
ހެނދުނު ހެނދުނާ ހޭލައިގެން ތާރާ އާއި ސަނަމް ސައި ތައްޔާރު ކުރިއެވެ. އޮށްދަޅާއި ރޮށްޓެވެ. އަދި ކައިލާނަށް ގޮވުމަށް ފަހު އެންމެން އެކުގައި ކެއެވެ.
“ހޭ. އައި ތޯޓް މާން އެން އެލޯވެރާ އަންނާނެ ކަމަށް.” ކައިލާން ބުނެލިއެވެ. “ހުމްމް. ވީ އޭނަގެ ބޮޑުދައިތަ ގެއަށް ދިޔައީ. އިންނު އަންނަންށޯ ހުރީ. އެކަމު ނޭނގެ ކީއްވެ ކަމެއް ނައީކީ. ވަރަށް ގުޅައިފިން. ނިދާފަ ކަންނެ.” ތާރާ ތަށިތައް ދޮންނަމުން ބުންޏެވެ.
“އެހެންތަ؟ ހުމްމް. ދޮންބެ މިއުޅެނީ މިއަދު މެންދުރު ދާން ޑޭޑްގެ ކޮމްޕެނީއަށް. މާދަން ރަސްމީކޮށް ބޮސްގެ ގޮތުގައި ނިކުންނާނީ.” ކައިލާން އެއްމިޔަކަނުން ހީލަމުން ގޮނޑިން ތެދުވިއެވެ. “އޮހް. ދެން ކީއްވެޔޯ މިއަދު ތި ދަނީ؟” ސަނަމް އަހާލިއެވެ. “މިއަދު މިދަނީ ކޮމްޕެނީގެ ކަންކަން ހުރި ގޮތް ބަލައިލަން.” ކައިލާން ޖަވާބު ދިނެވެ.
“އައި ހައިލީ ޑިސްލައިކް ބިޒްނަސް.” ސަނަމް އަމިއްލަ ނަފްސަށް ބުނެލިއެވެ. “އެން ސަނީ، އައި ހައިލީ ޑިސްލައިކް ސައިންސް.” ކައިލާން އެހެން ބުނަމުން ކާގެއިން ނިކުތެވެ.
ގޭގެ ބެލް ޖަހާ އަޑު ތާރާ އިވުމުން ދޮރު ދޮށަށް ދިޔައީ އީމާން އައީ ކަމަށް ހީކޮށެވެ. އެހެންކަމުން އަވަހަށް ދޮރު ހުޅުވިއެވެ.
“މިހާރު ގުޅާތާ ކިހާއިރެއް؟ އިންނު އަންނާނަމޭ ކިޔާފަ ނާންނާތީ ދޮންބެ ވެސް އެ ވާހަކަ ބުނެފި. އެހެންޏާ. ނިދާ ގޮތަށް ހޭލާ ވެސް މީހެއް ނޫނޭ ތީކީ. ހުވާ މިބުނި ސްލީޕިން ބީސްޓްގަނޑު….” ކުރިމަތީގައި ހުރި މީހުން ފެނިފައި ތާރާގެ ވާހަކަ ދެއްކުމަށް ހުއްޓުމެއް އައެވެ.
“ތިއް..ތަ.” ތާރާގެ އަޑު ބޭރުވީ ވެސް ކިރިޔާއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެމީހުން އެތެރެއަށް ވަންނަން ތަން ދިނެވެ. ނާޒިމް އާއި، އުސްރާ އާއި 8 އަހަރުގެ ލޫތުގެ އިތުރުން ސަމާ އާއި ޖައިލަމާއި އަދި ޔުކްތާ އާއި އީކަން ވެސް ވަނެވެ.
“ތާ އާއި ވާހަކައެއް ދައްކާލަން ބޭނުން ވާތީ މިއައީ.” އުސްރާ ހިނިތުންވުމެއް ތާރާއަށް ދިނެވެ. ތާރާ ވެސް ބަދަލުގައި މަސްނޫޢީ ހިނިތުންވުމެއް ރައްދު ކުރިއެވެ.
“ކޮބާ ކައި؟” ނާޒިމް އަހާލިއެވެ. “ކޮޓަރީގަ ވާނީ. އިށީނދޭ.” ސޯފާ ތަކަށް އިޝާރާތް ކުރަމުން ތާރާ ބުނެލިއެވެ. އެންމެން ގޮސް ސޯފާގައި އިށީނެވެ. ބަދިގެއިން ނުކުތް ސަނަމް ވެސް އައިސް ތާރާ އާއި ޖެހިގެން އިން ސޯފާގައި އިށީނދެލިއެވެ.
އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. މުޅި ތަނަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އެމީހުން ދައްކަން އައި ވާހަކަ ފަށާތޯ ހާސްވެފައި ތާރާ އިން އިރު އެމީހުންގެ ތެރޭގައި އިސްވެ ވާހަކަ ދައްކާނެ ހިތްވަރު ހުރި މީހަކު ނެތެވެ.
ތާރާ އެންމެންނަށް ވެސް ނަޒަރު ހިންގާލިއެވެ. ޔުކްތާ އާއި އީކަން އަތުގުޅުވައިގެން ހުރި އިރު ޖައިލަމް އިނީ ސަމާގެ އުނަގަނޑުގައި އަތް ވަށާލައިގެނެވެ. ތާރާއަށް ވާނުވާ ރޭކާލީ ޔުކްތާ އާއި ސަމާ ދެމީހުންގެ ވެސް ކަށިއިނގިލީގައި އަނގޮޓިއެއް އަޅުވާފައި އިންތަން ފެނުމުނެވެ. ހަމަ އެފަދައިން ޖައިލަމާއި އީކަންގެ ވެސް ކަށި އިނގިލީގައި ރިހި އަނގޮޓިއެއް އަޅާފައި އިނެވެ.
“ޔޫ ގާއިސް އާ މެރިޑް؟” ތާރާއަށް އަހާލެވުނެވެ. އިސް އުފުލައި އެންމެން ވެސް ތާރާއަށް ބަލައިލިއެވެ. ޔުކްތާމެން ބޯ ޖަހާލިތަން ފެނުމުން ތާރާ ފަނޑުކޮށް ހީލިއެވެ. “ދެޓްސް ގުޑް. އައިމް ހެޕީ ފޯ ޔޫ ގާއިސް.”
ސަމާ އާއި ޔުކްތާ ވެސް ފަނޑު ހިނިތުންވުމެއް ތާރާ އަށް ހަދިޔާކޮށްލިއެވެ.
“އަހްހްހް… ސޯ… ކޮން ވާހަކައެއް ދައްކަން….؟” ތާރާ ނާޒިމް އަށާއި އުސްރާއަށް ބަލައިލަމުން އަހާލިއެވެ. “އަމްމްމް… އައި ޑޯންޓް ނޯ ކޮން ހިސާބަކުން ކަމެއް ފަށަން ވީކީ.” ނާޒިމް ބޮލުގައި އަތް އަޅާލަމުން ބުނެލިއެވެ. “ހައު އެބައުޓް ފްރޮމް ދި ބިގިނިން؟” ސަނަމްއަށް ނީނދެވިގެން ބުންޏެވެ.
“އެންމެ ރަނގަޅު. ފުރަތަމަ ކަމަކަށް ނާދޮންބެ ތާއްކޮ ކާރިން ވަރަށް ބޮޑަށް މަޢާފަށް އެދެން. ނާދޮންބެއަށް ތާއްކޮ އާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ހާޝްކޮށް. އައިމް ރިއަލީ ސޮރީ.” ނާޒިމް އިސްޖަހާލައިގެން އިނދެ މަޢާފަށް އެދުނެވެ.
“ޑޭޑް އިޒް ރައިޓް. ތާ. ވީ އޯލް އާ ވެރީ ސޮރީ.” އީކަން ވެސް ބުންޏެވެ. ތާރާގެ ދެލޯ ފެންކަޅި ވިއެވެ. “އައި ހޭވް ފޮގިވެން ޔޫ ގާއިސް ވަރަށް ކުރީއްސުރެ. އައި ނެވާ ހޭޓެޑް އެނީ އޮފް ޔޫ.” ތާރާ ނޭފަތް ދަމާލަމުން ލޯ މަރާލިއެވެ. ރޯން ބޭނުން ނުވާތީއެވެ. ވަގުތުން ސަނަމް ތާރާގެ އަތުގައި ހިފަހައްޓައިލިއެވެ. އެކުވެރިޔާ އަށް ހިތްވަރު ދިނުމުގެ ގިތުންނެވެ.
“ގިވް އަސް އެ ޗާންސް، ތާ. ޕްލީޒް.” ޖައިލަމް ބުނި އަޑު އިވުމުން ތާރާ ލޯ ހުޅުވައި ބަލައިލިއެވެ. “ވީ މިސްޑް ޔޫ ސޯ މަޗް.” ޔުކްތާ ވެސް ތާރާ އަށް ބުންޏެވެ. “ޔާ ވީ ޑިޑް. އިޓް ވޯޒް ލައިކް ވީ ވާ މިސިން އެ ބިގް ޗަންކް އޮފް އަވާ އޯން ސޮއުލް.” ސަމާ ވެސް އެއްބަސްވެލިއެވެ.
