ފުންނޭވާއެއް ލާފައި ޔަޝްއަލް ދެލޯ މަރާލިއެވެ. އަމިއްލަ މީހާގެ ބަދުނަސީބު ކަން ހިތަށް އަރާފައެވެ. ލިލިއާ ބުނީ ހަމަތެދެއްތާއެވެ. އޭނާއަކީ އަހުމަދު ކުޅެން އުފަން ކުރި ބުދެކެވެ. އެވަގުތު ޔަޝްއަލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ނުހާއާއި ކައިވެނި ކުރެވުނު ދުވަހުގެ މެންދުރު ވަގުތުގުގައި ލިލިއާ އާއި އެކު ދެކެވުނު ވާހަކައެވެ.
***
“މަންމައާއި ބައްޕަ ކުރާހާ ފާފައަކަށް މަޢާފް ކުރުން އަހަރެމެންނަށް ވާޖިބުތަ؟” ގޮނޑުދޮށުގައި ޖަހާލަމުން ދިޔަ ރާޅުތަކަށް ބަލަން އިން ޔަޝްއަލް ލިލިއާ ކުރެން އެއްސެވެ. ލިލިއާއަށް ޔަޝްއަލްއަށް ބަލައިލެވުނީ ހަމްދަރުދީގެ ލޮލަކުންނެވެ. “ލިއާ ކީއްވެތަ މަށާ ވާހަކަ ދައްކަނީ؟ މަށަށް އެހީ ވަނީ؟ އަހަރެންމީ ގާތިލެއްގެ ދަރިއެއް…” އިސް ޖަހާލާފައި ޔަޝްއަލް ބުންޏެވެ.
“ތިއީ ލިއާގެ ކޮއްކޮއެއް ވީމަ…” ލިލިއާ މަޑު މަޑުން ބުންޏެވެ. ލިލިއާގެ ޖަވާބާއި އެކު ޔަޝްއަލްގެ ދެލޯ ބޮޑުވިއެވެ. “އޭން؟ ކޮއްކޮއެކޭ؟ ކިހިނެތް އެހެންވާނީ؟” ޔަޝްއަލް ހުރީ ވާނުވާގައެވެ. ލިލިއާ ހިތި ގޮތަކަށް ހިނިތުން ވެލިއެވެ. އެއީ ހުދު ލިލިއާ އަށް ވެސް އަދިވެސް ގަބޫލު ކުރަން ދަތި ހަގީގަތަކަށް ވީތީއެވެ. ނަމަވެސް ލިލިއާ ގަބޫލު ކުރާ ގޮތުގައި އެކަން އެނގުން ޔަޝްއަލްއަށް ވެސް ހައްގެވެ.
“އަހަރުން ކުލާހުގަ އެއުޅެނީނުން އަލާޔާ؟ ދެން 8 އަކަށް އެދިޔައީނުން ޔަލާން؟ އެއީ އަހަރެމެންގެ ނީސްއާއި ނެފިއު” ލިލިއާ ކިޔައިދިނެވެ. “އަހަރެމެންނޭ؟” ޔަޝްއަލް އަދިވެސް ހުރީ ވާނުވާގައެވެ. “ޔެސް. އަހަރެމެން. ޔޫ އެންޑް މީ” ލިލިއާ ބުންޏެވެ. “ތަންކޮޅެއް ސާފު ވާހެން ކިޔާބަލަ” ޔަޝްއަލް ސީރިޔަސް ވެލާފައި ބުންޏެވެ.
“އަލަކާއާއި އަލޫކް. އެއީ ޓްވިންސް. އަލަކާއަކީ ޔަލާންއާއި އަލާޔާގެ މަންމަ. އަލޫކް ނިޔާވި ހާދިސާގަ އަހުމަދު ޖަލަށް ލެވުނީވެސް. މަށަކީ އަލޫކްގެ ދަރިއެއް” ލިލިއާ ކިޔައިދިނެވެ. “ލިއާ އަށް ކިހިނެތް އެނގުނީ؟” ޔަޝްއަލް އެއްސެވެ. ލިލިއާ ހީލިއެވެ. ލިލިއާގެ ކޮނޑާ ހަމައަށް އަރާ އިސްތަށިކޮޅު ދުރުކޮއްލާފައި ކަނދުރާގައި ދައްކާލިއެވެ.
