
6 އަހަރު ފަސް
………………
އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަތިރިމަތީގައި މަޖާ ނަގާފައި އުޅުން މީހުންތައްވެސް މިހާރު އެމީހުންގެ ގޭތަކަށް ހިނގައްޖެއެވެ. ނަމަވެސް 25 އަހަރުގެ ތާރާ އަދިވެސް ދާކަށް ހިޔާލެއް ނުކުރެއެވެ. ހީވާގޮތުން އިރުއޮއްސުން ކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ.
ތާރާގެ ކުރިމަތިން ސިފަވަމުން ދިޔައީ މީގެ 6 އަހަރު ކުރީގެ ހަނދާންތަކެވެ. ލޯބިވެރިޔާއާއެކު ހޭދަކުރެވުނު ފޮނި ދުވަސްތަކެވެ. ދެމީހުން ބައްދަލު ވި ގޮތެވެ. ފުރަތަމަ އެކަކު އަނެކަކު ދެކެ ވީ ނަފްރަތެވެ. އެ ނަފްރަތު ލޯތްބަށް ބަދަލު ވީގޮތެވެ. އެ ލޯބި ވެއްޔާ މޮޑެވިގެން ދިޔަ ގޮތެވެ. އެއަށްފަހު އަނެއްކާވެސް ލޯބީގެ ކުރި ފެޅުމަށްފަހު ފޯދުމުގެ ކުރިން މަރުވެގެން ދިޔަ ގޮތެވެ.
ކިޔާން އާއެކު ސައިކަލް ދުއްވަލަން ދިޔަ ދުވަސްތަކުގެ ހަނދާނެވެ. ކިޔާން އޭނައަށް ލޯބި ހުށަހެޅި ދުވަހުގެ ހަނދާނެވެ. އެކުގައި އިރުއޮއްސޭ ވަގުތު އެ މަންޒަރު ބަލަން ތިބޭ ހަނދާނެވެ. ކިޔާން އާއެކު އުޅޭއިރު ކުދިކުދި ކަންކަމާ ކުރާ ޝަކުވާއެވެ. ދެމީހުން ކުރާ ޒުވާބެވެ. ތޮޅޭ ތޮޅުން ތަކެވެ. ޖަހާ ސަކަރާތެވެ. އެ އުފާވެރި ދުވަސްތަކެވެ.
ނަމަވެސް އެއީ މީހާރު އޭނާގެ މާޒީއެވެ. އިންގްލެންޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ އެ ހަނދާންތައް ރާއްޖޭގައި ކަފުން ކޮށްފައެވެ. ނަމަވެސް އެ ހަނދާންތައް އަނބުރާ އެއައީއެވެ. އަނބުރާ އެ ފަސްގަނޑަށް ދާ ދުވަސް ވެސް އައިސް ޖެހުނީއެވެ.
ތާރާ އަތަށް ގިޓާ ހިޔަވަރު ކޮށްލިއެވެ.
“މި ވާވަރު ބުނެދޭ ހިތްވޭ
ކަލާޔަށް އަންގާ ހިތްވޭ
ތިލޯތްބަށް އެދިގެން ދާ ހިތްވޭ
މަގޭ ހިތް މޮޔަ ވާ ވަރުވޭ
މަގޭ ހިތް ހުއްޓޭ ގޮތްވޭ
އަރާމެއް މިހިތަށް ބޭނުންވޭ
ކަލާ ފެނުމުން ހީވަނީ އަހާ ހެންނޭ
ލޯބިވޭހޭ ނިކަން
ޝަކުވާ ހިތާ ކުރެވޭ ރޮމުން
އާދޭސް ކުރާ ހިތްވޭ ރޮމުން
މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ
އިންތިޒާރުގައި ހުންނަމޭ ލޯބިވާ…”
އަސަރުން ފުރިގެންވި އަޑަކުން ތާރާ ލަވަ ކިޔާލިއެވެ. ނަމަވެސް އަޑު ބެދިގެން ދިޔައީ ހިތަށް ކުރި އަސަރުންނެވެ. ލޯ މަރާލުމުން ވެސް އޭނާގެ ހިތި މާޒީގެ ސަފްޙާތައް އޭނާ ލޯކުރިމަތީ އުކެމުން ދިޔަ ފަދައެވެ.