ތާރާ އަނެއްކާވެސް ލޯ މަރާލިއެވެ. އޭނާގެ ހަނދާނަށް އައީ ކުރިން ދުވަހު ވީރާމެން ގޭގައި ދެކެވުން ވާހަކައެވެ. އެރޭ އޭނާ އަމިއްލަ ނަފްސަށް ވީ ވަޢުދެވެ. އެހެންކަމުން ލޯ ހުޅުވައި އެންމެންނާއި ދިމާއަށް ސާބިތު ކަމާއެކު ބަލައިލިއެވެ. “އައި އޭމް ވިލިން ޓު ގިވް ޔޫ ގާއިސް އެ ޗާންސް.” ތާރާ ހިނިތުންވެލިއެވެ.
=-=-=-=-=-=-=-=-=
“އޭތް މިހިރަ ފެންނަ މޮޔަޔާ! ކަލޭ ސިކުނޑީގަ ތެތްކަމެއް ވެސް ނެތީތަ؟ އޭނ؟ ބަލަ މިގެއަށް މެހެމާނަކު އަންނަ ވާހަކަ ބުނީމަވެސް އަހަރެމެން ލާން ޖެހޭ ހެދުންތައް އިސްތިރި ނުކޮށް ތިހިރީ! ކަލޭ އަށް ރީތި ހެދުން ނުލެވޭތީ އޭގެ މާނައަކީ ކަލޭ އަހަރެމެނަށް އެ ބޮޑި ބާލަން ޖެހެއެކޭ ނޫނޭ! އަހަރެމެން މީ މިރަށުގެ އެންމެ މުއްސަނދި މީހުންކަން ހަނދާން ނެތުނީތަ؟ އާދައިގެ ހެދުމެއް ލައިގެން އަހަރެމެން ގޮސް ފިއްޔާ އަހަރެމެންގެ ނަމޭ ހަޑި ވާނީ! ދެން ވެސް ބަލަން ނުހުރެ ދޭބަލަ އަވަސް ކުރަން!” ނޫރާ އެ އަންހެންކުއްޖާ އާއި ދިމާއަށް ހަޅޭއްލަވައި ގެތެވެ. އޭރު އެ އަންހެން ކުއްޖާ ހުރީ ބިރުން ވިރިވިރިއެވެ.
“މިދަނީ.” އެ ކުއްޖާ އަވަސްއަވަހަށް އިސްޖަހާލަމުން އެތަނުން ދިޔައެވެ. އަދި ކޮޓަރިއަކަށް ވަދެ ރީތި ހެދުންތަކެއް ހިފައިގެން އައިސް އިސްތިރި ކުރަން ފެށްޓެވެ. އޭނާ ލައިގެން ހުރީ ބާވެފައިވާ ހެދުމެކެވެ. އެ ދޫ ދޫ ކުލަވެއްޓިފައި ހުރި ހެދުން ލައިގެން ހުރިއިރު ވެސް އެ ކުއްޖާގެ ހަށިގަނޑުގެ އަނަރޫފަކަން ފާޅުވާން ހުއްޓެވެ.
“ނާޔާ! މިހެދުން ވެސް އިސްތިރި ކޮށްދީބަލަ.” ކޮޓަރި ތެރެއަށް ވަދެގެން އައި އެހެން އަންހެން ކުއްޖަކު އެއްކަލަ ކުއްޖާ… ނާޔާ އަށް ބުންޏެވެ. “އެން ޔެސް.. ޝެލްގެ މޭކަޕް ސެޓާއި، ހެއާ ކޮންޑިޝަނާ ފުޅި އާއި، އެއްކަލަ ހެއާ ޑްރަޔާ ވެސް ގެންނާތި ޝެލްގެ ކޮޓަރިއަށް. ލަސް ނުކުރާތި! ޝެލް ފެންވަރާ ނިމެންވާއިރަށް ކޮޓަރިއަށް ގެނެސް ހުންނަންވާނީ! ނޫނީ މަންމަ ގާތު ބުނާނަން! އޭރުން މާ ރީއްޗެއް ނުވާނެ! ގޮޓް އިޓް؟” ޝައިލާ ޔާނާއަތަށް އޭނާގެ ހެދުން ޖަހާފައި ނިކުމެގެން ދިޔައެވެ.
ނާޔާ މޫނުމައްޗަށް ގޮތެއް ހަދާލުމަށްފަހު މަސައްކަތާއި ގެން ކުރިއަށް ދިޔައެވެ. އަދި ހުރިހާ ހެދުންތަކެއް އިސްތިރި ކޮށްފައި ކޮޓަރިތަކަށް ލައި ހެދިއެވެ. އެއަށްފަހު ބަދިގެއަށް ގޮސް ޕާސްތާ ކެއްކިއެވެ.
