ހެނދުނު ހެނދުނާ ހޭލައިގެން ތާރާ އާއި ސަނަމް ސައި ތައްޔާރު ކުރިއެވެ. އޮށްދަޅާއި ރޮށްޓެވެ. އަދި ކައިލާނަށް ގޮވުމަށް ފަހު އެންމެން އެކުގައި ކެއެވެ. “ހޭ. އައި ތޯޓް މާން އެން އެލޯވެރާ އަންނާނެ ކަމަށް.” ކައިލާން ބުނެލިއެވެ. “ހުމްމް. ވީ އޭނަގެ ބޮޑުދައިތަ ގެއަށް ދިޔައީ. އިންނު އަންނަންށޯ ހުރީ. އެކަމު ނޭނގެ ކީއްވެ ކަމެއް ނައީކީ. ވަރަށް ގުޅައިފިން. ނިދާފަ ކަންނެ.” ތާރާ ތަށިތައް ދޮންނަމުން ބުންޏެވެ. “އެހެންތަ؟ ހުމްމް. ދޮންބެ މިއުޅެނީ މިއަދު […]
Little note: Eemaa ge baby ge namaky Eemaan. And Thaaraa ge friend ge namaky ves Eemaan. So I decided to change the baby’s name to Eenam. ………………… “ކޮބާ؟ ބުނެބަލަ އަހަރެން ކުރި ޙަރާމް ކަމެއް. ވަރަށް އަޑުއަހާލާ ހިތްވެފައޭ މިހުރީ. ކިހާވަރަކަށް ވާހަކަ ހަދަން އެނގޭތޯ ވެސް ބަލައިލަން ބޭނުންވާނެނު؟” ކިޔާން އަނެއްކާވެސް ކުރީ މަލާމާތެވެ. “އެންމެ ރަނގަޅު. އެކަމަކު އަހަރެން މީ ކިޔާން […]
“އޮހް ޝިޓް.” ގެއަށް އައިސް ވަތް ކައިލާން ފެނިފައި ތާރާ އަވަހަށް ފޯނު ކަނޑާލަމުން ޖީބަށް ލިއެވެ. “ކިހިނެއް ވީ؟” ތާރާ އަހާލިއެވެ. “އަހްމްމް.. އަމްމް.. ކަ.. ކަމެއް ނުވޭ.” ކައިލާން އެހެން ބުނި ނަމަވެސް މޫނުމަތިން ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ފެންނަން ހުއްޓެވެ. “ދޮންބޭ. ބުނެބަ ތާ ގާތު. ކިހިނެއް ވީ؟” ތާރާ އަނެއްކާވެސް އެހިއެވެ. ކައިލާން ތާރާގެ މޫނަށް ބަލައިލިއެވެ. “އައިމް ސޮރީ.” ކައިލާން މަޑުމަޑުން ބުނެލިއެވެ. “ވައި؟” ވާނުވާ ނޭނގިފައި ތާރާ ސުވާލު […]
އަނެއް ދުވަހު ހެނދުނު ހެނދުނާ އެންމެން ފުރިއެވެ. ރާއްޖެ އާދެވުނު އިރު ހުރީ ހަވީރު 5:30 އަށް ވުރެ ބޮޑު ވެފައެވެ. ވެފައި ހުރި ވަރުބަލިން މޫންލައިޓް ގެއަށް ދިޔަ ގޮތަށް އެންމެން ނިދީއެވެ. ހުރުން ހަމަ ޖެހިފައިވާ ގޮތުން ސަނަމް ހުންނަނީ ތާރާ އާއި ކައިލާނާއި އެކު މޫންލައިޓް ގޭގައެވެ. އީމާން ހުންނަނީ އޭނާގެ އަމިއްލަ ގޭގައި އޭނާގެ މައިންބަފައިންނާ އެކުގައެވެ. ވީރާ ވެސް ހުންނަނީ އޭނާގެ އަމިއްލަ ގޭގައެވެ. ނަމަވެސް އެރެއަށް އެންމެން ވެސް […]
6 އަހަރު ފަސް ……………… އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަތިރިމަތީގައި މަޖާ ނަގާފައި އުޅުން މީހުންތައްވެސް މިހާރު އެމީހުންގެ ގޭތަކަށް ހިނގައްޖެއެވެ. ނަމަވެސް 25 އަހަރުގެ ތާރާ އަދިވެސް ދާކަށް ހިޔާލެއް ނުކުރެއެވެ. ހީވާގޮތުން އިރުއޮއްސުން ކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ތާރާގެ ކުރިމަތިން ސިފަވަމުން ދިޔައީ މީގެ 6 އަހަރު ކުރީގެ ހަނދާންތަކެވެ. ލޯބިވެރިޔާއާއެކު ހޭދަކުރެވުނު ފޮނި ދުވަސްތަކެވެ. ދެމީހުން ބައްދަލު ވި ގޮތެވެ. ފުރަތަމަ އެކަކު އަނެކަކު ދެކެ ވީ ނަފްރަތެވެ. […]
