ވެހޭ ވާރޭ ތެރެއިން ޝިޔާނާ ހުރީ މުޅިން ތެމި ފޯވެފައެވެ. ފިނިކަމުން މުޅި މީހާ ތުރުތުރުލަނީއެވެ. ނަމަވެސް ޝިޔާނާ ހުރީ ގޭތެރެއަށް ވަންނަ ޚިޔާލެއްގައެއް ނޫނެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ޝިޔާނާއާއި އޭނާގެ ކޮއްކޮ ތެމެންނުކުތީ ވާރެޔާ ނުތެމޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީވެ، ވާރޭގައި މަޖާކޮށް ސަކަރާތްޖަހާށެވެ. މިއަދަކީ ސާނިޔާގެ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު ނިމުނު ދުވަސް ކަމުން އެ ދެބެއިން ތިބީ ޝިޔާނާގެ ފިރިހެން ދަރިފުޅު ޒާން ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ނަމަވެސް މޫސުންގޯސްވެ […]
ކުޑަ މެހެމާނު ކާރު މަޑުކޮށްލުމާއިއެކު ޝިޔާނާ ކާރުން ފޭބީ ތުއްތު ކުއްޖެއް އުރާލައިގެންނެވެ. މަތީނު ކާރުން ފައިބާ ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ޑިކީއިން ކުޑަ ކުއްޖާގެ ވަށިގަނޑާއި ދަބަސް ނަގައިގެން އެދެމަފިރިން އެކުއެކީގައި ހިނގައިގަތީ 93 ވަނަ ފްލެޓްގެ އެމީހުން ދިރިއުޅޭ އެޕާރޓްމަންޓަށް ދިޔުމަށެވެ. އެ ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ. ޝިޔާނާ މަތީނުއާއި ކައިވެނީގެ ގޮތުން ގުޅުނީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ޝިޔާނާއަކީ އިސްކޮޅުން ދިގު، ހަމުކުލަ މެދުމިނަކަށް ކަޅުކޮށް ހުންނަ އަންހެނެކެވެ. އިސްތަށިގަނޑު […]
އެ ހާދިޡާ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުން ފައިބައިގެން ފުއާދު މިސްރާބުޖެހީ އޭނާގެ ކާފަ ދަރި ގޮވައިގެން ގެޔަށް ދިޔުމަށެވެ. ފުއާދަކީ ށ. ކޮމަންޑޫއަށް އުފަން، އިސްކޮޅުން ދިގު، 49 އަހަރުގެ ދޮން ފިރިހެނެކެވެ. އެދެބަފައިން ހުކުރަށް ދިޔަ މިސްކިތާއި ފުއާދު ދިރިއުޅޭ ފްލެޓާއި އެހާ ދުރެއްނޫނެވެ. ވީމާ އޭނާ ކުޑަކުޑަ ޒާން ގޮވައިގެން ގެއަށް ދިޔައީ ހިނގާފައެވެ. މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގެ މި ހިތް ފަސޭހަ މާހައުލުގައި ފުއާދާއި އޭނާގެ އާއިލާ ދިރިއުޅެމުންދާތާ […]