“ނާޔާ! އަހަރެމެން މި ދަނީ އޭނާ ލަފާ ތަނަށް! އަންނަން ވާއިރަށް ގޭތެރެ ކުނިކަހާފަ ބަހައްޓާތި!” ނޫރާ ގޮވާލިއަޑު އިވުނެވެ. ޖާވާބުގައި އާއެކޭ ބުނަމުން ނާޔާ ގޭތެރެ ކުނިކަހަން ފެށްޓެވެ.
ނޫރާ އާއި އޭނާގެ ފިރިމީހާ އިބްރާހިމަކީ ކުޅުދުއްފުށީގައި އެންމެ މުއްސަނދި އާއިލާއޭ ބުނެވިދާނެއެވެ. އެމީހުންގެ ހުންނަނީ 2 އަންހެން ކުދިންނެވެ. ޝައިލާ އާއި މައިލާއެވެ. ޝައިލާ އަކީ އުމުރުން 26 އަހަރުގެ އަންހެނެކެވެ. މައިލާއަށް އުމުރުން އަދި ވީ 19 އަހަރެވެ. ކޮންމެއަކަސް ނޫރާމެން އާއިލާ އަކީ އެހެން މީހުންނަށް ދަޅަ ދައްކައިގެން އުޅޭ ބައެކެވެ. ބޭރު ފުށުން ވަރަށް ހިތްހެޔޮ ވެފައި ދީލަތި ކަން ދެއްކިއަސް، ހަގީގަތަކީ އެއީ އެއް ނޫނެވެ. އެ މީހުންނަކީ މުޅިން ވެސް ކޮރަޕްޝަނާއި ރިޝްވަތު ދިނުމުގެ އިސް ބައެކެވެ. އެތަކެއް ކަމަކަށް ހިޔާނާތްތެރި ވެފައިވާ ބައެކެވެ. ދޮގު ހަދައި މީހުނަށް އޮޅުވާލައިގެން އުޅޭ ބައެކެވެ. އަނިޔާވެރި ބައެކެވެ. އެމީހުންގެ އަނިޔާވެރި ކަމުގެ އެއް ހެއްކަކީ ކުށެއްނެތް ނާޔާއެވެ.
މީގެ 7 އަހަރު ކުރިން ނާޔާ އަކީ ގޭންގް ބައެއްގެ ވަކި ތަކުން ސަލާމަތްވި އަންހެން ކުއްޖެކެވެ. އާއެކެވެ. ތިޔަ ހީކުރީވެސް ރަނގަޅަށެވެ. ނާޔާ އަކީ މީގެ އަހަރެއް ކުރިން އެއްކަލަ ގޭގައި އެންމެ ތުއްތު އިރުއްސުރެ ހައްޔަރުވެފައި އިން އަންހެން ކުއްޖާއެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. މިހާރު އުމުރުން 25 ހެވެ. އެދުވަހު އޭނާ ސަލާމަތް ވާނެ ގޮތެއް ނެތިގެން އުޅެނިކޮށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ކުޅުދުއްފުށީ މުއްސަނދި ޢާއިލާއެއްގެ މީހެކެވެ. ނޫރާގެ ދައްތަ ނައިނާއެވެ.
ނައިނާގެ އަޅާލުމާއި އެހީތެރިކަމުގައި ނާޔާ އުޅުނީ އުފަލުގައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ނައިނާ ނާޔާ ބަލައިދިނީ އަމިއްލަ ދަރިއެއްގެ ފަދައިނެވެ. ލޯތްބާއި އަޅާލުން ވެސް ދީގެނެވެ. ނާޔާގެ މާޒީ އާއި ޙަޤީޤަތް ވެސް ހަމައެކަނި އެނގޭ މީހަކީ ނައިނާއެވެ. ނާޔާއަށް ‘ނާޔާ’ ކީވެސް ހުދު ނައިނާއެވެ.
ނަމަވެސް ހުރިހާ ކަމެއް ބަދަލުވީ ކުއްލިގޮތަކަށް ނައިނާ ދުނިޔެ ދޫކުރުމާއި ގުޅިގެނެވެ. ނައިނާ މަރުވުމުގެ ކުރިން އޭނާގެ ގެ އާއި ހުރިހާ މުދަލެއް ވަނީ ނާޔާގެ ނަމަށް ބަދަލުކޮށް ދީފައެވެ. މިކަމާއި ނޫރާމެން ހަސަދަވިއެވެ. އަދި ނާޔާ އާއި ދިމާއަށް އެއްޗެހި ކިޔައި އޭނާ ދެރަކޮށްލިއެވެ. އަދި ގަދަކަމުން ނާޔާގެ މައްޗަށް ގަދަވެގަނެ އެގޭގައި އުޅެން ފަށައި ނައިނާގެ މުދާގަނޑު ހޯދިއެވެ. އެއަށްފަހު ނާޔާ ހާލުގައި ޖައްސައި އޭނާ ބާކީކޮށްލިއެވެ. އެހިސާބުން ނާޔާ އަށް އަމިއްލަ ގޭގައި އުޅެންޖެހުނީ ނޯކަރެއްގެ ގޮތުގައެވެ.
