“ހަހަ ކިހިނެތްވީ؟ ޒެވިއަން ދިން އެއްޗަކަށްވީމަތަ؟” ޔަޝްއަލް ހީލިއެވެ. ފަށުފުލުގައި އިން އިސްކުރު ނައްޓާލީ އިރަށް އޭގައި ހުރި ލޭތަށް ޔަޝްއަލްގެ އިނގިއްޔައް އެޅުނެވެ. ޔަޝްއަލް ވިހަގޮތަކަށް ހިނިތުންވެލާފައި އިނގިލީގައި ހުރި ލޭތަށް ލޯޅާލިއެވެ. “ހެހެ ނެކްސްޓް އިޒް ޔޫ!” ޖީބުގައި އޮތް ފޮތިކޮޅު ނަގާ ނުހާ ލޮލުގައި އައްސަމުން ޔަޝްއަލް ބުންޏެވެ. ނުހާގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއްގައި ޔަޝްއަލް ވަކި އަޅުވަމުން ދިޔައީ އެއީ އޭނާގެ އެއްޗެއް ފަދައިންނެވެ. އިހާނަތި ގޮތުގައި ނުހާގެ އިއްފަތްތެރިކަން ވެއްޔާ […]
“މަންމާ.. ލިއާ ކިހިނެތް ދެން ހަދާނީ؟ ލިއާ ބައިވެރިވީ މަންމަގެ ބަދަލު ހިފުމުގަ. ޒެވްދެކެ ލޯބިވާ ކަމަށް ހެދުނީ. އެކަމަކު. ހަގީގަތުގައިވެސް ލިއާއަށް ޒެވްދެކެ ލޯބިވެވިއްޖެ. ދެން ލިއާ ކިހިނެތް ހަދާނީ؟ މިހާރުވެސް.. ޒެވްގެ ހިތުގައިވީ ނުހާ އެކަނިކަން އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން..” ޒެވިއަންގެ އެފޮޓޯގައި ފިރުމާލަމުން ލިލިއާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ހަމަ އެވަގުތެވެ. ޔަޝްއަލްގެ ސައިކަލު ފަހަތުގައި އިން ނުހާގެ މޫނުމަތީގައިވީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ. މިރެއިން […]
ޔަޝްއަލްގެ ވާހަކަތަކުން ނުހާ އިނީ ހައިރާންވެފައެވެ. ނުހާއާއި މެދު ޔަޝްއަލް އެހެން ކަން ކުރާނެނަމަ ނުހާއަށް ކައިވެނި ކުރަން ޔަޝްއަލް އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ނުހާގެ މައިންބަފައިންނަށް ނަމުން މުޙާތަބު ކުރުމުންވެސް ޔަޝްއަލްގެ ހިތުގައި އެއްވެސް ރަހުމެއްނެއްކަން ނުހާއަށް އެނގި ޔަގީންވިއެވެ. ނަމަވެސް މިއަދު އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. އެހެން ކަމުން ބަސް އަހާ ކުޑަކުއްޖެއް ފަދައިން ގޮސް ޕެކް ކުރަން ފެށިއެވެ. ހަވީރުގެ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗު މަޑުކޮއްލީ ހދ ނޭކުރެންދޫ […]
ނުހާމެންގޭ ދޮރާށިހުޅުވާލާފައި ވައިން ޒެވިއަންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ވާޙަކަދައްކާ އަޑަށެވެ. ނަމަވެސް ޒެވިއަން ކުރިއަށް ޖެހިލިއެވެ. އެއާއި އެކު ޒެވިއަންގެ ހިތް ހުއްޓުނު ފަދަ އިހްސާސްއެއް ކުރެވުނީ ކައިވެނީގެ ހެދުމުގައި އިން ނުހާ ފެނިފައެވެ. ޒެވިއަން އަކަށް ނުހާ ގާތުގައި އިނީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް އެމީހުން ފަހަތުގައި ޖަހާފައި އިން ބޯޑުން ޒެވިއަންއަށް ހުރިހާއެއްޗެއް ސާފުވެގެން ދިޔައެވެ. “ޔަޝްއަލް…؟” ޒެވިއަންގެ އަޑު ނިކުތީ ވޭނުން ފުރިގެން ވާރާގެއްގައެވެ. “އަނބި ގަބޫލު ކޮއްފިންތަ؟” ގާޒީގެ ސުވާލާއި […]
