މާވީގެ އެޕާޓްމެންޓް އިން ނިކުމެ ޒެވިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. “ޔަޝްއަލް… ދުނިޔެވަށާ އެނބުރެން ޖެހުނަސް މަގޭ ދުވާނަން ކަލޭ ފަހަތުން. ނުހާ މަގޭ ހޯދާނަން. އަތުގެ މުށަށް ބާރުކޮއްލަމުން ޒެވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ.
އަތުގައި ގޮތް 20 ހާސް ރުފިޔާއަށް މާވީ ބަލައިލިއެވެ. ކައިލްގެ އާއިލާ ނޫން ފަރާތެއް މާވީއަށް އެހީގެ އަތެއް އެދިއްކޮއްލީ ޒެވިއަން އެކަންޏެވެ. ސުކޫލުގައި އުޅުނު އިރު އަބަދުވެސް މާވީ ޒެވިއަން ދެކުނީ “ފޮނި” “ރޫޑް” މީހެއްގެ ގޮތުގައެވެ. އެހެންވިޔަސް މިއަދު ޒެވިއަން އެދިޔައީ މާވިގެ އެކުންހީ ދޮގު ކޮއްދީފައެވެ.
މާވީ ފުންނޭވާއެއް ލާފައި ކޮޓަރިއަށް ވަނެވެ. ރުފިޔާ ވޮލެޓްއަށް ލާފައި، މާވީ ގޮސް ނިދިފައި އޮތް ޔަޝާ ގާތުގައި އިށީނެވެ. “ދަރިފުޅޫ.. މަންމި ކީއްވެތަ މިބިރުގަންނަނީ؟ ހީވަނީ ވަރަށް އެހެން ކަހަލަ ކަމެއް ވާން އުޅޭހެން. ދަރިފުޅޫ. މަންމި ބިރުގަންނަނީ..” ޔަޝާގެ ކުޑަކުޑަ އަތުގައި ހިފާލަމުން މާވީ ބުންޏެވެ. އޭރު މާވީގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ.
މާވީ ތެދުވެގޮސް ސައިތައްޓެއް ގިރައިގެން އިށީނެވެ. އޭނާ ދިޔައީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންނެވެ. “އަނެއްކާ… ޔަޝޫއަށް ކަމެއް ވާން އުޅެނީބާ؟” އަމިއްލަ ނަފްސަށް އިވޭވަރަށް މާވީއަށް އަހާލެވުނެވެ. “ނޫނީ…. ޔަޝް؟؟” ދެން މާވީއަށް ވިސްނާލެވުނީ ޔަޝްއަލްއާއި މެދުއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެޙިޔާލު ބޮލުން ނެރެލިއެވެ.
މާވީ ޔަޝްއަލްދެކެ ލޯބިވީނަމަވެސް ޔަޝްއަލްއަކީ މިހާރު ނުހާގެ ފިރިމީހާއެވެ. އެއީ މިހާރު މާވީގެ ހައްގެއް ނޫނެވެ. މާވީގެ ހިތަށް ތޫނު ތަދެއް އެރިއެވެ. ޔަޝާވެސް ބޮޑުވާނީ މާވީއެކޭ އެއްފަދައިން ބައްޕައެއްގެ ލޯބި ނުލިބިއޭ ހިތަށް އެރުމުންނެވެ. ޔަޝާގެ ހުރީ ކޮން އާއިލާއެއް ހެއްޔެވެ؟ މިއަދު މާވީ ލޯމަރާލިޔަސް ވެސް ޔަޝާ ބަލާނެ އެކުއްޖާފުޅުގެ އެކަކުވެސް ނެތެވެ.
ރޭގަނޑުގެ ވަގުތެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ފުރިހަމަ ހަނދަށް ނަޒަރު ހުއްޓާލައިގެން ނުހާ އޮތީ ޖޯލިފަތީގައެވެ. އެހެންވިޔަސް ކުރިން ކުރެވޭ ކަހަލަ އިހްސާސްއެއް މިހާރު ނުކުރެވެއެވެ. ޒެވިއަން އޭނާ ގާތުގައި ނެތެވެ. މިއަދު ނުހާ ހުރީކީ އުފަލަކު ނޫނެވެ.