ހިތުގައި ވާހާ ހިތާމަތަކާއި ޝަކުވާތަކަށް ކެތްތެރިވީ އެއީ އޭނާގެ މަންމައެއް ފަދަ ނައިނާގެ ދައްތަ ކަމަށްވާތީއެވެ. އެ އަނިޔާވެރިކަމަށް ވެސް ކެތްތެރިވީ ނައިނާގެ ދައްތައަށް ވީތީ ޤަދަރު ކުރާތީއެވެ. ހަމައެކަނި އެހެންވެ އެއްވެސް ނޫނެވެ. އަނެއް ސަބަބަކީ އޭނާއަކީ މަޑުމައިތިރި މީހަކަށް ވީމައި އެމީހުނާއި ދިމާއަށް ބުނަން ވެސް ޖެހިލުންވަނީއެވެ. އޭނާއަށް އިނގެއެވެ. އޭނާގެ މަގާމުގައި މިއަދު އެހުރީ ނާޔާގެ ލޯބިވާ ދޮންތަ ނަމަ މިހާރު ދިމާލަށް ބުނީހެވެ. އޭނާގެ ދޮންތައަކީ ބުނަންވާ އެއްޗެއް ބުނާ ކެރޭ މީހެކެވެ.
ނާޔާއަށް ހިޔާލުތަކުން ނިކުމެވުނީ ވާހަކަ ދައްކާ އަޑު އިވުމުންމެވެ. އެހެންކަމުން ބަދިގޭގައި ނުކަހައި ހުރި ތަންކޮޅު އަވަހަށް ކަހައި ނިންމާލިއެވެ.
“ނާޔާ!” ނޫރާ ގޮވާލި އަޑު އިވުމުނެވެ. އަތާއި އަތް މޮޑެމުން ފަސް އެނބުރި ބަލައިލިއިރު ނޫރާ ފެނުނެވެ. “ކީކޭ ދައްތާ؟” ޔާނާ މަޑުމައިތިރި ކަމާއި އެކު އަހާލިއެވެ.
“ތިތާ ފިހިގަނޑުން ފިރުމަން ނުހުރެ ދޭބަލަ ކާމޭޒުމަތި ތައްޔާރު ކުރަން! އެސޮރަށް ކެއްކި އެއްޗެހި މީރު ނުވެއްޖެއްޔާ ކަލެއަށް ހަދާނެ ގޮތް އެނގޭނީ މަށަށް! އިނގިއްޖެ؟” ނޫރާ އެއްސެވެ. ނާޔާ ބޯ ޖަހާލިއެވެ. އަދި ކައްކާފައި ހުރި ޕާސްތާ އެތި ހިފައިގެން ކާގެއަށް ގޮސް އެއްޗެހި ދެން ހުރި އެއްޗެއްސާއި އެކު އަތުރާލިއެވެ. އެއަށްފަހު މެހުމާނު މީހާ އައުމުގެ ކުރިން އެތަނުން ނިކުތެވެ.
“އަވަހަށް އާދޭ ކާން. ވަރުބަލި ވެފައެއްނު ހުންނާނީ މިހާރު.” ނޫރާ ސޯފާގައި އިށީނދެގެން އިން ޒުވާނާ އަށް ބުންޏެވެ. އެ ޒުވާނާ ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ. ގައިމުވެސް އެ ހިނިތުންވުން ފެނިފައި ޝައިލާ އާއި މައިލާގެ ހިތަށް ގޮތެއް ވެއްޖެއެވެ.
ބަލާބެލުމަށް 25 ވަރަކަށް އަހަރުގެ ރީތި ޒުވާނެކެވެ. އަންހެން ކުދިން މޮޔަކޮށްލާ ފަދަ ރީތި މަޑު މުށި ކުލައިގެ ދެލޯ އެ ޒުވާނާއަށް ލިބިފައިވެއެވެ. ހީލުމުން ކޮލަށް އެ އެޅޭ އަޑިކޮޅާއި، ލިބިފައިވާ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުން އެހެން ފިރިހެން ކުދިން ހަސަދަލާނޭކަން ކަށަވަރެވެ. އަތްދިގު ގަމީހެއް ލާފައި ހުރިއިރުވެސް ބާލާލުމުން އޭނާއަށް ލިބިފައިވަނީ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެއް ކަން އެނގިގެންދާނެއެވެ.