ދެވަނަ ބައި ކިޔަން ތާރާ އަނގަ ހުޅުވާލިއެވެ. ނަމަވެސް ހުއްޓާލީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.
“ރާރާ!”
ލޮލުން ފޭދުން ކަރުނަތައް ފުހެލަމުން ތާރާ އިސްއުފުލާ ބަލައިލިއެވެ. އޭނާ އާއި ދިމާއަށް ހިނގާފައި އައި ޒުވާނާ ފެނުނެވެ. “އިންނު.” ތާރާ ގޮވާލިއެވެ. “މިއަދު ގެއަށް ވެސް ނާންނަ ދުވަހަކީތަ؟ 7 ޖަހަނީނު.” އީމާން ތާރާ ގާތު ހުއްޓިލަމުން އެއްސެވެ. “ދާން މިއުޅެނީ. ނަގާ ދީބަ.” ތާރާ އީމާންއަށް އަތް ދިއްކޮށްލިއެވެ. ހީލަމުން އީމާން ތާރާގެ އަތުގައި ހިފާ ނަގާދިނެވެ.
“ރާރާ މިތާ ގިޓާ ޖަހަން އިންއިރު ގޭތެރޭގަ އެބަ ބަޑި ޖަހާ.” އީމާން ބުނެލިއެވެ.
“އޭނ؟ ބަޑި ޖަހަ… އޮހް ގޯޑް. ޑޯންޓް ޓެލް މީ ދޭ އާ ފައިޓިން އެގެއިން.” ތާރާ އީމާންގެ މޫނަށް ބަލައިލިއެވެ. “ޔަޕް. ދޭ އާ. ކައި އެން ވީ… ބޯ ހަލާކު. އެދެމީހުން ދެން ރައްޓެހި ވާން ވީނު އެވަރު ނުކޮށް؟” އީމާން ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.
“ހީ ވޭތަ؟ ވީ އެއްބަހެއް ނުވާނެ ލައިކް ވާ ކަމަކަށް. ކައިދޮންބެގެ ކަމަކަށް ވާނީ ވީއަށް އުނދަގޫ ކުރުން ނޫނީ ފްލާޓް ކުރުން.” ތާރާ ހީލިއެވެ.
“އަހަހަހަ. ހިނގާ ދާން ދޯ. ސަނީ މީހާރު ހުންނާނީ ބޯ ގޮވާފަ ކަންނެ. ނޭނގެ އެމީހުން މަރާ ނުލާ ކަމެއް ވެސް. އައި މީން އިފް ޝީ އެކްޗުއަލީ ޑިޑް ދެޓް އައި ވޯންޓް ބީ ސަޕްރައިޒްޑް.” އީމާން ހިނިގަނޑެއް ޖަހާލިއެވެ.
ދެމީހުން ހެމުން ގޮސް އީމާންގެ ކާރަށް އަރައިގެން ތާރާ މެން ގެއަށް ދިޔައެވެ. އެ ގެއަކީ 3 ބުރިއަށް ނަގާފަ ހުންނަ ރީތި ގެއެކެވެ. އެގޭގެ ވެރިފަރާތަކީ އީމާންއެވެ. އީމާން އާއި ކައިލާން އަދި ތާރާ އުޅެނީ އެގޭގައެވެ. ދިވެހި ކުދިންތަކެއް ވީމަ އެއްކޮށް އުޅެން ފަސޭހަ ވާނެތީއެވެ.
ވީރާ އަކީ ވެސް ރާއްޖެ ކުއްޖެކެވެ. އުޅެ ބޮޑުވީ އިންގްލެންޑް ގައެވެ. އޭނާ އުޅެނީ އޭނާގެ އާއިލާ އެއްކޮށް ނަމަވެސް ވަރަށް ގިނައިން ތާރާމެން ގެއަށް އަންނާނެއެވެ. އެއީ ތާރާގެ ރައްޓެހި ކަމުގައެވެ. އެދެމީހުން ދިމާވީ ތާރާ ދާ ކޮލެޖުންނެވެ.
