ ފާ. ?
????
?ޝައީ?