
އަނެއް ދުވަހު ހެނދުނު ހެނދުނާ އެންމެން ފުރިއެވެ. ރާއްޖެ އާދެވުނު އިރު ހުރީ ހަވީރު 5:30 އަށް ވުރެ ބޮޑު ވެފައެވެ. ވެފައި ހުރި ވަރުބަލިން މޫންލައިޓް ގެއަށް ދިޔަ ގޮތަށް އެންމެން ނިދީއެވެ. ހުރުން ހަމަ ޖެހިފައިވާ ގޮތުން ސަނަމް ހުންނަނީ ތާރާ އާއި ކައިލާނާއި އެކު މޫންލައިޓް ގޭގައެވެ. އީމާން ހުންނަނީ އޭނާގެ އަމިއްލަ ގޭގައި އޭނާގެ މައިންބަފައިންނާ އެކުގައެވެ. ވީރާ ވެސް ހުންނަނީ އޭނާގެ އަމިއްލަ ގޭގައެވެ.
ނަމަވެސް އެރެއަށް އެންމެން ވެސް ނިންމީ މޫންލައިޓް ގޭގައި ތިބުމަށެވެ.
…………
“ވީ! ގެޓް ޔުއާ ފެޓް ބަޓް އޮފް މީ!” ތާރާ އަށް ހޭލެވުނީ ސަނަމް ހަޅޭއްލަވައިގެން އަޑަށެވެ. “ވަޓް؟ މައި ބަޓް އިޒް ނޮޓް ފެޓް. އެންޑް އޯލްސޯ ފޯ ޔުއާ ކައިންޑް އޮފް އިންފޯމޭޝަން މައި ބަޓް އިޒްންޓް އޮން ޔޫ. މައި ލެގް އިޒް.” މޯޅި އަކަށް ދެމިލަމުން ވީރާ އޭނާގެ ފައި ސަނަމްގެ ބަނޑުން ނެގިއެވެ.
“އާރްގްހް! ވައި ޑޫ ޔޫ އޯލްވޭސް ޓޭކް ދި ހޯލް ބެޑް؟” ސަނަމް ލޯ އަޅާލިއެވެ. “އައި ޑޯންޓް. ވައި އާ ޔޫ އޯލްވޭސް ދިސް އަނގަގަދަ؟ ލުކް ތާ އިޒްންޓް އީވެން ކޮމްޕްލެއިނިން!” ވީރާ މިހާރު ހޭލައި އޮތް ތާރާ އަށް ބަލައިލަމުން ބުނެލިއެވެ.
ތާރާ ހީލިއެވެ. “ދެޓްސް ބިކޯޒް ޝީ އިޒް ދި ގުޑް ގާލް! ބަޓް ވީ އޯލް ނޯ ދެޓް އައި އޭމް ނޮޓް!” ސަނަމް ދެލޯ ހަނިކޮށްލިއެވެ. “ވަޓެވާ ބޭޑް ގާލް.” ވީރާ މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ. ސަނަމް ވެސް ރައްދުގައި ދޫ ނެރެލިއެވެ.
“ވައި ޑޫ އައި ހޭވް 2 ބޭބީސް އޭޒް މައި ބެސްޓީސް އެގެއިން؟” ތާރާ އެނދުން ތެދުވަމުން އަހާލިއެވެ. “ބިކޯޒް ޔޫ ލަވް އަސް ޓޫ މަޗް ޓު ލެޓް ގޯ!” އެދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. އެއާއެކު 3 މީހުން އެއްފަހަރާ ހޭން ފެށިއެވެ.
“ތި މީހުން ތިބޭ ހޭން! އަހަރުން ބްރެކްފާސްޓް ތައްޔާރު ކޮށްފިން! 10 މިނަޓު ތެރޭ ނައިއްސިއްޔާ ހުސްކޮށްލާނަން!” އީމާން ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ވަގުތުން 3 މީހުން “ފުޑް!” އޭ ކިޔައިގަނެފައި އަވަހަށް ތައްޔާރު ވެލިއެވެ.