“ބައްޕަގެ… ފޮޓޮއެއް ލިބިދާނެތަ؟” ލިލިއާ އެއްސެވެ. ލިލިއަން ހީލާފައި ލިލިއާއަށް އަލޫކްއާއި އެކު އޭނާ ނަގާފައިވީ ފޮޓޯއެއް ދިނެވެ. “ބައްޕާ… އައި ލަވް ޔޫ ސޯ މަޗް.. އަދި ކިރިޔާ ލިއާއަށް ބައްޕަ މިފެނުނީވެސް” ލިލިއާގެ ދޮންކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމިލީ ބަސްބުނާހާ އަވަހަށެވެ. ***2 ހަފްތާ ފަސް*** ހަވީރުގެ ވަގުތެވެ. ކްލާސް ނިންމާފައި މާވީ ހިނގައިގަތީ ޔަޝާ ބަލައި ނިމްރާމެން ގެއަށެވެ. އެގެއަށް ދިޔަ މަގުމަތީގައި މާވީއަށް ޔަޝްއަލް ފެނުނެވެ. ޔަޝްއަލް އަށް ވެސް މާވީ […]
ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ފިޔަވަޅުތައް ހަލުވިކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާހެން މީހަކު އަހިސް ނުހާ އަނގަމަތީގައި ފޮތިކޮޅެއް ޖެއްސިއެވެ. ދެންވީނުވީއެއް ނޭނގި ނުހާ ހުރިތަނަށް ދެމުނެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ނިދިފައި އޮތް ޒެވިއަންއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑަށެވެ. މޯޅިއަކަށް ދެމިލާފައި ޒެވިއަން ތެދުވެ އިށީނެވެ. އާދައިގެ މަތިން މިއަދުވެސް ފޯނު ނެގީ ނުހާއަށް މެސެޖެއް ކޮއްލުމަށެވެ. ނަމަވެސް މިއަދު އެފެނުނީ ޒެވިއަން ދުވަހަކުވެސް ފެންނަން […]
ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގާ އިންޖެކްޝަން ފުރާ އޭގައި ހުރި އެއްޗެއް އޭނާ އިންޖެކްޝަނުން ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” އޭނާ މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތުގައި މާޝާ ވޯޑްއަށް ބަދަލު ކުރެވުނެވެ. މެންދުރުވާން އުޅެނިކޮއް ދެލޯ ތަޅުވާލާފައި މާޝާ ދެލޯ […]
އިވެމުން ދިޔައީ މީހެއްގެ ފިޔަވަޅު ތަކެއްގެ އަޑުކަން ޔަގީންވުމުން މާޝާ މަޑުކޮއްލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުޑަހިނދުކޮޅެއް ތެރޭގައި އެތަނުން މީހަކު ނުކުތެވެ. އެމީހާއާއި މާޝާ ހަތަރު ކަޅި ހަމަވުމުން މާޝާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެމީހާއަށްވެސްވީ އެކަހަލަ ގޮތެކެވެ. އޭނާ އެފެނުނީ ފެނިގެން ނުވާނޭ މީހަކަށެވެ. އޭނާ ދެކޮޅު ބަލާލާފައި މާޝާއާއި ދިމާލަށް ހިނގައިގަތެވެ. އަތުގައި އޮތް ފައިލް ދޫކޮށްލާފައި މާޝާ އުޅުނީ ދުއްވައިގަންނަންށެވެ. ނަމަވެސް… މާޝާއަށް ދެކޮޅު ބަލާލެވުނީ ފެންނަ ހިސާބުގައި މީހަކު […]
“ޝަނޫ.. ޔޫ ކާންޓް ވޯކް އެނީމޯރް..” ކައިލީން އެންމެ ފަހުން ބުންޏެވެ. ވަގުތުން ޝަނުމްގެ ހަރަކާތައް ހުއްޓުނެވެ. “ޝަނޫ ހާސްނުވޭ. އެހެންވިޔަސް ކައިލީ ދުވަހަކުވެސް ޝަނޫ ދޫކޮށެއް ނުލާނަން” ކައިލީން ބުންޏެވެ. ޝަނުމް ކައިލީންއަށް ހިތި ހިނިތުންވުމެއް ދިނެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެދުވަހު ހަވީރަކީ އައިޒިން ރިސޯޓަށް ފުރާދުވަސް ކަމުން އައިޒިން ދިޔައީ އަލާޔާ ގޮވައިގެން އަތިރިއަށެވެ. އިރު އަރާ މަންޒަރު ބެލުމަށެވެ. ސައިބުއިމަށް ޕެކެޓަކާއި ހެދިކާކޮޅެއް ގަނެގެން ދެލޯބިވެރިންގޮސް މޫދާ މާދުރު […]