ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށްހުރެއެވެ. ހެނދުުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތެންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ […]
ފޯނު ކަނޑާލުމުން ރަނާ އެ ފޯން ޝިފާނަށް ދިއްކޮށްލުމުން ޝިފާން އަދި އިރުކޮޅަކުން ދާން މަޑުކުރުމަށް އެދުނެވެ. ރަނާގެ އިންތިޒާރުގައި މިރޭ ގޭގައި މީހަކު ނުހުންނާނެއެވެ. މިކަހަލަަ ދެވަނަ ފުރުސަތެއް ނުލިބޭނެތީ ރަނާވެސް ގަސްތު ކުރީ ޝިފާނާ އެކީގައި މަޑު ކުރާށެވެ. މަޑުމަޑުން ކޯކު ދަޅުން އެތިފޮދު ބޮމުން އެކިވާހަކަ ދައްކާ ހީ ސަމާސާ ކުރަމުން ދިޔައެވެ. އެހިސާބުގަނޑަށް އިވެނީ މޫދުގެ ރާޅުޖަހާ އަޑެވެ. ރޭގަނޑު 11 ޖެހުމުން ގެމެންދޫ މަގެއްގެ މަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. […]
ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ކީއްވެކަން ޚުދު ރަނާއަކަށް ވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެނެވެ. އެ ދެ […]
ގެމެންދޫ ފަޅުތެރެއަށް ވަދެގެން ލޯންޗެއް އައެވެ. އެއީ ފުލުހުންގެ ލޯންޗުކަން އެނގުމުން އެންމެން ތެދުވެ އެ ލޯންޗު ގާތްކުރި ދިމާލަށް ހިނގައިގަތެވެ. ފުލުހުންގެ ހަތަރު މީހުންގެ ޓީމެކެވެ. ރަށުތެރެއަށް ފޭބުމާއި އެކީ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކުރަން ފެށިއެވެ. ދަތުރުގެ ބައިވެރިންތަކާއި ވާހަކަ ދައްކަމުން އީވާންގެ ފުރާނަ ނެތް ހަށިގަނޑު ކައިރިއަށް ދިޔައެވެ. ރަށުތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ނުކުތް މަޒީނާއި ވިޝާލާއި ރާއިފް އައީ ނިތްކުރި މައްޗަށް ދެލޯ ދީގެންހުރެއެވެ. ތެޅެމުން ފޮޅެމުން އައި މަޒީން ގާތުގައި […]
ޑރ.ފިރްދައުސް އެޅުވި ވީޑިޔޯއަކީ އަލީނާއަށް އީ.ސީ.ޓީ ދިނުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެނައި ތަނެވެ. އަލީނާގެ ގަދަ ދައްކަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އެހާބާރެއް ނެތްކަން އެނގެއެވެ. ކަރުގެ ބުޑުން ހަޅޭއްލަވާ އޭނާގެ އަޑުވަނީ ހަލާކުވެފައެވެ. އެނދުގައި އޭނާ ބޭއްވުމަށްފަހު ހަތަރު މީހުން އޭނަ ހިފެހެއްޓުމަށްފަހު އަތާއި ފައި ޕްލާސްޓިކް އަތްގަނޑެއް ލައްވާ ތަޅުއަޅުވައެވެ. އަލީނާ އަަތަށާއި ފަޔަށް ކިތެންމެ ބާރެއް ގެނައެއް ކަމަކު ގުޑާވެސް ނުލެވުނެވެ. ދެން އޭނާގެ ބޮލުގައި އެ […]
ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ. އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ […]
ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ. މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ […]
ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ. “ކޮއްކޮމެންނޭ…. އާދޭ އެއްގަމަށް ބޮޑުރާޅެކޭ….” އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ. ސީމާގެ އަތުން އޭނާގެ […]
“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….” މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ […]