“ކަލެއަށް ނޭނގުނު ނުހާ ކަލޭ އަތްދަށުގައި ބަހައްޓާކަށް. ދެން މަށަށް ޖެހޭނީ ފިޔަވަޅެއް އަޅާކަށްނުން؟” އޭނާ ޔަޝްއަލްއަށް ކުރިމަތި ލަމުން އެއްސެވެ. ކޮޓަރި ތެރޭގައި އިނީ ކުޑަބޮތްކެއް ކަމުން، އޭނާގެ މޫނަށް ވަނީ ހިޔަނި އެޅިފައެވެ.
އެކަމަކު.. ކީއްވެ ޒެވިއަންގެ މަންމަ؟ ޒެވިއަންއަށް އެހެން ހެދި ނަމަ..؟” ޔަޝްއަލް އެއްސެވެ. “ލުބައިނާ.. ހެހެ.. އެއީ ހުރިހާ ކަމެއްގެވެސް ފެށުން.. އަދި ކިރިޔާ މަށަށް އެދެވޭ ބަދަލެއް މިހިފާލެވުނީ. ހަހަ” ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމާއި އެކު، އަނދިރީގެ ތެރެއިން މިނިވަންވެ، އަހުމަދުގެ ނުލަފާ ހިނިތުންވުން ކަޝްފުވެގެން ދިޔައެވެ.
އަހުމަދުގެ ބިރުވެރި ދެލޮލަށް ޔަޝްއަލް ބަލައިލިއެވެ. އެދެލޮލުގައި ބަދަލުހިފުމުގެ ރޫޙު ދިޔައީ އިންތިހާއަށް ފެންނަމުންނެވެ. “އެކަމަކު…؟ ހުރިހާކަމަކުން އަދި ސަލާމަތް ވެވުނީއެއް ނޫނެއްނުން؟ ބައްޕަ ޖަލުގައި ނޫންކަން މާޝާއަށް އެނގޭނެއްނުން؟” ޔަޝްއަލް އެއްސެވެ. އަހުމަދު ވިހަ ގޮތަކަށް ހިނިތުންވެލިއެވެ.
***3 މަސް ކުރިން***
އަނގައިން މަޑު ރާގެއް ލައްވަމުން ދިޔަ މާޝާގެ މޫނު މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. ބަނޑަށް ބަލަމުން ލަސް ހިނގުމުގައި ދިޔަ މާޝާ ސިހުނީ ގާތުގައި ހުރި ވަލެއްކަހަލަ ދިމާލުން މީހެއްގެ ހިލަމެއް ވާން ފެށުމުންނެވެ. “ކާކުބާ މިތާ؟” މާޝާއަށް އަމިއްލަ ނަފްސަށް ސުވާލު ކޮއްލެވުނީ އެއީ މީހުން ކާށި ހޮވަންވެސް ދާދިމާލެއް ނޫންވީމައެވެ.
އިވެމުން ދިޔައީ މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑުކަން ޔަގީންވުމުން މާޝާ މަޑުކޮއްލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެތަނުން މީހަކު ނުކުތެވެ. އެދިމާލުން ނިކުން އަހުމަދުއާއި މާޝާ ހަތަރު ކަޅި ހަމަވުމުން މާޝާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އަހުމަދަށްވެސްވީ އެކަހަލަ ގޮތެކެވެ. އަހުމަދު އެފެނުނީ ފެނިގެން ނުވާނޭ މީހަކަށެވެ. އަހުމަދު ދެކޮޅު ބަލާލާފައި މާޝާއާއި ދިމާލަށް ހިނގައިގަތެވެ. އަތުގައި އޮތް ފައިލް ދޫކޮށްލާފައި މާޝާ އުޅުނީ ދުއްވައިގަންނަންށެވެ. ނަމަވެސް…
މާޝާއަށް ދެކޮޅު ބަލާލެވުނީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. ނަމަވެސް ނަސީބުކަން ދިމާކުރި ގޮތުން އެދެމީހުންނޫން އެހެން އެއްވެސް މީހަކު ނެތްކަން އެނގުމުން މާޝާގެ ހިތްތެޅިލީ ނުބައި ގޮތަކަށެވެ.
ހަށިގަނޑުގައި ބާރު ހުރި ފިރިހެނެއްގެ ކުރިމަތީގައި މާބަނޑު އަންހެނަކަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟ ހިނދުކޮޅެއް ތެރޭގައި މާޝާ އަހުމަދުގެ އަތްދަށު ވިއެވެ. ބޮޑުވެފައިވީ ބަނޑުގައި މާޝާއަށް ފިރުމާލެވުނީ އެތުއްތުފުރާނައަށް ގެއްލުމެއް ނުވޭތޯ ހިތާހިތުން ދުޢާކޮއްލަމުންނެވެ.