ސަނަމް އަކީ ވެސް އެދެކުދިންނާ އެއްކޮށް އެއް ކޮލެޖަކަށް ދާ ކުއްޖެކެވެ. އެކުދިންނާއި ހިލާފަށް ސަނަމް އަކީ އިންޑިޔާގެ މުސްލިމް އަވަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އުޅެ ބޮޑުވީ ދުބާއީގައެވެ. އުމުރުން 15 އަހަރުގައި ބައްޕަ ނިޔާވުމުން ސަނަމް އޭނާގެ މަންމަ އާއެކު ބަދަލުވީ އިންގްލެންޑް އަށެވެ. އިންގްލެންޑްގައި އުޅެނިކޮށް 18 އަހަރުގައި ހިތާމަވެރި އެކްސިޑެންޓެއްގައި މަންމަގެ ހާލު ވަރަށް ބަލިވިއެވެ. އޭގެ ދޮޅު އަހަރު ވީ ތަނާ މަންމަ ނިޔާވީއެވެ. އެހެންކަމުން އުޅެމުން ދިޔައީ އެކަންޏެވެ.
“އައި ހޭޓް ޔޫ ކައިލާން ރައްޔާން!”
“އޯވް. އައި ލަވް ޔޫ ޓޫ ބޭބް.”
“އައި ސެއިޑް އައި ހޭޓް ޔޫ، ޔޫ ގޮރިއްލާ!”
“އައި ޕްރެފާ އެ ޓައިގާ މޯ. ބަޓް އޯކޭ ސިންސް… އައޫ.. ވަޓް ދި ހެލް ސަނަމް؟! ހޭ! ސްޓޮޕް ހިޓިން މީ! އިޓްސް ކޯލްޑް އެބިއުޒް… އައޫޗް..”
“އައިމް އެނޯއިޑް! އާރްގް! ވިލް ޔޫ ބޯތު ސްޓޮޕް އާގިއުއިން ފޯ ވަންސް؟! އައި ޑިޒާވް ސަމް ޕީސް ޔޫ ނޯ؟! ވައި ޑޯންޓް ޔޫ ޓޫ ޖަސްޓް ކި* އެން އެޑްމިޓް ޔުއާ އަންކޮންޑިޝަނަލް ލަވް ފޯ އީޗް އަދާ؟! ވީ އާންޓް ޑެލިއުޝަނަލް، އޯކޭ؟ ވީ ކޭން ސީ ދެޓް ޔޫ ބޯތު ލަ..”
“ސަނީ~! އައި ޑޯންޓް ލަވް ހިމްމްމްމްމް! އިޔޫ! ހީ އިޒް ޑިސްގަސްޓިން! ނޮޓް އީވެން މައި ޓައިޕް!”
ގެއަށް ވަދެގެން އައި ތާރާ އަށާއި އީމާންއަށް 3 މީހުން ހަޅޭއްލަވާ އަޑު އިވުނެވެ. “އޮހް ޔާ؟ ވަޓްސް ޔުއާ ޓައިޕް ދެން؟” އީމާން ވީރާ އާއި ދިމާކޮށްލިއެވެ.
“އެކްޗުއަލީ… އައި ޑޯންޓް ލައިކް ބޯއިސް. ދޭ އާ ސްޓުޕިޑް.” ވީރާ އަނގަ އޮރިކޮށްލާފައި ބުނެލިއެވެ. “ޔް.. ޔޫ މީން.. ޔޫ އާ ލެ*ބިއަން؟!” ކައިލާނަށް އަހާލެވުނެވެ. ވަގުތުން ވީރާ މޫނުމަތީގެ ކުލަވަރު އަނދިރިވެގެން ދިޔައެވެ. “ޔޫ… ޔޫ ބަކަރީ! ގެރި ޖަމަލު މިޔަރޫ! އައިމް ނޮޓް ލެ*ބިއަން! އައި ޖަސްޓް ޑޯންޓް ލައިކް ބޯއިސް ލައިކް ދެޓް! އައި ޑޯންޓް ލައިކް ދެމްމްމްމް! ދޭ އާ ސްޓުޕިޑް! ލުކް އެޓް ޔޫ ފޯރ އޭން އެގްޒާމްޕްލް..”