ބަދިގެ އަށް ދިޔައިރު ބަށި މަސްހުންޏާއި ރޮށި ތައްޔާރު ކޮށްފައި ހުއްޓެވެ. 2 ފިރިހެން ކުދިންނަށް ކަޅު ކޮފީގެ އިތުރުން ތާރާ އަށާއި ސަނަމް އަށް ކިރު ކޮފީ އަދި ވީރާ އަށް މިލްކް ޗޮކްލެޓް ވެސް ހުއްޓެވެ.
“ހުމްމްމް. އިންނު އާ ދޮންބެގެ ފަރާތުން ދޭ ޓްރީޓެއް ތަ؟” ގޮނޑީގައި އިށީނދެލަމުން ތާރާ އަހާލިއެވެ. “ހުމްމް. އަހަރުންނަށް ވެސް ރަނގަޅަށް ކައްކަން އެނގެއޭ! ފިރިހެނުން ވެސް ނިކަން ހިތްވަރު ގަދަ ވާނެއޭ!” ކައިލާން ބުނެލިއެވެ. “އެހެއެހެ. ހާދަ ޑިފެންސިވް ވަނީ؟” ސަނަމް ހީލިއެވެ. އެވަގުތު ވީރާ އޭނާގެ މިލްކް ޗޮކްލެޓް ތަށްޓަށް ފާޑަކަށް ބަލަހައްޓައިގެން އިންތަން ފެނުނެވެ.
“ވީ، ކިޔާ ހު އާ؟” ސަނަމް އަހާލިއެވެ. “ފުރަތަމަ ސުވާލަކީ ކާކުހޭ ވީ އަށް މީތި ގިރީ؟” ވީރާ ވަގުތުން އެއްސެވެ. “ކައި ހެދީ. ކިހިނެއް ވީ؟” އީމާން ހިނިތުންވުމެއް ފޮރުވަމުން އަހާލިއެވެ.
“އާ ޔޫ ޝުއާ ދިސް އިޒްންޓް ޕޮއިޒަންޑް؟” ވީރާ ކައިލާނާއި ދިމާއަށް ބުމަ އަތުވާލިއެވެ. ވަގުތުން ކައިލާން ކޮށި އެރިއެވެ. “ދި ފަ*؟ އެލޯވެރާ، އޭޒް މަޗް އޭޒް އައި ޑިސްލައިކް ޔޫ، އައި ވޯންޓް ޑޫ ސަމްތިން ލައިކް ދެޓް.” ކައިލާން ހަމަޖެހިލަމުން ބުންޏެވެ.
“ކިހިނެއް އެނގޭނީ؟ ލާސްޓް ޓައިމް މަށަށް ހެދި ސްޕެގެޓީ ތަށި ތެރެއަށް އޮތީ ކިލާފަންޏެއް ލާފަ ވިއްޔަ. މަ ހޮޑުލާ ހޮޑުލާ މަރުނުވީ ކިރިޔާ.” މޫނު މައްޗަށް ގޮތެއް ހަދާލަމުން ވީރާ ބުނެލިއެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“އައި ސޮރީ އޭ ބުނިން ފަހުން. އޯލްތޯ އިޓް ވޯޒް ކުވައިޓް ހިލޭރިއަސް! ހިއެއް ނުކުރާނެއެއްނު އެލޯވެރާ އަށް އެވަރު ވާނެ ކަމެއް.” ކައިލާން ހެމުން ބުނެލިއެވެ.
“އިޓް ވޯޒް ނޮޓް! އައި އޯލްމޮސްޓް ޑައިޑް އެން ޔޫ ތިންކް އިޓްސް ފަނީ!”
“ނޮޓް މައި ޕްރޮބްލެމް ދެޓް ޔުއާ ރިއެކްޝަން ވޯޒް ފަނީ! އެލްމާއޯ!”
“އައި ހޭޓް ޔޫ!”
“ދި ފީލިން އިޒް މިއުޗުއަލް، މައި ޑާލިން!”
“އެން ހީ ސްޓިލް ކޯލްސް ހާ ޑާލިން! މޭރީ ޑާލިން!” ސަނަމް ހިނިގަނޑެއް ޖަހާލިއެވެ. “އައިމް ނޮޓް ޑްރިންކިން ދިސް ޝިޓް!” ވީރާ އޭނާގެ މިލްކް ޗޮކްލެޓް ޖޯޑު ދުރުކޮށްލިއެވެ. “އޮހް ކަމް އޯން! ވައި އާ ޔޫ ސޯ ފްރީކީ؟” ކައިލާން ދެލޯ ހަނިކޮށްލިއެވެ.
