“ދަރިފުޅާ. ބަސް އަހައްޗޭ. މީހުނާ ޒުވާބުކޮއް ތަޅާފޮޅާ ނަހަދައްޗޭ. ރަނގަޅަށް ކައި ނަމާދުކުރައްޗޭ.” ޔަލާން ހަށިގަނޑުގައި ބައްދާލަމުން އަލަކާ ބުންޏެވެ. ޔަލާން މިފަހަރުވެސް ހިނިތުންވެލީއެވެ. ޕޮލިސް ކާރަށް އަރުވައިގެން ގޮސް ޔަލާން ގެންދެވުނީ ބަނދަރަށެވެ. ލާންޗްއަކަށް އަރުވާ ޔަލާން ގެންދެވުނީ ކ.މާފުއްޓަށެވެ. ލާންޗު ގެއްލެންދެން އަލަކާ ބަލަން ހުއްޓެވެ. ޔަލާން އެނބުރި އަންނާނެ ދުވަހަކަށް އެވަގުތުން ފެށިގެން އަލަކާއަސް ދުވަސް ގުނެންފެށިއެވެ. ޖަލުގެ ކުޑަ ގޮޅި ތެރޭގައި އެކަނި ވުމުން ޔަލާން ހީލިއެވެ. ތުންފަތުން ހިނިތުންވުމެއް ފެންނަމުން […]
“މަގޭ ގަމާރުކަން ހަމަ. މުޅި ރަށުގައި ނަންމައްޝޫރު ގާތިލް އަހުމަދުގެ ކާފަ ދަރިފުޅު ވިއްޔަ. ހަމަ އެއްގޮތެއްނުން ވާނީ؟” އިލްޔާ ބުންޏެވެ. “އިލްޔާ!” ލުބާންއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ގޮވާލިއެވެ. “ކިހިނެތްވީ؟ ލޯބިވާ އަނބިމީހާއަށް އެއްޗެހި ކީމަ ކަމުނުދިޔައީ؟ ވިސްނާދެން މަގޭ ދަރި އެވަގުތު ސަލާމަތްވާން ތެޅޭނެ ވަރު! ރައްކާވޭ މިތަނުން. ދެން އަހަރެން ކަލޭމެނާ ދިމާކުރާނީ ކޯޓުން!” އިލްޔާ ބުންޏެވެ. އޭރު ގިންމީހުންތަކެއްގެ ނަޒަރު އެމީހުނަށް ހުއްޓިފައިވުމުންނާއި އެކު ލުބާން އަލަކާ އަތުގައި ހިފައިގެން ނުކުތެވެ. […]
ޔަލާން އަތުގައި ބިޑިއަޅުވައިގެން އާކިންގެ އިތުރުން 3 ފުލުހަކު ނުކުތެވެ. އެއާއި އެކު އެމީހުންގެ އިންތިޒާރުގައި ތިބި ނޫސްވެރިން އަހިސް އެމީހުން ގާތު ތަތްވެގަތީ ހަކުރުފެނިގެން ހިނިތަށް ދުއްވައިގަންނަހެންނެވެ. މަންޒަރު ބަލަން ދުރުގައި ހުރި އަލަކާއަދި އަލާޔާގެ އިތުރުން ލުބާންއަށް ޔަލާން ބަލައިވެސް ނުލިއެވެ. އެކަމުގެ ސަބަބުން އެތިން ހިތުގައިލީ ނުފިލާނޭ ކޫރެކެވެ. “ޝަނުމްއަށް އެހެން ހެދީ ކީއްވެގެންތޯ؟” “ޝަނުމްއާއި ޔަލާންގެ މެދުގައި މައްސަލައެއް ޖެހުނީތޯ؟” “ތިމާގެ ކުއްޖަކަށް ވެހުރެ އެހެން ހަދަންވީ ކީއްވެގެންތޯ؟” ރިޕޯޓަރުންގެ ސުވާލުތަކާއި […]
ޖެހިގެން އައި ދުވަހެވެ. އަލަކާއާއި އެކު ބޭރު ކުނި ކަހަން އުޅިފައި ގެއަށް ވައިން ލުބައިނާ ދިޔައީ ދެމީހުނަށް ކޮފީ ގިރުމަށެވެ. “ޓީވީ އަޅުވާލަބަ. މިހާރު ހަބަރު ކިޔާނެއްނުން؟” 8 ޖަހާފައި ހުރުމުން ލުބައިނާ ބުންޏެވެ. އަލަކާ ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލިއެވެ. “ދެން އޮތް ޙަބަރާއި އެކު އަޅުގަނޑު ކުރިއަށް ގޮސްލާނަން. ހދ ނޭކުރެންދޫގައި ރޭގެ ވަގުތެއްގައި ވަނީ ގަބޫލު ކުރަން ދަތި ހާދިސާއެއް ހިނގާފައި. ރޭގެ ދަންވަރުގެ ވަގުތެއްގައި އުމުރުން 14 އަހަރުގެ ފިރިހެން […]
ރެސްޓައުރެންޓްއަށް ވަނުމުން ޝަނުމްއާއި ކައިލީން އިން މޭޒަށް ވުރެ ތަންކޮޅެއް ދުރުގައި އިން މޭޒެއްގައި ދެމީހުން އިށީނެވެ. ކައިލީންއާއި ޝަނުމްގެ ވާހަކަ އިވޭހިސާބުގައެވެ. ފަހުކަމަކަށް ކައިލް ފޯނު ރިކޯޑަށް ޖައްސާލިއެވެ. ފިހާރައަށް ވައިން އަލަކާ އެނބުރި ނުކުތީ މޭވާ ކޮޅަކާއި ޖޫސްފުޅިއެއް ގަނެގެންނެވެ. ހިނގާފައި އެކަނި އައުމުން އަލަކާ ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. ކޮތަޅުތައް ހަމައަކަށް އަޅުވަމުން ދިޔަ އަލަކާ ސިހުނީ މީހެއްގައިގައި ވިދުމުންނެވެ. “ސޮރީ-” އަލަކާ ބުންނަން އުޅުނު ޖުމްލަ ކަރުގައި ތާށިވީ އަލަކާއަށް […]
