ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގާ އިންޖެކްޝަން ފުރާ އޭގައި ހުރި އެއްޗެއް އޭނާ އިންޖެކްޝަނުން ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” އޭނާ މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތުގައި މާޝާ ވޯޑްއަށް ބަދަލު ކުރެވުނެވެ. މެންދުރުވާން އުޅެނިކޮއް ދެލޯ ތަޅުވާލާފައި މާޝާ ދެލޯ […]
އިވެމުން ދިޔައީ މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑުކަން ޔަގީންވުމުން މާޝާ މަޑުކޮއްލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެތަނުން މީހަކު ނުކުތެވެ. އެމީހާއާއި މާޝާ ހަތަރު ކަޅި ހަމަވުމުން މާޝާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެމީހާއަށްވެސްވީ އެކަހަލަ ގޮތެކެވެ. އޭނާ އެފެނުނީ ފެނިގެން ނުވާނޭ މީހަކަށެވެ. އޭނާ ދެކޮޅު ބަލާލާފައި މާޝާއާއި ދިމާލަށް ހިނގައިގަތެވެ. އަތުގައި އޮތް ފައިލް ދޫކޮށްލާފައި މާޝާ އުޅުނީ ދުއްވައިގަންނަންށެވެ. ނަމަވެސް… މާޝާއަށް ދެކޮޅު ބަލާލެވުނީ ފެންނަ ހިސާބުގައި މީހަކު […]
“ޝަނޫ.. ޔޫ ކާންޓް ވޯކް އެނީމޯރް..” ކައިލީން އެންމެ ފަހުން ބުންޏެވެ. ވަގުތުން ޝަނުމްގެ ހަރަކާތައް ހުއްޓުނެވެ. “ޝަނޫ ހާސްނުވޭ. އެހެންވިޔަސް ކައިލީ ދުވަހަކުވެސް ޝަނޫ ދޫކޮށެއް ނުލާނަން” ކައިލީން ބުންޏެވެ. ޝަނުމް ކައިލީންއަށް ހިތި ހިނިތުންވުމެއް ދިނެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެދުވަހު ހަވީރަކީ އައިޒިން ރިސޯޓަށް ފުރާދުވަސް ކަމުން އައިޒިން ދިޔައީ އަލާޔާ ގޮވައިގެން އަތިރިއަށެވެ. އިރު އަރާ މަންޒަރު ބެލުމަށެވެ. ސައިބުއިމަށް ޕެކެޓަކާއި ހެދިކާކޮޅެއް ގަނެގެން ދެލޯބިވެރިންގޮސް މޫދާ މާދުރު […]
“ދަރިފުޅާ. ބަސް އަހައްޗޭ. މީހުނާ ޒުވާބުކޮއް ތަޅާފޮޅާ ނަހަދައްޗޭ. ރަނގަޅަށް ކައި ނަމާދުކުރައްޗޭ.” ޔަލާން ހަށިގަނޑުގައި ބައްދާލަމުން އަލަކާ ބުންޏެވެ. ޔަލާން މިފަހަރުވެސް ހިނިތުންވެލީއެވެ. ޕޮލިސް ކާރަށް އަރުވައިގެން ގޮސް ޔަލާން ގެންދެވުނީ ބަނދަރަށެވެ. ލާންޗްއަކަށް އަރުވާ ޔަލާން ގެންދެވުނީ ކ.މާފުއްޓަށެވެ. ލާންޗު ގެއްލެންދެން އަލަކާ ބަލަން ހުއްޓެވެ. ޔަލާން އެނބުރި އަންނާނެ ދުވަހަކަށް އެވަގުތުން ފެށިގެން އަލަކާއަސް ދުވަސް ގުނެންފެށިއެވެ. ޖަލުގެ ކުޑަ ގޮޅި ތެރޭގައި އެކަނި ވުމުން ޔަލާން ހީލިއެވެ. ތުންފަތުން ހިނިތުންވުމެއް ފެންނަމުން […]
“މަގޭ ގަމާރުކަން ހަމަ. މުޅި ރަށުގައި ނަންމައްޝޫރު ގާތިލް އަހުމަދުގެ ކާފަ ދަރިފުޅު ވިއްޔަ. ހަމަ އެއްގޮތެއްނުން ވާނީ؟” އިލްޔާ ބުންޏެވެ. “އިލްޔާ!” ލުބާންއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ގޮވާލިއެވެ. “ކިހިނެތްވީ؟ ލޯބިވާ އަނބިމީހާއަށް އެއްޗެހި ކީމަ ކަމުނުދިޔައީ؟ ވިސްނާދެން މަގޭ ދަރި އެވަގުތު ސަލާމަތްވާން ތެޅޭނެ ވަރު! ރައްކާވޭ މިތަނުން. ދެން އަހަރެން ކަލޭމެނާ ދިމާކުރާނީ ކޯޓުން!” އިލްޔާ ބުންޏެވެ. އޭރު ގިންމީހުންތަކެއްގެ ނަޒަރު އެމީހުނަށް ހުއްޓިފައިވުމުންނާއި އެކު ލުބާން އަލަކާ އަތުގައި ހިފައިގެން ނުކުތެވެ. […]
