ކިޔާން ބުނި ހެންމެ އޭނާ ތާރާއަށް އޭނާ ބަދަލު ވެއްޖެ ކަމުގެ ހެކި ދައްކައި ދެމުން ދިޔައެވެ. އާއެކެވެ. ކޮންމެ ދުވަހަކުހެން އާ ކުއްޖަކާ ރައްޓެހިވާ ކިޔާން 2 މަސް ވީއިރު އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވެއެވެ. އަބަދުހެން ރުޅި އައިސް ހުރުމުގެ ބަދަލުގައި މިހާރު ހުންނާނީ ހަމަ ޖެހިގެންނެވެ. އެ ދެކުދިން އެކުވެރިންގެ ގޮތުގައި ތިބި އިރުވެސް އެކަކު އަނެކަކާ ވާހަކަ ދައްކާވަރު މަދެއް ނުވާނެއެވެ. ރޭގަނޑު ގިނަފަހަރަށް ދެމީހުންނަށް ވެސް ނިދޭނީ އެކަކު އަނެކަކާއި […]
“ކޮބާ ތި ދެމީހުން ތައްޔާރު ވާން ފަށައިފިންތަ؟” ސަމާ އަހާލިއެވެ. ތާރާ އަށް ބަލައިލެވުނީ ކިޔާން އަށެވެ. ނަމަވެސް ކިޔާން އޭނައާ ދިމާއަށް ބަލާލުމުން ވަގުތުން ސަމާ އާއި ދިމާއަށް އެނބުރުނެވެ. “ނޫން. އަދި ނުވަން.” ތާރާ ޖަވާބު ދިނެވެ. “ބަލަ މިހާރު އެ މީޓިންގެ ފަހުން ހަފްތާއެއް ވަނިއްޔޭ.” އީކަން ބުނެލިއެވެ. “އަދި ނުވެފައެއް ނެތެއްނު.” ތާރާ ދުރަށް ބަލާލަމުން ބުނެލިއެވެ. “ވެފައެއް ވެސް ނެތެއްނު.” ޔުކްތާ ރައްދުގައި ބުނެލިއެވެ. “އަހަރެމެން މިހާރު 2 ލަވައަށް […]
ވިލިމާލޭ ފެރީން ފޭބި 3 ޒުވާނުންނަށް ލޯތައް އަމާޒުވަމުން ދިޔައެވެ. އެއްބަޔަކު އެ 3 ކުދިންގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފު ކުރަމުން ދިޔައިރު އަނެއްބަޔަކު އެކުދިންގެ ފުރިހަމަ ކަމަށް ހަސަދަ ލަމުން ދިޔައެވެ. 2 ފިރިހެން ކުދިންގެ މެދުގައި ހުރި އަންހެންކުއްޖާ ގައިމު ވެސް ހުރީ އެ ލޯތަކުން ސަލާމަތް ވުމަށް ކެތްމަދު ވެފައި ކަން ކަށަވަރެވެ. އާއެކެވެ. ތާރާ، އީކަން އަދި ޖައިލަމެވެ. “ތިބުނާ ރެސްޓޯރެންޓަކަށް ދާން އެނގޭތަ؟” ތާރާ އީކަންގެ އަތުގައި […]
މިއަދު ވެސް ހުރިހާ ކުދިން ބައްދަލު ވީ ސްކޫލް ގޭޓު ދޮށުންނެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި ތިބެ ސަކަރާތް ޖަހަމުން ދިޔައިރު އެކަކު ވެސް އެއްޔެ ހިނގާ ދިޔަ ހާދިސާ ހަނދާން ނެތް ކަހަލައެވެ. އެކަމަކު ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. އެ ހާދިސާ އަށް ފަހު ތާރާގެ ސިކުނޑި ތެރޭގައި އެނބުރެނީ ހުސް އެޔެވެ. ކިޔާންގެ ހާލަކީ ތޯއެވެ؟ އޭނާގެ ސިކުނޑި ތެރޭގައި އަދިވެސް އެނބުރެމުން ދިޔައީ ތާރާ ހީހީފައި އެ އާ ފިރިހެން ކުއްޖާ […]