“އެކްޗުއަލީ ވީ، އައި މޭޑް ދި ޑްތިންކް. އެން ޔޫ އާ ވެލްކަމް.” އީމާން ހެމުން ބުނެލިއެވެ. ވީރާ ވަގުތުން އީމާން އާއި ދިމާއަށް ބަލައިލިއެވެ. “އައި ވިލް ކިލް ޔޫ!” ވީރާ ހަޅޭއްލަވައި ގަތެވެ.
“ފަސްޓް ކާނާ ކާއޯ. ދެން މާރޯ އޭނާ!” ސަނަމް އަނގައަށް ރޮށިކޮޅެއް ލަމުން ބުނެލިއެވެ. ތުން އަނބުރާލަމުން ވީރާ މިލްކް ޗޮކްލެޓް ޖޯޑުން ކޯވަރެއް ބޯލިއެވެ. “ޑެމްން! ދިސް ޓޭސްޓްސް ލައިކް ހެވެން!” ވީރާ ބުންޏެވެ.
“ހެވެން ރަހަ ބަލާފަތަ ތިހެން ތި ބުނީ؟” ކައިލާން އަހާލިއެވެ.
“ވާހަކަ ނުދައްކާ.” އެހެން ބުނެފައި ވީރާ އަނެއްކާވެސް މިލްކް ޗޮކްލެޓް ބުއެވެ. “މްމްމްމް… ޔޫ އާ މައި ފޭވް މިހާރުން ފެށިގެން!” ވީރާ އީމާން އާއި ދިމާއަށް ހީލިއެވެ.
“ތޭންކްސް. ބަޓް އައި ތިންކް އައި ވިލް ޕާސް. ޑޯންޓް ވޯންޓް ޓު ބީ ޔުއާ ފޭވްފިޓް. އެނެމީ އިޒް ބެޓާ އެނީވޭ. ޑިޑްންޓް ތިންކް އެލޯވެރާ މަށަށް ކޮމްޕްލިމެންޓް ކުރާނެ ކަމަކަށް. ނެވާ އިން އެ މިލިއަން އިޔާޒް! ބަޓް ހިޔާ ޔޫ އާ…” ކައިލާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ވީރާ މިލްކް ޗޮކްލެޓް ބޮމުން ވާހަކަ ދައްކަން ފެށި އެވެ.
“ހެލޯ މިސްޓާ-ޑަމްބް-އޭސް-ހެޓް! އައި ވޯޒް ނޮޓް ކޮމްޕްލެމެންޓިން ޔުއާ ސްޓުޕިޑް އެގޯއިޝް ސެލްފް! މާން އަށް ކޮމްޕްލެމެންޓް މި ކުރީ.”
“އެން ދެޓްސް ވެން އައި ބްރޭކް ދި ބޮމްބް އެން އޯލްސޯ ޓެލް ދި އިންފޭމަސް ޓްރުތު. ކައި މޭޑް ދި ވެރީ ޑްރިންކް ޔޫ އާ ޑްރިންކިން.” އީމާން ހެމުން ބުނެލިއެވެ. ވީރާ އަނގައިގައި ހުރި އެއްޗެހިތައް ބުރުއްސާލިއެވެ. އަދި ކޮށިއަރަމުން ކައިލާނަށް ބަލައިލިއެވެ. އެ ދެލޮލުން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ.
“އެން ދެޓްސް މައި ކިޔު ޓު ލީވް!” ގޮނޑިން ތެދުވަމުން ކައިލާން ދުއްވައިގަތެވެ. “އޮހް ނޮ ޔޫ ޑޯންޓް!” ވީރާ ވެސް ގޮނޑިން ތެދުވަމުން ކައިލާން ފަހަތުން ދުއްވައިގަތެވެ.
“އައިމް ވޮޗިން އެ ލައިވް ޝޯ އޮފް ޓޮމް އެން ޖެރީ.” އީމާން ބުނެލިއެވެ.
