“އައްސަލާމު އަލައިކުމް” މަންމަގެ ގެ ނަމަވެސް މިޒިޔަލް ސަލާމް ގޮވާލިއެވެ. ސިޓިންގް ރޫމްގައި އިން މިޒްނާއަށް ދެމަފިރިން ފެނި ތެދުވިއެވެ. “އަނހާ. ދެކުދިންއައީދޯ؟ އަވަހަށް އާދޭ. މިއީދޯ އިވްޔާއަކީ؟ މާޝާ ﷲ ދަރިފުޅު ހާދަރީއްޗޭ” މިޒްނާގޮސް އިވްޔާގެ އަތުގައި ފިރުމާލިއެވެ. އިވްޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ހިނގާ އަވަހަށް ކާން” މިޒްނާ ކާގެއާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. (2 ވަނަ ބައި) އިވްޔާގެ އަތުގައި ހިފައިގެން މިޒްނާ ގޮސް ބަދިގެއަށް ވަނެވެ. ބަދިގެ ތެރޭގައި ނެތް އެއްޗެއް […]
ހަވީރުގެ ވަގުތެވެ. ނުހާއާއި މާވީ ނިކުތީ ޔަޝާއާއި ޒިވިއާ ގޮވައިގެން އަތިރި މައްޗަށެވެ. ދެކުދިން ކުޅެން ދޫކޮއްލާފައި ދެމައިން ކުދިން ފެންނަހެން ކައިރީގައި އިން ބެންޗެއްގައި އިށީނެވެ. ފާއިތުވި 5 އަހަރު ތެރޭގައި މާވީއާއި ނުހާގެ ގުޅުން ވަނީ ވަރަށް ގާތްވެފައެވެ. “މިއަދު ޒިވީ ވަރަށް ރުއި އެހެން ކިޔާފަ. އެހެން ކުދިން ބައްޕި ހުރެޔެއްނުންހޭ ކޮބާހޭ ޒިވީގެ ބައްޕި.. އެހެންވެދެން ޒިވީ ގާތުގަ ބުނެފިން މިއަދު ބައްޕަ ނިޔާވެފައިވީ ވާހަކަ. ޔަޝޫއަށް އެނގޭތަ…؟” ނުހާ ސުވާލުކޮއްލިއެވެ. […]
ލާންޗު އޭގެ އެންމެ ބާރުމިނުގައި ދުއްވަމުން އަހިސް މަޑުކޮއްލީ ކ.ހުރާއަށެވެ. ގާތުގައި އިން މިޒިޔަލްގެ އަތުގައި ހިފަމުން އިވްޔާ ތެދުވިއެވެ. ހިނިތުން ވެލާފައި ކުރިއަށް ހިނގައިގަތީ އައު ދިރިއުޅުމަށް ތައްޔާރު ވެލަމުންނެވެ. ރަށަށް އެޅުނު ފުރަތަމަ ފިޔަވަޅާއި އެކު އިވްޔާގެ ދެލޯ އެކި ދިމަދިމާލަށް ދައުރުވާން ފެށިއެވެ. ރަށުގެ ރީތިކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފް ކުރެވެމުން ދިޔައެވެ. “ރީތިތަ މިރަށް؟” މިޒިޔަލް އެއްސެވެ. “ޔެސް. ވަރަށް ލޯބި.” އިވްޔާ ހިނިތުން ވެލާފައި ބުންޏެވެ. ކާރަކަށް އަރައިގެން ދެމަފިރިން […]
ދެނަމާދު ދޭތެރޭގެ ވަގުތެވެ. ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު މޫނުއަޅައިގެން ހުރި މެދުއުމުރުގެ އަންހެންމީހާ ގޮސް ވަނީ “މިސްޓްރީ” ގެއަށެވެ. ގޭގެ ދޮރާށި ހުޅުވާލުމާއި އެކު ގޭތެރޭގައި ހުރި ބުޅާ ތަކުގެ ނަޒަރު އެއަންހެން މީހާއަށް ހުއްޓުނެވެ. ޖޯލިފަތީގައި އެގޭ އެންމެ ދޮށީ ކުއްޖާކަމަށްވާ މީލިއާ އޮތެވެ. “ކޮބާ ބައްޕަ؟” އެ އަންހެން މީހާ އެއްސެވެ. “އެބައިން ކޮޓަރި ކޮޅުގައި” މީލިއާ އޭނާގެ އުނގުގައި އޮތް ބުޅަލުގައި ފިރުމަމުން ބުންޏެވެ. އެއަންހެން މީހާ އެތެރެއަށް ވަނެވެ. […]