ނުހާ އިސްޖަހާލާފައި ލައިގެން އިން ސްވެޓާރްގެ އަތް ހިތްލައިލިއެވެ. އޭރު އޭނާގެ އަތުގެ ހަންގަނޑުގައި “ޔަޝްއަލް” ޖަހާލެވިފައިވިއެވެ.
***
“ޔަޝްއަލް… ޕްލީޒް. ޔަޝްއަލްވެސް ނޫދެކެ ލޯބި ނުވެޔެއްނުން؟ ދެން ކީއްވެ ނޫއާއި މެރީ ކުރީ؟ ޕްލީޒް.. ނޫ ބޭނުން ޒެވް ގާތަށް ދާން. މިހާރު ޒެވް ހާދަ އެކަނިވެރި ވާނޭ” ކަރުނައިން ފުރިފައިވާ ހާލުގައި ނުހާ އާދޭސް ކުރިއެވެ. ނަމަވެސް ޔަޝްއަލް ޖަހާލީ ހިނިގަނޑެކެވެ.
“ހަހަ ކަލެއަށް ހީވަނީތަ ކަލޭގެ ތިރުއިމުން މަގޭ ހިތަށް އަސަރު ކުރާނޭ؟ ނުކުރާނެ. ދުވަހަކުވެސް ނުކުރާނެ. އަދި ބުނަން؟ ނުހާތީ ހަމައެކަނި މަގޭ މީހެއް. ހަމައެކަނި މަގޭ މީހެއް. ސާފު؟” ޔަޝްއަލް ބުންޏެވެ. ނުހާ އިސްޖަހާލިއެވެ.
ނުހާ އެއްޗެކޭ ނުބުނުމުން ގާތުގައި ހުރި މޭޒު މަތީގައި އޮތް ކަޓަރު ނަގާ ނުހާގެ އަތުގައި އަޅުވަން ފެށިއެވެ. ވަމުން ދިޔަ ތޫނު ތަދުން ނުހާ ރޮމުން ދިޔައެވެ. އެހެންވިޔަސް ޔަޝްއަލް އަޅައިނުލާ އޭނާ ކުރަމުން ދިޔަ ކަންތައް ކުރަމުން ދިޔައެވެ.
“ދެން ކޮންމެ މީހަކަށްވެސް އެނގޭނެތީ މަގޭ މީހެއްކަން. ހަނދާން ކުރާތި. ގަރަ ހަދައިފިއްޔާ ކަލޭގެ ފޮޓޯތައް މުޅި ދުނިޔެއަށް ދޫކޮށްލާނަން” އަތުގައި އޮތް ކަޓަރު ހޫރާލަމުން ޔަޝްއަލް ބުންޏެވެ.
***
ނުހާ ފުންނޭވާއެއް ދޫކޮށްލާފައި ސްވެޓާރް ތިރިކޮއްލަން އުޅުނެވެ. ނަމަވެސް އެވަގުތު މީހަކު އަހިސް ނުހާ އަތުގެ މުލައްދަނޑީގައި ހިފިއެވެ. “ޒެވް؟” ގާތުގައި ހުރި ޒެވިއަން ފެނުމުން ނުހާ ބިރުގަތެވެ. ޔަޝްއަލް ފެންނަން ހުރިތޯ ދެފަރާތް ބަލައިލެވުނެވެ.
ނުހާގެ އަތުގައި ހުރި ލަކުނުތަށް ބަލަމުން ޒެވިއަން ދިޔައެވެ. ހީވާފަދައެވެ. އެހުރިހާ ލަކުނެއް އޭނާ ހިތުދަސް ކުރަނީއެވެ. “މީ.. ޔަޝްއަލްގެ ކަމެއްތަ؟” ޔަގީން ކޮއްލުމަށް ޒެވިއަން އެއްސެވެ. “ދެން ކީއްތަވީ؟ އެއީ މަގޭ ފިރިމީހާ. ނޯންނާނެ މައްސަލައެއް” ނުހާ އޭނާގެ އަތް މިނިވަން ކޮއްލަމުން ބުންޏެވެ.
