ނިދިފައި އޮތް އާކިންއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ނިދިފައި އޮތް މާޝާ ރީތިކޮއް ބާއްވާލާފައި އާކިން ފޯނު ނެގިއެވެ. އެހާ ދަންގަޑިއަކު ނުހާ ގުޅުމުން ކޮންމެވެސް ވަރަކަށް އާކިން ހައިރާންވިއެވެ. “ނޫ؟” އާކިން ގޮވާލިއެވެ. “ބައްޕާ…” ނުހާ މަޑުމަޑުން ގޮވާލިއެވެ. “ދަރިފުޅު ކޮންތާކު މިއޮށް ދަންގަޑީގަ؟ ކޮން ކުއްޖަކު ރޯއަޑެއް އެއިވެނީ؟” އާކިން ހައިރާންވެފައި އެއްސެވެ. “އާދެބަ.. ނޫ ގާތަށް..” ނުހާ ހުރިތަން ބުނެލާފައި ނުހާ ބުންޏެވެ. އާކިން އަވަސް އަވަހަށް ގެއިން ނިކުމެގެން ދިޔައީ ކަޔާންވެސް […]
ޒެވިއަންގެ ކަށުނަމާދަށް ފަހު ނުހާ އެނބުރި ގެއަށް ވަނީ މަރު މައްޔިތެއް ފަދައިންނެވެ. ލަސް ހިނގުމުގައި ގޮސް ނުހާ ކޮޓަރިއަށް ވަނެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތުމުން ނުހާ ބޭނުންވީ އެއްވެސް ކަމެއް ނުކޮށް އޮށޯވެލައިގެން އޮންނާށެވެ. ޒެވިއަންގެ ފޮނި ހަނދާންތަކުން ނުހާގެ ހިތް ދިޔައީ ފިސްފިސް ވަމުންނެވެ. ނުހާ ޒެވިއަން އާއި ނުލާ ދެން ކުރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟ ވާގި ދޫކޮއްލާފައި އެނދުމައްޗަށް ނުހާގެ ހަށިގަނޑު ދޫކޮއްލިއެވެ. ކައިރީ އޮތް ބާލީހުގައި ބައްދާލި އިރު […]
ރޭގަނޑުގެ ވަގުތެވެ. 14 ވިލޭރޭގެ ރިހި ހަނދުގެ އަލިމުން މުޅިރަށް ދިއްލާލާފައި ވީއިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ލޯބިވެރިންނާއި އެކުވެރިންވެސް އެހަނދުގެ ރީތި އަލީގައި ބޭރުގައި އުޅެލުމަށް ބޭރަށް ނިކުމެގެން އުޅެމުން ދިޔައެވެ. އެކުދިންގެ ތެރޭގައި ނާޒްވެސް ހިމެނުނެވެ. ހަނދުވަރުގެ އަލިކަމުގައި ފެވިއިވާ ގޮނޑުދޮށުގައި ނާޒް އިށީނދެގެން އިނެވެ. ނާޒްގެ ހިތުގައި އުފެދިފައިވާ ލޯބީގެ އިހުސާސްތަކާއެކު، ނާޒްގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނާޒްގެ ހިތުގައި ލޯބި އުފެދިފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޝައިނާގެ […]
ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވީ ހާދިސާއެއް ނޫނެވެ. މިއީ ޙިޔާލީ ވާހަކައެކެވެ. އަހަރެމެންގެ މި އާބާދީ ތެރޭގައި 1000 މީހުން ތިބި ތާކު 999 މީހުން “ސްނެޕްޗެޓް” ގެންގުޅޭކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އުމުރުން 10 އަހަރު ނުވާ ކުދިންވެސް މިހާރު ވަނީ “ސްނެޕްޗެޓް” ގެ ތެރޭގައި “ތަތް” ވެފައެވެ. ގިނަ ބެލެނިވެރިން އެކަން ވަނީ ކުދިންނަށް ހުއްދަވެސް ކޮއްދީފައެވެ. އެބެލެނިވެރިންގެ ތެރޭގައި އަހަރެންގެ މަންމަވެސް ހިމެނުނެވެ. އާއެކެވެ. އަހަރެންނަކީވެސް “ސްނެޕްޗެޓް” ގެންގުޅޭ […]