ނޫރާ ތެދުވުމުން އެ ޒުވާނާ ވެސް ތެދުވިއެވެ. އަދި ނޫރާގެ ފަހަތުން ކާގެއަށް ދިޔައެވެ. ކާގެއަށް ވަނުމާއެކު ކާއެއްޗެހީގެ މީރުވަސް އެ ޒުވާނާއަށް ދުވިއެވެ. “އިށީނދޭ. އަވަހަށް ކާންފަށާ.” ނޫރާ ވާހަކަ ދެއްކީ ވަރަށް ހިތްހެޔޮ ކަމާއެކުއެވެ.
އެ ޒުވާނާ ގޮނޑީގައި އިށީނދެ ރަނގަޅަށް މޭޒުމައްޗަށް ބަލައިލިއެވެ. މޭޒުމަތީގައި އެކި ބާވަތްބާވަތުގެ ކާއެއްޗެހި ހުއްޓެވެ. ސޯސް ޕާސްތާ އާއި، ހުދު ޕާސްތާއެވެ. ކުޅި މަހާއި، ފިހުނު މަހާއި، ރޮށްޓެވެ. ސެލެޑާއި، ޕިރިނީއެވެ. ރިހާކުރާއި، ރިހާކުރު ބޮނޑިއާއި، ތެލުލި ފަތާއި، ބަތެވެ. މީގެ އިތުރުން ރަތް ގަރުދިޔަ ވެސް ހުއްޓެވެ. ބޯ އެއްޗަކަށް ހުރީ ކޯކެވެ.
“ކޮންނަމެއް ކިޔަނީ؟ ދައްތަ ހަނދާން ނެތިއްޖެ ނަން.” އެ ޒުވާނާ ޕާސްތާ ތަށްޓަށް އެޅުމުން ނޫރާ އަހާލިއެވެ. “އަކުރަމް.” އެ ޒުވާނާ ހީލަމުން ބުންޏެވެ. “އެހެންތަ؟ އަކުރަމް ކުޅުދުއްފުށްޓަށް ތިއައީ ކޮންކަމަކު؟ ހަމަ ޗުއްޓީ ހޭދަކޮށްލަން ތަ؟” ނޫރާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ.
“ނޫނޭ. ދައްތަ އަޑުއިވިފަ ކަންނެ އޮންނާނީ މިރަށު ސްކޫލް ސައިންސް ކުދިންނަށް ޕްރޮގްރާމް ތަކެއް ބާއްވާ ވާހަކަ. އެ ޕްރޮގްރާމްގެ ފަރާތުން އަޅުގަނޑު މިއައީ. އަޅުގަނޑާއި އަޅުގަނޑު 4 ވަރަކަށް އެކުވެރިން މިކަމާ ހަވާލުވެފައި އިނީ. އެކުދިން އަންނާނެ މި ހަފްތާ ތެރޭގަ.” އަކުރަމް ޖަވާބު ދިނެވެ. އަދި ކެއުމާއިގެން ކުރިއަށް ގެންދިޔައެވެ.
ކައިނިމިގެން އަކުރަމް ތަށި ދޮންނަން އުޅުމުން ނޫރާ އެކަން ހުއްޓުވައި އޭނާ އެކަން ކުރާނެ ކަމަށް ބުންޏެވެ. އަދި ގޮސް އަކުރަމް ހުންނަން ހަމަޖެހިފައިވާ ކޮޓަރި ދެއްކުމުން އަކުރަމް އޭނާގެ ފޮށިތައް ކޮޓަރިއަށް ވަނެވެ.
“ނާޔާ! ހަމަ މިހާރު އޭނަ ކޭ ތަށިތައް ދޮވޭ! މަށާ ޝެލް އާ މައި މިދަނީ ފިހާރަޔަށް!” ނޫރާ ބުނި އަޑު އިވުމުން ނާޔާ އެކަމާއިގެން ކުރިއަށް ދިޔައެވެ. މޭޒުމަތި ސާފުކުރަން އުޅެނިކޮށް ނާޔާއަށް ފެނުނީ އެތާގައި ބާއްވާފައި އޮތް ފޯނެކެވެ. އެއީ ގެއަށް އައި މެހެމާނުގެ އެއްޗެއްކަން އެނގުމުން އެ ކޮޓަރި ކައިރިއަށް ގޮސް ޓަކި ޖެހިއެވެ.
5 ވަރަކަށް ފަހަރު ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވުމުން ނާޔާ މަޑުމަޑުން ދޮރު ހުޅުވާލައި ގޮވާލިއެވެ. ދެން ވެސް އަޑެއް ބަޑެއް ނީވުނެވެ. އެހެންކަމުން އަނެއްކާވެސް ގޮވާލިއެވެ.
“ކާކު؟” އަޑު އައީ ފާޚާނާ އިންނެވެ.
