Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 42

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 13, 2025 3 Mins Read
6 Comments

7 ދުވަސްފަހުން އަރޫޝާ އަހުމަދަށް ސިޓީ ފޮނުވިއެވެ. ކުޑަކުޑަ ޔަޝްއަލްއަށް ނަންކީ ދުވަސްކަމަށް ވުމުންނެވެ. “ޔަޝްއަލް އަހުމަދު” އަހުމަދު މަޑުމަޑުން ޔަޝްއަލްގެ ނަން ކިޔާލިއެވެ. އޭގައި އޮތް ޔަޝްއަލްގެ އެފޮޓޯ ނަގާފައި ޔަޝްއަލް ހިނިތުންވެލިއެވެ. އަދިއަދަށް ދާންދެންވެސް އަހުމަދު އެގެންގުޅެނީ އެފޮޓޯއެވެ.

ޔަޝްއަލްއަށް 2 އަހަރު ވާންދެން އަހުމަދާއި ބައްދަލު ކުރުމަށް އަރޫޝާ ޔަޝްއަލް ގެނެއެވެ. ޔަޝްއަލް އެދުވަސްތައް މަތިން ހަނދާން ނުހުންނާނޭ ކަން އެނގޭތީއެވެ. ދުވަހެއް ދުވަހަކަށް އަހުމަދާއި ޔަޝްއަލްގެ ގުޅުންވަރުގަދަ ވަމުންދިޔައެވެ. އަހުމަދަށް ލިބުނު 3 ދަރިންތެރެއިންވެސް އަހުމަދު އެންމެ ލޯބިވީ ޔަޝްއަލްދެކެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަން ގައިމެވެ.

ޔަޝްއަލްއަށް 3 އަހަރުވެ ސުކޫލަށް ވައްދަންވުމުން އަހުމަދުގެ ބަހާއި އެއްގޮތަށް އަރޫޝާ ޔަޝްއަލް ގޮވައިގެން ހދ ނޭކުރެންދޫއަށް ބަދަލުވިއެވެ. އެދުވަހަށް ފަހު ޔަޝްއަލް ގޮވައިގެން އަރޫޝާ އުޅެމުން ދިޔައީ ނޭކުރެންދޫގައެވެ.

***14 އަހަރު ފަސް***

ރޭގަނޑުގެ ވަގުތެވެ. ބޯކޮށް ވެހެމުން ދިޔަ ވިއްސާރައިގެ ސަބަބުން އެންމެންވީ އެމީހުންގެ ގޭތަކަށް ވަދެއެވެ. ޑިޓެންޝަން ސެންޓަރ އިން ނިކުން އަހުމަދުގެ މޫނު މަތީގައިވީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެކެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އިރު އަހުމަދު މިއަދު އެހުރީ ގައިމުވެސް ވަރަށް އުފަލުންނެވެ. މިއަދު މިއީ އަހުމަދުގެ ދުވަހެވެ. ޖަހާލި ބާރުގުގުރިއާއި އެކު އަހުމަދުގެ ނުލަފާ ހިނިގަނޑުވެސް ހިނދިގެން ދިޔައެވެ.

އަހުމަދުގެ އިންތިޒާރުގައި އަރޫޝާ އޭރު ހުއްޓެވެ. ދެމީހުން އެކުގައި ނޭކުރެންދޫއަށް ފުރައިގެން ދިޔައެވެ. “ކޮބާ ޔަޝްއަލް؟” ގެއަށް އާދެވުމުން އަހުމަދު އެއްސެވެ. “ނިދާފަ” ޔަޝްއަލްގެ ކޮޓަރިއަށް އިނގިލި ދިއްކޮއްލަމުން އަރޫޝާ ބުންޏެވެ. އަރޫޝާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލާފައި އަހުމަދު ގޮސް ދޮރުހުޅުވާލިއެވެ.

ހަމައެކަނި ސޯޓެއް ލައިގެން އޮތް ޔަޝްއަލް އޮތީ އަރާމު ނިދީގައެވެ. ކޮޓަރި ތެރޭގައި އެއްވެސް އައްޔެއް ނެތް އިރު، ދޮރުހުޅުވާލުމުން ޔަޝްއަލްގެ މޫނުމައްޗަށް އެޅުނު ލުއި އަލިން ޔަޝްއަލްގެ މޫނު މަތިން ފެނިގެން ދިޔައީ މައުސޫމްކަމެވެ.

އަހުމަދު ލަސް ހިނގުމުގައި ގޮސް ޔަޝްއަލް ގާތުގައި އިށީނެވެ. “ބައްޕަގެ ލޯބި ނަފްރަތަށް ބަދަލު ނުކޮށް ބަސްއަހާނެ ކަމަށް އުންމީދު ކުރަން” ވިހަ ހިނިތުންވުމަކާއި އެކު އަހުމަދު ބުންޏެވެ.