ކިޔުންތެރިންގެ ސަމާލު ކަމަށް… މިވާހަކައިގެ ފުރަތަމަ ބައި ގެންނަން ހަމަ ޖެހިފައިވީ ދުވަހަކީ މާދަމައެވެ.. ނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ހުން އަންނާތީ އުޅޭތީ، މިވާހަކައިގެ ފުރަތަމަ ބައި ކިޔާލެވޭނީ އަޅުގަނޑުގެ ސިއްހަތު ރަނގަޅު ވުމުންނެެވެ. ހުރިހާ ކިޔުންތެރިންނަށްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް އުންމީދު ކުރަން…! ♡ ފުރަތަމަ ބަޔަށް އިންތިޒާރު ކޮއްލައްވާ… *** ކުޑަކުޑަ ކޮޓަރިއެކެވެ. އެކި ކަހަލައިގެ މެޝިންތައް ގުޅުވާފައި އޮތް މެދު އުމުރުގެ މީހަކު އެނދުގައި އޮތެވެ. އޭނާގެ ދެލޯ މެރިފައިވީ އިރު […]
ޕާޓީ ނިމުނު އިރު ދަންވަރު 12 ޖަހައިފިއެވެ. އަލާޔާއާއި އައިޒިން އެކުގައި ކައިގެން އައީ “ހައިބިސްކަސް” ގެއަށެވެ. އަލާޔާ ނިކުމެގެން ގޮސްފިނަމަ ޒެވިއަންއަދި ޔަލާން ނެތްކަމުގެ ފަޅުކަން ބޮޑުވާނެތީއެވެ. ކޮޓަރިއަށް ވަދެ ފުރަތަމަ ކަމަކަށް ދެމަފިރިން ޝުކުރުގެ ނަމާދެއް ކޮއްލިއެވެ. ނަމާދުކޮއް ދުޢާކޮށްފައި އައިޒިން އަލާޔާގެ ބޮލުގައި ބޮސްދިނެވެ. “ލާޔާ. އައި ހޭވް އަ ސަޕްރައިޒް ފޯރް ޔޫ” އައިޒިން ބުންޏެވެ. އަލާޔާ ނިތް ހިތްލައިލިއެވެ. “އިންނާނެ ފާހަނައިގަ އިން ކަބަޑުގަ. ދޭބަ ފާހާނާއަށް” އައިޒިން ހީލާފައި […]
“ކަލޭ މޮޔަވީތަ؟” ރުޅި އަހިސްފައި ހުރެ ޒެވިއަން އެއްސެވެ. “އައި ގެޓް ޔޫ އާރް މޭޑް. އެކަމަކު ރުޅި އަހިސްގެން މިކަން ހައްލުވޭތަ؟” ލިލިއާ ސުވާލު ކޮއްލިއެވެ. “ދެން؟ ކަލޭ މަށަށް މިކަން ކޮއްދޭނީތަ؟” ޒެވިއަން ސުވާލު ކޮއްލިއެވެ. ލިލިއާ ބޯޖަހާލިއެވެ. “ޔަޝްއަލްއާއި ބެހޭގޮތުން ޒެވިއަންއަށް ނޭނގުނު ކިތަންމެ އެއްޗެއް ލިއާއަށް އެނގޭ” ލިލިއާ ބުންޏެވެ. ލިލިއާ ބުނި ވާހަކަ ޒެވިއަން ގަބޫލު ނުކުރިކަން ލިލިއާއަށް އެނގުނީ ޒެވިއަން މޫނު އަނބުރާލުމުންނެވެ. “އުފަންދުވަހުގެ ސެޓްފިކެޓް. އޭތި ފޮނުވީ […]
“ޔަޝް ކީއްވެ؟ ވީ އަބަދުވެސް އުންމީދު ކުރިން ކޮންމެވެސް ދުވަހަކު ޔަޝް ވީއާއި ޔަޝޫ ގާތަށް އަންނާނޭ ކަމަށް. އެކަމަކު.. ޔަޝް ތިދިޔައީ ޔަޝޫގެ ލޮލަށް ފެނިވެސް ނުލާ…” ރޮމުން ރޮމުން މާވީ ވާހަކަ ދެއްކިއެވެ. އެތެރެއިން އިވެމުން ދިޔަ މާވީގެ ރުއިމުގެ އަޑުން ކައިލްގެ ހިތުގައިވެސް ދިޔައީ ވޭން އަޅަމުންނެވެ. ކުޑަ ކުޑަ ޔަޝާ ވެސް މަންމަ ރޯއަޑު އިވޭތީ ރޮވެމުން ދިޔައެވެ. ވީނުވީ އެ ކުޑަ ކުޑަ ސިކުނޑިއަށް ނުވިސްނުނު ނަމަވެސްމެއެވެ. މެންދުރު ނަމާދަށް […]
އެމަންޒަރު ބަލަން ހުރި ޒެވިއަންގެ މޫނުމަތީގައި އެއްވެސް އިހުސާސްއެއް ނެތެވެ. “ހަނދާން ކުރާތި. އަހަރެން ޖަނަވާރަކަށް ހެދި މީހަކީތީ. ނޫއަށް ކީއްވެ އެހެން ހެދީ؟ ކޮބާތަ ނޫގެ ކުށަކީ؟” ޒެވިއަން މަޑު ރާގެއްގައި ބުންޏެވެ. ދެން ޒެވިއަންގެ ދެލޮލުގެ ނަޒަރު ހުއްޓާލީ ގާތުގައި ހުރި ނިކަ ގަހަށެވެ. ގަހުގައި ހުރި އަޅޯތަކަށް ބަލާލާފައި ޒެވިއަން ހިނގައިގަތީ އެދިމާލަށެވެ. ގަހުގައި ހުރި އަޅޯގައި އަތް ޖައްސާލަމުން ޒެވިއަން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ދެން ނޫވެސް މަށެއް ބޭނުމެއް ނުވާނެ” […]