“ނޫނޭ އޮގީ އެން ދި ކޮކްރޯޗް! އާހް! އައި ލްވް ދި ކާޓޫން!” ސަނަމް ވެސް އެއްބައިވެލިއެވެ.
އެދެމީހުންގެ ޒުވާބު ތަކުން ތާރާގެ ހަނދާނަށް އައީ އޭނާ އާއި ކިޔާންގެ ޒުވާބުތަކެވެ. އަބަދުވެސް ހުންނަނީ ތޮޅެ ތޮޅެ ވިއްޔާއެވެ. އެކަކު އަނެކަކުގެ ކަރުގައެވެ. ދެ ބުޅާހެން ކޯޅެ ކޯޅެއެވެ. އެކަކު އަނެކަކަށް ލަނޑު ދެވޭތޯއެވެ. ކުށްވެރި ކުރުމުގައެވެ. އަބަދުވެސް ކޮންމެވެސް ސަކަރާތް ގަނޑެއް ޖެހޭތޯއެވެ. އެކަކު އަނެކަކަށް ކުރަމުން ދިޔައީ ނަފްރަތެވެ. ދެމީހުން ވެސް އެކަކު އަނެކަކާ މެދު ހިތުގައި އޮތް ލޯބި ވަންހަނާ ކޮށްގެން ތިބެއެވެ.
ހިތަށް އުނދަގޫ ވާން ފެށުމުން އަވަސް އަވަހަށް ކައި ނިންމައިގެން ތާރާ ކޮޓަރިއަށް ހިސް ފޮށީގައި ހުރި އެއްޗެހި އަލަމާރިއަށް އަޅަން ފެށިއެވެ. ކުރީގެ ހަނދާންތައް އާކޮށްފައި ރޯން ބޭނުން ނުވާތީއެވެ. އެ ހާދިސާ އާއި މެދު އޭނާ ނުރޯތާ މިހާރު 2 އަހަރު ވަރު ވަނީއެވެ. ދެރަވެ އެވެ. ހިތާމަ ކުރެއެވެ. ހިތަށް ތަދުވެސް ވެއެވެ. ޝަކުވާ ކުރެވުނު އަދަދު ވެސް ނޭނގެއެވެ. ނަމަވެސް ލޮލުން ކަރުނައެއް ނާޅައެވެ. ކަރުނަ އޮއްސާނެހާ ހިތްވަރެއް އޭނާގެ ކިބައިގައި ނެތެވެ. ރޯން ފަށައިފިނަމަ ފަސޭހައިން ނުހުއްޓޭނެ ކަން ތާރާ އަށް އެނގެއެވެ.
“ރާރާ! މީ އެން ވީ ދަނީ އިނގޭ! މިއަދު ހަވީރު މަށަށް ނާދެވޭނެ ކަންނެ. ޑޭޑް ބުނެގެން ހޮސްޕިޓަލްގެ ބައެއް ލިޔެ ކިޔުންތައް ނިންމާލަން ޖެހޭ އެބަ. އެން އައި ވިލް އޯލްސޯ ޓެލް ޑޭޑް ގާތު ޔޫ 3 އަށް ވަޒީފާ އެތަނުން ދޭން! ބާއި” އީމާން ދޮރު ހުޅުވާލާފައި ގޮވާލިއެވެ. “ބާއި! ސީ ޔޫ އިނގޭ ފަހުން އެހެން ވީރު. އެކަމް މިރޭ އަންނައްޗޭ! މިރޭ ކެރަމްގަނޑެއް ޖަހާލަން ޖެހޭނެ!” ތާރާ އީމާނަށް ބުންޏެވެ. “ޔަގީންތާ! އެ ގަޑިއަށް އަންނާނަން. ކެރަމްގަނޑެއް ދުލެއް ނުކުރެވޭނެ އެއްނު.” އީމާން ވެސް ބުނެލިއެވެ.
“ދަނީ މަގޭ ލޯބި ލޯބި ދޫނީ!” ވީރާ އައިސް ތާރާ ގައިގައި ބައްދާލިއެވެ. “އޯވް. އަންނައްޗޭ ތާގެ ސްވީޓް ސްވީޓް… ސްވީޓް ޕޮޓޭޓޯ!” ތާރާ އެހެން ބުނުމާއެކު ވީރާ ތާރާގެ ބުރަކަށީގައި ވިކައިގަތެވެ. “އައްދޯއި!” ތާރާ ހަޅޭއްލަވައި ގަންނަމުން ދުރަށް ޖެހިލިއެވެ. އަދި ތުންކޮޅު އޫ ކޮށްލިއެވެ. “އޯކޭ އޯކޭ. ތާގެ ސްވީޓް ސްވީޓް ސިސޫ.”