“ހޭ! އައިމް ނޮޓް ސްޓުޕިޑް، އޯކޭ؟ މިސް ނޯ-އިޓް-އޯލް، ލިސެން ޓު މީ! އައިމް ނޮޓް ސްޓުޕިޑް! އައިމް ވެރީ ސްމާޓް!” ކައިލާން ވީރާ އާއި ދިމާއަށް ލޯ އަޅާލިއެވެ. “ޔޫ-”
“އޯކޭ! ދެޓްސް އިނަފް ފޯ ޓުޑޭ!” ސަނަމް އެދެމީހުންގެ މޫނުމައްޗަށް 2 ކުޝަންއެއް އެއްލިއެވެ.
“އާރ ޔޫ އޯލް ޑަން ފައިޓިން؟” ތާރާ އަހާލިއެވެ. ކައިލާން އާއި ވީރާ އޭނާއަށް ބަލައިލިއެވެ. “ޔެސް ވީ އާ.” ވީރާ ހަށަންބަދެލަމުން ބުނެލިއެވެ. “އޮހް ނޯ ވީ އާ ނޮޓް!” ކައިލާން ދެލޯ ހަނިކޮށްލިއެވެ. “އޮހް ޔެސް! ޔޫ ބޯތު އާ! ނައު ޝަޓް އަޕް އޮރް އައިމް ނޮޓް ގޮނާ މޭކް ފުޑް ޓުނައިޓް.” ތާރާ ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.
“ވަޓް! ނޯ! ޔޫ ކާންޓް ޑޫ ދެޓް ޓު މީ! ޔޫ ޕްރޮމިސްޑް މީ ޓު މޭކް ޔުއާ ސްޕެޝިއަލް ވައިޓް ޕާސްތާ!” އީމާން ވަގުތުން ތާރާ އާއި ދިމާއަށް ލޯ އެޅިއެވެ. “ޔެސްސްސް! ޔޫ ކާންޓް ޑޫ ދެޓް! ހަދަން ޖެހޭނެ ޕާސްތާ.” ސަނަމް ފަރިތަ ކަމާއެކު ދިވެހިން ވާހަކަ ދެއްކިއެވެ.
“އޮންލީ އިފް ދޭ…”
“އޯކޭ. ވީ އާ ޑަން އާގިއުއިން!” ކައިލާން އެންމެ ފަހުން ބުނެލިއެވެ. “ގުޑް. ބަޓް އިންނު ޖެހޭނެ ހެލްޕް ވެދެން ތާ އަށް.” ތާރާ އީމާން އާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. “ފައިން ބައި މީ.” އީމާން ދެކޮނޑު އަރުވާލިއެވެ.
ދެފަރާތަށް ބޯ ހޫރާލަމުން ތާރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި ގިޓާ ބޭއްވުމަށް ފަހު ފާޚާނާއަށް ގޮސް ފެންވަރައިގެން އައިސް އަތް ކުރު ޓީޝާޓަކާއި ޖިންސެއް ލިއެވެ. އަދި ލޯގަނޑު ކައިރީ ހުއްޓިލައި އަމިއްލަ ސޫރައަށް ބަލައިލިއެވެ.
މިހާރު އެއީ ކުރީގެ ތާރާ އެކޭ އެކަކު ވެސް ނުބުނާނެއެވެ. އޭނާ އަކީ ކުރީގެ ތާރާ އެއް ނޫނެވެ. މާބޮޑު ތަފާތެއް ނެތަސް އޭނާ އަކީ މިހާރު އެ ތާރާ އެއް ނޫނެވެ. އޭނާގެ މުށިކުލައިގެ ދިގު ދިގު ބުޅި އިސްތަށިގަނޑު މިހާރު ވަނީ ފަންކޮށްފައި ކޮނޑަށްވުރެ ކުޑަތަންކޮޅެއް މައްޗަށް ކޮށާލެވިފައެވެ. އިސްތަށިގަނޑުގެ ތިރިވަނީ ގަދަ ރަތް ކުލައެއް ޖައްސާފައެވެ. އިސްތަށިގަނޑުގެ ނިތްގަނޑު ވަނީ މޫނުމަތީގެ އެއްފަޅި ނިވާވާހެން ކޮށާލެވިފައެވެ.