“ނުހާ މޮޔަވީތަ؟ ކީއްވެ ޔަޝްއަލް އަނިޔާ ކުރިޔަދޭންވީ؟” ޒެވިއަން އެއްސެވެ. ނުހާ އެއްވެސް އެއްޗެއް ނުބުނެ ދުރުބަލައިލިއެވެ. “ޔަޝްއަލް ދެން ދުވަހަކުވެސް ނޫގައިގައި އަތްލައިފިނަމަ، ޒެވް ޔަޝްއަލްގެ ވޭނީ ހަޅޭއްލެވުންތައް ލަވަޔަކަށް ހަދާނަން. އަދި ޔަޝްއަލްގެ ލޭ ޒެވް ނޫގެ މިނިވަންކަން ލިޔަން ބޭނުންކުރާ ދެއްޔަކަށް ހަދާނަން” ޒެވިއަން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.
“ޒެވް އަކަށް އަދިވެސް ނުވިސްނޭތަ؟ ބަލަ ޒެވް މަންމައަށް ހަދާލި ގޮތް. އެމީހުން ފަހެއް ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް. ޒެވް ޕްލީޒް ނޫމަތިން ހަނދާން ނައްތާލާ” ނުހާ ބުނެލީ އާދޭހުގެ ރާގަކަށެވެ. ނަމަވެސް ޒެވިއަން ހުރީ އަޑު އަހާ ކަހަލަ ޙިޔާލަކު ނޫނެވެ.
“ޒެވްއަށް މަންމަ ގެއްލިއްޖެ. ނޫގެއްލިއްޖެ. ދެން ގެއްލޭކަށް އިތުރު އެއްވެސް އެއްޗެއް ނެތް” ޒެވިއަން ބުނެލީ އަސަރާއި އެކުއެވެ.
“ޒެވިއަން!!” ފަހަތުން އިވުނީ ޔަޝްއަލްގެ އަޑެވެ. އޭރު އޭނާގެ މޫނު މަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. “ނުހާ ވަދޭ އެތެރެއަށް” ޔަޝްއަލް އަމުރު ކޮއްލިއެވެ. ނުހާ ބޯހަހާލާފައި އެތެރެއަށް ވަނެވެ. “އެއީ މަގޭ އަންހެނުން. އޭނާއަށް ގާތަށް ނާހިސް މަގޭ ގާތަށް އާދޭ. މަށެއްނުން ތިހޯދަނީ؟” ޔަޝްއަލް ބުންޏެވެ.
“އެންމެ ރަނގަޅު. މިރޭ 3 ޖަހާއިރު. އުތުރު ފަރާތު އަތިރިން” ޒެވިއަން ސީދާ ޔަޝްއަލްގެ ލޮލަށް ބަލައިލަމުން ބުންޏެވެ. “ސީ ޔޫ ދެން..” ހީލާފައި ޔަޝްއަލް ބުންޏެވެ. އޭރު ދެމީހުންގެ ލޮލުގައިވެސްވީ ބުނެދޭން ނޭނގޭ ކަހަލަ ވިދުމެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Taekook💜💜💜
Cover pic varah furihama🫣 love it
Good, now zev knows yashal is hurting her
Why at 3am??
I’m so curious
When next?
Lysssm❤️❤️❤️
hehe jazaakallah khairan ❤️❤️
balamaa dhw next ep ga ingeyne hehe
lyttt
Masha allah mi part vs vrh reethi
Yash’al jehey tha ehn hadhan..haadha goaheyy..kii kuran e ulheny?? 3 jahairu eyyy???vrhh curiousss..next part kiyaa hithun hureveny ehnunnn.knme part ehvss haadha curious kohlaafaey thi ninmanyy..tcc lyy, cover vrhh loabii❤️
jazaakallah khairan ❤️❤️
hehe next episode ga ingeyne stay tuned
lytt
Maasha Allah mi prt vx vrh reethi
Cover oic vrh loabii💜💜Taehyung n Jungkook dhww
Xev e ulheny Yash’al ah kiy kuran baa???????
Why adi 3am gaa???
Curiosity level 100 ga
Curiously waiting
Whn nxt????
Tc… Lysm Shiher 💜💜
jazaakallah khairan dear ❤️
hehe yesss
stay tuned for the next episode to find out ilyt