“އަހަރެންގެ ޝަރުތު ފުރިހަމަ ވެއްޖެ. ކޮބާ އަހުމަދުގެ ޝަރުތު؟” ޔަޝްއަލް ކޮޓަރިން އަހުމަދު ނުކުތުމުން އަރޫޝާ އެއްސެވެ. “ހަމަ ޖެހިބަލަ. މި ހަފްތާ ބަނދުގައި ކުޅުދޫފުއްޓަށް ގޮސް ރަން ކިޔާނީ. ދެން 7 ދުވަސްފަހުން އެކޮޅުގަ ކައިވެނި ކުރާނީވެސް” އަހުމަދު ބުންޏެވެ. އަރޫޝާ ބޯޖަހާލިއެވެ.

ހެނދުނުގެ ވަގުތެވެ. ބައްޕައާއި އެކު ނަގާ ފުރަތަމަ ނާސްތާ ކަމުން ޔަޝްއަލް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އެހެންނަމަވެސް ހާސްކަން ފިލުވާލާފައި ޔަޝްއަލް ނުކުތެވެ. އޭރު ކާމޭޒު ކައިރީގައި އަހުމަދާއި އަރޫޝާ އިނެވެ. ޔަޝްއަލް ވަނުމުން އަހުމަދުގެ ބަހާއި އެއްގޮތަށް އަރޫޝާ ނުކުމެގެން ދިޔައެވެ.

“ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟” އަހުމަދުގެ ފުރަތަމަ ސުވާލާއި އެކުވެސް ޔަޝްއަލްގެ ހަރަކާތްތައް ހުއްޓުނެވެ. ނަމަވެސް ހަމަ ޖެހިލަމުން ބޯޖަހާލިއެވެ. “ކާކު؟” އަހުމަދު ސީދާ ޔަޝްއަލްގެ ދެލޮލަށް ބަލައިލަމުން އެއްސެވެ. “މާވީ ކިޔާ ކުއްޖެއް. އެއީ-”

“މަށަށް ހެޔޮ ކޮންމެމީހަކަސް. އަވަހަށް ތިގުޅުން ނިންމާ” ޔަޝްއަލްގެ ވާހަކަ ހުއްޓުވާފައި އެއްވެސް އަސަރެއް ނެތި އަހުމަދު ބުންޏެވެ. “ބައްޕާ. އެކަމަކު.. އަޅުގަނޑުމެން އެކުގަ އުޅޭތާ 6 އަހަރު ވެއްޖޭ..” ޔަޝްއަލްއަށް ބުނެވުނީ ޝަކުވާގެ ރާގަކަށެވެ. އެހެންވިޔަސް ބަދަލުގައި ޔަޝްއަލްއަށް އަހުމަދު ދިނީ ހޫނު އަތްތިލައެކެވެ.

“ކާކުތަ ބުނީ ކަލޭ ކައިރީ ކަލޭ ބޭނުން މީހަކާ ރައްޓެހިވާށޭ؟ އެއިން؟ ތިއީ އަހުމަދުގެ ދަރިފުޅު. ޔަޝްއަލް ލޯބިވާނީވެސް ކައިވެނި ކުރާނީވެސް އަހުމަދު ބޭނުން މީހަކަށް ސާފު ވެއްޖެ؟” އަހުމަދު ރުޅި އަހިސްފައި ހުރެ އެއްސެވެ. ޔަޝްއަލްއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ހުރި ގޮތަށް ހުރެވުނީއެވެ.

“އާދޭ މަށާއި އެކު” އަހުމަދު ބުންޏެވެ. ބިރުން ހުރި ނަމަވެސް އަހުމަދު ފަހަތުން ޔަޝްއަލް ދިޔައެވެ. އަހުމަދު ޔަޝްއަލް ވެއްދީ އޭނާގެ ކޮޓަރިއަށެވެ. “ޓީޝާޓު ބާލާ” ބިންމަތީގައި އޮތް ދަގަނޑުބުރި ނަގަމުން އަހުމަދު ބުންޏެވެ.

ޔަޝްއަލްގެ ވޭނީ ރުއިމުގެ އަޑު އަހަން ދުރުގައި އަރޫޝާ ހުއްޓެވެ. ކަންވާނީ މިހެންކަން ކުރިންވެސް އޭނާއަށް އެނގޭ ފަދައެވެ. ނަމަވެސް ދެން އެނބުރި ދިޔުމެއް ނެތެވެ. ދެން ކޮންމެގޮތެއްވިޔަސް އެއީ އަހުމަދުގެ ލޭނޫން ކަމުގައިނުވާނެއެވެ. ކެހި ބުއީ އަރޫޝާ އަމިއްލައަށެވެ.