ކުރީގައި ކަކުލާ ހިސާބަށް އަރާވަރުގެ ވަށްތިރި ހެދުމާއި ފިއްތި ހަރުވާޅު ލާ އުޅޭ ތާރާ މިހާރު ލާ އުޅެނީ އަތްދިގު ޓޮޕް، ގަމީސް ނުވަތަ ޓީޝާޓާއި އެކު ޖިންސް ނޫނީ ފިއްތި ހަރުވާޅެވެ. ނަމަވެސް ގޭތެރޭގައި އުޅޭ އިރު އަތް ކުރު އެއްޗެހި ލާ އުޅެނީ އޭނާގެ އެކުވެރިންނަށް އޭނާގެ އަތުގައި ހުރި ލަކުނުތަކުގެ ޙަޤީގަތް އެނގޭތީއެވެ. އޭނާގެ މާޒީ ކިޔާ ދެވިފައިވާ ވާތީއެވެ.
ބަދަލު އައީކީ ހަމައެކަނި އޭނާ އަކަށް ނޫނެވެ. އޭނާގެ ދިރިއުޅުމަށް ވެހެވެ. މިހާރު ކައިލާނަށް ތާރާ އަށް ފެންނަ ހުވަފެންތަކުގެ ވާހަކަ ވެސް އެނގެއެވެ. ތާރާ އަށް ސާރާ އާއި ބައްޕަ ރައްޔާންއަށް ވީ ގޮތް ހުވަފެނުގައި ފެންނަ ކަމެވެ. ތާރާ ރޭގަނޑު ސަކަރާތް ވެއްޖެނަމަ ކައިލާން އެހީވެސް ވެއެވެ.
ކުރިން އަލިފާން ދެކެ ބިރުން ކައްކަން ނޭނގުން ތާރާ އަށް މިހާރު ކައްކަން އެނގޭ ވެސް މެއެވެ. އޭނާ ކައްކަން ދަސްކުރީ އީމާންގެ އެހީގައެވެ. ކުޑަކޮށް އަލިފާންނަށް ސިހުން ވިއަސް ކުރިއާއި ބަލާފައި ވަރަށް ބޮޑު ތަން ތާރާ ވަނީ ރަނގަޅު ކޮށްފައެވެ.
ތާރާ އަކީ މިހާރު ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާން ކެރޭ އަންހެނެކެވެ. ހިތްވަރުގަދަ އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރެކެވެ.
ތާރާގެ ބޮލުގައި ދޮގު ތުހުމަތު އެޅުވިގެން ދިޔުމުން ކައިލާން ހުރީ އޭނާގެ އާއިލާ އާއި ދޭތެރޭ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް ތާރާގެ އާދޭހަށް އެމީހުންނަށް ގުޅާ ވާހަކަ ދައްކައި ހާލު ބަލައި ހެދަމުން ދިޔައެވެ. އާއިލާ ގުޅުން ކެނޑުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމަކަށް ވާތީއެވެ. ކޮންމެއަކަސް އެއިން އެއްފަހަރު ވެސް ހިތްހަމަ ނުޖެހުމެއް ފާޅެއް ނުކުރެއެވެ. ހަމައެހެންމެ ތާރާގެ ވާހަކަ އެކަކު ވެސް ނުދައްކައެވެ.
