“އެންމެ ރަނގަޅު. މިރޭ 3 ޖަހާއިރު. އުތުރު ފަރާތު އަތިރިން” ޒެވިއަން ސީދާ ޔަޝްއަލްގެ ލޮލަށް ބަލައިލަމުން ބުންޏެވެ. “ސީ ޔޫ ދެން..” ހީލާފައި ޔަޝްއަލް ބުންޏެވެ. އޭރު ދެމީހުންގެ ލޮލުގައިވެސްވީ ބުނެދޭން ނޭނގޭ ކަހަލަ ވިދުމެކެވެ.
ދަންވަރުގެ ވަގުތެވެ. ގަޑިން 15 2 އެވެ. ނުހާ ނިދިފައި އޮތް އިރު ޔަޝްއަލް އިނީ މޭޒު ކައިރީގައެވެ. މޭޒުމަތީގައި އޮތް ފޮތުގައި އޭނާ ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައިރު ޔަޝްއަލްގެ ހިތަށް ދިޔައީ ނުކުޅަދާނަ ވަމުންނެވެ. ދިރިއުޅުމުން އޭނާ “ފެއިލް” ވީކަހަލަ އިހުސާސްއެއް ކުރެވޭތީއެވެ.
ލިޔަން ބޭނުންވީ އެތި ލިޔެ ނިމުމުން ޔަޝްއަލް ސިޓީ އުރައެއް ތެރެއަށް އެނޯޓު ކޮޅު ލިޔެވެ. އަދި ދެތިން ފޮޓޯއާއި ޕެން ޑްރައިވްއެއްވެސް ލިޔެވެ. އެންމެ ފަހު ކަމަކަށް ލެޕްޓޮޕު ހުޅުވާ އޭގައި އިން ފޯލްޑާރް ޑިލީޓްކޮއްލިއެވެ. ނިދިފައި އޮތް ނުހާގެ މޫނަށް ބަލާލާފައި އެސިޓީ އުރައާއި ލެޕްޓޮޕް ހިފައިގެން ޔަޝްއަލް ގެއިން ނުކުތެވެ.
ޔަޝްއަލްގެ ފުރަތަމަ މަންޒިލަކަށްވީ މާވީ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓްއެވެ. ދޮރުގައި އަތް ޖައްސާލާފައި ޔަޝްއަލް ދޮރު ދަށުން ސިޓީ އުރަ ވައްދާލިއެވެ. ލޮލުގައި ވިދަމުން ދިޔަ ކަރުނަތިކިތައް ކުޅަދާނަ ކަމާއި އެކު ހިންދާލާފައި ދެން ޔަޝްއަލް ދިޔައީ އަތިރިއަށެވެ. ބޮޑު ގާބުރިއަކުން ތަޅާ ލެޕްޓޮޕް ހަލާކުކޮއްލާފައި މޫދަށް އެއްލާލިއެވެ. އަދި އެއްފަހަރު މާވީ އުޅެމުން ދިޔަ އެޕާޓްމެންޓްއަށް ދިޔައެވެ. ދޮރުދޮށުގައި އިނދެ ޔަޝްއަލް ކިތަންމެ އިރަކު ރުޔެވެ.
ހިނދުކޮޅެއް ފަހެވެ. ޔަޝްއަލް ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ގަޑިން 3 ޖަހަން 5 މިނިޓްއަށް ވެއްޖެ ކަމުގެ އެލާމް އަޅުވައިދިނެވެ. ދޮރަށް ބަލާލާފައި ކަރުނައިގެ ތެރެއިންވެސް ޔަޝްއަލް ހީލިއެވެ. ހީވާފަދައެވެ. ޔަޝްއަލް އެދަނީ މަރަށް ތައްޔާރު ވެގެންނެވެ.
އަތިރި މައްޗަށް ދިޔައިރު ޔަޝްއަލްގެ އިންތިޒާރުގައި ޒެވިއަން ހުއްޓެވެ. އޭރު ޔަޝްއަލްގެ މޫނު މަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. ހިނދުކޮޅެއް ކުރިން ފެނުނު ހިތާމައިގެ އަސަރު ޔަޝްއަލްވަނީ ކުޅަދާނަ ކަމާއި އެކު ވަންހަނާ ކޮއްލާފައެވެ.