“މި ލަފަކީ އަހަރެމެން މާމަ ކަރުގައި އިން ލަފެއް. މީގެ ލަފެއް އިނދޭ އަލަކާއަދި އަލޫކްގެ ކަނދުރާގައިވެސް” ތަރިއެއްގެ ބައްޓަމަށް އިން ލަށްދައްކާލަމުން ލިލިއާ ބުންޏެވެ. ޔަޝްއަލް އަށް ފުންނޭވާއެއް ލަމުން ބޮލުގައި އަތް ޖައްސާލެވުނެވެ. ވެއްޓެން އުޅޭހެން ހީވުމުންނެވެ. “އައިމް ސޮރީ މިހެން ބުނަން ޖެހޭތީ. އެކަމަކު ޔަޝްއަލްތީ އަހުމަދު ކުޅެން އުފަން ކުރި ބުދެއް..” ލިލިއާ އިސްޖަހާލާފައި ބުންޏެވެ.
“ޔަޝްގެ ބައްޕަ ކުރަމުން އެދާ ކަންކަމަކީ ގަބޫލު ކުރަންވެސް އުނދަގޫ ކަންކަން… އެކަމަކު… ގިނަ ކަން ކަން އަހަރެމެން ދެމީހުނަށްވެސް އެބަ އެނގޭ. އެންމެ ކަމެއް ފިޔަވާ…” ލިލިއާ ބުންޏެވެ. “އެއީ…؟ އެއީ ކޮން ކަމެއް…؟” ޔަޝްއަލް ސުވާލު ކޮއްލިއެވެ. “އަލަކާއާއި އަލޫކްގެ ފަހުން… އެކަމަކު ޔަޝްގެ ކުރިން… ޔަޝްގެ ބައްޕައަށް އަދި އެހެން ކުއްޖެއް ލިބުން…” ލިލިއާ ބުންޏެވެ.
***
ހިޔާލުތަކުން ނިކުމެވުނު އިރު ޔަޝްއަލްއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ނުހާ ކޮޓަރިއަށް ވައިން އަޑަށް ކުޅަދާނަ ކަމާއި އެކު ކަރުނަތަށް ވަންހަނާ ކޮއްލިއެވެ. “ކާންވީނުން؟” މަޑުމައިތިރި ކަމާއި އެކު ނުހާ އެއްސެވެ. ޔަޝްއަލް ބޯޖަހާލާފައި ކޮޓަރިން ނިކުތީ ލިލިއާގެ އެހީގައި އަހުމަދަށް ދެން ލިބުނު ކުއްޖާ ހޯދަން އަޒުމް ވަރުގަދަ ކޮއްލަމުންނެވެ.
“ޓޮއް ޓޮއް” ޔަޝާ ނިންދަވާލާފައި ނިކުން މާވީ ސިހުނީ ދޮރުގައި ޓަކި ޖަހާއަޑަށެވެ. ވަގުތަކީ ސުކޫލް ގަޑިއަށް ވުމުން އެއީ ކައިލްއަށް ނުވާނޭކަން މާވީއަށް އެނގުނެވެ. “ކާކުބާ؟” އަމިއްލަ ނަފްސަށް ސުވާލުކޮއްލާފައި މާވީ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި ޒެވިއަން ފެނި ކޮންމެވެސް ވަރަކަށް މާވީ ސިހުނެވެ. “ޒެވިއަން؟” މާވީ ގޮވާލިއެވެ.
“އަހަރެން ވައްދަފާނަންތަ؟ ވާހަކައެއް ދައްކާލަން ބޭނުން” ޒެވިއަން ބުންޏެވެ. މާވީ ބޯޖަހާލިއެވެ. ޒެވިއަން އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. “ޖޫސްތައްޓެއް ގެންނަންތަ؟” މާވީ އެއްސެވެ. “އަހަރެން މިއައީކީ ޖޫސްބޯކަށް ނޫން. ވާހަކައެއް ދައްކަން” ޒެވިއަން އެއްވެސް އަސަރެއް ނެތި ވާޙަކަ ދެއްކިއެވެ. މާވީ އިސްޖަހާލާފައި ސޯފާގައި އިށީނެވެ.
