“މިހާރު ދެން މިނިމެނީ. އޭރަށް ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އޭރަށް މަށަށް ހެޔޮ ކަލޭ ނުހާ ވަރިކޮއްފަ މާވީ ގާތަށް ދިޔަޔަސް” އަހުމަދު ބުންޏެވެ. އެއާއި އެކު ޔަޝްއަލްގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
“ދެން..؟ ކާކު..؟” ޔަޝްއަލް މަޑުމަޑުން އެއްސެވެ. “ދެން..؟ ދެން އޮތީ ޒެވިއަން އެކަންޏެއްނުން؟” ނުލަފާ ގޮތަކަށް ހީލަމުން އަހުމަދު ބުންޏެވެ. “ޒެވިއަން…؟ ކީއްކުރަން…؟” ޔަޝްއަލް އެއްސެވެ. “ޒެވިއަން…؟ ޒެވިއަންގެ… މަރު…” ވިހަ ގޮތަކަށް ހިނިތުންވެލާފައި އަހުމަދު ބުންޏެވެ.
“ހޫމް. ދެން ދޭ. ނުހާ ހޭލާއިރު ކަލޭ މިތާ ހުރިއްޔާ މާތާހިރެއް ނުވާނެ” އަހުމަދު ބުންޏެވެ. ޔަޝްއަލް ބޯޖަހާލާފައި ނުކުތެވެ. އަހުމަދު ފުންނޭވާއެއް ދޫކޮށްލާފައި ހަމަޖެހިލިއެވެ. ކޮޓަރީގެ އެންމެ އެކޮޅުގައި ހަދާފައިވީ ފާރުގައި ބައިވަރު މީހުންގެ ފޮޓޯތައް ހުއްޓެވެ. އަހުމަދު ގޮސް އެދިމާލުގައި ހުއްޓުނެެވެ.
ފާރުގައި ހުރީ ލައިނާއާއި އާދިލްގެ ފޮޓޯއެވެ. ލުބައިނާއާއި ޒެވިއާރްގެ ފޮޓޯއެވެ. އަލަކާއާއި ލުބާންގެ ފޮޓޯއެވެ. ޔަލާން، އަލާޔާ، އަދި ޒެވިއަންގެ ފޮޓޯއެވެ. އަދި އައިޝާގެ ފޮޓޯވެސްމެއެވެ. ދެން އިނީ އަރޫޝާގެ ފޮޓޯއަކާއި ތުއްތު ކުއްޖެއްގެ ފޮޓޯއެވެ. އަހުމަދު އެފޮޓޯ ނައްޓާލިއެވެ. ފޮޓޯގަނޑުގައި އިން 1 މަހުގެ ޔަޝްއަލްގެ މޫނުގައި އަހުމަދު ފިރުމާލިއެވެ. އަހުމަދުގެ މޫނަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އެއާއި އެކު މީގެ 18 އަހަރު ކުރީގެ އެހަނދާން އަހުމަދުގެ ސިކުނޑީގައި އާލާވެލިއެވެ.
***18 އަހަރު ކުރިން***
ކޯޓުގެ އިއްވުމަށް ފަހު އަހުމަދަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނެވެ. ޖަލަށް ވަންނަން ޖެހުނީ އަހުމަދަށް އެކަނި ކަމުން އަހުމަދު ހުރީ ރުޅި އަހިސްފައެވެ. ކޯޓުން ނުކުތުމާއި އެކު ރިޕޯޓަރުން އަހިސް އޭނާ ވަށާލުމުން އަހުމަދުގެ ރުޅިގަނޑު “ޑަބަލް” ވީފަދައެވެ. ނަމަވެސް އެއިން މީހަކަށް ހަމަލާއެއް ދެވޭވަރަށް ވުރެ އަހުމަދުގައިގައި ވަނީ ބާރަށް ހިފަހައްޓާ ލެވިފައެވެ.
ޕޮލިސް ޖިޕަށް އަހުމަދު އެރުވުނެވެ. “އަދި އަހަރެން އަންނާން. މިނިމުނީ ކަމަށް ހީނުކުރައްޗޭ! އަދި މައަންނާނަން. އަހަރެން ބަދަލު ހިފާނަން!” އަހުމަދު ރުޅިވެރިކަމާއި އެކު އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.