“ދެޓްސް މޯ ލައިކް އިޓް.” ވީރާ ހީލިއެވެ. “އެލޯވެރާ، ކޮބާ މަށަށް ވީ ހަގް؟” ކައިލާން އެ ކޮޓަރިއަށް ވަނެވެ. ފަހަތުން ސަނަމް ވެސް އައިސް ވަނެވެ. “ނޯ ހަގްސް ފޯ ޔޫ!” އެހެން ބުނެފައި ވީރާ ދާން ހިނގައި ގަތުމުން ކައިލާން އައިސް ފަހަތުން ބައްދާލިއެވެ.
“އައްޗީ! ކޫޓީސް! ލެޓް ގޯ ލެޓް ގޯ!” ވީރާ ހަޅޭއްލަވައި ގަތުމުން އެންމެފަހު ކައިލާން އޭނާ ދުރުކޮށްލިއެވެ. އަދި އެއްމިޔަކަނުން ހީލުމަށްފަހު ނިކުމެގެން ދިޔައެވެ. “ތާ އަށް ޝައްކު. ހުމްމްމް.” ތާރާ ލާނެތް ހިނިތުންވުމަކާއި އެކު ސަނަމްއަށް ބުންޏެވެ.
“ޝައްކު ޔަގީނަށް.” ސަނަމް ވެސް ތާރާ އާއި އެއްބައިވެލިއެވެ. “ޔޫ ބޯތު އާ ބޭޑު މައިންޑެޑް. ހުންނާތި. ހަވީރު އައިސް ތިމީހުންގެ މައިންޑްސް ހަންދާވަރަށް ސެނެޓައިޒް ކުރާނަން!” އެހެން ކިޔާފައި ވީރާ ދަބަސް ކޮނޑުގައި އަޅުވައިގެން ދުއްވައިގެނެފައި ދިޔައެވެ. ވަގުތުން 3 މީހުން ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. “ހިނގާ ދޯ ބަލަން މި ދެ މީހުންނަށް ފަހުން ވާނެގޮތެއް.” އެހެން ބުނެފައި އީމާން ވެސް ދިޔައެވެ.
އެންމެން ދިޔުމުން ތާރާ އަވަސްވެގަތީ ގޭތެރެ ފޮޅާ ސާފު ކުރުމަށެވެ. ނަމަވެސް އޭނާ އެންމެ ހައިރާންވީ މާ ބޮޑަށް ސާފުކުރަން ނުޖެހުމުންނެވެ. ފަހަރުގައި އުސްރާމެން އެގޭ ސާފު ކުރަނީ ކަމަށް ވެސް ވެދާނެއެވެ.
އެއަށްފަހު ތާރާ މެންދުރަށް ކެއްކުމަށް ފަހު އިނީ ޓީވީ ބަލާށެވެ. އިރުކޮޅެއް ފަހުން ކައިލާން ވެސް އައިސް އޭނާ ގާތު އިށީނެވެ.
“ކީއްވެ ތިވަރަށް ތި ބަލަނީ؟ ޓީވީ ހުރީ ދޮންބެގެ މޫނުމަތީގަތަ؟” ތާރާ މާ ވަރަކަށް ބަލާތީ ހިނިއައިސްފައި ކައިލާން އަހާލިއެވެ. “އުހުއް. ހަމަ އެއްޗެއް ބަލާލީ.” އެހެން ބުނެފައި ތާރާ ޓީވީ ބެލުމާއިގެން ކުރިއަށް ގެންދިޔައެވެ. މިފަހަރު ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން އިނީ ކައިލާނެވެ.
“ހާދަ ހީނުވޭ. ބުނެބަ. ކޯއްޗެއްތަ މާ ވަރަކަށް ތި ބެލީ؟”
“އެއްޗެއް ނޫނޭ.”