ޔަޝްއަލް އައިކަން އެނގުމުން ޒެވިއަން ޔަޝްއަލްއާއި ކުރިމަތި ލިޔެވެ. ޔަޝްއަލްގެ މޫނު މަތީގައި ހުރި ހިނިތުންވުން ފެނި ޒެވިއަންގެ ރުޅިގަނޑުގެ އަލިފާނަށް އިތުރަށް ދަރު އެޅުނު ފަދައެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލާފައި ގޮށް މުއްކަވާފައި ޔަޝްއަލްގެ ކޯތާފަތުގައި ޖެހިއެވެ.
ޔަޝްއަލްގެ ތުންފަތުގެ ކަނުން ލޭ ފައިބަމުން ދިޔައީ އޭނާގެ ހުދު ގަމީހުގައި ރަތް ކުލައިން ކުލަ ޖައްސާލަމުންނެވެ. “މިރޭ އަހަރެން ކަލެއަށް ވިސްނައިދޭނަން ކަލޭ ތިލޯބިވީ މަގޭ ހައްގެއް ދެކެކަން” ޔަޝްއަލްގެ ބަނޑުގައި ކޮޅުފައިން ޖަހަމުން ޒެވިއަން ބުންޏެވެ.
ޒެވިއަންއާއި އެއްވަރަށް ކުރިއަށް ޖެހިލަމުން ޔަޝްލް ކެއްސާލިއެވެ. “ތިދައްކަނީ ނުހާގެ ވާހަކަތަ؟ ހަހަ. ވަރަށް މަޖާ ވާހަކައެއް ތިބުނީ. ނުހާ ބޭނުންވީ ލޯބި. އެކަމަކު ކަލޭ ތިހުންނަނީ ހޭބަލި ވެފައެއްނުން؟ ހަހަ”
ޔަޝްއަލްގެ ވާޙަކައިން ޒެވިއަންގެ ރުޅިގަނޑު ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. ޒެވިއަން ޔަޝްއަލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ވާން ކޮއްލިއެވެ. “ހީކުރާ ގޮތްތަ؟ ކަލޭތި މީހަކަށް ލެކްޗަރު އެޅޭވަރުގެ މީހެއް ނޫން އެނގޭ؟ ކަލޭ ތިއީ މަގޭ ބައްޕަގެ ގަތުލުގެ ބަފާގެ ދަރިއެއްނުން؟ ކަލޭ ހީކުރީތަ މަށަކަށް ނޭނގޭނޭ؟ މަށަށް ހުރިހާ އެއްޗެއްވެސް އެނގޭ” ޒެވިއަން ރުޅިވެރިކަމާއި އެކު ބުންޏެވެ.
އެއާއި އެކު ޔަޝްއަލް ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. ޒެވިއަންއަށް އެކަން އެނގުނީ ކިހިނެތް ހެއްޔެވެ؟
***
އެނދުމަތީގައި ނުހާގެ ފޮޓޯއެއް ހިފައިގެން އޮތް ޒެވިއަން ސިހުނީ މީހަކު އަހިސް ކޮޓަރި ޖާލި ދޮރުގައި ޓަކި ޖެހުމުންނެވެ. އަލާޔާ ކަމަށް ހީކޮށް ޒެވިއަން ދޮރު ހުޅުވާލިއެވެ. ނަމަވެސް އެއްވެސް މީހަކު އެތާކު ފެންނާކަށް ނެތެވެ. އެވަގުތު ޒެވިއަންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ސިޓީ އުރައެވެ.
“ޔަޝްއަލްއަކީ އަހުމަދުގެ ދަރިއެއް. ޔެސް އަލަކާގެ ބައްޕަގެ ދަރިއެއް. ނުހާ ޔަޝްއަލްއަށް ކައިވެނި ކުރީ ޔަޝްއަލް ނުހާ ރޭޕްކޮއް އެރޭ ނެގި ފޮޓޯތަކުން ނުހާއަށް ބްލެކްމެއިލް ކުރާތީވެ. ޒެވިއަން.. ނުހާދެކެ ލޯބިވާނަމަ ނުހާ ސަލާމަތް ކުރޭ. ޔަޝްއަލް ނުހާގެ ދިރިއުޅުން ނަރަކައަކަށް ހަދާއެބަ.” ނޯޓު ކޮޅުގައި އިނީ އެހެންނެވެ. ޒެވިއަން ހައިރާންވިއެވެ. ގަބޫލު ކުރަން ދަތިވިއެވެ.
