އޭގެ އަނެއް ދުވަހު ހަވީރު ވަގުތު ނިދިފައި އޮތް ތާރާއަށް ހޭލެވުނީ ފޯނު ރިންގު ވާތީއެވެ. އެއީ މަންމަމެން އޭނާގެ ވާހަކަ ގަބޫލު ކުރީ ކަމަށް ހީކޮށް ވަރަށް އުންމީދުން ހިރެ ތާރާ އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ނަމަވެސް މޫނު މައްޗަށް މާޔޫސްކަން ވެރިވެގެން ދިޔައީ އެއީ ނުދަންނަ ނަންބަރެއް ކަމަށް ވާތީއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވިސްނުނީ އެ ގުޅަނީ ނާއިލް ކަމަށެވެ. އެހެންކަމުން އައި ރުޅީގައި ފޯނު ނެގިއެވެ.

“މޮޔަ ވެގެންތަ ނާއިލް ތިއުޅެނީ؟! ކަލޭ ތި ހެދި ދޮގުގެ ސަބަބުން އެ ހަލާކުވީ މަގޭ ދިރިއުޅުމޭ! ކޯއްޗެކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟! މަ މޮޔަ ވެދާނެ މިކަމާ ހެދި! އެން ނޯ. އަހަރެން ނުދާނަން ދެން ކަލެއާ ބައްދަލު ކުރަކަށް! އައިމް ނޮޓް އެ ޕަޕެޓް ޓު ޕްލޭ ވިތު! ކަލޭ އަހަރެންގެ ބޮލުގައި އެވަރުގެ ބޮޑު ބަދުނާމެއް އެޅުވީ!” ތާރާ ހަޅޭއްލަވައިގަތް އިރު އޭނާގެ ލޯ އަނެއްކާވެސް ތެމިއްޖެއެވެ.

 

“ތާރާ.” އެކޮޅުން އިވިގެން ދިޔައީ ނާއިލްގެ އަޑެއް ނޫނެވެ. އެހެން އަޑެކެވެ. އޭނާ ދަނެ ފަރިތަވެފައިވާ އަޑެކެވެ.

“ވައި.. ވައި އާ ޔޫ ކޯލިން މީ؟” ތާރާއަށް އަހާލެވުނެވެ.

“އަހަންނަށް ވެގެން އުޅޭގޮތް އަޑު އިވިގެން އެމައްސަލަ އިތުރަށް ޗެކް ކޮށްލީ މި. ނާއިލްގެ ބޮލަށް ވަދެގެން އަހަރެން ހުރިހާ އެއްޗެއް ހޯދައިފިން. އިނގޭ އަހަންނަށް ޓްރަސްޓް ނުކުރެވޭނެ ކަން. އެކަމަކު އަހަރެން ބޭނުން ހުރިހާ ހަޤީގަތެއް ކިޔާދޭން. ހީކޮށްލާ ކުރީގަ އަހަރެންގެ ބިހޭވިއާ ޓޮލަރޭޓް ކުރީމަ އޭގެ ބަދަލު ކަމަށް މިދެނީ. ނައިލްގެ ހުރިހާ ހަޤީގަތެއް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އަހަރެން. ތާރާއަށް ވެސް އެނގެނެ އެކަން. އެހެންވީމަ މީޓް މީ ރަސްފަންނު ކައިރިން ހަވީރު 5 ގަ. އިފް ޔޫ ޑޯންޓް ކަމް އައި އަންޑާސްޓޭންޑް.” އެކޮޅުން ބުނި އަޑު އިވުނެވެ. އިރުކޮޅަކަށް ތާރާ ވިސްނާލިއެވެ. ތާރާ ވަނީ އޭނާއަށް މަޢާފު ކޮށްފައެވެ.

 

“އެންމެ ރަނގަޅު.” ތާރާ ފޯނު ބޭއްވިއެވެ. އަދި ގަނޑިއަށް ބަލައިލިއެވެ. އޭރު 4:00 އެވެ. ތާރާ އަވަސްއަވަހަށް ފެންވަރާ ލައިގެން އާދައިގެ ހެދުމެއްލިއެވެ. ރީތި ވާކަށް އޭނާގެ ހިތްވަރެއް ނެތެވެ. އެހެންކަމުން އަތް ދަބަސް ހިފައިގެން ތާރާ ގެއިން ނުކުމެލިއެވެ. އޭރު 5 ޖަހަން އަދި 30 ވަރަކަށް މިނެޓް އެބަ އޮތެވެ.

ނަމަވެސް ތާރާ ބޭނުންވީ މީހާ ހަމައަކަށް އެޅިލުމުގެ ގޮތުން މާލޭގެ މަގުތަކުގައި ހިނގާލާށެވެ. ބަނޑުހައި ވެސް ވެފައި ހުރުމުން ތާރާ ފިހާރައަކަށް ވަދެ ޕެކެޓެއް ގަނެލިއެވެ.

 

……………..

 

ރަސްފަންނަށް ދެވުނު އިރު އެތާ ސައިކަލެއްގައި އިން ޒުވާނާ ތާރާއަށް ފެނުނެވެ. އަދި އޭނާ ކައިރިއަށް ގޮސް ހުއްޓެލިއެވެ. “ރީހަން.” ތާރާ ގޮވާލިއެވެ. ރީހަން އިސް އުފުލައި ތާރާއަށް ބަލައިލިއެވެ. އަދި ސައިކަލަށް އެރުމަށް އެދުނެވެ. ތާރާ ސައިކަލަށް އެރުމުން އެނާ ސައިކަލް ދުއްވާލިއެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނަޓް ދުއްވުމަށް ފަހު ރީހަން ސައިކަލް މަޑުކޮށްލީ 10 ބުރީގެ އިމާރާތެއް ކައިރީގައެވެ. އެ އިމާރާތަށް ބަލައިލުމުން އެއީ މުއްސަނދި މީހެއްގެ ކުންފެންޏެއް އެނގޭނެއެވެ.

 

“އާދޭ. އަހަރެން މިކަމާ ބެހޭގޮތުން ހުރިހާ މަޢުލޫމާތެއް ހޯދަން އެހީ ވެދިނީ މި ކުންފުނިން. ޔޫ މައިޓް ހޭވް ހާޑް އޮފް ދި ލަކީ އެވެރެސްޓް. މީ އެ ކުންފުނި.” އެހެން ބުނެފައި އޭނާ ތާރާ ގޮވައިގެން އެ އިމާރާތަސް ވަނެވެ.

ލިފްޓަށް އެރުމުން ރީހަން 10 ވަނަ ފްލޯ އަށް ފިއްތާލިއެވެ. އިރުކޮޅެއް ފަހުން ލިފްޓު ހުޅުވުމުން ދެމީހުން ނުކުތެވެ. އެހިސާބުން ދެމީހުން ސިޑިއަކުން ޓެރެހަށް އެރިއެވެ. އެ ޓެރެހުގައި ވެސް ޝާހީ ގޮތްގަނޑު ފެންނަން ހުއްޓެވެ.

 

“އައްސަލާމު ޢަލައިކުމް.” ފިރިހެނެއްގެ އަޑު އިވުމުން ތާރާ ބަލައިލިއެވެ. ބިއްލޫރި މޭޒެއް ދޮށުގައި ގޮނޑިއެއްގައި އިށީނދެގެން އިން މީހާ ތާރާއަށް ފެނުނެވެ. “ވަ.. ވަޢަލައިކުމުއް ސަލާމް.” ތާރާ މަޑުމަޑުން ސަލާމް ބަލައިގަތެވެ.

“އާދޭ އެތެރެއަށް. އިށީނދެލާ.”

