އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަތިރިމަތީގައި މަޖާ ނަގާފައި އުޅުން މީހުންތައްވެސް މިހާރު އެމީހުންގެ ގޭތަކަށް ހިނގައްޖެއެވެ. ނަމަވެސް ތާރާ އަދިވެސް ދާކަށް ހިޔާލެއް ނުކުރެއެވެ. ހީވާގޮތުން އިރުއޮއްސުން ކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރަށް ކުރާ އަސަރު އެނގޭނީ ހަމަ އެފަކީރަށެވެ. ލޯބިވެރިޔާއާ ވަކިވުމަކީ ހާދަހާ ބޮޑު ވޭނެކެވެ. ނަމަވެސް ލޯބިވެރިޔާއަށް ޓަކައި އަމިއްލަ ހިތް ކަތިލުމަކީ އެއަށްވުރެ ވޭން ދެނިވި ކަމެކެވެ. އާއެކެވެ. އެ މައުސޫމް ކުށެއްނެތް ތާރާ އޭނާގެ ތެދުވެރި ލޯތްބަށްޓަކައި […]