ދެން އޭގައި އޮތް އެތި ނަގާ ބަލައިލީ ތުރުތުރު ލަމުން ދިޔަ އަތަކާއި އެކުއެވެ. އޭގައި އޮތީ ޔަޝްއަލްގެ އުފަންދުވަހުގެ ސެޓްފިކެޓްއެވެ. އެއާއި އެކު ޒެވިއަންއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. ރުޅިވެރިކަމުން ހަށިގަނޑު ރޫރޫ އަޅައިގަތެވެ. މަންމަގެ ގަތުލަކީ ޔަޝްއަލް ކަމަށް ޒެވިއަން ނިންމިއެވެ. ޒެވިއަންގެ މޫނަށް އަރާފައިބަމުން ދިޔަ އިހްސާސްތައް ބަލަން ދުރުގައި ލިލިއާ ހުއްޓެވެ…
***
“ތިހިތަށް އަރަނީދޯ މަށަށް އެކަން އެނގުނީ ކިހިނެތްބާއޭ؟ އެޔެއް ބަލާނެވެސް ކަމެއް ނެތް! ކަލޭގެ ބަފާގެ ދަރި ބަގޭ ބައްޕަ މަރާލި އިރު ކަލޭ މަގޭ މަންމަ މަރާލީ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ކަލޭގެ ހިތުގައި ނެތެއްނުން؟” ޒެވިއަންގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރު ވަމުންނެވެ.
“ކަލެއަށް ކޯއްޗެއްތަ އެނގެނީ؟ މަށެއް ނޫން ކަލޭ މަންމަ މަރާލީކީ” ޒެވިއަން ކޮއްޕާލަމުން ޔަޝްއަލް ބުންޏެވެ. އެއާއި އެކު ޒެވިއަން ބިންމައްޗަށް ގުޅަވިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ތެދުވަމުން ޒެވިއަން ނެގި ގާބުރި ނަގާ ޔަޝްއަލް ބޮލުގައި އޭގެން ޖެހިއެވެ. ޔަޝްއަލް ބިންމައްޗަށް ޖެހުމުން ގާބުރި ހިފައިގެން ޔަޝްއަލް ގައިމައްޗަށް ޒެވިއަން އެރިއެވެ.
“ހަޔާތް ކުޑަ! ލަދު ކުޑަ! ގޮތް ކުޑަ! ކަލޭ ތިއީ އިންސާނެއް ނޫން. ޖަނަވާރެއްވެސް ނޫން. އޭއްޗެހިންގެ ހިތުގައިވެސް ކުލުނު ހުރޭ. ކަލޭ ތިއީ ނުލަފާ އިފުރީތެއް. ކަލެއަކަށް ދުނިޔޭގަ ހުރުން ހައްގެއްނޫން. ކަލޭ މަގޭ މަންމަ މަރާލީ! ކަލޭ މަގޭ ނުހާ ޖަހައިގަތީ! ކަލޭ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮއްލީ!” ޔަޝްއަލްގެ ލޯމަތީގައި ގާބުރިން ތަޅަމުން ޒެވިއަން ވާޙަކަ ދައްކަމުން ދިޔައެވެ.
އޭރު ޔަޝްއަލްގެ ދެލޮލުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ދެލޮލުން ހޯސްލާފައި ލޭއަންނަމުން ދިޔައިރު ޔަޝްއަލްއަށް ރޮވެމުން ދިޔައެވެ.
“ތީ ކަލޭ ނުހާއާއި ދިމާލަށް ބަލާލަން ކެރުނީތީ” ޒެވިއަން ބުންޏެވެ. ދެން ޒެވިއަން ޖެހީ ޔަޝްއަލްގެ އަތް ތިލައިގައެވެ. “މިއީ ކަލެއަށް ނުހާ ގައިގައި އަތްލަން ކެރުނީތީ” ދެން ޒެވިއަންގެ ހަމަލާއައީ ޔަޝްއަލްގެ ފިރިހެންވަންތަ ގުނަވަނަށެވެ. “މީ ކަލޭ…” އެހިސާބަށް ބުނެފައި ޒެވިއަންގެ ހަރާކާތްތައް ހުއްޓުނެވެ.
އެރޭ ސަލާމަތް ވުމަށް ނުހާ ކިހާ ވަރަކަށް ތެޅޭނެ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން ރުޅިގަނޑު އިތުރުވެ، މީހާ ރޫރޫ އަޅަން ފެށިއެވެ. ހަށިގަނޑަށް ލެވުނުހާ ބާރެއް ލާފައި ޒެވިއަން ހަޅޭ ލަވައިގަތެވެ.
