ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަމުން ދިޔައިރު ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަ އަރާމެއް ހޯދުމުގެ ނިޔަތުގައެވެ. އެހެން […]
ފައި އަރިއަޅާލުމުން ފަޔަށް ތަދުވިއެވެ. އުސްފައިވާން ގަނޑު ބާލާފައި އެއްލާލަންވެސް ހިތަށް އެރިއެވެ. ދެން ސިޑިން މައްޗަށް ދާން އިތުރަށް ބޭނުން ނުވާތީ ފޯނު ނަގާ އަޒީމްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މަންޝާގެ ފޯނު އެވަގުތު އޮތީ ބެޓެރިލޯވެގެން ނިވިފައެވެ. “ނޯ.. ނޯ.. މިގަޑީގަތަ އަދި ފޯނު ނިވެންވެސް އެނގުނީ….” އެންމެފަހުން ވަރުބަލިވެގެން މަންޝާ އައިސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތް ވިއްދާލައިގެން ގުދުވެލީ ހަމަޔަށް ނޭވާ ލެވޭތޯއެވެ. ފައިގެ ކުޑަހުޅުގައި […]
ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ. “އަލިބެ […]
މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފި ނަމަ ވާނޭގޮތް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ. ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން […]
މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ. އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި […]
“އާހް… ނޫންންންން…. ދޫކޮށްފެލަ…. ދޫކޮށްފެލަ…. މީ ކޮންފަދަ ބޮނޑޮ ކަމަށް…. މަ ދޫކޮށްފެލަ…..” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުންވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި […]
ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ. […]
[އެދުވަހު އަސްލު އަހަރެން ދިޔައީ އަލީނާއާއި ޕްރޮޕޯސްކުރަން…. ނަސީބެއްދޯ އެކަން ނުކުރެވުނުކަން… އޭރު އެއީ އަލީނާއެއް ނޫން ދޯ… ރަނާ މަ މަރާލީސް ކަންނޭނގޭ ޕްރޮޕޯސް ކުރިނަމަ….] ދެމީހުން މޭޒުދޮށުން ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރ ގެނައި ބާކީ ފައިސާގައި ހިފަމުން މިޝްކާ ކަޔާންގެ ފަހަތުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. [އޯނޯ…. އަލީނާ ކައިރީ ޑިނާރގެ ވާހަކަ ނުބުނެވުނު… މިޝްކާ ހަނދާންކޮށް އަލީނާ ކައިރީ ބުނައްޗޭ… އިނގޭ… ވެނިސްޑޭ ނައިޓް…. މިތަނަށް… މިތާ އެރޭ ހާއްސަ […]
ރަނާ ގައިދުކޮށްގެން ގެންގުޅު ކޮޓަރިއާ ހަމަޔަށް ޝައިބާން ދިޔައެވެ. ފަރުނީޗަރުތައް ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރިތެރެ ބެލި އިރުވެސް ރަނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދެއަތް ފޮޅާލަމުން ބޭރަށް ނުކުތީ ޝިފާން ގާތު ރަނާ އެތާކު ނެތޭ ބުނަމުންނެވެ. އެވަގުތު ޝިފާން ހަނދާންވިއެވެ. “ގައިމު ރަނާގެ އަތެއް ނުމޮހެން… ދެން އޭނަ ކިހިނެއް ސަލާމަތްވީ؟….” ޝިފާންގެ މި ޖުމްލަ ނިމުނުއިރު ޝިފާންހުރި ގާފުނި ދަށުން ގުޑުމެއް ވީހެން ހީވިއެވެ. ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު […]