ގެއިން ނިކުން ޒެވިއަންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ގޭކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިން އަންހެން މީހާއެވެ. ޒެވިއަން ދެލޯ ބޮޑުވީ އޭނާ ލެއިންކަޅިވެފައިވީ އިރު، މޭމަތީގައި އިން ވަޅި ފެނުމުންނެވެ. ޒެވިއަން ފެނުމުން އޭނާ އަތްހިތްލައިލިއެވެ.
ޒެވިއަން މަޑުމަޑުން އެއަންހެން މީހާއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒެވިއަން ލޮލުގައި އަޅައިގަތީ އޭނާގެ އިނގިލީގައި އިން ރަން އަނގޮއްޓިއެވެ. އެއާއި އެކު ޒެވިއަންގެ ހިތުގައި ޖަހާލީ ބިރުވެރި ރާޅެކެވެ. ފިޔަވަޅުތައް އަވަސްކޮށް ދުއްވައިގަނެވުނީ އެދިމާލަށެވެ. އެހެނަސް ޒެވިއަންއަށް އެހިސާބަށް ނުދެވެނީސް އެނާ އެތަނަށް ދެމުނެވެ.
“މަންމާ.. މަންމާ..” ބިންމަތީގައި ދެމިފައި އޮތް ލުބައިނާގެ ހަށިގަނޑު ނަގާ އުނގުގައި ބާއްވާލަމުން ޒެވިއަން ގޮވާލިއެވެ. “ދަ..ދަރިފުޅާ…” ލުބައިނާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. “މަންމާ.. ކާކު މަންމައަށް ތިހެން ހެދީ؟ މިތާގަ ކީއްތަ ތިކުރަނީ؟” ޒެވިއަން ހާސްވެފައި އެއްސެވެ.
“ދަރި..ދަރިފުޅާ…މަންމަ..ވަރަށް..ލޯބިވޭ..” ލުބައިނާ ލަސްލަހުން ބުންޏެވެ. ލުބައިނާ ކޮށި އެރުމާއި އެކު ހޯސްލާފައި އަނގައިން ލޭނުކުތެވެ. ފުންނޭވާއެއް ލަފައި ޝަހަދަތުގެ ދެކަލިމައާއި އެކު ލުބައިނާ ދެލޯމަރާލިއެވެ. ފަހު ފަހަރަށެވެ.
“މަން..މަންމާ…؟” ޒެވިއަން މަޑުމަޑުން އިނދެ ލުބައިނާ ނޭފަތުގައި އިނގިލި ޖައްސާލިއެވެ. ލުބައިނާ ނޭވާ ނުލާކަން އެނގުމުން ޒެވިއަންއަށް ރޮއެގަނެވުނެވެ.
“ނޫން ނޫން.. މަންމަ މަރެއް ނުވާނެ. މަރެއް ނުވާނޭ! މަންމާ ޕްލީޒް ޒެވް އެކަނި ކޮއްލާފަ ނުދޭ. ޕްލީޒް މަންމާ. ދެން ސިނގިރޭޓެއް ނުބޯނަން. މަންމަދެކެ ރުޅި އަހިސްފައެއް ނުހުންނާނަން. މަންމާ ޕްލީޒް ލޯހުޅުވާލަބާ..” ޒެވިއަން ރޮމުން ވާހަކަ ދައްކާ އަޑަށް އެދިމާލަށް މީހުން އެއްވާން ފެށިއެވެ. އަދި އަވަސް ގޮތުގައި ލުބައިނާ ހޮސްޕިޓަލަށް ގެންދެވުނެވެ.
“ވީއާރް ވެރީ ސޮރީ. ލުބައިނާގެ ހަށިގަނޑު ގެނައިރުވެސް ލުބައިނާގެ ފުރާނައެއްނެއް. ބޭނުންކޮއްފައިވީ ވަޅިން ވަނީ ލުބައިނާގެ ފުއްޕާމޭ އަދި، ހިތަށްވެސް އަސަރުކޮއްފައި.. މަޢާފް ކުރޭ..” ޑަކްޓަރު އިސްޖަހާލާފައި ބުންޏެވެ.
ޑަކްޓަރު ދިން ޙަބަރާއި އެކު ޒެވިއަން ތެދުވެ ޑަކްޓަރު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ. “ކަލޭ މޮޔަވީތަ؟ މަގޭ މަންމަ މަރެއް ނުވާނެ. ނުވާނެ.. އޭރުވެސް މަންމަގެ ހަށިގަނޑު ހަމަ ހޫނުކޮށް އޮތީ. މަންމަ މަރެއް ނުވާނެ.. ޕްލީޒް ނޫން…” ރޮމުން ރޮމުން ޒެވިއަން ބުންޏެވެ.