ތާރާ އާއި ރީހަން ގޮސް ގޮނޑިތަކުގައި އިށީނދެލިއެވެ.

“ޔޫ މަސްޓް ބީ ތާރާ.” އެ މީހާ ބުނެލިއެވެ. “ލައްބަ ސަރ.” އަދަބާ އެކު ތާރާ ވާހަކަ ދެއްކިއެވެ. “ސަރ ނުކިޔާ. މައި ނޭމް އިޒް އެލެކްސް..ތާރާ ހެން ހާފް މޯލްޑިވިއަންނެއް. ޔޫ ކޭން ކޯލް މީ ލަކީ.” އެމީހާ އެހެން ބުނުމުން ތާރާ ބޯ ޖަހާލިއެވެ.

“އަހަރެންނަކީ ރީހަންގެ ވަރަށް ގަތް އެކުވެރިއެއް. ނާއިލްގެ ކުޅިގަނޑުގަ އަހަރެންގެ ކޮއްކޮއެއް ވެސް އެއްފަހަރަކު ޖެހުން. ސޯ އައި ނޯ މި ކަންކަން ވަރަށް ބޮޑަށް. ޖަލަށް ވެސް ނުލެވިފަ އެހެރީ އޭނާގެ ނުފޫޒް ގަދަ ކަމުން. އަހަރެން އޭނާގެ ހަރަކާތްތަކަށް ފާރަލާތާ މިހާރު ވެދާނެ 4 ވަރަކަށް އަހަރު. އެހެންވެ ފަސޭހައިން ވެގެން އުޅޭގޮތް އެނގުނީ. އެހެންވީމާ ތާރާ ކުރަން ބޭނުންވާ ސުވާލެއް ވިއްޔާ ކުރޭ. އަހަރެންނަށް އެނގޭ އެއްޗެއް ވިއްޔާ ބުނެދޭނަން.”

 

“އައި ވޯންޓް ޓު ނޯ ކިހިނެއްކަން ނާއިލް އެ ޕްރެގްނޭންސީ ޕޭޕާސް ހެދީ. ގައިމު ވެސް ޑޮކްޓަރ އަކަށް ނޫނީ އެކަހަލަ ރިޕޯޓެއް ނުހެދޭނެ. އެން އައި ނޯ އަހަރެން ޑޮކް އަކަށް ނުދައްކަން ކަން އެކަހަލަ ކަމަކު. ސޯ ހައު ޑިށް ހީ ޑޫ އިޓް؟” ތާރާ އޭނާގެ ސިކުނޑީގައި އޮތް އެންމެ ފުރަތަމަ ސުވާލު ކޮށްލިއެވެ.

“ދި އާންސް އިޒް ސިމްޕަލް. ރިޝްވަތު އެން ބްލެކް މެއިލް. ނާއިލް ޑޮކްޓަރ އަކަށް ލާރި ދިނީ. ޑޮކްޓަރ ޝަރީފަށް. އެން ތުރެޓެންޑް ހިމް. ސޯ ހީ ޑިޑް އިޓް. ހީ މޭޑް އެ ފޭކް ރިޕޯޓު. ނާއިލް އެ އެއްޗެހި މެއިލް ކުރީ ޔުއާ ބޯއިފްރެންޑަށް ސަމްހައު. އެން ހީ ކޭމް ރާއްޖެ. ނާއިލް ވޯންޓެޑް ޓު ގެޓް ޔޫ ޓު މެރީ ހިމްް. ސޯ ދެޓް އެގޮތަށް ހެދީމަ ބޮތު ސަމާ އެން ޔުއާ ބީއެފް ވެސް ހާޓް ވާނީ ބޮޑަށް….”

ތާރާ ފަހަރަކު ސުވާލެއް ކުރަމުން ގެންދިޔައެވެ. ޖަވާބުތައް ލިބެމުން ދިޔަ ވަރަކަށް އޭނާގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. އެންމެފަހުން އޭނާއަށް ކުރިންހެން ގިސްލާފައި ރޮވެން ފެށުނެވެ.