އެހެންކަމުން ތާރާ ހުރީ ކައިލާން ކައިރިއަކު ކަމެއްވެސް އަދި ކައިލާނަށް ވެގެން އުޅޭގޮތް އެނގޭ ކަމެއް ވެސް އެކަކަށް ވެސް ނޭނގެއެވެ. އެއީ ސިއްރެއް ގޮތަށް ކައިލާންމެން ބޭއްވީއެވެ. އިތުރު މައްސަލަގަނޑެއް ފަށައިފިނަމަ ތާރާގެ ހިތުގެ ހާލު ދެރަވެދާނެތީއެވެ. އެހެނަސް ތާރާ ގެ ކަމަކު ތެދުވަން ޖެހެއްޖެނަމަ އޭނާ ތެދުވާނީ ތާރާ އާއި އެއްކޮޅަށެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ އަށް އޮންނަ އިތުބާރު ބޮޑުވީމައެވެ. އެކަން ހުދު ތާރާ އަށް އެނގެން ވެސް އެނގެއެވެ.
ތާރާ ގޮސް އެނދުގައި އިށީނދެލައި ފޮޓޯ އަލްބަމެއް ނެގިއެވެ. އޭގައި ބައިވަރު ފޮޓޯތައް ހުއްޓެވެ. އީމާން އާއި، ސަނަމާއި، ވީރާ އާއި އަދި ކައިލާންގެ ފޮޓޯތައްވެސް ހުއްޓެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.
ތާރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ ތާރާ އިނގިރޭސިވިލާތަށް އައިސް އުޅުނު ދުވަސްތަކުގެ ހަނދާނެވެ. އެދުވަހު އީމާން އާއި އަލަށް ބައްދަލުވެ ކައިލާން ދެމީހުން ތަޢާރަފު ކުރުމުން އީމާންއަށް ހީކުރެވުނީ ތާރާއަށް ކިޔަނީ ރާރާ ކަމަށެވެ. އޭގެ ފަހުން އެނަން ކިޔުމެއް ނުހުއްޓުނެވެ. އީމާން އެނަން ކިޔާތީ ހިތްހަމަ ނުޖެހިފައި ތާރާ މަލާމާތަކަށް ހަދާފައި އީމާނަށް ގޮވަން ފެށީ އިންނު ކިޔާފައެވެ. އެންމެފަހުން ދެމީހުން ގާތް ރަޙުމަތްތެރިންނަށް ވެގެން ދިޔުމުން އެނަން ހަރުލީއެވެ.
ތާރާ އެހެން އިންދައި އީމާން އައިސް ތާރާ އަށް ގޮވިއެވެ. އެހެންކަމުން ދެމީހުން އެއްކޮށް ގޮސް ކެއްކިއެވެ. އަދި އެންމެން އެއްކޮށް ކައިގެން ސަކަރާތް ޖަހާލައި ހަދާލިއެވެ.
“އެވްރީވަން ރެޑީތަ ޓުމޯރޯއަށް؟” ސަނަމް އަހާލިއެވެ. “ޔެޕް.” ވީރާ ޖަވާބުގައި ބުނެލިއެވެ. “ތާ އަދި ދަބަސް ޕެކްކޮށް ނުނިމޭ. މިރޭ ނިންމާނަން.” ތާރާ ވެސް ބުނެލިއެވެ.
“އެކްޗުއަލީ ތާ.. ތި 3 މީހުނެއް ނޫން ހަމައެކަނި ދަނީކީ. ދޮންބެ އެން މާން ވެސް ދަން.” ކައިލާން އެހެން ބުނުމުން ތާރާއަށް ބަލައިލެވުނެވެ. “ތިބުނީ؟”
“ދޮންބެމެން މިހާރު ކޮލެޖް އިން ގްރެޖުއޭޓް ވެ ނިމުނީނު. ދެން މިތާ މަޑުކުރުމުގެ ބޭނުމެއް ނެތެއްނު. ރޭގަ ދޮންބެ ގުޅިން ރިޔާން ދޮންބެއަށް ގުޅާފަ ބުނިން މޯލްޑިވްސްގެ ހުންނަ ޑޭޑްގެ ކުންފުނީގެ މެއިން ކުންފުނީގެ ބްރާންޗަށް ދޮންބެ ނިކުންނަން ފަށަން ގޮސް ވީކެއް ވަރު ވީމަ. ރިޔާން ދޮންބެ އެއްބަސް ވި. ހުރިހާ ކަމެއް އެހާ ތަނަށް ހަމަޖައްސާ ދޭނަމޯ ބުނީ. ސޮރީ ލަހުން ބުނެވުނީމަ.” ކައިލާން ބުނެލިއެވެ.