ޒެވިއަންގެ ހިތުގައި އަޅާނެ ވޭން ހިތަށް އަރާ ޑަކްޓަރުގެ އިތުރުން ގާތުގައި ތިބި ނަރުހުންގެ ލޮލުގައިވެސް ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. އެވަގުތު ލުބާން، ލައިނާ އަލަކާއަދި އަލާޔާވެސް އައެވެ. ލުބާން، ބިންމައްޗަށް ޖެހިގަނެގެން އިން ޒެވިއަންގެ ހަށިގަނޑުގައި ބައްދާލީ ހިތާމައިން ފޯވެފައި ވާހާލުގައެވެ.
ފަތިސް ނަމާދަށް ފަހު ލުބައިނާ ވަޅުލެވޭ ގޮތަށް ހަމަޖެހުނެވެ. ނުހާއަށް ލުބައިނާގެ މަރުގެ ޙަބަރު ލިބުނީ ނިމްރާގެ ފަރާތުންނެވެ. ޒެވިއަން ދެރަވާނޭ ވަރު ހިތަށް އަރާފައި ނުހާ ރުޔެވެ. ނަމަވެސް މިއަދު ޒެވިއަންގެ ހަށިގަނޑުގައި ބައްދާލަން ދިޔުމުގެ ފުރުސަތެއްވެސް ނުލިބޭނެކަން ގައިމެވެ.
“މިދެން ކިހާ ދެރަކަމެއް؟ އެމަރުވީ ކަލޭ މަންމަތަ ތިވަރަށް ތިރޮނީ؟” ނުހާ ރޯވަރުން އުނދަގޫވެގެން ޔަޝްއަލް އެއްސެވެ. “އެއީ…؟ ޔަޝްއަލް ކުރި ކަމެއްތަ؟” ބިރުން ހުރެ ނުހާ އެއްސެވެ. ޔަޝްއަލް ހީލިއެވެ. “ހެހެ އަހަރެން ހުރީ ނުހާ ގާތުގައެއްނުން؟” ޔަޝްއަލް ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ.
ލުބައިނާގެ ހަށިގަނޑު ވަޅުލާފައި ގެއަށް އާދެވުނު އިރު 7 ޖަހަން އުޅެއެވެ. އޭރުވެސް ޒެވިއަން އިނީ މަޑުވެފައެވެ. އޭނާ ދެން ދިރިއުޅުމާއި ކުރިމަތި ލާނީ ކިހިނެތް ހެއްޔެވެ؟ އެކަނި ވެލަން ބޭނުންކަމަށް ބުނެފައި ޒެވިއަން ވަނީ ކޮޓަރިއަށެވެ. ފޯނު ނަގާ ހުޅުވާލީ އިރު ލުބައިނާގެ 20 މިސްކޯލް އިނެވެ.
އަތަށް ލެވުނު ހާބާރެއްލާފައި ޒެވިއަން ފޯނު ހޫރުވާލިއެވެ. އޭރު އޭނާއަށް އެފޯނު ނެގުނު ނަމަ މަންމައަށް އެހެން ނުވީހޭ ހިތަށް އެރިވަރުންނެވެ. ޒެވިއަން ދެލޯމަރާ ބާރުކޮއްލަމުން އޮށޯއޮތެވެ. އެކަނިވެރިކަން އިހްސާސް ކުރެވުނު ވަރުންނެވެ.
“ޓޮއް ޓޮއް” ދެލޯ މަރައިގެން އޮތް ޒެވިއަން ދެލޯ ހުޅުވާލީ ދޮރުގައި ޓަކިދޭން ފެށުމުންނެވެ. “ނުވަންނާތި” ޒެވިއަން ބުންޏެވެ. އެހެނަސް އަލަކާ ދޮރު ހުޅުވާލާފައި ވަނެވެ. “ޒެވް އޯކޭތަ؟” އަލަކާ އެއްސެވެ.
“ކިހިނެތް ހީވަނީ؟ ޒެވްގެ ވާން އުޅުނު އަނބިމީހާ ގެއްލުނީ. މަންމައާއި ބައްޕަ ގެއްލުނީ.. މިހާރު އަސްލު ޒެވް ދުނިޔޭގަ ހުރުމުގެ ބޭނުމެއްވެސް ހަގީގަތުގައި ނެތެއްނުން؟” ޒެވިއަން އޮތްގޮތަށް އޮވެ ބުންޏެވެ.
“ނޫން ޒެވް. ޔޫ ހޭވް ޓު ބީ އެލައިވް. ޒެވް ބޭނުމެއް ނޫންތަ މަންމައަށް އެހެން ހެދީ ކާކުތޯ ބަލާކަށް؟” އަލަކާގެ ސުވާލާއި އެކު ޒެވިއަން ދެލޯ ހުޅުވާލިއެވެ.
“ޒެވްގެ ބައްޕަ ކިހާ ދުވަހަކު މަސައްކަތް ކުރީ ޒެވްގެ މަންމައަށް އިންސާފު ހޯދައިދޭން؟ އެގޮތަށް ޒެވް ބޭނުމެއް ނޫންތަ ޒެވްގެ މަންމައަށް އިންސާފު ހޯދަދޭކަށް؟” އަލަކާ އެއްސެވެ.
“އެންޑް ވަން މޯރ ތިންގް.. ދައްތައަށް އެނގޭ ޒެވްތީނީ ރުޅި އަހިސްފައިކަން. އަސްލު ބޮޑަށް ދެރަވެފައިތީނީ. ތިއިހުސާސްތަށް ނެރެލުމަށް ރޯލަބަ ހެޔޮނުވާނެ.” އަލަކާ ބުންޏެވެ.
ނަމަވެސް ޒެވިއަން އެއްޗެކޭ ނުބުންޏެވެ. އަލަކާ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލާފައި ޒެވިއަންގެ ހަށިގަނޑުގައި ބައްދާލިއެވެ. އެއާއި އެކު މިއޮށް ހާދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވިއެވެ. މިއޮށް ހާދުވަހުވެސް އެހުރިހާ ވޭނެއް އެތެރޭގައި ބަހައްޓާ އޭނާ އެދިޔައީ އެހެން މީހުނަށް ރުޅިވެރިކަން ބާލުވަމުންނެވެ.
ނަމަވެސް މީހެއްގެ ބީހުމުގެ އިހުސާސް ވުމުން ޒެވިއަންއަށް ރޮވުނެވެ. އަޑުން އަޑު ނަގާ ރުޔެވެ. “ބައްޕަ ގެއްލުނީ، މަންމަ ގެއްލުނީ.. ނޫ ގެއްލުނީ… ޒެވްއަށް ކޮން ކުށެއްތަ ކުރެވުނީ ޒެވް މިހާ ބަދުނަސީބުވާން…؟” އަލަކާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ޒެވިއަން ޝަކުވާ ކުރިއެވެ.
ޒެވިއަންގެ ރުއިމުގެ އަޑު އަހަން ބޭރުގައި ހުރި އަލާޔާއަދި ލުބާންގެ ލޮލުގައިވެސްވީ ވޭނާއި ކެކުޅުމެވެ. ގަބޫލު ކުރަން ދަތި ހަގީގަތެކެވެ. ނަމަވެސް ދެނެއް ލުބައިނާ އަލަކުން ނުފެންނާނެއެވެ.
ހަމަ އެވަގުތެވެ. ރޭގައި އެހާ ދަންވަންދެން ރޮއެ ރޮއެ އޮތުމުން ނުހާއަށް 7 ޖެހިއިރުވެސް ނުހޭލެވުނެވެ. ނިދިފައި އޮތް ނުހާގެ މޫނަށް ބަލައިލަމުން ޔަޝްއަލް ކޮންމެވެސް މީހަކަށް މެސެޖް ކޮއްލިއެވެ. އޮކޮޅުން ރިޕްލައި ދިނުމުން ޔަޝްއަލް ކޮޓަރިން ނުކުތެވެ.
ގޭގެ އަނެއް ފަރާތުގައި އިން ކުޑަކޮޓަރި ދޮރުމަތީގައި ހުއްޓެމުން ޔަޝްއަލް ޓަކި ޖަހާލިއެވެ. އެކޮޅުން ވަނުމަށް ދަޢުވަތު އެރުވުމުން ޔަޝްއަލް ދޮރުހުޅުވާލާފައި ވަނެވެ. ކޮޓަރިތެރޭގައި ހުސް އަނދިރިކަން ހުރި އިރު، ޔަޝްއަލްއަށް ފުރަގަސްދީގެން މެދުއުމުރުގެ ފިރިހެން މީހާ ފެންނަނީ ހިޔަންޏެއް ހެންނެވެ.
“ބައްޕާ..؟” ޔަޝްއަލް ގޮވާލިއެވެ. “ހޫމް. ކަލޭ ކީކޭ ކިޔަންށޭ ތިއުޅެނީ؟” އަތުގައި އިން ކޮފީ ޖޯޑު ތުމުގައި ޖައްސާލަމުން އޭނާ އެއްސެވެ. “ބައްޕަތަ ރޭގަ އެހެން ހެދީ؟ ކިހިނެތް… އެނގުނީ؟” ޔަޝްއަލް ބިރުން ހުރެ އެއްސެވެ. ޔަޝްއަލްގެ ސުވާލާއި އެކު އޭނާ ރުޅިއައިކަން އެނގުނީ އަތުގައި އިން ކޮފީ ޖޯޑު ހުރާލުމުންނެވެ.