ހޮސްޕިޓަލާއި ދިމާލަށް ބަލައިލާފައި އޭނާ ނެގީ އޭނާ ޖީބުގައި އޮތް ކުޑަ ފުޅިއެވެ. މީސްލްސް ހިމެނޭ އެވެކްސިނަކީ ސީޒާރ ޖެހުމަށް އެހީތެރިވެދޭ ވެކްސިނެކެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން އާދިލް ވަނީ “ޑިސާރތްރިއާ” އަދި “ޑިސްފޭޖިއާ” އަށް ޑަކްޓަރަށް ދައްކާފައެވެ. އެދުވަހު އާދިލްގެ ސިކުނޑީގައި ޓިއުމަރެއް އިންކަން ނުހާދުއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އާދިލް ހަމަ މަރުވީބާއެވެ؟ ނުވަތަ ރޭވުމަކުން މަރާލީބާއެވެ؟ ޑިއުޓީ ނިންމާފައި ގެއަށް އައި ނުހާދުގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ފައިސާއަށް ޓަކައި […]
ހެނދުނުގެ ވަގުތެވެ. މަންމަ ބަދިގެއަށް ވައިން އިރު އަހަރެން އިނީ ކާންށެވެ. އަހަރެންގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއްވިއެވެ. އެހެނަސް އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ. “ދަރިފުޅާ؟ މިހުރީ ކޯއްޗެއް މިތާގަ؟ ކޮން ވަހެއްތަ މިދުވަނީ؟” މަންމަ އެއްސެވެ. އަހަރެން ބަލާލީ އުނދުނާއި ދިމާލަށެވެ. އެތަނުގައި ގަނޑުވެފައި ހުރި ލޭތަށް ފެނި އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “އަލްޔާ! މަމިދައްކާ ވާހަކަ އިވޭތަ އެބަ؟ ކޮންވަހެއް އެދުވަނީ؟” މަންމަ ކުރިއަށް ޖެހިލާފައި އެއްސެވެ. އެވަގުތު […]
“އަޅުގަނޑާ ވަކިން ވާހަކަ ދައްކާލެވިދާނެތޯ؟” ލުބާންއަށް މުޙާތަބުކޮއް ނުހާދު ބުންޏެވެ. ލުބާން ބޯޖަހާލާފައި ނުހާދުއަށް ހަމަޖެހިފައިވީ ކޮޓަރިއަށްވަނެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ލުބާންގެ ވޭނީ ރުއިމުގެ އަޑުން މުޅި އެހިސާބު އެއްއަޑު ކޮއްލިއެވެ. “ނޫން ނޫން.. ހެޔޮނުވާނެ ނޫން. ބުނޭ ތިއީ ދޮގެކޭ..” ރުއިމުގެ ތެރެއިން ލުބާން ބުނެލިއެވެ. “ވަރަށް ބޮޑަށް ސޮރީ. އާދިލްއަށް ސީޒަރ އެޓޭކްއެއް ޖެހުނީ. އާދިލްގެ ބްރެއިންސްޓެމްގައި ވަނީ ޓިއުމަރެއް އުފެދިފައި. އެކަން ނޭނގި އެވެފައި ހޮސްޕިޓަލަށް ގެނެވުންލެއްވެސް ތަންކޮޅެއް ލަސްވީ. ހޮސްޕިޓަލަށް […]
ހަވީރުގެ ވަގުތެވެ. ނަމަވެސް ވެހެމުން ދިޔަ ބޯވިއްސާރައިގެ ސަބަބުން ހީވަނީ އިރުއޮއްސިފައިވީހެންނެވެ. ޖާލި ދޮރުކައިރީގައި ނޯޓު ފޮތެއް ލިޔަން އިން އިޝާގެ ހުރިހާ ސަމާލުކަމެއް ހުސްކޮއްލައިގެން އިނީ އިޝާ ލިޔަމުން ދިޔަ ވާހަކަ އަށެވެ. އިޝާއަކީ ވާހަކަ ލިޔުންތެރިޔެކެވެ. އުމުރުން 37 އަހަރެވެ. ވާހަކަ ލިޔަމުން ދިޔައިރު އިރުއިރުކޮޅުން އިޝާއަށް ނޭފަތް ދަމާލެވެޔެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އިޝާ ލިޔަމުން ދިޔައީ ހަގީގީ ވާހަކައެކެވެ. އިޝާގެ ހަޔާތުގެ ވާހަކައެވެ. އިޝާގެ 19 އަހަރުގެ އަންހެން ކުއްޖަކު ހުރެޔެވެ. […]