“އޮހް. އޯކޭ ވާނެ.” ތާރާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ބުންޏެވެ.
“ތާ ވެސް ނިކުންނާނަން ދޯ ވަޒީފާއަށް؟ މާން ވެސް އެ އުޅެނީ މާންގެ ޑޭޑްގެ އޯޝަން ބްރީޒް ހޮސްޕިޓަލްގެ މެނޭޖާކަމަށް ނިކުންނަން. ހިޒް ޑޭޑް ރިޓަޔާ ވާނެ ރާއްޖެ ދިޔައީމަ.” ކައިލާން އިތުރު ކޮށްލިއެވެ.
“ނޫނޭ. ތާ މީ ޑޮކް އެއްނު. އޯ.ބީ ހޮސްޕިޓަލް އަށް ވަންނާނީ ގޮސް. ވީ އެން ސަނީ ވެސް އެތަނަށް ވަންނާނީ.” ތާރާ ބުނެލިއެވެ. “އޯ.ބީ ؟ އޮހްހް. ޔޫ މީން އޯޝަން ބްރީޒް؟” އީމާން އަހާލިއެވެ. “އަހަރެމެން ހޮވައްޗޭ. ބެސްޓީސް އަށް ވިސްނަން ވާނެއްނު.” ތާރާ ހީލަމުން ބުނެލިއެވެ. އެންމެން ގާތަށް ވެސް ހިނިއައެވެ. “ގެރެއެއްނު. ތި 3 މީހުން ހޮވާފަ އެހެން މީހަކު ހޮވާނީ.” އީމާން ވެސް ހުނުމުގައި ބައިވެރިވިއެވެ.
ތާރާ ކޮޓަރިއަށް ގޮސް ދޮރު ތަޅު ލުމަށްފަހު ދަބަސް ޕެކް ކުރަން ފެށިއެވެ. އޭނާ މާދަން ރާއްޖެ އެދަނީ ބޭނުމަކެވެ. އޭނާ އިނގިރޭސިވިލާތަށް ބަދަލުވި އިރު ބަދަލުވީ ބޮޑުކަމެއް ނުނިންމައެވެ. އެކަން އޭނާ ނިންމަން އެބަ ޖެހެއެވެ. އެއީ އޭނާ އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދެކެވެ. އެ ވަޢުދު އޭނާ ފުއްދާނެކަން ގައިމެވެ.
ދަބަސް ޕެކްކޮށް ނިމުމުން ނިދާ ހެދުން ލައިގެން އައިސް، ތާރާ ފޯނު ނަގައި ރާއްޖެ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.
“އައްސަލާމު ޢަލައިކުމް މެނޭޖާ އޮފް ލަކީ އެވެރެސްޓް ކޮމްޕެނީ ސްޕީކިން.” އެކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. “ވެލް ހެލޯ ޓު ޔޫ ޓޫ ލަކީ.” ތާރާ ހީލިއެވެ. “އޮހް ތާރާ! ޑިޑްންޓް ނޯ ޔޫ ކަމެއް.” އެލެކްސް ބުނެލިއެވެ. “ހަހަ. ޔާ. އިޓްސް މީ. ހައު އިޒް އެވްރީތިން ގޮއިން؟ ޑިޑް ޔޫ ފައިންޑް އެ ލީޑް؟” ތާރާ ސީރިއަސް ވެލަމުން އަހާލިއެވެ.
“4 ލީޑެއް ފެނިއްޖެ. އެ 4 ތަން ވެސް ފާސް ކުރުން ފެށޭނެ ވަރަށް އަވަހަށް. ހުރިހާ ކަމެއް ދަނީ ޕްލޭނާ އެއްގޮތަށް. އިރާދަ ކުރެއްވިއްޔާ ވީ ވިލް ފައިންޑް ދެމް. ޑޯންޓް ވޮރީ.” އެލެކްސް ބުންޏެވެ.