“އަމްމްމް… ފޮ..ފޯނު ކާގެ މޭޒުމަތީ ބާއްވާފައި އޮތީމަ.” ނާޔާ ގޮވާލިއެވެ. “އޮހް. ސޮރީ. އެނދުމަތީގައި ބާއްވާލާ.” އެ މީހަކު ބުނި އަޑު އިވުނެވެ. މަޑުމަޑުން ނާޔާ ގޮސް އެ ފޯނު އެނދުމަތީގައި ބާއްވާލިއެވެ. އެވަގުތު އެނދުގެ ބޯލާކޮޅުގައި އިން ފޮޓޯގަނޑެއް ފެނުނެވެ. އެ ފޮޓޯގައި އިން ކުއްޖާ ދަންނަ ވައްތަރެއް ޖެހިއެވެ. ނަމަވެސް އަޅާނުލައި ކޮޓަރިން ނިކުންނަން އެނބުރިލި ވަގުތު ފާޚާނާގެ ދޮރު ހުޅުވުންތަން ފެނިފައި ހުއްޓުން އެރިއެވެ.
ކޮޓަރިން ނުކުތް އަކުރަމް ހުރީ އުނަގަނޑުގައި ހަމައެކަނި ތުވާއްޔެއް އަނދެގެން ހުސްގަޔާއެވެ. އޭނާގެ ފިރިހެންވަންތަ ހަށިގަނޑު ހުރީ ހާމައަށެވެ. އެ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުން ހުއްޓުމެއްނެތި ފެން ފައިބަމުން ދިޔަ ދިޔުމުން އޭނާގެ ފުރިހަމަކަން އިތުރު ކުރުވަމުން ދިޔައެވެ.
ވަގުތުން ނާޔާގެ މޫނުމަރި ޖަންބެއްހާ ރަތްވިއެވެ. ގަތް ލަދުން މޫނުމަތީގައި އަތް އެޅުމަށްފަހު ސޮރީ އޭ ބުނެފައި އަވަސްއަވަހަށް ކޮޓަރިން ނުކުތުމަށް އުޅުނެވެ.
އެ ގޮތްނޭނގޭ އަންހެން ކުއްޖާ އުޅެން ފެށިގޮތުން އަކުރަމް ގާތަށް އައީ ހިންޏެކެވެ. އެހެންކަމުން ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ކުއްޖާ މޫނުމަތީގައި އަތް އަޅާލައިގެން ހުރެ ދޮރާއި ދިމާއަށް ގޮސް ތަޅު ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ތަޅު ހޯދުން ކަމަކަށް ނުވިއެވެ. އެހެންކަމުން ކުޑަކޮށް މޫނުމަތިން އަތް ހިއްލާލުމަށް ފަހު ތަޅުގައި ހިފައި ދޮރު ހުޅުވުމަށްފަހު ނިކުތެވެ.
ނާޔާއަށް ކޮޓަރިން ނުކުމެވުމާއިއެކު ދޮރު ލައްޕާލިއެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. މޫނުމަތިން ހިއްލާފައި ހުރި ދާކޮޅު ފުހެލަމުން ނާޔާ ދޮރާއި ދޮށުން ދުރަށް ދިޔައީ ނޫރާމެން ގެއަށް އައި އަޑުއިވުމުންނެވެ. އޭރު ވެސް އޭނާގެ ސިކުނޑި ހިސޯރު ކުރަމުން ދިޔައީ އެ ޒުވާނާގެ ހިތްގައިމު މޫނެވެ.
އެ ކުއްޖާ ނިކުތްލެއް އަވަސްކަމުން އަކުރަމްގެ ހިތަށް މާޔޫސްކަން ވެރިވީ ކީއްވެކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެންމެކުޑަވެގެން އޭނަގެ މޫނުވެސް ސާފުކޮށް ނުފެނުނެވެ. ދޮން މޫނެއްކަން އެނގެއެވެ. ހިމަ ހިމަ ކުޑަކުޑަ ނޭފަތެއް ކަންވެސް އެނގެއެވެ. އިތުރަކަށް މޫނުމަތިން އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވީ ދިގު ދިގު މަޑު މުށިކުލައިގެ ބުޅި އިސްތަށިގަނޑެކެވެ.
އަކުރަމް އަށް އެކުއްޖާގެ ބުޅި މުށި ކުލައިގެ އިސްތަށިގަނޑު ފެނުމުން ހަނދާނަށް އެއީ އޭނާގެ ގާތް އެކުވެރިޔާ ތާރާގެ ހަނދާނެވެ. ވަގުތުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެ ހިތުގައި އަދިވެސް ތާރާއަށްޓަކައި ވީ ލޯބި އޮތީމައެވެ.
………………….