ދެން ޔަޝްއަލްގެ ފައިގައި ހިފާ ދަމަމުން ޒެވިއަން ވަނީ ޖަންގައްޔަށެވެ. މަރުވެފައިވީ ފަތްތައް މަތީގައި ހިނގަމުން ދިޔައިރު ޒެވިއަންގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުމެކެކެވެ. ޔަޝްއަލްގެ ހަށިގަނޑު އެއްތާކުގައި ބާއްވާފައި ބިންމަތީގައި ހުރި މަރުވެފައިވީ ފަތްތައް އެއްދިމާލަކަށް އެއްކޮއްލިއެވެ. ޔަޝްއަލްގެ ހަށިގަނޑު ގެންގޮސް އެފަތްތަކު ތެރެއަށް ހޫރުވާލާފައި ޒެވިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ކިރިޔާ ޔަޝްއަލްގެ ހަށިގަނޑުގައި ފުރާނަ ހުރިކަމެވެ.
ފަހު ކަމަކަށް ޖީބުގައި އޮތް ލައިޓަރު ނަގާ ޒެވިއަން ކުރިމަތީގައި ހުރި ފަތްއެތީގައި ރޯކޮއްލިއެވެ. ސިކުންތުކޮޅެއް ތެރޭގައި ޔަޝްއަލްގެ ހަށިގަނޑުގައިވެސް އަލިފާން ހިފިއެވެ. އަލިފާނާ އަނދަމުން ދިޔައިރުވެސް ހަޅޭ ލަވައިގަންނާނެހާ ވަރެއްވެސް އޭރު ޔަޝްއަލްގެ ހަށިގަނޑުގައި ނެތެވެ.
އެމަންޒަރު ބަލަން ހުރި ޒެވިއަންގެ މޫނުމަތީގައި އެއްވެސް އިހުސާސްއެއް ނެތެވެ. “ހަނދާން ކުރާތި. އަހަރެން ޖަނަވާރަކަށް ހެދި މީހަކީތީ. ނޫއަށް ކީއްވެ އެހެން ހެދީ؟ ކޮބާތަ ނޫގެ ކުށަކީ؟” ޒެވިއަން މަޑު ރާގެއްގައި ބުންޏެވެ. ދެން ޒެވިއަންގެ ދެލޮލުގެ ނަޒަރު ހުއްޓާލީ ގާތުގައި ހުރި ނިކަ ގަހަށެވެ.
ގަހުގައި ހުރި އަޅޯތަކަށް ބަލާލާފައި ޒެވިއަން ހިނގައިގަތީ އެދިމާލަށެވެ. ގަހުގައި ހުރި އަޅޯގައި އަތް ޖައްސާލަމުން ޒެވިއަން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ދެން ނޫވެސް މަށެއް ބޭނުމެއް ނުވާނެ” އޭރު ޔަޝްއަލްގެ އަޑު އެކީހެން ކެނޑިއްޖެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Maasha Allah mi prt vx vrh reethi
Xevv.. I never thought you are this bad😭😭
I dont actually think Yash’al is bad ingeyy
I think ahmed blackmail kuraathy ve Yash’al ah majubooru vany…
Is Yash’al gonna die???
So curious
Whn nxt???
Tc.. Lysm Shiher 💜💜💜
jazaakallah khairan dearr
😭😭😭😭he was just in pain dhwww 🙁
yeaaa he is not a bad person
balamaa dhw stay tuned for the next ep lytt
Oh God
Yashal??😭😭😭
Brooo…. zevs anger is his right, but not on yashal tho!!!
Ahmeddd I hate youuu… yashal died all thnx to himmm!!
I didn’t expect zev to be that dangerous
What is alho?
When next?
Curiosity in the finest level!!
Lots of love from me 💞
jazaakallah khairan dearr
😭😭😭😭he was just in pain dhwww 🙁
alho is nika gahuga e hunnany nun elifa thingies thattt
stay tuned for the next ep lytt
Masha allah mi part vs vrh reethi
Whatttttt
Ekn kury xev kan ingihjeyya kihineh vaany..alhe xev jail ah laafaane.😭
Yash’al ah vure assu goas dhww Ahmed..haadhaaa cuuriiiouuusss eyyy.lyy
jazaakallah khairan dearr
😭😭😭😭balamaa dhww dhn vaa goi stay tuned for the next episode
yes yash’al is not a bad person
lyt