ހެނދުނުގެ ވަގުތެވެ. ޕޮލިސް ލާންޗު އޭގެ އެންމެ ބާރު ދުވެލީގައި ދުއްވާފައި އަހިސް މަޑުކޮއްލީ ހދ ނޭކުރެންދޫ ބަނދަރު މައްޗަށެވެ. އެލާންޗުން ފޭބި މެދު އުމުރުގެ އަންހެން މީހާގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ. އޭނާ ގޮވައިގެން އައި ފުލުހުންނަށް ވަދާއީ ސަލާމް ކިޔާފައި އެ އަންހެންމީހާ ހިނގައިގަތީ ރަށުތެރެޔަށެވެ. ކާރަކަށް އަރައިގެން އޭނާ ގޮސް މަޑުކޮއްލީ ނުހާމެން ގޭދޮށުގައެވެ. އޭރު އޭނާ ފެނި މީހުންތައް ސިއްރު ކިޔަމުން ދިޔައެވެ. ނުރުހުމުގެ ނަޒަރުން އޭނާއަށް ބަލަމުން ދިޔަ […]
~މިހާ ހިސާބުން މިވާހަކަ ގެނެސްދޭނީ ކޮންމެ ބުރާސްފަތި، ހޮނިހިރު އަދި އަންގާރަ ދުވަހުއެވެ~ ރޭގަނޑުގެ ވަގުތެވެ. 6 އަހަރުގެ ޔަޝާ ނިންދަވާލާފައި މާވީ ނިކުތީ އެއްޗެހި ހޫނު ކުރުމަށެވެ. އުނދުން ރޯކޮއްލި ތަނާހެން އިވުނީ ދޮރުގައި ޓަކި ޖެހިއަޑެވެ. އުނދުނުގެ ގިނި މަޑުކޮއްލާފައި މާވީ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ދަތްޕިލަ ސޭލު އަޅުވައިގެން ހުރި ޒުވާނާ ފެނި މާވީއަށްވެސް ހިނިތުން ވެވުނެވެ. (6 ވަނަ ބައި) “ސަޕްރައިޒް” ކައިލް ބުންޏެވެ. “އަޅެ ނުވެސް ބުނޭއައި […]
“ކައިލީ ޕްލީޒް..” ޔަލާން ނިދިއަޑުގައި ބުންޏެވެ. އެއާއި އެކު ނިލީޝާއަށް އެލިބުނު ކުޑަކުޑަ އުފާވެރިކަންވެސް ފިލާދިޔައެވެ. އެދެބަހުގެ ޖުމްލައިން އެކަންޏެވެ. ޔަލާން ނިލީޝާ އެހާ ގާތް އެކޮއްލީ ކައިލީންއޭ ހިތާކަން އެނގުމުން ނިލީޝާގެ ހިތް ފިސްފިސް ވިއެވެ. ބަދަލެއް ނެތި ނިލީޝާ ޔަލާންދެކެ ލޯބިވާތާ މިހާރު 8 އަހަރު ވެއްޖެއެވެ. ނަމަވެސް ޔަލާންގެ ލޮލުގައި ނިލީޝާ އަދިވެސް އެއްވެސް އެއްޗަކަށް ނުވެއެވެ. ޔަލާންގެ އަތް ދުރުކޮއްލާފައި ނިލީޝާ އަނެއްކާވެސް ގޮވާލިއެވެ. ޔަލާން ދެލޯ ހުޅުވާލާފައި ނިލީޝާއާއި ދިމާލަށް […]
ނުހާ އައިސް ކްރީމް ގަންނަ ތަނުގައި ހުއްޓި އައިސް ކްރީމްއަށް އޯޑަރު ޖެހިއެވެ. ސައިކަލު ކައިރީ އިން ކުޑަކުޑަ ޒިވިއާގެ ދެލޮލުގައި މަގުމަތިން ފެނުނު ކުޑަބުޅާ އަޅައިގަތެވެ. އެއާއި އެކު ޒިވިއާއަށް އެރީ ވަރުގަދަ ފޯރިއެކެވެ. ސައިކަލުން ފައިބާ ޒިވިއާ ދުއްވައިގަތީ އެބުޅަލާއި ދިމާލަށެވެ. ހުރިހާ ސަމާލުކަމެއް އެބުޅަލަށް ހުއްޓާލައިގެން ހުރި ޒިވިއާއަށް ބާރު ސްޕީޑްގައި އަންނަމުން ދިޔަ ސައިކަލުގެ ހިލަމެއް ނުވިއެވެ. އެކަން އިހްސާސްވެ ފަހަތަށް އެނބުރެވުނު އިރު ވަގުތުވީ ފާއިތުވެފައެވެ. “މަންމީ…” (4 ވަނަ […]
“ހަހަ ގެރެއެއްނުން؟ އެކަމަކު އަސްލު ލީންއަށް ވުރެ ކުރިން ނިލީ ދޯހޯދަން ޖެހޭނީ” ނިލީޝާއަށް ދޯދެމުން އަވްލީން ބުންޏެވެ. ނިލީޝާ ހީލިއެވެ. “ހޫމް ދެން ތިކުދިން މާފޮޅުވާލާ އެހެންވެ. ނޫދަނީ މި. ޒިވީ ޓިއުޝަން ގަޑި ނިމޭނެ މިހާރު” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ނުހާ ބުންޏެވެ. (3 ވަނަ ބައި) ޒިވިއާއަށް ޓިއުޝަން ނަގައިދޭ ސެންޓަރް ކުރިމަތީގައި ސައިކަލުގައި އަހިސް ނުހާ މަޑުކޮއްލި ތަނާހެން ކުދިންތައް ފޮނުވާލިއެވެ. ހުރިހާ ކުދިންތައް ހިނިތުން ވުމަކާއި އެކު ނިކުން […]