“ކަރެކްޓް އާންސް ޕްލީޒް.”
“ފައިން! ތެދަށް ޖަވާބު ދޭނަންތަ ދޮންބެ ގާތު ތާ ސުވާލެއް ކޮށްފިއްޔާ؟” ތާރާ އަހާލިއެވެ. “ޑިޕެންޑްސް އޮން ވަޓް ދި ކުއެޝަން އިޒް.” ކައިލާން ސީރިއަސް ވެލަމުން ޖަވާބު ދިނެވެ. “އަފް! އައި ހޭޓް ޔޫ ތިހެން ވީރު.” ތާރާ ތުން އަނބުރާލިއެވެ. “ހުމް ހުމް. އެހެން ވިޔަސް ދެން ގި ކުރަން އުޅުނު ސުވާލު ބުނެބަ.” ކައިލާން އެދުނެވެ.
“އޯކޭ. ބަޓް ޑޯންޓް ފްރީކް އައުޓް!….. ސޯ… ޑޫ ޔޫ ލައިކް ވީ؟ ޔޫ ނޯ ލައިކް ލައިކް ކޮށް؟” ތާރާ އަހާލިއެވެ. ކައިލާން ތާރާ އާއި ދިމާއަށް ބަލައިލިއެވެ. “ވަޓް ދި ފަ*؟ އައި ޑޯންޓް ލައިކް ހާ! ޝީ އިޒް މޮޔަ އެން އެނޯއިން!”
“ޑޯންޓް ފޯގެޓް ދެޓް ޔޫ އާ ދި ވަން ހޫ ސްޓާޓްސް އެވްރީތިން! ޔޫ ނޯ ވަޓް؟ އައި ޑޯންޓް ކެއާ އިފް ޔޫ ލައި. ކަޒް އައި އޯލްރެޑީ ނޯ ދެޓް ޔޫ ޓޫ ލައިކް އީޗް އަދާ! ހޫ ހޫ!” ތާރާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ.
“ނޮޕް! އައި ޑޯންޓް ލައިކް ހާ!”
“ޝުއާ. ވަޓް އެވާ ޔޫ ސޭ!”
“ހާހް! އައިމް ގޮއިން ބޭރަށް.” ކައިލާން ގޮނޑިން ތެދުވަމުން ބުންޏެވެ.
“އޯވް. ލަދުގަތީތަ؟ ހިއެއް ނުކުރަން ކައިލާން ރައްޔާން އަތުގަ ލަދުގަންނާނެ ހާ ރުފިޔާ ހުރި ކަމަކަށް. ބަޓް އޯކޭ އޯކޭ… ދެންންންން!” ތާރާގެ މޫނު މަތީގައި ބަލީހެއް އައިސް ޖެހުމުން ތާރާ ހަޅޭއްލަވައި ގަތެވެ. އަދި އެ ބާލީސް ކައިލާނާއި ދިމާއަށް އެއްލިއެވެ. ނަމަވެސް ކައިލާން ގެއިން ނުކުތުމަށް ފަހު ދޮރު ލެއްޕުމުން ބާލީސް ގޮސް ދޮރުގައި ޖެހިފައި ބިންމައްޗަށް ވެއްޓުނެވެ.
“ހަހް! އައި ނޯ ޔޫ ލައިކް ހާ. ހަހަހަ.” ތާރާ ހޭންފެށިއެވެ.
ކައިލާން ދިޔުމުން ތާރާ އަވަސްއަވަހަށް ފޯނު ނަގައި އެލެކްސްގެ ނަމްބަރަށް ގުޅިއެވެ. އެކޮޅުން އެލެކްސް ފޯނު ނެގިއެވެ. “އަދި ހުރިހާ ކަމެއް މި ދަނީ ރަނގަޅަށް. އެކަމަކު މި އިންވެސްޓިގޭޝަން ކުރިއަށް ދާ ވަރަކަށް ތާ ބައެއް ދުވަސް ދުވަހު ޖެހޭނެ ޕޮލިސް ސްޓޭޝަނަށް ވެސް އަންނަން. އޯކޭ؟”
“އެންމެ ރަނގަޅު.” ތާރާ އެއްބަސްވިއެވެ.
………………
❤️?❤️?❤️?
?ޝައީ?