ޕޮލިސް ލާންޗުގައި އަހުމަދު ގެނެވުނީ ކ.މާފުއްޓަށެވެ. އޭގެ ތިންދުވަސް ފަހުން ހުސެން ނިޔާވީ ޙަބަރު ލިބުމުން އަހުމަދުގެ ބަދަލު ހިފުމުގެ ރޫހު އާލާވެލިއެވެ. ޖަލަށް ވަންނަން ޖެހުނީ އޭނާއަށް އެކަނި ވުމުންނެވެ. އިހާނެތި ގޮތުގައި މަރުވެގެން ދިޔަ އަހުމަދުގެ ދަރިފުޅާ މެދު އޭނާ ވިސްނާވެސް ނުލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހުމަދު އިނީ ޖަލުގެ ވެރިންނަށް ނިކުމެވެން އިންނަ ސަރަހައްދުގައެވެ. އޭނާ ވިސްނަމުން ދިޔައީ ޖަލުން ނިކުމެވޭނޭ ގޮތަކަށެވެ. އޭނާއަށް ބަދަލު ހިފޭނޭ ގޮތަކަށެވެ. އެހެން އިންދައި ކޮންމެވެސް މީހަކު އަހިސް އަހުމަދުގެ އުނަގަނޑުގައި ވިދުނެވެ.
“ހޫމް. ތަންކޮޅެއް ބަލައިގެން އުޅިބަލަދޯ؟” އަހުމަދު ރުޅިއަހިސްފައި ބުންޏެވެ. “ސާބަހޭ. ސޮރީ” ހީލާފައި އޭނާ ބުންޏެވެ. “ކާކުތަތީ؟ ކުރިން ނުދެކެން. މަމީ އަރޫޝާ” ސަލާމަށް އަތް ދިއްކޮއްލަމުން އަރޫޝާ ބުންޏެވެ. “އަހުމަދު” ދުރުބަލައިލަމުން އަހުމަދު ބުންޏެވެ.
އެދުވަހަށް ފަހު ކޮންމެ ދުވަހަކު ހެން އަދުމަދު ހޯދުމަށް އަރޫޝާއާދެއެވެ. އަހުމަދު ވިސްނާލިއެވެ. މިއީ ރަނގަޅު ފުރުސަތެކެވެ. އަރޫޝާގެ ބޭނުން ރަނގަޅުގޮތުގައި ހިފައިފި ނަމަ އަހުމަދަށް ޖަލުން ނުކުމެވޭނޭ ގޮތްތަކެއް ވެދާނެއެވެ. އަރޫޝާގެ ޖަލުހުކުމަކީ 3 އަހަރަށް ވެފައި އަރޫޝާ ދެން ޖަލުގައި ހުންނާނީ 6 މަސް ދުވަސްކަމުން އަހުމަދު އަތްކުރި އޮޅާލިއެވެ. ވަގުތު ފާއިތު ނުވަނީސް ކަމުގެ ބޭނުން ހިފާލާށެވެ.
***3 މަސް ފަސް***
“އޭ!” އާދައިގެ މަތިން މިއަދުވެސް އަހުމަދު ހޯދުމަށް އަރޫޝާއައެވެ. އަހުމަދު ނިއްހިއްލާފައި އަރޫޝާއާއި ދިމާލަށް ބަލައިލިއެވެ. އަރޫޝާ ދިއްކޮއްލީ ޓެސްޓު ކިޓެކެވެ. ބަނޑުބޮޑު ކަމަށް ދައްކާފައި އިން އެޓެސްޓު ކިޓުފެނިފައި އަހުމަދުގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
“މިކަލޭގެ ޒިންމާއެއް އިނގޭ؟ އަޑުއެހިން ކަލޭ ތިއީ އުމުރު ދުވަހަށް ޖަލުހުން އިއްވި މީހެކޭ. ކަލޭ ކިހިނެތް ދެން މިކުއްޖާ ބަލަނީ؟” ކޮންމެވެސް ވަރަކަށް ނުރުހުންހުރި ނަމަވެސް އަރޫޝާގެ އަޑު މަޑުމައިތިރިއެވެ.
“ކަލޭ ބުނީމެއްނުން މީހަކާ އިނދެގެނެއް ނޫނޭ އުޅެނީ؟ އެހެންވެ ނެތެއްނުން މައްސަލައެއް؟ މަގޭ ތިކުއްޖާއާއި ހަވާލު ވެދާނަން. އެކަމަކު.. ކަލޭ ޖެހޭނެ މަގޭ ޖަލުން ނެރެން. ކަލޭ ވިހާނީ ގައިމުވެސް ޖަލުން ނިކުންނަ ފަހުންނެއްނުން؟ އެހެންވެ އޯކޭތާ. މަށަށް ހެޔޮ ވަކި އަވަސް ނުވިޔަސް. ތިކުއްޖާއަށް އެންމެ ލަސް ވެގެން 17 އަހަރު ވާންވާއިރަށް ނިކުމެވެނިކޮއް މަށަށް ރަނގަޅު” އަހުމަދު ޝަރުތު ހުށައެޅިއެވެ.