ރީތިވެ ލައިގެން އަސްރު ނަމާދަށް ދާން ނުކުތް އަކުރަމަށް އުނދޯލީގައި އިން އަންހެންކުއްޖަކު ފެނުނެވެ. އަކުރަމްގެ ހިތަށް ފުރަތަމަ ވެސް އައީ އެއްކަލަ އަންހެން ކުއްޖާއެވެ. އެހެންކަމުން އެ ކުއްޖާތޯ ބަލައިލާ ހިތްވިއެވެ. “އެކްސްކިއުޒް. މިސްކިތް ހުންނަނީ ކޮންދިމާއަކު؟” އޭނާ އަހާލިއެވެ.
“ރަށު ބޮޑުމަގުގަ.” އެހެން ބުނެފައި އެކުއްޖާ މަގު ކިޔާދޭން ފެއްޓެވެ. އެކުއްޖާ އަޑު އިވިފައި އެއީ މިއަދު ދިމާވި ކުއްޖާ ނޫންކަން އެނގުނެވެ. އެހެންކަމުން އޭނާ ފޫހިވާގޮތްވިއެވެ. އަދި ޙާއްޞަކޮށް މިކުއްޖާ ވަރަށް ތުއި ވެލާފައި ވާހަކަ ދައްކާތީއެވެ. “އަހަރެންނަށް ކިޔަނީ ޝައިލާ.” އެކުއްޖާ އަކުރަމަށް ބުނެލިއެވެ. ޖަވާބުގައި އަކުރަމް ބޯ ޖަހާލުމަށްފަހު ގެއިން ނުކުތީ މަގުމަތިން ދިމާވާ މީހެއްގާތު މިސްކިތަށް ދާ މަގު އަހާނީ ކަމަށް ނިންމާފައެވެ.
………………..
“އޯހް މައި ގޯޑް! މައި. ޔޫ ވޯންޓް ބިލީވް ވަޓް އައިމް ގޮނާ ޓެލް ޔޫ!” ޝައިލާ ގޭތެރެއަށް ވަދެގެން އައިސް މައިލާ ގަތު ބުންޏެވެ. އެ އަޑު ކުނިކަހަން ހުރި ނާޔާއަށް ވެސް އަޑު އިވުނެވެ. “ވަޓް؟ ކޮން ވާހަކައެއް އަނެއްކާ؟ ޓެލް މީ ޓެލް މީ!” މައިލާ ވެސް ވަރަށް ވެލާފައި އަހާލިއެވެ.
“އެއްކަލަ ގާއި. ހީ ޓޯކްޑް ޓު މީ! އޯހް މައި! ހިޒް ވޮއިސް އިޒް ސޯ… އައި ޑޯންޓް އީވެން ނޯ ހައު ޓު ސޭ އިޓް.” ހުވަފެނީ ގޮތަކަށް ޝައިލާ ބުންޏެވެ. “ރިއަލީ؟ އަޅޭ! ޝެލް ހާދަ ލަކީ އޭ ދޯ؟ އަސްލު ވެސް އޭނާ ވަރަށް ހޮޓު. އާހް. ސޯ ހޭންޑްސަމް!” މައިލާ ވެސް އަޑުގައި ޖޯޝެއް ލާފައި ބުނެލިއެވެ.
މިއަޑު އިވިފައި ނާޔާގެ ދެ ބުމަ ގޮއްޖެހުނެވެ. އަދި މޫނުމައްޗަށް ގޮތެއް ހަދާލީ މައިލާ އާއި ޝައިލާ އަކީ އަބަދުވެސް ރީތި ފިރިހެނަކު ފެނިއްޖެއްޔާ އެމީހަކު ފަހަތުން ދުވާ ބައެއްކަން ހަނދާން ވީމައި ވީ ފޫއްސަކުންނެވެ.
އެވަގުތު އޭނާގެ ސިކުނޑިއަށް އަނެއްކާވެސް އައީ މިއަދު ހިނގާ ދިޔަ ހާދިސާއެވެ. ވަގުތުން މީހާގެ މޫނު ރަތްވިއެވެ. އެ ފިރިހެން ކުއްޖާ އެގޮތަށް ފެނުމުން އޭނާ ކުރިމައްޗަށް ދެން އަރަން ވެސް ނުކެރޭނެ ވިއްޔާއެވެ. ލަދުން ބޯހަލާކެވެ.
އެހެން ހިޔާލުގައި ހުރެފައި އަނެއް ފަރާތަށް އެނބުރިލި ނާޔާގެ ލޮލުގައި އަޅައިގަތީ ގެއަށް އައިސް ވަން އަކުރަމެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރުނެވެ. ‘ޝިޓް. އައިމް ޑެޑް. ދިސް އިޒް ސޯ އެމްބެރޭސިން. ގޯޑް! ސޭވް މީ!” އަކުރަމްގެ ނަޒަރު އޭނާއަށް ހުއްޓުމުން އޭނާގެ މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ.
?????????ޝައީ?
One Comment
Comments are closed.
wowwwwwww mibaives varah reethi maashaa allah????
waitting curiously for the next part?????????