“ޔެސް. ވީ ވިލް ވިން. ވީ ވިލް. އިންސާފު ހޯދޭނެ. އިންޝާ ﷲ.” ތާރާ މަޑުމަޑުން ބުނެލިއެވެ.
“ވެލް އައި ވިލް ލެޓް ޔޫ ނޯ ހުރިހާ ކަމެއް ކުރިއަށް ދާ ގޮތް. ދެ ޕްލޭން ވެސް. ސަލާން އިނގޭ. ނައިޓް.”
“ގުޑް ނައިޓް. ސަލާން ތިކޮޅަށް ވެސް. އެން ތޭންކްސް. ޔޫ އެން ރީހަން.”.
“ޑޯންޓް މެންޝަން އިޓް. ވީ އާ އެ ޓީމް. ވީ ވިލް އޯލްވޭސް ހެލްޕް އީޗް އަދާ.”
ތާރާ ފޯނު ބޭއްވިއެވެ. އަދި ލޯ މަރާލިއެވެ. ފުން ވިސްނުމުގައި އޮވެއެވެ. އޭނާ ހާސްވަނީއެވެ. އަނެއްކާވެސް އެ ފަސްގަނޑަށް ދާން ޖެހޭތީ ޖެހިލުން ވަނީއެވެ. އޭނާގެ މާޒީ ހަނދާން ވާތީއެވެ. ނާއިލް ކުރި އަނިޔާތައް ހަނދާން ވާތީއެވެ. ކިޔާން ގެ ހަނދާންތައް އާވާތީއެވެ.
އޭނާގެ ހިތަށް ވަރަށް އުނދަގޫވެއެވެ. އަނެއްކާ ކިޔާން އާއި ބައްދަލު ވާނެ ބާވައެވެ؟ ކިޔާން އޭނާ ދެކެ މިހާރު ނަފްރަތު ކުތާނެ ދޯއެވެ؟ ކިޔާން މިހާރު އާ ދިރިއުޅުމެއް ނުފަށާ ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް ތާރާ އަށް ކުރެވޭނެ ކަމެއް އޮބެން ހެއްޔެވެ؟ އޭނާ ދެން ކިތަންމެ ވަރަކަށް ޙަޤީޤަތް ކިޔާދޭން މަސައްކަތް ކުރިޔަސް އަޑު އަހާނެ ކަންފަތެއް ކިޔާންގެ ނުވާނެއެވެ. އޭނާގެ މަޖުބޫރީ އޭނާގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލީއެވެ. އޭނާގެ ދެލޯ ކުރިމަތީގައެވެ. އޭނާގެ ހިތް ކޮށާލުމަށް ފަހުގައެވެ.
މިއީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ތާރާ އަކީ ކުށްވެރިއެއް ނޫނެވެ. އޭނާ އަކީ ޝިކާރަވެރިއެއްގެ ދަލުގެ ޖެހިފައިވާ ޝިކާރައެއް ފަދައެވެ. އޭނާގެ އަތްފައި ވަނީ ބަނދެވެފައެވެ.
އެގޮތިގައި ފިކުރު ކުރަން އޮށްވައި ތާރާއަށް ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ. އޭނާއަށް އެނގޭ އެއްޗަކީ އޭނާގެ ސިކުނޑީގައި އެންމެ ފަހުން ވީ ލަފްޒު ތަކަކީ….
‘ކަލާއަށް އިންތިޒާރު ކުރަމޭ. އަދިވެސް ލޯބިވަމޭ. އާދޭތޯ އިންނާނަމޭ ލޯބިން، ޔާރާއޭ.’
♕♕♕♕♕♕♕♕♕
ހޯޕް ޔޫ ލައިކް ދިސް ޗެޕްޓާ. ?
?ޝައީ?
2 Comments!
Comments are closed.
Next chapter ganas danee kn irakun, plx varah avahah ganans dahchaa
Yeyyyyyyyy
Varh happy aslu shaii avahah up kohdheythy mihaaru
This part is amazing
Hope avahah justice libeyne kamah
N CURIOUSLY WAITING FOR ANOTHER PART INGEY
BYEEE
LUV YA
TACE CARE????????????????