 

“ޑިޑް ޔޫ ޓެލް މަމް މެން ގާތު. ތާގެ މަމް މެން ގާތު؟” ތާރާ ރީހަން ގާތު އަހާލިއެވެ. “އައި ޑިޑް. ދޭ ޑިޑްންޓް ބިލީވް.” އެލެކްސް ޖަވާބު ދިނެވެ.

“ތާރާ. ލީވް ދެމް. ދޭ ވޯންޓް ބިލީވް ޔޫ. ނާއިލް އެމީހުންގެ ސިކުނޑިތައް ރަނގަޅަށް ކައިފަ އެހެރީ.” ރީހަން ބުނެލިއެވެ. “ބަޓް.. ބަޓް… އައި ވޯންޓް ޓު ވެއިޓް. އަހަރެން ބޭނުން އެމީހުންގެ ހިޔާލު ބަދަލު ވޭތޯ މަޑުކުރަން. މޭ ބީ ދޭ ވިލް ކަމް ބެކް. މޭ ބީ ދޭ ވިލް ރިއަލައިޒް. ތާ އެމީހުންނަށް އިންތިޒާރުގަ އިންނާނަން. އެކަމަކު އޮންލީ 3 ޑޭސް. އެހިސާބުން އެމީހުން ނައިސްފިއްޔާ… ދް.. ދެން… ދެން އައި ވިލް… ލީވް. ބަޓް ވެއާ؟” ތާރާ އަމިއްލަ ނަފްސާ ސުވާލު ކޮށްލިއެވެ.

 

“ޔޫ އާ ކަމިން ވިތު މީ. އައި ވޯންޓް ލެޓް ޔޫ ސްޓޭ ހިޔާ އެނީމޯ.” ފަހަތުން އިވުނު އަޑަކުން ތާރާއަށް ތެދުވެވުނެވެ. “ކަ.. ކާކު.. ކިހިނެއް…” ތާރާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

“އައި ކޯލްޑް ހިމް އެން ޓޯލްޑް އެވްރީތިން. ހީ ކޭމް ހިޔާ. ހީ ޓްރަސްޓްސް ޔޫ.” ރީހަން ބުނެލިއެވެ. ތާރާގެ ލޯ ކަރުނުން ފުރުނެވެ. ނަމަވެސް މިފަހަރު އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފާވެރި ކަމުގެއެވެ.

 

“ދޮންބޭ.” ތާރާ ގޮސް ކައިލާންގެ ގައިގައި ބައްދާލިއެވެ. “ޔޫ ޓްރަސްޓް މީ.”

“އޮފްކޯޒް އައި ޑޫ ތާއްކޯ. އައި ވިލް އޯލްވޭސް ޓްރަސްޓް ޔޫ. ޔޫއާ މައި ކޮއްކޮ. މުޅި ދުނިޔެ ތާއްކޮގެ އަޑު ނޭހިޔަސް ދޮންބެ އަޑު އަހާނަން. ބިކޯޒް އައި ނޯ ޔޫ ބެޓާ ދޭން އެނީވަން އެލްސް.” ކައިލާން ވެސް އޭނާގެ ލޯބިވާ ކޮއްކޮގެ ނިތްކުރިއަށް ބޮސް ދިނެވެ. އަދި ބައްދާލިއެވެ. އެ ކޮއްކޮއަށް ޙިމާޔަތްކަން ދޭން ޢަޒުމު ކަނޑައެޅިއެވެ.

 

“ޔޫ އާ ކަމިން ޓު އިންގްލެންޑް ވިތު މީ.”

…………..

🦋
🦋🦋
🦋🦋🦋

 

ހޯޕް ޔޫ ލައިކް ދިސް ޗެޕްޓާ. 😊

🦋ޝައީ🦋

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!