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް ޗުއްޓީ ނިމި ސްކޫލްތައް ފެށޭ ދުވަސް އައީއެވެ. އެހެންކަމުން ފަތިހު ފަތިހާ ހޭލައިގެން ތާރާ އުޅެމުން ދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ދެފައި އެއްތާކު ނުޖެހެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ދުވެލަ ދުވެލާ އުޅުން ތާރާ އަށް ހުއްޓުމެއް އައީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަވަސް އަވަހަށް ދޮރު ހުޅުވިއިރު އުސްރާ ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. “ހާދަ އަވަސް އަރުވާލައިގެން؟” އުސްރާ އަހާލިއެވެ. “ތިއްތާ. ތާ […]
Hello dear readers! It has been such a long time. Whooo! My exam is finally over ☺.. ============= “ލަދު ގަތީތަ؟” އިވުނީ ކިޔާންގެ އަޑެވެ. އެ އަޑުގައި ލާނެތްކަމެއް ވިއެވެ. ………… ތާރާގެ މޫނުމަތި އިތުރަށް ރަތްވިއެވެ. ވަގުތުން މޫނު މަތީ އަތް އެޅިއެވެ. “ތި ގަޔަށް އެއްޗެއް ލައިގެން އާދެބަލާ!” ތާރާ ގަތް ލަދު ފޮރުވަން މަސައްކަތް ކުރިއެވެ. އެއާއެކު އެންމެން ހިނިގަނޑެއް ޖަހާލިއެވެ. “ނަހް. މިހެން އޯކޭ.” […]
އާ ދުވަހަކަށް އިރުގެ ދޯދި ތަކުން މުޅި މަލެ ތެރެ ރަސްކަންކުރަން ފެށުމާއެކު ހެން މަގުތައް ފުރިބާރު ވެއްޖެއެވެ. އެ ހަމަ ހިމޭން މާޙައުލު ހަލަބޮލި ކޮށްލީ އެއްގަމު އުޅަނދު ތަކުގެ އަޑުތަކުންނާއި އެކި ދިމަދިމާއަށް ހޭލަމޭލަވަމުން ދިޔަ މީހުން ތަކުގެ އަޑުންނެވެ. “ތާރާ! ތާރާ ރައްޔާން! ހަމަ މިހާރު ތެދުވޭ! އެހެން ނޫނީ ހަމަ ހުވާ މިބުނީ މޫނުމައްޗަށް ފިނިފެން އަޅާނަން!” ޔުކްތާ ތާރާގެ ގައިގައި އަޅާފައިވާ ބެޑުޝީޓު ދަމައިގަތެވެ. “ދެންންންން! އަހަރެން ނިދިޔަ ދީބަލަ!” […]
Dhuvaskolheh vandhen alhugadah vaahaka nuliyeveynethy ekamaa varah bodah sorry. 2 weeks therey test fesheythy. Iraadha kurevviyya term test nimeyhaa avahakah vaahakaige kuriah oiy baithah update kuraanan. Kuriah oiy 2 weeks thereyga ves vagutheh viyyaa update kureveytho balaanan. Hope u guys understand vaane kamah. Once again varah bodah sorry. Love you all. Stay safe. ❤️❤️ ❤️Shaima♥️
“ކިޔާން ކިހިނެއް ވެގެން ތަ ތި އުޅެނީ؟” ތާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ. އޭނާގެ އަތްފައި ފިނިވާގޮތް ވަނީއެވެ. ކިޔާން އެއްޗެކޭ ނުބުނެ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ކިޔާން އަހަރެން ސުވާލެއް އެބަ ކުރަމޭ! ކިހިނެއް ހޭ ވެގެން ތި އުޅެނީ؟ މޮޔަވީތަ؟” ތާރާ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. ކިޔާން ދެންވެސް އެއްޗެކޭ ނުބުންޏެވެ. އޭނާ ތާރާއަށް ބަލަމުން ދިޔަ ގޮތުން ހީވަނީ ޖަވާބު ތަކެއް ހޯދަން އުޅޭ […]