‘ލޯބި އޭގެ އަސްލުގައި’ މިއީ މި ވެބްސައިޓުގައި އަޅުގަނޑު ޕަބްލިޝް ކުރަން ނިންމާފައިވާ 2ވަނަ ވާހަކައެވެ. އަޅުގަނޑަކީ ‘އަންނަންދެން ހުންނާނަން ލޯބިން’ގެ ލިޔުންތެރިޔާއެވެ. ‘އަންނަންދެން ހުންނާނަން ލޯބިން’ ނިމެން ކައިރިވެފައި ވުމާއެކު އަޅުގަނޑު ދެން ލިޔާނެ ވާހަކަ ކިޔުންތެރީންނަށް އަންގާލަ ދެމެވެ. ‘އަންނަންދެން ހުންނާނަން ލޯބިން’ ނިމުމުން މި ވާހަކައިގެ ޓްރެއިލާއެއް ކިޔުންތެރީންނާއި ހަމައަށް ގެނެސްދޭނަމެވެ. ޝައީ❤️
“ހާއި.” އެއްވެސް މީހަކު ނެތް ވަގުތުގައި ތާރާ ޒީނާ އޮތް ކޮޓަރިއަށް ވަނެވެ. “ހޭ.” ޒީނާ ވެސް ގޮވާލިއެވެ. އޭނާގެ އަތުގައި ތުއްތު ދަރިފުޅު އޮތެވެ. ތާރާ ގޮސް އިށީނދެލީ ޒީނާ އާއި ޖެހިގެން އިން ގޮނޑީގައެވެ. “ކޮން ނަމެއް ބޭބީއަށް ކިޔަނީ؟” ތާރާ އަހާލިއެވެ. “ޢާއިޝަތު ޒާޔާ އަދްޔަން.” ޒީނާ ހީލިއެވެ. “އަދްޔަން؟” ހައިރާންވެފައި ތާރާއަށް އަހާލެވުނެވެ. ޒީނާގއ މޫނުމައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. “މައި އެކްސް ހަޒްބެންޑް.” ޒީނާ ބުނެލިއެވެ. “އޮހް. އައި… […]
ތާރާ ކޮޓަރިން ނުކުތް އިރުވެސް ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ އަށް އަދިވެސް ވިސްނެނީއެވެ. އޭނާގެ ސިކުނޑިއަށް އެ ހިތި މާޒީ ސިފަވަނީއެވެ. ނާއިލް ކުރި އަނިޔާ ތަކެވެ. ނާއިލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކެވެ. ތާރާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ގޮތެވެ. ތާރާގެ ކިބައިން އޭނާގެ އުފާވެރި ދިރިއުޅުން ފޭރިގަތް ގޮތެވެ. އޭނާގެ އާއިލާ އޭނާ ދެކެ ނަފްރަތު ކުރުވަން ކުރި ކަންތަކެވެ. ތާރާގެ ލޯބިވެރިޔާގެ ދުވަސް ދުއްވާލަން ކުރި ކަންތައް ތަކެވެ. ކިޔާން […]
އެރެއަށް ފަހު ތާރާ އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރެއެވެ. ނަމަވެސް އޭނާ ވަޒީފާއަށް ފަރުވާކުޑަ އެއްވެސް ނުކުރެއެވެ. ހިތަށް ބޮޑު ގާގަނޑެއް ލައިގެން ހުރެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. މިހާރު އޭނާގެ ހަމައެކަނި 3 އުންމީދަކީ ޔުކްތާ ވިހުމުން އެ ތުއްތު ފުރާނައަށް ރަނގަޅު ދައްތައެއްގެ މަގާމުމުގައި ހުރުމެވެ. ސާރާ އާއި ރައްޔާނަށް އިންސާފު ހޯދައި ދިނުމެވެ. އޭނާގެ އެންމެ ފަހު އުންމީދަކީ އޭނާގެ މަންމަ ނާޒިމާ އާއި ބައްދަލު ކުރުމެވެ. މަންމަގެ […]
ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު ވެސް ވަދެގެން އައި ޒުވާނާ އަކަށް ތާރާއެއް ނުފެނެއެވެ. ތާރާގެ ހިތުގައި އުދާސްތައް އުފެދެމުން ދިޔައެވެ. އެތައް ހާސް ޝަކުވާއެއް އެ ހިތުގައި ވިއެވެ. އެ ދެލޮލަށް އެތައް ސަތޭކަ ކަރުނަތިކި ތަކެއް އެއްވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އެ ކަރުނަތައް ދެލޮލުން ބޭރުވިޔަކަ ނުދިނެވެ. “ދި ޑޮކް އިޒް ގޮނާ ޗެކް ދި ޖެންޑާ.” ޒީނާ ވަރަށް އުފަލުން އެ ޒުވާނާގާތު ބުންޏެވެ. “ރިއަލީ؟ ދެޓްސް ގްރޭޓް! އައި ހޯޕް […]
ހަފްތާއެއް ފަސް……. “ޕްލީޒް ވެލްކަމް އަވާ ނިއު ޑޮކްޓަރ އެން ނާސެސް.” އީމާން އޭނާގެ މުވައްޒަފުންނަށް އޯޝަން ބްރީޒް ހޮސްޕިޓަލަށް ވަން އާ ޑޮކްޓަރާއި 2 ނާހުން ތަޢާރަފު ކޮށްދެމުން ވާހަކަ ދެއްކިއެވެ. އާއެކެވެ. ތާރާ، ވީރާ އަދި ސަނަމެވެ. މިއަދަކީ އޯ.ބީ ހޮސްޕިޓަލުގައި އެމީހުންގެ ފުރަތަމަ ދުވަހެވެ. މީޓިން ނިމުމުން ތާރާ އޭނާގެ ރޫމަށް ފޮނުވާލެވުނެވެ. އަދި ސަނަމާއި ވީރާ އެމީހުންނަށް ހަމަޖެހުން ފަންގިފިލާއަށް ދިޔައެވެ. 3 މީހުނަށް ވެސް މަސައްކަތް ކުރަން ޖެހުނީ ތަފާތު […]
“ނާ، ވިލް ޔޫ ބީ މައި…” އަކުރަމަށް ބުނެވުނީ އެހިސާބަށެވެ. ގޭގެ ބޭރުން އިވުނީ ނޫރާ ފޯނުން މީހަކާއި ވާހަކަ ދައްކާ އަޑު އިވުމުންމެވެ. ގަތް ބިރުންނާއި ލިބުނު ސިހުމުން، ނާޔާ އިން ތަނުން ތެދުވެ އޭނާގެ ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ނާޔާ ދިޔުމުން ވާނުވާ ނޭނގި ހުރެ އަކުރަމް އިން ތަނުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. މީގެން ކުރިން ވެސް ނާޔާ […]
“މަ ޖައިލަމަށް ގުޅާފިން ވަރަށް. ފޯނު ނުނަގާތީ މިގެއަށް މިއައީ.” ކިޔާންގެ އަޑުން އެކަނިވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އެނގުނެވެ. އެހެން ބުނެފައި ކިޔާން ނިކުމެގެން ދިޔައީއެވެ. “ޝިޓް. އެބަ އަންނަން.” ޖައިލަމް އާއި އީކަން އެހެން ބުނެފައި ދުވެފައި ކިޔާން ފަހަތުން ނިކުމެގެން ދިޔައިރު ތާރާ އިނީ ގަބުއާރާފައެވެ. ކިޔާން ނިކުމެގެން އެ ދިޔައީ އޭނާ އެތާ ހުރުމުން ރުޅިއައިސްގެންކަން އެނގުމުން އޭނާގެ ކުޑަކުޑަ ހިތުގައި ރިއްސާލިއެވެ. “ކިޔާން! ޔާން! ބުރޯ އޭ ވެއިޓް! […]
ގެއަށް ވަދެގެން އައި އަކުރަމްގެ ނަޒަރު ހުއްޓުނީ ގޭތެރެ ކުނިކަހަން ހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ މަޑު މުށިކުލައިގެ ދިގު ބުޅި އިސްތަށިގަނޑު ފެނުމުން އަނެއްކާވެސް އޭނާގެ ހަނދާނަށް އައީ އެއްކަލަ ކުއްޖާއެވެ. އޭނާގެ ހިތް އެކުއްޖެއްގެ މޫނު ދެކިލާ ހިތުން އެ އުޅެނީ ކީއްވެ ކަމެއް ވިސްނާ ވިސްނާ ވެސް އަކުރަމަކަށް ނޭނގުނެވެ. ހުއްޓުން އަރާފައި ހުރި ނާޔާގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. އޭނާއަށް އިވުނީ ނޫރާ ގޮވާލި އަޑެވެ. “ނާޔާ! އާދެބަލަ މިރެއަށް މުގުރިހަ […]