އެއްވެސް ރަހުމެއް ނެތި އަހުމަދު މާޝާ ގެނެސް ވަލުގެ ތެރެއަށް ހޫރުވާލިއެވެ. “ވާހް. މަގޭ ދިރިއުޅުން ހަލާކުކޮއްލާފަ މީނަ ވާއުފަލުގަ އެބަ އުޅޭދޯ؟ މިހާރު 3 ވަނަ ދަރިފުޅުދޯ މިއީ” މާޝާ ބަނޑުގައި އަތް ޖައްސާލަމުން އަހުމަދު އަހާލީ ވިހަ ހިނިތުންވުމަކާއި އެކުއެވެ.
“ޙަބަރުދާރު. ކަލޭގެ ތިމުޑުދާރު އަތުން މަގޭ ދަރިފުޅު ގައިގަ އަތްނުލާ” އަހުމަދު އަތް ދުރުކޮއްލަމުން މާޝާ ތުންކޮޅު ފިއްތާލަމުން ބުންޏެވެ. “އެހެންތަ؟ ކަލެއަށް ކީއްތަ ކުރެވޭނީ އެއިން؟” މާޝާގެ ކަރުގައި ހިފާ، ކަރަށް ވާންކޮއްލާ މާޝާގެ ބަނޑުގައި ކޮޅުފައިން ޖަހަމުން އަހުމަދު ބުންޏެވެ. މާޝާ ލައިގެން ހުރި ހެދުމުގައި ހިފާވީދާލިއިރު އަހުމަދުގެ ތުންފަތުގައިވީ ވިހަ ހިނިތުންވުމެކެވެ. އެވަގުތު އެދިމާލުން މީހެއްގެ އަޑުއިވުމުން މާޝާ ދޫކޮށްލާފައި އަހުމަދު ދުއްވައިގަތެވެ…
“ﷲ އަކްބަރު ދަރިފުޅާ ދޫންޏާ ކިހިނެތްވެފަ ތިއޮތީ” ފާތުންއަށް އަވަހަށް ތެޅިގަނެވުނީ މާޝާގެ ހަށިގަނޑުގައިވީ ލަކުނު ތަކާއި ވީދިފައިވީ މާޝާގެ ހެދުން ފެނުމުންނެވެ. “އާ…އާކިން…” ފާތުންގެ މޫނަށް ބަލައިލަމުން މާޝާއަށް ބުނެވުނީ އެހިސާބަށެވެ. ޙަބަރު ހުސްވެގެން މާޝާގެ އުނގުމައްޗަށް ދެމުނެވެ.
ފާތުންއަށް ކުރާނެކަމެއް ނޭނގިގެން ތެޅިގަނެވުނެވެ. ދެން އޭނާ ހަދާނީވެސް ކިހިނެތްހެއްޔެވެ؟ އާކިންގެ ނަންބަރެއްވެސް ފާތުންއަކަށް ނޭނގެއެވެ. އެހެން ކަމުން ފާތުން ނިންމީ މާޝާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.
ފާތުން އަހިސް މާޝާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ބަލަން ދުރުގައި އަހުމަދު ހުއްޓެވެ. އަތުގައި އޮތް އަނގިއަށް ބަލައިލެވުނީ ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ. މިއަދު އޭނާގެ އަތުގައި އެއަންގި ނެތް ނަމަ…؟ ނަމަވެސް މިހާރު މާޝާއަށް އެވަނީ އެހަގީގަތް އެނގިފައެވެ. އޭނަ އެކަން ސިއްރު ނުކުރާނޭކަން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. “ޓައިމް ފޯރ ޕްލޭން ބީ” ވިހަ ހިނިތުންވުމަކާއި އެކު އަހުމަދު ބުންޏެވެ.