އޭގެ އަނެއް ދުވަހު ހަވީރު ވަގުތު ނިދިފައި އޮތް ތާރާއަށް ހޭލެވުނީ ފޯނު ރިންގު ވާތީއެވެ. އެއީ މަންމަމެން އޭނާގެ ވާހަކަ ގަބޫލު ކުރީ ކަމަށް ހީކޮށް ވަރަށް އުންމީދުން ހިރެ ތާރާ އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ނަމަވެސް މޫނު މައްޗަށް މާޔޫސްކަން ވެރިވެގެން ދިޔައީ އެއީ ނުދަންނަ ނަންބަރެއް ކަމަށް ވާތީއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވިސްނުނީ އެ ގުޅަނީ ނާއިލް ކަމަށެވެ. އެހެންކަމުން އައި ރުޅީގައި ފޯނު ނެގިއެވެ. “މޮޔަ ވެގެންތަ ނާއިލް […]
އިތުރު 2 ދުވަހު އެ ރިސޯޓުގައި މަޑު ކުރުމަށްފަހު ތާރާމެން އަނބުރާ އައިތާ މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެއެވެ. އެ އެންމެންގެ ތެރޭގައިވާ ގުޅުން މިހާރު ކުރިއަށް ވުރެވެސް ބޮޑަށް ވަނީ ހީނަރުވެފައެވެ. ޙާއްޞަކޮށް ތާރާ އާއި ކިޔާނެވެ. ތާރާ ކިޔާންގެ ފޯނު ކޯލުތަކަށް ޖަވާބު ނުދޭ ތާނގައި މެސެޖެއް ވެސް ކޮށްނުލައެވެ. އެދެމެދުގައި ވާ ގުޅުން މިހާރު ނެތް ފަދައޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެދެމީހުން ވެސް އެކަކު އަނެކަކު ދެކެ ތެދުވެރި […]
“ވަޓް ޑޫ ޔޫ ވޯންޓް؟” ތާރާ ހިތްހަމަ ނުޖެހިފައި އެއްސެވެ. “އޮހް ޔޫ ނޯ ވަޓް އައި ވޯންޓް. ބީ ރެޑީ ޓުނައިޓް.” އެހެން ބުނެފައި ދީމާ ނިކުމެގެން ދިޔައެވެ. ދީމާ އެބުނީ ކީކޭ ކަމެއް ތާރާައަކަށް ނޭނގުނެވެ. އެހެންނަމަވެސް އެއީ މިރޭ ކޮންމެވެސް ކަމެއްވާނޭ ކަމުގެ އިންޒާރެއް ކަން ވިސްނުނު ހިނދު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މުޅި މާހައުލުގައި މީހުންތައް ވާހަކަ ދައްކަމުން ދިޔައިރު އެކަނިމާއެކަނި ސަމާ ހުއްޓެވެ. އޭނާ މޫނުމަތިން ކަމަކާ […]
ތާރާ ފަހު ފަހަރަށް ލޯގަނޑަށް ބަލައިލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ ތުންފަތް މަތީގައި ވަނީ ހިތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ފޮރުވާލުމުގެ ގޮތުން އޭނާ ބޭނުންކޮށްފައި ވަނީ މޭކަޕެވެ. ޕްލަމް ކުލައިގެ އެ ބޮޑު އަތްދިގު ހެދުން ހުރީ ލޭސްފޮތިންނެވެ. ކަރުގައި ރީތި ހާރަކާއި ކަންފަތުގައި ކަންފަތުލާ މުދި ހަރުކޮށްފައި ހުރި އިރު އެކުއްޖާ ހީވަނީ ޝާހީ […]