ޔަލާން އަތުގައި ބިޑިއަޅުވައިގެން އާކިންގެ އިތުރުން 3 ފުލުހަކު ނުކުތެވެ. އެއާއި އެކު އެމީހުންގެ އިންތިޒާރުގައި ތިބި ނޫސްވެރިން އަހިސް އެމީހުން ގާތު ތަތްވެގަތީ ހަކުރުފެނިގެން ހިނިތަށް ދުއްވައިގަންނަހެންނެވެ. މަންޒަރު ބަލަން ދުރުގައި ހުރި އަލަކާއަދި އަލާޔާގެ އިތުރުން ލުބާންއަށް ޔަލާން ބަލައިވެސް ނުލިއެވެ. އެކަމުގެ ސަބަބުން އެތިން ހިތުގައިލީ ނުފިލާނޭ ކޫރެކެވެ. “ޝަނުމްއަށް އެހެން ހެދީ ކީއްވެގެންތޯ؟” “ޝަނުމްއާއި ޔަލާންގެ މެދުގައި މައްސަލައެއް ޖެހުނީތޯ؟” “ތިމާގެ ކުއްޖަކަށް ވެހުރެ އެހެން ހަދަންވީ ކީއްވެގެންތޯ؟” ރިޕޯޓަރުންގެ ސުވާލުތަކާއި […]
ޖެހިގެން އައި ދުވަހެވެ. އަލަކާއާއި އެކު ބޭރު ކުނި ކަހަން އުޅިފައި ގެއަށް ވައިން ލުބައިނާ ދިޔައީ ދެމީހުނަށް ކޮފީ ގިރުމަށެވެ. “ޓީވީ އަޅުވާލަބަ. މިހާރު ހަބަރު ކިޔާނެއްނުން؟” 8 ޖަހާފައި ހުރުމުން ލުބައިނާ ބުންޏެވެ. އަލަކާ ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލިއެވެ. “ދެން އޮތް ޙަބަރާއި އެކު އަޅުގަނޑު ކުރިއަށް ގޮސްލާނަން. ހދ ނޭކުރެންދޫގައި ރޭގެ ވަގުތެއްގައި ވަނީ ގަބޫލު ކުރަން ދަތި ހާދިސާއެއް ހިނގާފައި. ރޭގެ ދަންވަރުގެ ވަގުތެއްގައި އުމުރުން 14 އަހަރުގެ ފިރިހެން […]
ރެސްޓައުރެންޓްއަށް ވަނުމުން ޝަނުމްއާއި ކައިލީން އިން މޭޒަށް ވުރެ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި ދެމީހުން އިށީނެވެ. ކައިލީންއާއި ޝަނުމްގެ ވާހަކަ އިވޭހިސާބުގައެވެ. ފަހުކަމަކަށް ކައިލް ފޯނު ރިކޯޑަށް ޖައްސާލިއެވެ. ފިހާރައަށް ވައިން އަލަކާ އެނބުރި ނުކުތީ މޭވާ ކޮޅަކާއި ޖޫސްފުޅިއެއް ގަނެގެންނެވެ. ހިނގާފައި އެކަނި އައުމުން އަލަކާ ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ކޮތަޅުތައް ހަމައަކަށް އަޅުވަމުން ދިޔަ އަލަކާ ސިހުނީ މީހެއްގައިގައި ވިދުމުންނެވެ. “ސޮރީ-” އަލަކާ ބުންނަން އުޅުނު ޖުމްލަ ކަރުގައި ތާށިވީ އަލަކާއަށް […]
ހޮސްޕިޓަލާއި ދިމާލަށް ބަލައިލާފައި އޭނާ ނެގީ އޭނާ ޖީބުގައި އޮތް ކުޑަ ފުޅިއެވެ. މީސްލްސް ހިމެނޭ އެވެކްސިނަކީ ސީޒާރ ޖެހުމަށް އެހީތެރިވެދޭ ވެކްސިނެކެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން އާދިލް ވަނީ “ޑިސާރތްރިއާ” އަދި “ޑިސްފޭޖިއާ” އަށް ޑަކްޓަރަށް ދައްކާފައެވެ. އެދުވަހު އާދިލްގެ ސިކުނޑީގައި ޓިއުމަރެއް އިންކަން ނުހާދުއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އާދިލް ހަމަ މަރުވީބާއެވެ؟ ނުވަތަ ރޭވުމަކުން މަރާލީބާއެވެ؟ ޑިއުޓީ ނިންމާފައި ގެއަށް އައި ނުހާދުގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ފައިސާއަށް ޓަކައި […]