“އެންމެ ރަނގަޅު. އެކަމަކު.. އަހަރެންގެވެސް ޝަރުތެއް އޮބޮތް” އަރޫޝާ ބުންޏެވެ. “ކަލޭ ޖެހޭނެ ޖަލުން ނުކުމެ މަށާއި ކައިވެނި ކުރަން” އަރޫޝާ ޝަރުތު ހުށައެޅިއެވެ. އަހުމަދު ހީލާފައި ބޯޖަހާލިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަރޫޝާ ޖަލުން ނުކުތެވެ. އޭރު އަރޫޝާގެ ބަނޑަށް 7 މަސް ފުރިއްޖެއެވެ. ފައިސާއަށް ހެއްލި، ރިޝްވަތު އާއްމުވެފައިވީ މިރާއްޖޭގައި ފަސޭހަކަމާއި އެކު އަހުމަދުގެ ޖަލުހުކުމް ކުޑަކުރެވުނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދުވަސް ފުރި އަރޫޝާ ވިހެއެވެ. ކުޑަކުޑަ ދަރިފުޅު ގެނެސް އަރޫޝާގެ މޭމަތީގައި ބާއްވާލުމުން އަރޫޝާގެ ތުންފަތަށް ވެރިވީ ފުރިހަމަ ހިނިތުންވުމެކެވެ. ލޯބިން އެކުއްޖާގެ ނިތުގައި ބޮސްދިނެވެ.
7 ދުވަސްފަހުން އަރޫޝާ އަހުމަދަށް ސިޓީ ފޮނުވިއެވެ. ކުޑަކުޑަ ޔަޝްއަލްއަށް ނަންކީ ދުވަސްކަމަށް ވުމުންނެވެ. “ޔަޝްއަލް އަހުމަދު” އަހުމަދު މަޑުމަޑުން ޔަޝްއަލްގެ ނަން ކިޔާލިއެވެ. އޭގައި އޮތް ޔަޝްއަލްގެ އެފޮޓޯ ނަގާފައި ޔަޝްއަލް ހިނިތުންވެލިއެވެ. އަދިއަދަށް ދާންދެންވެސް އަހުމަދު އެގެންގުޅެނީ އެފޮޓޯއެވެ.
ޔަޝްއަލްއަށް 2 އަހަރު ވާންދެން އަހުމަދާއި ބައްދަލު ކުރުމަށް އަރޫޝާ ޔަޝްއަލް ގެނެއެވެ. ޔަޝްއަލް އެދުވަސްތައް މަތިން ހަނދާން ނުހުންނާނޭ ކަން އެނގޭތީއެވެ. ދުވަހެއް ދުވަހަކަށް އަހުމަދާއި ޔަޝްއަލްގެ ގުޅުންވަރުގަދަ ވަމުންދިޔައެވެ. އަހުމަދަށް ލިބުނު 3 ދަރިންތެރެއިންވެސް އަހުމަދު އެންމެ ލޯބިވީ ޔަޝްއަލްދެކެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަން ގައިމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Maasha Allah mi prt vx vrh reethi
So Yash’al ge mom dhw ahmed jalun nehlee
Interesting 🤔🤔
Yash’al dheke maa bodah loabi v konme vx sababeh ovegen thaa dhw. I want to find it out so badlyyy
I was suprised to see that this prt was up 30 secs ago.
Curiously waiting for the nxt
Whn nxt????
Tc… Lysm Shiher 💜💜💜
jazaakallah khairan dear
The cover pic. Maasha Allah so beautiful
Cover pic ehme furathama loluge alhagathy. Ekam first cmmnt liyunu iru handhaan vx nei😂😂 lol
ahah jazaakallah khairan 🤣😭❤️
Masha allah mi part vs vrh reethi
Curiously waiting… When next???
Tc lyy❤️
jazaakallah khairan dear
Ahmed ah loabi vaan engey varu balan mihureee thayyaarah🫢
Lysssm
Keep it up
aha 😂