***2 ހަފްތާ ފަސް***

ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް އަރޫޝާ ދިޔައީ ހޮސްޕިޓަލަށެވެ. އިލޮށިފައްޗާއި އެއްޗެހި ހިފައިގެން އަރޫޝާ ކުނިކަހަމުން ދިޔައިރު އޭނާގެ ޙިޔާލުގައިވީ އަހުމަދެވެ. އަހުމަދަކީ އެހާ އަނިޔާވެރި މީހެއްކަން ކުރިން އަރޫޝާއަށް އެނގިފައެއް ނެތެވެ. ނަމަވެސް ދެން އަރޫޝާ ކުރާނީ ކީއްހެއްޔެވެ؟

އުމުރު ދުވަހަށް ޖަލަށް ލާނީ ކިހާ ގޯސް އަމަލެއް ހިންގުމުން ހެއްޔެވެ؟ އެހެންވިޔަސް އަރޫޝާގެ މޮޔަހިތް އަހުމަދަށް ލެނބިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. މިހާރު އަރޫޝާއާއި އަހުމަދުގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އެހެންވިޔަސް މިހާރު އަހުމަދުދެކެ އަރޫޝާ ގަންނަނީ ފާޑެއްގެ ބިރެކެވެ.

“އޭ އަރޫޝާ. މަގޭ ވާހަކައެއް އަހައިފީމޭ” އަރޫޝާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އިނާސާ އަހިސް ބުންޏެވެ. އިނާސާއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ހީވާގީ ނަރުހެކެވެ. “ކޮން ވާހަކައެއްތަ؟” ހަށިގަނޑު ތެދުކޮއްލަމުން އަރޫޝާ އެއްސެވެ. “އަރޫޝާ ދަރިފުޅު ގެންގުޅޭ ކޮއެ އެއްނުން މާވީއަކީދޯ؟” އިނާސާ އެއްސެވެ.

ފާޑަކަށް ގަބުވިނަމަވެސް އަރޫޝާ ބޯޖަހާލިއެވެ. “މައަޑު އަހައިފިން މާވީ އިނީ ބަލިވެޔޭ. އޭނަ މަންމަވެސް އޭނަ ގެއިން ނެރެލައިފި. ޔަޝްއަލް ދަރިއެކޯ. އެދެމީހުން އެހެންވެ މައްސަލަވެސް ޖެހިގެންނޯ އުޅެނީ. އެތެދެއްތަ؟” އިނާސާގެ ސުވާލާއި އެކު އަރޫޝާ ގަބުވިއެވެ. އަތުގައި އޮތް އިލޮށިފަތި ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒައިޝާ 6

Next

ހިތުގެ ރިހުން (1)

Next
June 13, 2025

ހިތުގެ ރިހުން (1)

Previews
June 12, 2025

ޒައިޝާ 6

6 Comments!

  1. aanaa says:
    June 13, 2025 at 12:00 pm

    Masha allah mi part vs vrhh reethi
    alheyy ahmed dhww ehn hedhy yash’al ah.. kury parts kiyaafa hiikuryy aroosha kmh yash’al ah aniya kury.mihnvgn dhww yash’al aroosha dheke rulhi aisgen ulheny…adhi hiikurry aroosha eii EYNA kmh🙊.Ahmed, yash’al ahvs force kury maavy r ehkoh…..alaka ah force kuri gth??…😳
    curiously waiting.when next?..tc lyy❤️

    1. shihaamaa ali shihaamaa ali says:
      June 13, 2025 at 8:25 pm

      jazaakallah khairan
      aha no no ahmed was EYNA keke.. yeapp yash’al was forced just like alaka..
      in sha allah soon lyt

  2. Your fav bab Your fav bab says:
    June 13, 2025 at 1:27 pm

    Ahmed akee meehaku dheke loabi vaan engey meeheh kameh nudhena hurin!!
    Bro I HATE HIMMMMM.. amilla edhun haadha bodu insaanekey. Insaaneh ge lagabu libey meeheh kamaa medhu ves shahku?!!
    Alheyy yashal, now i just feel pity for him😭
    Oh God I athuge thi ahmed fulheh jehilaa irah dhuleh nukuraanan huvaa mi bunee
    Mi part ves varah furihama >>³ obiness to the max!!!
    When next?
    Lysssm❤️🩷

    1. shihaamaa ali shihaamaa ali says:
      June 13, 2025 at 8:26 pm

      jazaakallah khairan
      haha.. aslu vess i feel so bad for him toooo
      in sha allah soon stay tuned lyt

  3. Shaf_maan says:
    June 13, 2025 at 8:33 pm

    Maasha Allah mi prt vx vrh reethi
    Alheyy. I thought Yash’al ge manma kamah Yash’al ah aniya kuranee. But itz not. Itz ahmed dhww
    So kuh hee ey hehe
    Adhi kiriya thi meehunge goi gan’du fen nah mi feshi dhww
    I think mihaaru stry nimen kahneynge mi ulheny. Am i right shiherr???
    Can’t wait for the next prt
    Whn nxt????
    Tc.. Lysm Shiher 💜💜

    1. shihaamaa ali shihaamaa ali says:
      June 14, 2025 at 8:49 am

      Jazaakallah khairan❤️
      Hehe yes it was Ahmed😭
      There’s still a few more episodes.. mi season ga innaany 50 episodes but there is season 3 of this story, and that is the end🫶🏻🫶🏻
      Stay tuned in sha allah soon, lyttt❤️

Comments are closed.

Next Episodeޒެވިއަން 43←


All Right Reserved!