***
ދަންވަރުގެ ވަގުތެވެ. ހުރިހާ ޑަކްޓަރުންވެސް ޕޭޝަންޓުންތަކުގެ ހާލަތު ބެލުމަށް ފަހު ރެސްޓިންގ އޭރިއާއަށް ދިޔައެވެ. ވަގުތުގެ ބޭނުން ހިފާ އަހުމަދު އެތެރެއަށް ވަނެވެ. އައި.ސީ.ޔޫ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން އަހުމަދުގެ ދެލޯ ހޯދަމުން ދިޔައީ މާޝާގެ އެނދެވެ. ފަހަރަކު އެނދެއް ގާތުން ގޮސްފައި މާޝާގެ އެނދު ކުރިމަތީގައި ހުއްޓެވުމުން އަހުމަދުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ދެފަރާތް ބަލައިލަމުން އަހުމަދު ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގިއެވެ. އިންޖެކްޝަން ފުރާ އެބޭސް ފުޅީގައި ހުރި އެއްޗެއް އަހުމަދު އިންޖެކްޝަނުގެ އެހީގައި ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު އަހުމަދު ބުންޏެވެ.
***
“އެހެންވެ؟ މާޝާ ހަނދާން ނުހުންނާނެތަ؟” ޔަޝްއަލް ޔަގީން ކޮއްލުމަށް އެއްސެވެ. “މިހާރު ދެން މިނިމެނީ. އޭރަށް ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އޭރަށް މަށަށް ހެޔޮ ކަލޭ ނުހާ ވަރިކޮއްފަ މާވީ ގާތަށް ދިޔަޔަސް” އަހުމަދު ބުންޏެވެ. އެއާއި އެކު ޔަޝްއަލްގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
“ދެން…؟ ކާކު…؟” ޔަޝްއަލްގެ މޫނަށް ވެރިވީ ހިނިތުންވުން ވަންހަނާ ކޮއްލަމުން މަޑުމަޑުން ޔަޝްއަލް އެއްސެވެ. އަހުމަދު އެހެން ބުނި ނަމަވެސް އެކަމަކީ ފަސޭހަ ގޮތުގައި ނިމޭނެ ކަމެއް ނޫންކަން ޔަޝްއަލްއަށް ޔަގީން ވާތީއެވެ. “ދެން…؟ ދެން ހުރީ ޒެވިއަން އެކަންޏެއްނުން؟” ނުލަފާ ގޮތަކަށް ހީލަމުން އަހުމަދު ބުންޏެވެ. “ޒެވިއަން…؟ ކީއްކުރަން…؟” ޔަޝްއަލް އެއްސެވެ. “ޒެވިއަން…؟ ޒެވިއަންގެ… މަރު…” ވިހަ ގޮތަކަށް ހިނިތުންވެލާފައި އަހުމަދު ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah mi part vs vrh reethi
Ahmed e ulheny miihunnah dhevunu aniya kuda vgn tha… mihaar xev maran..😭 Dhn hiyeh nuvey yash’al maavy kaeriah dhiyas maavy yash’al r ehkoh ulhen beynunvaanhnh…plzz xev ah dhera gth nuhadhahchey.. Curiously waiting.. When next?? Tc lyyyy❤️
Jazaakallag khairan
Ikrrr😭😭😭 dhn balamaa dhww vany kihineh thww.. stay tuned for the next one lyt
Heyyyy shiherrr sorry ingey kurin part thakuga comment eh nukohlevuneema.. vrh vrh busy koh midhuvaskolhu miulhuny.. anyways mi part vrh vrh reethi.. couldn’t even guess Ahmed kuri kameh kan.. will maasha remember what happened? Alhey xev maraalan emeehun eulheny.. pis pis xev ge mamma maraaleema vx emeehunge hitheh nufurunu dhww.. waiting for the next part.. tc lyssmm💜🦋
Hehe its okay ik ur busy❤️❤️❤️❤️
Hehehehehe i hope u loved the twist🙈
Heeveyeynun heartless pro max😭
Stay tuned for the next part ilyyymm❤️❤️
Mi part ves varah furihama Maashaa Allah>>³
Alheyyy what does that ahmed gandu want???? Dhuniyey gaa hedhvihaa ba eh maramun adhives nufudhigen xev maran??
So he’s the one forcing yashal to keep nuha by his side??
Xev ah dhera gotheh nahadhacheyy!!!
I’m so curious
When next?
Lyssssm❤️❤️❤️
Jazaakallah khairan
Assu ves dhw
Yep it was himm!!
Hehe balamaa dhw stay tuned for the next ep
Ilyyytt❤️❤️
Maasha Allah mi prt vx vrh reethi
Wha the!!
So EYNAA is AHMED. No way next is xevv
Plss shiherr xevv maraa nulah cheyyyy😭😭
Xevv nethiyya stry furihama ey nuvane🙏
Sry for the late cmmnt
Tc.. Lysm Shiher 💜💜
Jazaakallah khairan
hehe balamaa dhw dhen vaa goi