“ޔަޝްއަލް އާއި މާވީ ރުޅިވީ ކީއްވެތަ؟” ޔަޝްއަލް އެއްސެވެ. “އެއީ ޒެވިއަން ބަލަން ޖެހޭ ކަމެއް ނޫން” މާވީގެ އަޑުގައިވީ ހިތާމަވެރިކަން ވަންހަނާ ކޮއްލަމުން ބުންޏެވެ. “ނޫން. އެނގެން ޖެހޭ. ޔަޝްއަލް ކައިވެނި ކުރީ މަގޭ ނުހާއަށް. މަށަށް އެނގެން ޖެހޭނެ” ޒެވިއަން ބުންޏެވެ. އެއާއި އެކު މާވީގެ މޫނު މައްޗަށް އެރި ހައިރާން ކަމުން ޔަޝްއަލް ކައިވެނި ކުރީ ނުހާއަށް ކަން މާވީއަށް ނޭނގޭކަން ޒެވިއަންއަށް ފަހުމް ވިއެވެ.
“ޔަޝް ކުރިން ވަރަށް ރަނގަޅު. ވަރަށް ލޯބި ދިން. ނޭނގެ ކުއްލިއަކަށް ވީކިހިނެތް ކަމެއްވެސް..” މާވީ ކިޔައިދިނެވެ. “ސޮރީ ޒެވިއަންއަށް ނުހާ ގެއްލުނީތީ. ކީއްކުރާނީ. އަހަރެމެނަށް ކަންތައް ދިމާވީ ގޮތް. މާވީއަށް ޔަޝްގެ އިތުރުން މަގޭ ދަރިފުޅަށް ބައްޕަ އެގެއްލުނީ..” ދެރަވެފައި އިނދެ މާވީ ބުންޏެވެ.
“އައިމް ސޮރީ ޓޫ..” އިސްޖަހާލާފައި ޒެވިއަން ބުންޏެވެ. އަދި މާވީގެ އަތަށް ކޮންމެވެސް އެއްޗެއް ލިޔެވެ. “ނޫން. މިހާދަ ބޮޑު-” ޒެވިއަން މާވީއަތަށް ލައިދިން 20 ހާސް ރުފިޔާގެ ނޫޓްއަށް ބަލައިލަމުން މާވީ ބުންޏެވެ. ނަމަވެސް މާވީގެ ވާޙަކަ ހުއްޓުވާފައި ޒެވިއަން ވާހަކަ ދައްކަން ފެށިއެވެ.
“އައިމް ސޮރީ. ޒެވްއަށް އެނގޭ މާވީ އުޅެނީ ވަރަށް ހާލުގައިކަން. ޕްލީޒް އެކްސެޕްޓް މީތި ގަބޫލު ކުރޭ.. މަންމަގެ ނަމުގައި ކޮއްދިން ސަދަގާތެއް ތިއީ..” ޒެވިއަން ހީލާފައި ބުންޏެވެ. “ޝުކުރިއްޔާ” މާވީ ހީލާފައި ބުންޏެވެ.
މާވީގެ އެޕާޓްމެންޓް އިން ނިކުމެ ޒެވިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. “ޔަޝްއަލް… ދުނިޔެވަށާ އެނބުރެން ޖެހުނަސް މަގޭ ދުވާނަން ކަލޭ ފަހަތުން. ނުހާ މަގޭ ހޯދާނަން. އަތުގެ މުށަށް ބާރުކޮއްލަމުން ޒެވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Maasha Allah mi prt vx vrh reethi
Yash’al n Lilia akee cousins dhww???
Xev nuha hoadhan masakkai kuraane kamee shakkeh vx oi kameh nun.
Xev haadha rangalheyy. Maavy ah help v viyya manmage namuga.
Can’t wait for the next prt
Whn nxt
Tc.. Lysm Shiher 💜
Jazaakallah khairan
Hehe yeaa they are
Stay tuned for the next
Lyttt
Masha allah mi part vs vrh reethi
Ehnvyma alakaa ah e fenuny lilia tha??
Vrhhh curiousss.. When next?? Tc lyy❤️
Jazaakallah khairan
Hehe yess
Stay tuned for the next lyt