“ކަލެއަށް ނޭނގުނު ނުހާ ކަލޭ އަތްދަށުގައި ބަހައްޓާކަށް. ދެން މަށަށް ޖެހޭނީ ފިޔަވަޅެއް އަޅާކަށްނުން؟” އޭނާ ޔަޝްއަލްއަށް ކުރިމަތި ލަމުން އެއްސެވެ. ކޮޓަރި ތެރޭގައި އިނީ ކުޑަބޮތްކެއް ކަމުން، އޭނާގެ މޫނަށް ވަނީ ހިޔަނި އެޅިފައެވެ.
އެކަމަކު.. ކީއްވެ ޒެވިއަންގެ މަންމަ؟ ޒެވިއަންއަށް އެހެން ހެދި ނަމަ..؟” ޔަޝްއަލް އެއްސެވެ. “ލުބައިނާ.. ހެހެ.. އެއީ ހުރިހާ ކަމެއްގެވެސް ފެށުން.. އަދި ކިރިޔާ މަށަށް އެދެވޭ ބަދަލެއް މިހިފާލެވުނީ. ހަހަ” ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމާއި އެކު، އަނދިރީގެ ތެރެއިން މިނިވަންވެ، އަހުމަދުގެ ނުލަފާ ހިނިތުންވުން ކަޝްފުވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







What the freak
Hutu has Bea nubayakii e ahmed tha pis pis
When eyna jail in salaamai v nudhena hurin eyna jail in minivan v kameh
Ekmm dhww zev kihaa dhera vaane lubaa vx died 😭😭
So emotional
Btw when next im so curious
Yashal ge dad aki ves ahmed
Adhi mi visnaalevunii
Vrh curious
Love you
Take care
hehehe neynge dhwww eyna jalun salaamaiy v goi ingeyne adhi fahun kekekekeke
ikrrrr i was sad writing these parts, too 🙁
stay tuned for the next episode, ilyt, tc2
Masha allah mi part vs vrh reetgiii
Alheyyy xev haadha dhera vaaneyyy… Lubaa vs maruvyy😭… S1 ga ulhunu yail r yash’al r ehvs gulhumeh oveytha??? Ahmed tha yash’al ah force kuryyyy???? Wttt**** hiyeh nukuran ehvs vrkh ahmed ah vedhaane ekeyyyy…. neynge mivaa gth vsss aana ah…. 😣Ahmed haadha goaheyyy… Ahmed r yash’al dhahkaa vhk rangalhu dhww knmvs miihakah adu iven… Dhn xev r nuu gulhuvaaba… Curiously waiting… When next???? Tccc lyyyy shihaaaa❤️❤️❤️
I HATEEE UUU AHMEDDD
jazaakallah khairan
kekeke neynge dhw? balamaaaa 👀
its called plot twist honey 😭😂
balamaa dhw dhen vaa goiyyyy stay tuned for the next episode, ilytttttt
Maasha Allah mi prt vx vrh reethi
Lubaa noo😭😭😭😭😭
Alheyyy xevv why why whyy????
N Ahmed is Yash’al ge vx dad eyy
WTF I HATE YOU SO MUCH YOU AHMED!!! 😡
Plss thn Yash’al ge kairin nu salaamai kureyy
I want xevv n nu marry kuran😭😭💜
“xevv be patient and be a good man. Insha Allah! You will get nu one day. Allah ge hazrathuga dhua dhannavaa. Ehves insaanakah emyhaku nukurevey varuge kameh Allah nujahsavaane. So be patient and try manma ah insaafu hoadha dheyn. I will always be with you even though you dont know who i am” shaf ge faraathin Xev ah dhey kuda kuda advice eh☺️
Can’t wait for the next prt
Whn nxt???
Tc.. Lysm Shiher 💜💜💜
jazaakallah khairan
hehe yes yash’al is ahmed ge kujjeh.. balamaa dhw dhen vaa gotheh hehe
awww that advice is so loabi if only xev was real hehe
stay tuned for the next one ily 2
What therr?????
Lubainaaaa 😭😭😭 she died?? Didn’t expect that!!
Oh zev haadha dhera vaaneyyy!!! First his dad, then his lover now his mum?? yo why is this happening to zev 😭😢
E yashal fulhu ge bappa akee ahmedo???
Hurihaa kameh ge ves headquarter akee eyna, yaarabbi eyna jalun minivan vee kon iraku?
Trapped in curiosity
Loved this part sooooo muucchhhh❤️❤️❤️
When next?
Ly n stay safe
ik ryttt i felt sooo badd writing it, toooooo :(((((((((((((((((((
yes, yash’al aky ahmed ge kujjehh hehe
stay tuned for the upcoming episodes, lyt